Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ނޭމާ ނެތް ނަމަވެސް ސްވިޒަލެންޑުގެ ޓާސްކަށް ބަދަލެއް ނާންނާނެ

28 ނޮވެމްބަރު 2022 | ހޯމަ 02:23

ސްވިޒަލެންޑުން މަސައްކަތް ކުރާނީ އެ މީހުންގެ ޓާސްކަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 28 ނޮވެމްބަރު 2022 | ހޯމަ 02:23
ސްވިޒަލެންޑުގެ ކޯޗު މުރާދް ޔަކީން

ސްވިޒަލެންޑުގެ ކޯޗު މުރާދް ޔަކީން

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ބްރެޒިލާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ނޭމާ ޖޫނިއާ އަށް މެޗުގައި ނުކުޅެވުނު ނަމަވެސް ސްވިޒަލެންޑު ކުޅުންތެރިންގެ ޓާސްކަށް ބަދަލެއް ނާންނާނެ ކަމަށް ކޯޗު މުރާދް ޔަކީން ބުނެފިއެވެ.

އޭނާ މިހެން ބުނީ ބްރެޒިލް މެޗުގެ ކުރިން އޮތް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަމުންނެވެ. މެޗުގައި ނޭމާ އަށް ނުކުޅެވޭއިރު، ބްރެޒިލްގެ ޑިފެންޑަރު ޑެނީލޯ އަށް ވެސް ނުކުޅެވޭނެއެވެ. ޔަކީން ބުނީ ނޭމާ ނެތް ނަމަވެސް ބްރެޒިލްގައި މޮޅެތި އެހެން ކުޅުންތެރިން ތިބި ކަމަށެވެ. އަދި އެއް ފެންވަރުގެ ތިން ޓީމު ހެދޭނެ ވަރުގެ ކުޅުންތެރިން ބްރެޒިލްގައި ތިބި ކަމަށެވެ. ޔަކީން ބުނީ ސްވިޒަލެންޑުން މަސައްކަތް ކުރާނީ އެ މީހުންގެ ޓާސްކަށް ކަަމަށާއި، އޭރަށް ބްރެޒިލާ ދެކޮޅަށް ވަރުގަދަ ކުޅުމެއް ދެއްކޭނެ ކަމަށެވެ.

ބްރެޒިލް މެޗަކީ އޭނާގެ ކެރިއަރުގައި ކުރިމަތިލާން ޖެހޭ އެންމެ ބޮޑު މެޗުތޯ ސުވާލު ކުރުމުން ޔަކީން އެދުނީ އެ ސުވާލު މެޗަށްފަހު އޭނާއާ ކުރުމަށެވެ. އޭނާ މެޗުގެ ކުރިން އެ ސުވާލަށް ޖަވާބު ދިނުމަށް ތައްޔާރު ނޫން ކަމަށް ބުންޏެވެ. ޔަކީން ބުނީ އޭނާ އަދި އެކަމާ މެދު އެއްވެސް ވަރަކަށް ނުވިސްނާ ކަމަށެވެ. އަދި މިވަގުތު ހުރިހާ ވެސް ވިސްނުމެއް ހުރީ ބްރެޒިލްގެ މެޗަށް ކަމަށެވެ.

މީގެ އިތުރުން ޔަކީން ބުނީ ބްރެޒިލް މެޗުން ސްވިޒަލެންޑަށް މޮޅުވެވޭނެ ކަމަށެވެ. އަދި މިއަހަރުގެ މުބާރާތުގެ މެޗުތަކުން ފެންނަ ނަތީޖާ އިން އެކަން ސާފުކޮށް އެނގޭ ކަމަށެވެ. އޭނާ ބުނީ އެކަން ބިނާވެގެންދާނީ އެ ދުވަހެއްގެ މެޗުގައި ޓީމުގެ ފޯމު ދެމި އޮންނަ ގޮތެއްގެ މައްޗަށް ކަމަށާއި އެމީހުންނަށް ބްރެޒިލްގެ ފެންވަރު އެނގޭ ކަމަށެވެ. އެގޮތުން މުބާރާތަށް ބެރެޒިލް އައިސް އޮތީ ދުނިޔޭގެ ޗެމްޕިއަނުންނަށް ވާން ކަމަށެވެ.

އޭނާ ބުނީ ބްރެޒިލް މެޗުގައި ރަނގަޅު ޑިސިޕްލިންއަކާއެކު ކުޅެފިނަމަ އެއީ ސްވިޒަލެންޑަށް ރަނގަޅު މެޗަކަށް ވާނެ ކަމަށެވެ. އެހެންކަމުން ޔަކީން ބުނީ މުޅި ޓީމު އޮތީ މެޗަށް ތައްޔާރަށް ކަަމަށާއި، އުއްމީދަކީ ނަތީޖާ ނެރުން ކަމަށެވެ.

ސްވިޒަލެންޑު އަދި ބްރެޒިލް ބައްދަލު ކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

އެންމެ ހިނގާ

1

10 ބާވަތުގެ ސައީދު އާއި އިތުރު 23 ބާވަތުގެ މުހައްމަދު ސައީދު

2

ނޭޕާލުގެ މަހުޖަނު ވަރުން ޗައުދަރީއަށް ރާއްޖޭގައި ދިމާވި ނުރައްކާތެރި ހާދިސާ އަކުން ސަލާމަތްވީ އަދާނީގެ ސަބަބުން ކަމަށް ބުނެފި

3

ޓްރަމްޕްގެ ދަރިކަލުން ބެރޮން އަވަހާރަކޮށްލަން އީރާން އިން ހުށަހެޅީ 10 މިލިއަން ޑޮލަރު، ވީޑިއޯގައި އޮތީ "ބެރޮން ޓްރަމްޕް މަރާލާނީ ކޮންތާކު، ކިހިނެއް؟"

4

ގައުމުގެ ވެރިންނާ ދެކޮޅަށް ވަނަން ހަދައި ކިޔުމަކީ ގައުމާ ދެކޮޅުވުން: ރައީސް މުއިއްޒު

5

ޖަލަށް ފޯނާއި ޑްރަގް ވެއްދުމުގެ ތުހުމަތުގައި ހައްޔަރުކުރި އިތުރު އޮފިސަރަކާއެކު ނަސޭހަތުގެ އެއްބަސްވުން ހަދަން ހުށަހަޅައިފި

އިތުރަށް ކިޔާލަން

10 އެޕްރީލު 2017

އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި

10 އެޕްރީލު 2017
އެލްކްލެސިކޯގައި ނޭމާއަށް ކުޅެވޭނެ ކަމާމެދު ސުވާލު އެފެދިފައި
07 އެޕްރީލު 2017

އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން

07 އެޕްރީލު 2017
އުންމީދު ކުރިވަރަށް ވުރެން ރަނގަޅަށް ޓީމު ކުޅުނު، ނަމަވެސް ޓާގެޓް ހާސިލެއް ނުވި: އިބްރާހިމް ހަސަން
04 އެޕްރީލު 2017

ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު

04 އެޕްރީލު 2017
ހައިސިއްޔަތު ނެތް ރައީސެއްގެ ނިންމުން ބަލައެއް ނުގަނެވޭނެ: އިއްޒަތު
03 އެޕްރީލު 2017

ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް

03 އެޕްރީލު 2017
ނޭމާ ކާމިޔާބުކޮށްދިން 100 ވަނަ ލަނޑާއެކު ބާސާއަށް މޮޅެއް
30 މާރިޗު 2017

ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ

30 މާރިޗު 2017
ނޭމާގެ ސޮއި ހޯދުމަކީ ވާނެ ކަމެއް ނޫން: މޮރީނިއޯ
22 މާރިޗު 2017

ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ

22 މާރިޗު 2017
ރިއޯ ކޯޗު ނެތްތަން ފޫބައްދަން އުނދަގޫވާނެ: ނާޒިމާ
10 މާރިޗު 2017

ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި

10 މާރިޗު 2017
ވިކްޓްރީ އަތުން ޕޮއިންޓެއް ލިބުމުން ހިތްހަމަޖެހޭ، ފޯވާޑެއް ނެތްތަން ދައްކާ: ސާންތި
19 ފެބުރުއަރީ 2017

ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި

19 ފެބުރުއަރީ 2017
ފުރަތަމަ އެގާރައިން ފުރުސަތު ނެތްނަމަ ރެއާލް ދޫކޮށްލާފާނެ ކަމުގެ އިޝާރާތެއް އިސްކޯ ދީފި
07 ޖެނުއަރީ 2017

އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ

07 ޖެނުއަރީ 2017
އަޝްފާގަށް ކުރެވުނު އިންވެސްޓްމެންޓް ވޯތެއް ނޫން، ނެތްތަން ޓީމަކުން ނުދައްކާނެ: ވައްކެ
04 ޖެނުއަރީ 2017

ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ

04 ޖެނުއަރީ 2017
ލީގު ތަށްޓާ ބެހޭގޮތުން ސިޓީ އަށް ދެއްކޭނެ ވާހަކައެއް ނެތް: ގާޑިއޯލާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް