Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑްރަގް ޓްރެފިކިންގ

ޑްރަގް މައްސަލައެއްގައި އުމުރަށް ޖަލަށްލާން ކުރި ޙުކުމަށް ހައިކޯޓުންވެސް ތާއީދު

27 ނޮވެމްބަރު 2022 | އާދީއްތަ 07:08

މި މައްސަލައިގައި އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 27 ނޮވެމްބަރު 2022 | އާދީއްތަ 07:08
މި މައްސަލައިގައި އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

މި މައްސަލައިގައި އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާ

މަސްތުވާތަކެތި ޓްރެފިކް ކުރުމާއި ގުޅޭ މައްސަލައެއްގައި އުމުރަށް ޖަލަށްލާން ދަށު ކޯޓުން ކުރި ޙުކުމަކަށް ހައިކޯޓުންވެސް ތާއީދުކޮށްފިއެވެ.

މި މައްސަލައިގައި ހ އުދަރެސްގޭ ސައީދު އަލީ ޝާހިދުގެ މައްޗަށް އުފުލާފައިވަނީ ކެނެބިސް ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއެވެ. އެގޮތުން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް ކުރާ ދައުވާ ސާބިތުވާކަމަށް ޙުކުމް ކޮށްފައެވެ.

Advertisement - newsAdvertisement

ކްރިމިނަލް ކޯޓުގެ އޭރުގެ ގާޒީ އަލީ ރަޝީދު ހުސައިން ކުރެއްވި ޙުކުމުގައި ވަނީ ސައީދު އަލީ އުމުރަށް ޖަލަށްލައި އަދި 100،000 ރުފިޔާއިން ޖޫރިމަނާ ކުރުމަށް ޙުކުމް ކުރައްވާފައެވެ. 

މިއީ 24 ޑިސެމްބަރު 2017 ވަނަ ދުވަހު ފުލުހުން މާލެތެރެ ޕްޓްރޯލްކުރަމުން ދަނިކޮށް ޢާންމު ފަރާތަކުން ސަޢީދު ޢަލީ ޝާހިދު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރުކުރާކަމަށް ދިން މަޢުލޫމާތަކާ ގުޅިގެން ހިންގި ތަހުގީގެކެވެ. އެގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ސަޢީދު ޢަލީ ޝާހިދު ގެނެސް، އޭނާ އިށީނދެގެން އިން ސައިކަލުގެ މަޑިދަށް ބަލައި ފާސްކުރިއިރު، އެސައިކަލުގެ މަޑިދަށުގައި އޮތް ގަމީހެއްގެ ދަށުން ފެނުނު ފިލްމު ހުސްކުރި ދަޅުގައި މަސްތުވާތަކެތި ހުރިކަމަށް ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

އޭގެ އިތުރުން، ސައިކަލުގެ މަޑިދަށުން ދަޢުވާލިބޭ ފަރާތުގެ މައްޗަށް އުފުލާފައިވާ ދަޢުވާއަކާ ގުޅޭ ލިޔުންތަކެއްވެސް ފެނިފައިވާކަން ހެކިންގެ ހެކިބަހުންނާއި ސީން އޮފް ކްރައިމް އޮފިސަރސް ރިޕޯޓާއި، ތަޙްލީލު ރިޕޯޓުތަކުން ސާބިތުވާކަމަށް ދަށު ކޯޓުގެ ޙުކުމުގައި ބަޔާންކޮށްފައިވެއެވެ.

13 ނުކުތާއެއް ބަޔާންކޮށް އޭނާގެ ފަރާތުން މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކުރީ 21 ޖެނުއަރީ 2018 ގައެވެ. މި މައްސަލަ އޭނާގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުންވެސް ވަނީ އޭނާގެ މައްޗަށް ދަށު ކޯޓުން ކޮށްފައިވާ ޙުކުމަށް ތާއީދު ކޮށްފައެވެ.  

މިހާދިސާ ހިނގިއިރު ސައިކަލުގެ ވެރިފަރާތް ހުރީ ރާއްޖެއިން ބޭރުގައިކަން ތަޙްޤީޤަށް ފެންނަގޮތުގެ ބަޔާނުގައި ވެއެވެ. ވުމާއެކު، އެ ސައިކަލަކީ ސަޢީދު ޢަލީ ޝާހިދުގެ ކޮންޓްރޯލުގެ ދަށުގައި ހުރި ސައިކަލެއްކަމާއި، އެތަކެތި ސައިކަލުގެ މަޑިދަށުގައި ހުރިކަން ސަޢީދު ޢަލީ ޝާހިދަށް އެނގޭނެކަމުގައި ބެލެވޭކަމަށް ހައިކޯޓުގެ ޙުކުމުގައި ވަނީ ބަޔާންކޮށްފައެވެ.

އެހެންކަމުން މި މައްސަލައިގައި ފެނުނު މަސްތުވާތަކެއްޗަކީ ސަޢީދު ޢަލީ ޝާހިދުގެ މައުނަވީ ހިޔާޒަތުން ފެނުނު ތަކެތި ކަމަށް ދަށު ކޯޓުން ކަނޑައަޅާފައިވަނީ ރަނގަޅަށް ކަމުގައި ހައިކޯޓުން ވަނީ ޙުކުމް ކޮށްފައެވެ. 

ހައިކޯޓުގައި މި މައްސަލަ ބެއްލެވީ ފަނޑިޔާރު ދީބާނާޒް ފަހުމީގެ އިތުރުން، ފަނޑިޔާރު މުޙައްމަދު ނިޔާޒް އަދި ފަނޑިޔާރު ހުސައިން މަޒީދެވެ.

އެންމެ ހިނގާ

1

ބެއިޖިންގގެ ހުއްދަ ނެތި އެމެރިކާގެ މަނަވަރެއް ޗައިނާ ކަނޑަށް، މަސްރަހު ހޫނުވެ ޗައިނާގެ އިންޒާރެއް

2

އިންޑިއާގެ ބަދަލުގައި ޕާކިސްތާނުން ޑޮކްޓަރުންނާއި ޓީޗަރުން ގެންނަން ނިންމާ، ރައީސް މުއިއްޒު ސަރުކާރުން އެ މަސައްކަތް ފަށައިފި

3

އޭއީއެޗްގެ ސީއީއޯ އަދީލްގެ އާއިލީ މީހުންނަށް ނާޖާއިޒު ގޮތުގައި ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދޭ ކަމުގެ ސީރިއަސް ތުހުމަތުތަކެއް، މިފަހަރު ކޮއްކޮ އަށް އިސް މަގާމެއް!

4

ރަސްމާލެ މަޝްރޫއުގެ ހަގީގީ ނުރައްކަލަކީ އެތަނުގައި ރިސޯޓު އުސޫލުތައް ހުއްދަކުރުން ކަމަށް ވަޒީރު ވިދާޅުވި ވިދާޅުވުން ކަމަށް އިލްމުވެރިންގެ ގުޅުމުން ބުނެފި

5

މުއިއްޒު އާއި އެކު ޝެހެބާޒް ދެއްވި ރަސްމީ ސްޓޭޓްމަންޓުގައި ކަޝްމީރުގައި ވަކި ދައުލަތެއް ބިނާކުރުމަށާއި، ސިންދު ކޯރުގެ މައްސަލައިގައި ރަތްރޮނގު ހުރަސްކުރާނަމަ ހަނގުރާމައަކަށް ދާންޖެހިދާނެކަމުގެ އިންޒާރު!

އިތުރަށް ކިޔާލަން

07 ޖޫން 2017

ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ކާރުގެ ޑްރައިވަރަކު ހައްޔަރުކޮށްފި

07 ޖޫން 2017
ޓެކްސީއަށް އަރާ މީހުންނަށް ބިރުދައްކައި އިންޒާރުދިން މައްސަލައެއްގައި ކާރުގެ ޑްރައިވަރަކު ހައްޔަރުކޮށްފި
16 މެއި 2017

ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރަން ނިންމާ ޕީޖީއަށް ފޮނުވަނީ

16 މެއި 2017
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާ ގުޅޭ ތިން މައްސަލައެއްގައި ދައުވާ ކުރަން ނިންމާ ޕީޖީއަށް ފޮނުވަނީ
03 މެއި 2017

މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް

03 މެއި 2017
މާރާމާރީގެ މައްސަލައެއްގައި މައްޗަންގޯޅީ އުތުރު ޕީޕީއެމް ކެނޑިޑޭޓް ބަންދުކޮށްދިނުމަށް އެދި ޕީޖީން ހައިކޯޓަށް
26 އެޕްރީލު 2017

ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި

26 އެޕްރީލު 2017
ކޮރަޕްޝަން މައްސަލައެއްގައި ފޭދޫ އަވަށު ބޯޑުގެ ރައީސްގެ މައްޗަށް ދައުވާކުރުމަށް ފޮނުވައިފި
15 އެޕްރީލު 2017

ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި

15 އެޕްރީލު 2017
ދ. އަތޮޅު މަދަރުސާގެ ބިދޭސީ ޓީޗަރެއް ބަދުއަހުލާގީ މައްސަލައެއްގައި ހައްޔަރު ކޮށްފި
06 އެޕްރީލު 2017

އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް

06 އެޕްރީލު 2017
އަޅުގަނޑު ޖަލަށްލާން ކިތަންމެ ބާރެއް އުޅުއްވިޔަސް ފަހަތަކަށް ނުޖެއްސޭނެ: ޤާސިމް
18 ފެބުރުއަރީ 2017

ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ

18 ފެބުރުއަރީ 2017
ކުޑަ ކުއްޖަކަށް އޮރިޔާން ދެއްކި މައްސަލައެއްގައި ބިދޭސީއަކު ހޯދަނީ
24 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް

24 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އުމުރަށް ޖަލަށް
17 ޖެނުއަރީ 2017

މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!

17 ޖެނުއަރީ 2017
މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވާ މީހަކު ކުޑަކުއްޖެއްގެ މައްސަލައެއްގައި ހޯދަނީ!
06 ޖެނުއަރީ 2017

ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ

06 ޖެނުއަރީ 2017
ނިމިގެންދިޔަ އަހަރު ޑްރަގް ކޯޓަށް ހުށަހެޅުނު މައްސަލަތައް އިތުރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް