Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ދީބާޖާ

ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ ބައި ކަނޑައަޅަން ސިވިލް ކޯޓަށް

ސުޕްރީމް ކޯޓުން ވަނީ ބަދަލުގެ ގޮތުގައި ދޭން ހުކުމް ކުރި މިންވަރާ މެދު ސިވިލް ކޯޓުން އަލުން ގޮތެއް ނިންމަން އަންގާފައި

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 29 ނޮވެމްބަރު 2022 | އަންގާރަ 06:30
ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ ބައި ކަނޑައެޅުން ސިވިލް ކޯޓަށް

ދީބާޖާއަށް ދޭންޖެހޭ ބަދަލުގެ ބައި ކަނޑައެޅުން ސިވިލް ކޯޓަށް

ދީބާޖާ އިންވެސްޓްމަންޓާއެކު ވެފައިވާ އެއްބަސްވުން 2013 ވަނަ އަހަރު ބާތިލު ކޮށްފައިވާ މައްސަލައިގައި އެ ކުންފުންޏަށް ސަރުކާރުން ދޭންޖެހޭ ގެއްލުމުގެ ބަދަލު ކަނޑައަޅަން، ހައި ކޯޓުން އެ މައްސަލަ ސިވިލް ކޯޓަށް ފޮނުވައިފިއެވެ.

މި މައްސަލަ ސިވިލް ކޯޓަށް ފޮނުވާލާފައިވަނީ މިދިޔަ މަހު ސުޕްރީމް ކޯޓުން މި މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް، މި މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް، މި މައްސަލަ ސިވިލް ކޯޓަށް ފޮނުވުމަށްޓަކައި، ކޯޓުތަކުގެ ގާނޫނުގެ 32 ވަނަ މާއްދާގެ (ށ) އާއި 33 ވަނަ މާއްދާގެ (ނ) ގެ ދަށުން މި މައްސަލަ ދިވެހިރާއްޖޭގެ ހައިކޯޓަށް ތަހުވީލުކުރުމަށް މި މައްސަލަ ބެލި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަނޑައެޅުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން ދިވެހިރާއްޖޭގެ ހައިކޯޓަށް ތަޙްވީލްކޮށްފައިވަނީ، ސިވިލް ކޯޓުގެ ޤަޟިއްޔާގައި ސީދާ ގެއްލުމުގެ ބަދަލުގެ ބަޔާމެދު ސިވިލް ކޯޓުން އަލުން ބަލައި ގޮތެއް ކަނޑައެޅުމަށެވެ. އެގޮތުން، އެޤަޟިއްޔާގައި ސުޕްރީމް ކޯޓުން ޙުކުމްކޮށްފައިވަނީ ދިވެހިރާއްޖޭގެ ހައިކޯޓުގެ ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ނިންމުމަކީ ޤާނޫނީ އުޞޫލުތަކާއި ޢަދުލު އިންސާފުގެ ހަމަތަކާއި އެއްގޮތަށް ނިންމާފައިވާ ނިންމުންތަކެއް ކަމަށް ނުވާތީ، ހައިކޯޓުގެ 2015 ވަނަ އަހަރުގެ ޤަޟިއްޔާ އިން ކޮށްފައިވާ ޙުކުމާއި ސިވިލް ކޯޓުގެ 2014 ވަނަ އަހަރުގެ ޤަޟިއްޔާގައި ގެއްލުމުގެ ބަދަލާމެދު ނިންމާފައިވާ ބައި ސުޕްރީމް ކޯޓުގައި މި މައްސަލަ ބެލި ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ބާޠިލުކޮށްފައިވާތީއެވެ.

މި މައްސަލަ ބައްލަފާ ފަނޑިޔާރުގެ ބެންޗުގެ ރިޔާސަތުން ބަލަހައްޓަފާ ފަނޑިޔާރު ފާތިމަތު ފަރްހީޒާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމަށް ރިޢާޔަތްކުރުމުން، މިމައްސަލައަކީ އެކޯޓުން ވަކިގޮތެއް ކަނޑައެޅުމަށް ތަޙްވީލްކުރި މައްސަލައެއް ނޫންކަމާއި، އެއާ ޚިލާފަށް އެމައްސަލަ މިކޯޓަށް ތަޙްވީލްކޮށްފައިވަނީ، ސިވިލް ކޯޓަށް ތަޙްވީލްކުރުމަށްޓަކައި ކަން އެނގެން އޮތުމުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 2021 ވަނަ އަހަރުގެ ޤަޟިއްޔާގައި އެކޯޓުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް މިމައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށް މި މައްސަލަ ސިވިލް ކޯޓަށް ތަހުވީލްކޮށް މި މައްސަލަ ނިންމަން ފެންނަ ކަމަށެވެ.

ފަނޑިޔާރު ފާތިމަތު ފަރްހީޒާގެ ރައުޔަށް ފަނޑިޔާރު ހުޒައިފާ މުހައްމަދާއި، ފަނޑިޔާރު ދީބާނާޒް ފަހުމީ ވަނީ ތާއިދުކުރައްވާފައެވެ.

މި މައްސަލައިގެ ހުކުމްގައި ބުނެފައިވަނީ ސުޕްރީމް ކޯޓުގެ ޤަޟިއްޔާއިން ކަނޑައަޅާފައިވާ ފަދައިން، ސިވިލް ކޯޓުގެ 2014 ވަނަ އަހަރުގެ 1124 ނަންބަރު ޤަޟިއްޔާގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ގޮތެއް ނިންމުމަށްޓަކައި އެ މައްސަލަ ސިވިލް ކޯޓަށް ތަހުވީލުކުރުމަށް ހުކުމްކުރާ ކަމަށެވެ.

މިދިޔަ މަހު ސުޕްރީމް ކޯޓުން އިއްވެވި ހުކުމުގައި ވަނީ، ދީބާޖާއާއެކު ވެފައިވާ އެއްބަސްވުން ދައުލަތުން ބާތިލުކޮށްފައިވަނީ ގޯސްކޮށް ކަމަށް ނިންމަވާފައެވެ. އަދި ބަދަލުގެ ގޮތުގައި ދީބާޖާއަށް 348.9 މިލިއަން ރުފިޔާ ދިނުމަށް ހުކުމް ކޮށްފައިވަނީ ވެސް ގޯސްކޮށް ކަމަށް ވަނީ ހުކުމުގައި ބަޔާންކުރައްވާފައެވެ.

އެ ހުކުމުގައި ވަނީ ދައުލަތުން ދީބާޖާއަށް ބަދަލުގެ ގޮތުގައި 348.9 މިލިއަން ރުފިޔާ ދޭން ގޯސްކޮށް ހުކުމް ކުރި ނަމަވެސް އެ ކުންފުންޏަށް ބަދަލު ދޭން ޖެހޭނެ ކަމަށެވެ. އެހެންވެ އެ މައްސަލައިގައި ހިމެނޭ ސީދާ ގެއްލުމުގެ ބަދަލުގެ ބައި އަލުން ބަލައި، ގެއްލުމުގެ ބަދަލާ ގުޅިގެން ސުޕްރީމް ކޯޓުން މީގެ ކުރިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް، އެ މައްސަލައިގައި ހިމެނޭ ގެއްލުމުގެ ބަދަލުގެ ބައިގައި ސިވިލް ކޯޓުން ގޮތެއް ނިންމުމަށް ވަނީ އަންގާފައެވެ.

މި މައްސަލައަކީ ދީބާޖާ އިންވެސްޓްމެންޓާއި އިކޮނޮމިކް މިނިސްޓްރީއާ މެދު 2010 ވަނަ އަހަރު އެއްބަސްވުމެއްގެ ދަށުން އުތުރު ޕްރޮވިންސްގެ (ނ، ރ، ބ އަދި ޅ އަތޮޅުގެ) ދަތުރުފަތުރު ޚިދުމަތް ދިނުމުގެ އެންމެހާ ކަންކަން ހަވާލުކުރުމަށްފަހު، އެއްބަސްވުމުގެ ދަށުން އޭރުގެ ޓްރާންސްޕޯޓް މިނިސްޓްރީން ފުރިހަމަ ކޮށްދޭން ޖެހޭ ކަންކަން ފުރިހަމަ ނުކޮށް 2013 ވަނަ އަހަރު އެ އެއްބަސްވުން ބާތިލުކުރުމުން، ދީބާޖާއިން ގެއްލުމުގެ ބަދަލު ހޯދުމަށް ފުރަތަމަ ސިވިލް ކޯޓަށް ހުށަހެޅި މައްސަލައެކެވެ.

ދީބާޖާއިން ސިވިލް ކޯޓަށް ހުށަހެޅި މައްސަލާގައި، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުގެ ފަރާތުން ނަގައިދިނުމަށް އެދިފައިވަނީ، 2.4 ބިލިއަން ރުފިޔާއެވެ. ނަމަވެސް ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ، 348.9 މިލިއަން ރުފިޔާ، ގެއްލުމުގެ ބަދަލެއްގެ ގޮތުގައި ދައުލަތުން ދީބާޖާއަށް ދައްކަން ޖެހޭ ކަމަށެވެ.

ސިވިލް ކޯޓުގެ އެ ހުކުމް ގާނޫނާއި، އަމަލުކުރަމުންދާ އުސޫލުތަކާ ހިލާފު ކަމަށް ބުނެ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު ކުރިއެވެ. އެއާއެކު 2015 ވަނަ އަހަރު ހައިކޯޓުން އެ ހުކުމް ބާތިލު ކުރިއެވެ. ހައިކޯޓުގެ އެ ނިންމުމަކީ ގާނޫނާ އެއްގޮތަށް ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބުނެ، ދީބާޖާއިން ހައިކޯޓުގެ ހުކުމް އިސްތިއުނާފު ކުރިއެވެ. އެ މައްސަލަ ބެލުމަށްފަހު 2018 ވަނަ އަހަރު ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން ވަނީ ބާތިލު ކޮށްފައެވެ. އެއަށްފަހު ސުޕްރީމް ކޯޓުގެ އެ ހުކުމް ރިވިއުކޮށްދިނުމަށް އެދި ދައުލަތުން އެ މައްސަލަ ސުޕްރީމް ކޯޓަށް އަނެއްކާވެސް ހުށަހެޅިއެވެ. އަދި ހައިކޯޓުގެ ހުކުމް ސުޕްރީމް ކޯޓުން 2021 ވަނަ އަހަރު ބާތިލުކުރިއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

މެޑަމް ފާތުން އިންތިޒާމްކުރައްވާ މައުރަޒަކަށް ފެނަކައިން ބައިލައްކަ ރުފިޔާ ދެނީ!

31 ޖެނުއަރީ 2017
"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

"ލޯ ރިޕޯޓް ޑޭޓާބޭސް" ގެ މޯބައިލް އެޕްލިކޭޝަން ތަޢާރަފުކޮށްފި

26 ޖެނުއަރީ 2017
އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

އިރުޝާން މަރާލި މަރާމާރީގައި ބައިވެރިވި މީހަކު އެންމެ 27 ދުވަހަށް ޖަލަށް!

25 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

މީޑިއާ ކައުންސިލްގެ ބައި އިލެކްޝަންގެ ވޯޓް ނެގުން ފަސްކޮށްފި

23 ޖެނުއަރީ 2017
އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

އިންތިޚާބުގައި ބައިވެރި ނުވީ ޤާނޫނާ ޚިލާފަށް ހިންގާ ޖަރީމާއެއްގައި ދައުރެއް ނުބޭއްވުމަށް: އަދާލަތު

17 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

31 މާރިޗު
އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!
20251 އަހަރު ކުރިން
ރާއްޖެ

އިސްލާމީ ގައުމަކަށް އެމެރިކާއިން ހަމަލާދޭން ރާއްޖޭގެ ވައިގެ ސަރަހައްދު ތަން މިނަށް ހުޅުވާފައި، ސަރުކާރުގެ ބަހެއް ނެތް!

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟
20242 އަހަރު ކުރިން
ރިޕޯޓު

ފަސޭހަ ގޮނޑި މިވީ ބޮޑު ބޮލު ރިހުމަކަށް؟

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

"ކޮންމެ ރޯދަ މަހަކަށް ދަރިއަކު ގެއްލޭ"

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް
20224 އަހަރު ކުރިން
ރިޕޯޓު

ސްރީލަންކާގެ ހާލަތު ގޯހުން ގޯހަށް

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ
20215 އަހަރު ކުރިން
ރާއްޖެ

ކަރަންޓީން އަދި ޕޮޒިޓިވް މީހުންނަށް ވޯޓުލެވޭނީ އެންމެން ވޯޓުލާ ނިމުމުން، އެހީތެރިއަކު ގެންނަންޖެހޭނެ

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !
20197 އަހަރު ކުރިން
ރިޕޯޓު

ބުލީ ކުރުން- ޤައުމީ ފެންވަރުގެ ހައްލެއް ކޮންމެހެން ބޭނުންވާ ހިސާބުގައި !

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟
20188 އަހަރު ކުރިން
ރިޕޯޓު

ފަޤީރު ޤައުމުތަކުގެ ސަފީރުން ގެނެސްގެން ސަރުކާރުން ކީއްކުރަނީ؟

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު