Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުވޯލްޑް ކަޕް 2022

ވޯލްޑް ކަޕްގައި ސަޕޯޓަރުންގެ ތަފާތު މޫނުތައް

28 ނޮވެމްބަރު 2022 | ހޯމަ 12:20

ސަޕޯޓަރުންގެ މޫނުމަތިން އެކި ކަހަލަ ކުލަވަރުތައް ފެނިގެންދިޔަ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 28 ނޮވެމްބަރު 2022 | ހޯމަ 12:20
ފީފާ ވޯލްޑް ކަޕް 2022

ފީފާ ވޯލްޑް ކަޕް 2022

މި ދުވަސްވަރަކީ ވޯލްޑްކަޕްގެ ފޯރި ދުނިޔޭގެ އެކި ހިސާބުތަކުގައި ގަދަވެފައިވާ ދުވަސްވަރެކެވެ. އެގޮތުން މި ކުޅިވަރު އީދުގައި އެމީހަކު އެންމެ ބޭނުންވާ ޓީމަކަށް ސަޕޯޓް ކުރުމަށްޓަކައި އެޓީމެއްގެ ސަޕޯޓަރުން އެކި އެކި ކަންތައްތައް ކުރެއެވެ. އެއީ ސަޕޯޓު ކުރާ ޓީމެއްގެ ޖާޒީ ގަތުން ކަމުގައި ވިޔަސް އަދި އެޓީމެއްގެ ދިދައެއް ގަތުން ކަމުގައި ވިޔަސްމެއެވެ. ނުވަތަ ސަޕޯޓު ކުރާ ޓީމެއްގެ ދިދަ އެމީހެއްގެ މޫނުގައި ކުރެހުން ކަމަށް ވިޔަސް މެއެވެ.

ޤަތަރުގައި މިހާރު ކުރިއަށްދާ ވޯލްޑްކަޕްގައި މިފަދަ ތަފާތު މަންޒަރުތައް ފެނިގެން އެބަދެއެވެ. އެގޮތުން އެމީހެއްގެ ޓީމަށް ސަޕޯޓް ކުރުމަށްޓަކައި އެތައް ގޮތަކުން މީހުން ޤުރުބާންވާ މަންޒަރެވެ. ސަޕޯޓަރުންގެ މޫނުމަތިން އެކި ކަހަލަ ކުލަވަރުތައް ފެނިގެންދެއެވެ. އެމީހުންގެ އިހުސާސްތައް އެކި ގޮތްގޮތުން ފާޅުކުރަމުންނެވެ. އެގޮތުން ސަޕޯޓަރުންގެ މި އިހުސާސްތަކާއި ޖޯޝާއި ފޯރި، ރޮއިޓާސްގެ ފޮޓޯގްރާފަރުން ވަނީ އެމީހުންގެ ކެމެރާތަކުގައި "ކެޗްޕަރ" ކޮށްފައެވެ.

މި ފޮޓޯތަކަށް ބަލާލުމުން ސަޕޯޓަރުންގެ އިހުސާސްތަކާއި އެމީހެއްގެ ޓީމަށް ސަޕޯޓު ކުރުމަށްޓަކައި ހެދިލާފައި ހުރި ވަރު ފެނިގެން އެބަދެއެވެ. އެގޮތުން މޮރޮކޯ އާއި ކޮރޭޝިއާ ކުޅުނު މެޗްގައި ފިރިހެން ސަޕޯޓަރަކު ވަނީ އޭނާގެ މުޅި މޫނު ކޮރޭޝިއާގެ ދިދައިން ފޭސް ޕެއިންޓްކޮށްފައެވެ. އަދި އަޅައިގެން ވެސް ހުރީ ކޮރޭޝިއާ ދިދައިގެ އަވި އައިނެކެވެ.

އެމެރިކާ އިން ވޭލްސްއާ ދެކޮޅަށް ކުޅުނު މެޗްގައި ފިރިހެން ސަޕޯޓަރަކު ވަނީ އޭނާގެ ދޫނި ސަޕޯޓް ކުރާ ޓީމާ އެއްގޮތަށް ނަލަ ހައްދާފައެވެ. އެގޮތުން އެމެރިކާ ޓީމުގެ ދިދަ ރަމްޒުކޮށްދޭ ބޯ ޓައީ އަކާއި ކުޑަ ތޮއްޕެއް ވަނީ އަޅުވާފައެވެ.

މީގެ އިތުރުން އާޖެންޓީނާއިން ސައުދީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ފިރިހެން ސަޕޯޓަރަކު ވަނީ އާޖެންޓީނާއަށް ސަޕޯޓްކުރާކަން އެންގުމަށްޓަކައި ތާޖެއް ހަދައިގެން ބޮލުގައި އަޅާފައެވެ.

ޖަޕާނުން ޖަރުމަނާ ދެކޮޅަށް ކުޅުނު މެޗްގައި ވެސް ޖަޕާނުގެ ސަޕޯޓަރުން ވަނީ ސްޓޭޑިއަމް ބޭރުގައި ތަފާތު ކޮސްޓުއުމެއް ލައިގެން ހަރަކާތްތެރިވެފައެވެ.

އެމީހަކު ހިތް އެދޭ ޓީމަކަށް ޖޯޝާއި ފޯރީގައި ސަޕޯޓްކުރަމުން ދިޔައިރު އިދިކޮޅު ޓީމުން ގޯލް ޖެހުމުން ވެސް ބައެއް ސަޕޯޓަރުންގެ މޫނުމަތިން މޮޅިވެރިކަން ފެނިގެން ދިޔައެވެ. އެގޮތުން ނެދަލޭންޑްސް އާއި ސެނެގާލް ކުޅުނު މެޗުގައި ނެދަލޭންޑްސް އިން ގޯލް ޖެހުމުން ސަޕޯޓަރަކު ވަނީ އޭނަގެ ބޮލުގައި ދެއަތް އަޅާފައެވެ. "ދެން މި ހިސާބުން ހުރިހާކަމެއް ނިމުނީ" އޭ ބުނާހެން އެ ފޮޓޯގަނޑުން ހީވާކަހަލައެވެ.

މިއީ މިފަހަރުގެ ވޯލްޑްކަޕުން ފެންނަމުންދާ ސަޕޯޓަރުންގެ ތަފާތު މޫނުތަކެވެ. މިފަހަރުގެ ވޯލްޑްކަޕްގައި ތަފާތު އެކި މަންޒަރުތައް ފެންނަމުންދާއިރު ވޯލްޑްކަޕްގެ ފޯރި ރާއްޖޭގައި ވެސް ވަނީ ގަދަވެފައެވެ. ރާއްޖެ ނުކުޅުނު ނަމަވެސް ރާއްޖޭގެ ސަޕޯޓަރުންވެސް ސަޕޯޓްކުރާޓީމްގެ ޖަރޒީލައިގެން އަދި ކުޑަކުދިން ލައްވައިގެން އުޅޭތީ ވަރަށް އާންމުކޮން އެބަ ފެނެއެވެ.

އެންމެ ހިނގާ

1

އީރާނުގެ ހަމަލާތަކުން ލިބޭ ގެއްލުންތައް އާންމުވާތީ އެމެރިކާގެ އަސްކަރިއްޔާއިން ކަންބޮޑުވެއްޖެ، މަންޒަރުތައް ރެކޯޑް ނުކުރަން އިންޒާރުދީ، ފޯނުތައް އަތުލަނީ

2

ފޭކް ބުކިންގ ހަދައިގެން ކެންސަލްކުރުމަށްފަހު، ރިފަންޑު ހޯދުމަށް ހިންގާ ސްކޭމްތައް އިތުރުވަނީ!

3

މިނިވަންދުވަހުގެ ކުޅަދާނަ ސްޕީޗާއެކު "ނމކޢވ" ގެ ލަގަބު

4

އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަށް އީރާނުން ދިން ހަމަލާތަކުގައި އެއްވެސް ގެއްލުމެއް ނުވާކަމަށް އެމެރިކާއިން ދައްކަމުންދާ ވާހަކަތައް ދޮގުކުރާ ފޮޓޯތަކެއް އީރާނުން އާންމުކޮށްފި

5

ބިޔަ ރާޅުތަކުގެ ތެރެއިން ކުޑަ ކުއްޖަކު ސަލާމަތް ކުރި 16 އަހަރުގެ ޒުވާނަކަށް ވައިޓް ހައުސްގައި އިނާމު ދެއްވަން ޓްރަމްޕް ނިންމަވައިފި

އިތުރަށް ކިޔާލަން

21 މެއި 2018

ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!

21 މެއި 2018
ބ. ހިތާދޫގައި ވިޔަފާރި ކުރަނީ ވަރަށް ތަފާތުކޮށް، ސޭޓަކާ ނުލާ!
20 މެއި 2018

ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!

20 މެއި 2018
ރިޔާސީ އިންތިހާބުު 2018: ނަޝީދާއި، ޔާމީންގެ ތަފާތު!
10 އެޕްރީލު 2018

ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!

10 އެޕްރީލު 2018
ޔުމްނާ ހުންނެވީ އާއިލާ މިނިވަންވާނެ ދުވަހެއްގެ އިންތިޒާރުގައި، ދުންޔާ ހުންނެވީ ވޯލްޑް ކަޕްގެ އިންތިޒާރުގައި!
04 މާރިޗު 2018

ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!

04 މާރިޗު 2018
ޕްރީ ޕްރިމިއަރ ރިވިއު | ވަކިން ލޯބިން: ރިސްކު ނަގައި، އިންތިހާއަށް މެލޯޑްރެމެޓިކް ވުމާއި، ފެމިލީ ޑްރާމާއެއްގެ ތަފާތު ދައްކާނެ! މިއީ ބަލަން ޖެހޭ ފިލްމެއް!
23 ޖެނުއަރީ 2018

ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ

23 ޖެނުއަރީ 2018
ތާރީހީ ނަޒަރަކުން ފީފާ ވޯލްޑް ކަޕް ޓްރޮފީ
19 ނޮވެމްބަރު 2017

ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!

19 ނޮވެމްބަރު 2017
ދިވެހި ސިފައިންގެ ގައުމީ ލަވަ އަލްބަމް މިފަހަރު ވަރަށް ތަފާތު، ބަހުރުވައަކުން ލަވައެއް!
07 ސެޕްޓެމްބަރު 2017

ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟

07 ސެޕްޓެމްބަރު 2017
ހައްދު: ތަފާތު ފިލްމެއް، އެކަމަކު ބެންޗްމާކަކަށް ވާނެބާ؟
30 އޯގަސްޓު 2017

އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް

30 އޯގަސްޓު 2017
އޮލިމްޕިކް އަދި ދުނިޔޭގެ ޗެމްޕިއަން ފެތުންތެރިޔާ އެޑަމް ޕީޓީގެ ތަފާތު ވާހަކައެއް
20 ޖޫން 2017

ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް

20 ޖޫން 2017
 ލަޔަރ އީދު ކުޅިވަރު: ކުލަ ޖެހުމުގެ ތަފާތު މުބާރާތެއް
12 ފެބުރުއަރީ 2017

އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!

12 ފެބުރުއަރީ 2017
އެމްޑީޕީ އާއި ޕީޕީއެމްގެ ތަފާތު: ހިތުގެ އިހްލާސްތެރި ލޯތްބާއި، ގަދަބާރުން ހޯދާ ލޯބި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް