Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޓެރަރިޒަމްގެ މައްސަލަތައް

ޓެރަރިޒަމްގެ މައްސަލަ ހައްލުކުރަން، ދިރާސާތަކުގެ އަލީގައި މަސައްކަތްކުރަންޖެހޭ: މާރިޔާ

ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ބަޖެޓުގެ ދަތިކަން ފާހަގަކުރެވޭ

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު | 28 ނޮވެމްބަރު 2022 | ހޯމަ 10:13
ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ

ޓެރަރިޒަމްގެ މައްސަލަ ހައްލުކުރުމަށް ދިރާސާތަކުގެ އަލީގައި މަސައްކަތްކުރަން ޖެހޭކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ނިރުބަވެރިކަމުގެ ހިރާސް ކުޑަކޮށް ސަލާމަތީ ކަންކަން އިތުރުކުރުމަށް އެހީވެދިނުމުގެ ގޮތުން ހިންގާ މަޝްރޫއު އިފްތިތާހު ކުރުމަށް, ހޯމަ ދުވަހު އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާރިޔާ ވިދާޅުވީ ނިރުބަވެރިކަން ނުވަތަ ޓެރަރިޒަމްގެ މައްސަލަތަކަށް ހައްލު ލިބޭނީ މިހާރު ރާއްޖޭގެ ހާލަތު ދެނެގަނެގެން ކަމަށެވެ. އެގޮތުން ހަމައެކަނި ހޭލުންތެރިކަން އިތުރުކޮށްގެން ހައްލުކުރެވޭވަރަށްވުރެ އެ މައްސަލަ މާ ބޮޑުކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

މީގެ އިތުރުން މި ސަރުކާރުން ވެރިކަމަށް އައިއިރު ރާއްޖެއިން ގިނަ ބަޔަކު ހަނގުރާމަވެރި ޖަމާއަތްތަކާ ގުޅެމުން ދިއުމާއެކު، ރާއްޖޭގައި ޓެރަރިޒަމާ ދެކޮޅަށް ބޮޑެތި މަސައްކަތްތަކެއް ކުރުން އިންތިހާއަށް މުހިންމުވިކަމަށް އެކަމަނާ ވިދާޅުވިއެވެ. އެގޮތުން ކައުންޓަރ ޓެރަރިޒަމް ރެސްޕޮންސް ޕްލޭނެއް އެކުލަވާލުމާއި ގާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެނައުމަށް މަސައްކަތްކޮށްފައި ވާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. އެ ޕްލޭނަށް ބޭނުންވާ އެއްބާރުލުން ދިނުމަށް ކަމާބެހޭ އިދާރާތަކުގެ ގާބިލްކަން އިތުރުކުރަންޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތަކަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މާރިޔާ ވިދާޅުވީ، ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ބަޖެޓުގެ ދަތިކަން ވަރަށް ބޮޑަށް ފާހަގަކުރެވޭ ކަމަށެވެ. އަދި ޓެރަރިޒަމްގެ މައްސަލަތަކަކީ ގައުމީ ސަލާމަތާ ގުޅިފައިވާ ކަމަކަށް ވުމާއެކު، އެއީ ހަމައެކަނި ސަލާމަތީ އިދާރާތަކަށް އެކަނި ކުރެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް

10 ޖެނުއަރީ 2017
ހަތަރު ބިލިއަން ރުފިޔާ ހިމެނޭ ދަރަނީގެ މައްސަލަތައް މިދިޔަ އަހަރު ސާބިތުވި: ސިވިލް ކޯޓް
09 ޖެނުއަރީ 2017

ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު

09 ޖެނުއަރީ 2017
ފާރިސް އާއި ނާދިރާ ވަކިކުރި މައްސަލަ ކުރިއަށް ނުދަނީ ޕީޕީއެމް އިން ކޯޓަށް ހާޒިރު ނުވާތީ: ސޫދު
08 ޖެނުއަރީ 2017

ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ

08 ޖެނުއަރީ 2017
ފޯނުން ގުޅުމުގައި ދިމާވި މައްސަލަ މިހާރު ހައްލުވެއްޖެ: އުރީދޫ
08 ޖެނުއަރީ 2017

މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!

08 ޖެނުއަރީ 2017
މީހެއްގެ ސޮއި ފޯޖްކޮށްގެން ފިނޭންސް މިނިސްޓްރީގެ ޗެކަކުން ނުވަލައްކަ ރުފިޔާ ހޯދި މައްސަލަ ސާބިތެއް ނުވި!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު