Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ބޮޑު ބައްޔާއެކު ކޮސްޓަރިކާ ނުކުންނާނީ ވަރުގަދަކޮށް، މެޗު ފަސޭހަ ނުކުރާނެ: މޮރިޔާސޫ

ކޮސްޓަރިކާ ޓީމުގައި ތިބީ ވަރަށް ފިޒިކަލީ ވަރުގަދަ ކުޅުންތެރިންތަކެއް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 27 ނޮވެމްބަރު 2022 | އާދީއްތަ 06:04
ޖަޕާންގެ ކޯޗު މޮރިޔާސޫ

ޖަޕާންގެ ކޯޗު މޮރިޔާސޫ

ފީފާ ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ކޮސްޓަރިކާއާ ދެކޮޅަށް ނުކުންނައިރު އެ މެޗު ފަސޭހެ ނުކުރާނެ ކަމަށް ޖަޕާންގެ ކޯޗު ހާޖިސީ މޮރިޔާސޫ ބުނެފިއެވެ.

މުބާރާތުގެ ފުރަތަމަ މެޗުގައި ވަރުގަދަ ޖަރުމަނު ބަލިކޮށްފައިވުމުން، ކޮސްޓަރިކާ ބަލިކޮށް ޖަޕާނަށް ދެ ވަނަ ބުރުގެ ޖާގައެއްގެ ފުރުސަތު ބޮޑުވާނެއެވެ. ކޮސްޓަރިކާ މެޗުގެ ކުރިން އޮތް ޕްރެސްގައި ވާހަކަ ދައްކަމުން މޮރިޔާސޫ ބުނީ އިދިކޮޅު ޓީމަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ. އޭނާ ބުނީ އެ ޓީމުގައި ތިބީ ވަރަށް ފިޒިކަލީ ވަރުގަދަ ކުޅުންތެރިންތަކެއް ކަމަށާއި، ވަރަށް ބޮޑަށް ރާވަލައިގެން އެ ޓީމު ކުޅޭނެ ކަމަށެވެ. އަދި މިހާތަނަށް ބެލި ބެލުންތަކުން ފެންނަ ގޮތުގައި ކޮސްޓަރިކާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށެވެ.

މޮރިޔާސޫ ބުނީ ކޮސްޓަރިކާގެ ފުރަތަމަ މެޗުގައި އެމީހުން ބޮޑު ތަފާތަކުން ބަލިވެފައިވާ ކަމަށެވެ. އެއީ ޖަޕާނާ ދެކޮޅަށް ނުކުންނައިރު ކޮސްޓަރިކާ އިން ވަރަށް ބޮޑަށް ހިފާނެ ތަނެއް ކަމަށް މޮރިޔާސޫ ބުންޏެވެ. އޭނާ ބުނީ ގަބޫލުކުރެވޭ ގޮތުގައި ކޮސްޓަރިކާ އިން އެމީހުންނާ ދެކޮޅަށް ނިކުންްނާނީ މެންޓަލީ ވަރަށް ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުމަކީ ވެސް ވަރަށް އުނދަގޫ ކަމަކަށްވާނެ ކަމަށެވެ. ޚާއްސަކޮށް ޖަޕާންގެ ފުރަތަމަ މެޗުގައި ކުޅުނު ކަހަލަ ވަރުގަދަ ޓީމަކާ ދެކޮޅަށް ކުޅޭއިރު އެއީ އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް އަބަދުވެސް ބޭނުންވަނީ ބޯޅަ ހިފަހައްޓައިގެން ކޮންޓްރޯލް މެޗެއް ކުޅެންކަން ފާހަގަ ކުރަމުން މޮރިޔާސޫ ބުނީ، ކުރިއަށް އޮތް މެޗުގެ ޕޮޒިޝަން އިންސައްތަ ބުނަން އޭނާ އަށް ނޭންގޭ ކަމަށެވެ.

ޖަޕާނު ކޮސްޓަރިކާއާ ދެކޮޅަށް ނުކުންނާނީ އާދިއްތަ ދުވަހު ރާއްޖެ ގަޑިން 15:00 ގައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް

30 ޖެނުއަރީ 2017
މެޗު ފަސޭހައެއް ނުވާނެ، ނުކުންނާނީ ތިން ޕޮއިންޓް ހޯދަން: އިޤްބާލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
24 ޖެނުއަރީ 2017

ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ

24 ޖެނުއަރީ 2017
ބަންގާޅު މުބާރާތުގެ ސަބަބުން ޓީސީއަށް ބޮޑު ފައިދާއެއް ކުރާނެ: ނިޒާމްބެ
22 ޖެނުއަރީ 2017

ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް

22 ޖެނުއަރީ 2017
ބޮޑު އަށް ކުލަބަށް އަންނަ މަހު ފައިސާ ދެވޭނެ: އެފްއޭއެމް
18 ޖެނުއަރީ 2017

ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް

18 ޖެނުއަރީ 2017
ކެރިއަރުގައި ލިބުނު އެންމެ ބޮޑު ކާމިޔާބަކީ އެފްއޭ ކަޕް ޔުނައިޓެޑާއެކު ކާމިޔާބުކުރުން: ވެންހާލް
17 ޖެނުއަރީ 2017

އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން

17 ޖެނުއަރީ 2017
އާ ސީޒަނަށް ނުކުންނާނީ މާލޭ ލީގުގެ ގަދަ ހަތަރެއް ކަށަވަރުކުރަން: ޝަޒީން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު