Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުކްރިކެޓް ކާނިވަލް 2022

އެމްއެމްޑަބްލިއުއެމް ކްރިކެޓް ކާނިވަލް 2022ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

26 ނޮވެމްބަރު 2022 | ހޮނިހިރު 07:21

ރަޖިސްޓްރީކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 ނޮވެމްބަރު

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 26 ނޮވެމްބަރު 2022 | ހޮނިހިރު 07:21
ކްރިކެޓް ކާނިވަލް

ކްރިކެޓް ކާނިވަލް

މައިގްރެންޓް ވޯކަރސް (އެމްއެމްޑަބްލިއުއެމް) ކްރިކެޓް ކާނިވަލް 2022ގައި ބައިވެރިވުމަށް ފުރުސަތު ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސްއާއި މޯލްޑިވްސް ކްރިކެޓް ބޯޑް ގުޅިގެން ކުރިއަށް ގެންދާ، ބިދޭސީންނަށް ޚާއްސަ އަހަރީ މައިގްރެންޓް ވޯކަރސް ކްރިކެޓް ކާނިވަލް، 02 ޑިސެމްބަރ 2022ވާ ހުކުރު ދުވަހު ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ކްރިކެޓް ކާނިވަލް އެންމެ ފުރަތަމަ ބޭއްވީ 2021 ވަނަ އަހަރު، އުރީދޫ މޯލްޑިވްސްއާއި ކްރިކެޓް ބޯޑް ގުޅިގެންނެވެ.

މި ކާނިވަލަކީ އަހަރަކު އެއްފަހަރު ބިދޭސީ މަސައްކަތްތެރިން ކުޅިވަރުގައި ބައިވެރިކުރުމާއެކު، މިމަސައްކަތްތެރިންގެ ބޮޑު އާބާދީއަކާ ހަމައަށް ވާސިލްވުމަށް ޕްލެޓްފޯމެއްގެ ގޮތުގައި ބޭނުންކޮށްގެން ހޭލުންތެރިކަން އިތުރުކޮށް، ބޭނުންވާ އެކިއެކި ޚިދުމަތްތައް ފޯރުކޮށްދިނުމަށްޓަކައި ހިންގޭ ހަރަކާތެކެވެ. ކުރީ އަހަރުގެ ކްރިކެޓް ކާނިވަލާ އެއްގޮތަށް އެމްއެމްޑަބްލިއުއެމްއިން މިފަހަރުގެ ކާނިވަލުގައިވެސް ބިދޭސީ މަސައްކަތްތެރިންނަށް ހިލޭ މެޑިކަލް ސްކްރީނިންގގެ އިތުރުން ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭނެ އިންތިޒާމް ހަމަޖެހިފައި ހުންނާނެއެވެ.

އެމްއެމްޑަބްލިއުއެމްއަށް، މި ކާނިވާ ކުރިއަށް ގެންދިޔުމުގައި ވޭތުވެދިޔަ އަހަރު އުރީދޫ މޯލްޑިވްސްގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބިފައިވާއިރު، މިއަހަރުގެ ކްރިކެޓް ކާނިވަލަށްވެސް އެމްއެމްޑަބްލިއުއެމްގެ މައި ސްޕޮންސަރއެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަރަކާތްތެރިވުމަކީ އެޖަމްއިއްޔާއިން ނުހަނު އުފާކުރާ ކަމެއްކަމަށް ފާހަގަކުރެއެވެ.

ޑިސެމްބަރު 02 ވަނަ ދުވަހުގެ ހެނދުނު 8:00ން ފެށިގެން 18:00އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ ކްރިކެޓް މުބާރާތުގެ މަސައްކަތްތައް ކުރިއަށްގެންދާނީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއާއި އެ ބޯޑުގެ މުވައްޒަފުންނެވެ.

ބިދޭސީ މަސައްކަތްތެރިންގެ ހައްގުތަކަށް ވަކާލާތުކުރުމުގެ މަގުސަދުގައި އުފެއްދި ޖަމިއްޔާއެއްގެ ގޮތުން އެމްއެމްޑަބްލިއުއެމްގެ އަހަރީ ދުވަސް ފާހަގަކުރުމުގައި މިފަދައިން ބިދޭސީ މަސައްކަތްތެރިން ހިމަނައިގެން ޚާއްސަ ހަރަކާތެއް ކުރިއަށްގެންދިޔުމަކީ ޖަމްއިއްޔާއިން ނުހަނު އިސްކަމެއް ދީގެން ކުރާ މަސައްކަތެއްކަމަށާއި، މި މަސައްކަތުގައި ދީލަތި އެހީތެރިންނާއި ސްޕޮންސަރުންގެ އެއްބާރުލުން މި ފުރުސަތުގައި ވަރަށް އުފަލާއެކު ބަލައިގަންނަ ކަމަށް އެމްއެމްޑަބްލިއުއެމްއިން ފާހަގަކުރެއެވެ.

އެމްއެމްޑަބްލިއުއެމްއިން އުންމީދުކުރަނީ ވޭތުވެދިޔަ އަހަރާ އެއްގޮތަށް މިއަހަރުގެ ކްރިކެޓް ކާނިވަލުގައިވެސް ގިނަ އަދަދެއްގެ ބިދޭސީ މަސައްކަތްތެރިންނާއި އެމީހުންގެ ޓީމުތައް ބައިވެރިވެ، ހަރަކާތް ކާމިޔާބު ހަރަކާތަކަށް ހެދުމެވެ. އެމްއެމްޑަބްލިއުއެމްއިން ވަނީ ކްރިކެޓް ޓީމުތަކަށް، އެ ޖަމްއިއްޔާގެ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި އެ ޖަމްއިއްޔާގެ ހޮޓްލައިން 9607384994ން، ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލާފައެވެ. ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހު ތާރީޚަކީ 29 ނޮވެމްބަރ 2022އެވެ.

އިތުރަށް ކިޔާލަން

01 މެއި 2017

އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އެފްއޭއެމް ރިސޯޓް ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
27 އެޕްރީލު 2017

ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި

27 އެޕްރީލު 2017
ރާއްޖޭގެ ކުރީގެ ކްރިކެޓް ކުޅުންތެރިން ހާއްސަ މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި
20 އެޕްރީލު 2017

ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ

20 އެޕްރީލު 2017
ލިމިޓެޑް އޯވާ ދެވަނަ ޑިވިޝަން ކްރިކެޓް މުބާރާތް ހުކުރު ދުވަހު ފަށަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
21 މާރިޗު 2017

ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި

21 މާރިޗު 2017
ޕާކިސްތާން ކްރިކެޓް ޓީމުގެ ފަސް ކުޅުންތެރިއަކު ސަސްޕެންޑްކޮށްފި
13 މާރިޗު 2017

އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
އެފްއޭކަޕް ފުޓްބޯޅަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
13 މާރިޗު 2017

މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

13 މާރިޗު 2017
މިސްޓަރ މޯލްޑިވްސްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ކޮކާކޯލާ ލޯންގް ރަން 2017 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
02 ފެބުރުއަރީ 2017

ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

02 ފެބުރުއަރީ 2017
ޓީޓީ އަމްޕަޔާ ކޯހުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް