Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރަބިއްޔާ ސްކޫލް

އަރަބިއްޔާ އިމާރާތްކުރަން އިތުރު 8 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނަން ހުށަހެޅުމުން ފާހެއް ނުވި

އާ އިމާރާތުގެ މަސައްކަތް ކުރަމުން ދާއިރު ކުރިން ބޭނުން ކުރި އަރަބިއްޔާ އިމާރާތް ބޭނުން ކުރުން ހުއްޓާލީ އެތަނުގައި ރެނދުލައި އެތަން ބޭނުންކުރަން ރައްކާތެރިނުވުމުން

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 28 ނޮވެމްބަރު 2022 | ހޯމަ 08:25
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން

އަރަބިއްޔާ ސްކޫލް އަޅަން އަންނަ އަހަރުގެ ބަޖެޓުގައި މިހާރު ހިމަނާފައިވާ 6.4 މިލިއަން ރުފިޔާގެ އިތުރުން 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ އެކަމުގެ ބަޖެޓަށް އިތުރުކުރަން މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ހުށަހެޅުއްވި ހުށަހެޅުއްވުން ފާސްނުކުރަން މެންބަރުން ނިންމަވައިފިއެވެ.

ހޯމަ ދުވަހުގެ ޖަލްސާގައި މެންބަރު ސައީދު ވަނީ އަރަބިއްޔާ ސްކޫލް އިމާރާތްކުރުމަށް 2023 ވަނަ އަަހަރުގެ ބަޖެޓަށް 8 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމެނުމަށް ހުށަހަޅުއްވާފައެވެ. މާވަށު ދާއިރާގެ މެންބަރުގެ އެ ހުށަހެޅުއްވުމަށް ތާއީދުކުރެއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފްއެވެ. އެ ހުށަހެޅުން ފާސްކުރަން ފެންނަ ކަމަށް 14 މެންބަރުން ވޯޓު ދެއްވި އިރު އެ އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 55 މެންބަރުން ވަނީ ވޯޓުދެއްވާފައެވެ.

Advertisement - newsAdvertisement

އަންނަ އަހަރަށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓަށް 160 މިލިއަން ރުފިޔާ އިތުރުކޮށް، ޖުމްލަ 42.8 ބިލިއަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާާ ކުރާ ކޮމިޓީން ފާސް ކުރީ ނޮވެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. ބަޖެޓް ދިރާސާ ކޮމިޓީގައި އައު ބައެއް ކަންކަން ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތެރޭގައި ހިމެނުމަށް ނިންމާފައިވާއިރު އެ ބަޖެޓަށް 124.4 މިލިއަން ރުފިޔާ ހުށަހަޅާފައިވެއެވެ. އޭގެ ތެރެއިން 6.4 މިލިއަން ރުފިޔާ ހަމަޖައްސާފައިވަނީ އަރަބިއްޔާ ސްކޫލުގެ އާ އިމާރާތް އެޅުމަށެވެ.

އަންނަ އަހަރުގެ ބަޖެޓް ފުރަތަމަ ހުށަހެޅި އިރު އަރަބިއްޔާގެ އައު އިމާރާތެއްގެ ވާހަކަ ބަޖެޓުގައި ބަޔާންކޮށްފައެއް ނެތެވެ. އަރަބިއްޔާ ސްކޫލްގެ ނަމުގައި އިމާރާތެއް އެޅުމަށް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި ނުވާތީ އެކަމާއި މެންބަރުން ވެސް އޭރު ކަންބޮޑުވުން ފާޅުކުރިއެވެ. އަދި ގުޅިގެން ފިނޭންސް މިނިސްޓްރީން ބުނީ ބަޖެޓުގައި އެކަމަށް ވަކިން ފައިސާ ހިމެނިފައި ނުވަނީ އިދާރީ އޮޅުމަކުން ކަމަށެވެ.

ބާ ޖަމާލުއްދީން ސްކޫލް ހުރި ބިމުގައި އަލަށް އިމާރާތް ކުރާ އަރަބިއްޔާ ސްކޫލާއި ޖަމާލުއްދީން ސްކޫލްގެ އައު އިމާރާތް އެޅުމަށް ސަރުކާރުން ވަނީ އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައެވެ. އަރަބިއްޔާގެ އައު އިމާރާތުގެ މަސައްކަތް ކުރަމުން ދާއިރު ކުރިން ބޭނުން ކުރި އަރަބިއްޔާ އިމާރާތް ބޭނުން ކުރުން ހުއްޓާލީ އެތަނުގައި ރެނދުލައި އެތަން ބޭނުންކުރަން ރައްކާތެރިނުވުމުންނެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު