Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޗާކޯލް، ގަސްކާނާ އަދި ކޮތަޅު

އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޗާކޯލް، ގަސްކާނާ އަދި ކޮތަޅު ނެރުމަށް ވެމްކޯ އިން މަސައްކަތް ކުރަނީ

25 ނޮވެމްބަރު 2022 | ހުކުރު 13:15

މާލޭގައި އުފެދޭ ކުނީގެ 200 ޓަނާއި ގާތަށް ގޭބީސީތަކުން ވެޓް ވޭސްޓް އުފައްދާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 25 ނޮވެމްބަރު 2022 | ހުކުރު 13:15
ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި

ވެމްކޯ މުވައްޒަފުން ކުނި ނެގުމުގައި

(ވެމްކޯ) އަށް ޖަމާކުރާ ކުނި ބޭނުންކޮށްގެން އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ޗާކޯލް، ގަސްކާނާ އަދި ކޮތަޅު ބާޒާރަށް ނެރުމަށް ވެމްކޯ އިން މަސައްކަތް ކުރަމުންދާ ކަމަށް އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު (އެމްޑީ) ޔޫސުފް ސިރާޖު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިރާޖު ވިދާޅުވީ މިހާރުގެ ޕްލޭނާއި އެއްގޮތަށް ކުރިއަށްދާ ކަމަށްވާނަމަ ޗާކޯލް ވެމްކޯ އިން އުފައްދައިގެން ނެރެވޭނެ ކަމަށް ބެލެވެނީ އަންނަ އަހަރުގެ ޖެނުއަރީ ނުވަތަ ފެބްރުއަރީ މަހުގައި ކަމަށެވެ.

ސިރާޖު ވިދާޅުވީ ޗާކޯލް ނެރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ ބާޒާރަށް ކަމަށާއި މި ޕްރޮޑަކްޓަކީ ކަމުދާ ޕްރޮޑަކްޓަކަށް ވެއްޖެނަމަ ރިސޯޓުތަކަށް ވެސް މި ޕްރޮޑަކްޓް ވިއްކުމަށް ނިންމާފައިވާ ކަމަށެވެ.

މާލޭގައި އުފެދޭ ކުނީގެ 200 ޓަނާއި ގާތަށް ގޭބީސީތަކުން "ވެޓް ވޭސްޓް" ނުވަތަ ކުނިވާޒާތުގެ ކުނި އުފައްދާ ކަމަށާއި އެތަކެތި ބޭނުންކޮށްގެން ގަސް ކާނާ އުފެއްދުމަށް ވިސްނަމުންދާ ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުންފުނީގެ ބޯޑުން އެކަމުގެ ހުއްދަ ލިބުނުކަން ފާހަގަކުރައްވާ ސިރާޖު ވިދާޅުވީ މިއީ ކުރެވޭ އިންވެސްޓްމަންޓްގެ ތެރެއިން މުހިންމު ކަމަކަށް ވެގެންދާނެ ކަމަށާއި މިއީ އިތުރަށް އާމްދަނީ ލިބޭ ކަމަށް ވެސް ވެގެންދާނެ ކަމަށެވެ.

ކުންފުނިން މަސައްކަތް ކުރަމުންދާ އެކި ރަށްތަކުގައި މެނުއަލްކޮށް ގަސްކާނާ އުފައްދަމުންދާ ކަމަށާއި ނަމަވެސް ނަފާ ލިބޭގޮތަށް މި މަސައްކަތް ނުކުރާކަން ސިރާޖު ފާހަގަކުރެއްވިއެވެ.

ގޭބީސީތަކުން ކުނި ވަކި ކުރުމުގެ މަސައްކަތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ސިރާޖު ވިދާޅުވީ އެ މަސައްކަތަށް ބަލާއިރު މާބޮޑު ކުރިއެރުމެއް ނުލިބޭ ކަމަށެވެ. އެހެންނަމަވެސް ވެމްކޯގެ ކޮތަޅުތައް ނެރުމުން ރައްޔިތުންނަށް ކުނި ވަކިކުރުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ވިދާޅުވިއެވެ. ސަބަބަކީ ކުންފުނިން ކޮތަޅު ނެރޭއިރު ކުނި ވަކި ކުރާ ބާވަތްތަކަށް އެކި ކުލައިގެ ކޮތަޅުތައް ނެރޭތީކަމަށް ސިރާޖު ވިދާޅުވިއެވެ.

މިހާރު އެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު ހިދުމަތް ހޯދާ ހުރިހާ ފަރާތްތަކަށް ލުއިފަސޭހަ ވެގެންދާނެ ކަމަށް ވެސް ވިދާޅުއެވެ.

ސިރާޖު އިތުރަށް ވިދާޅުވީ މިވަގުތު ވިސްނާފައި ހުރީ ވެމްކޯ އިން ބާޒާރަށް ނެރޭ ކޮތަޅުތައް ތިންވަނަ ފަރާތެއް މެދުވެރިކޮށް ލިބޭ ގޮތަށް ހެދުމަށް ކަމަށާއި އެގޮތުގެމަތިން ހިދުމަތް ހޯދަން އެއްބަސްވެވޭ ފަރާތްތައް މެދުވެރިކޮށް ކޮތަޅު އާންމުންނަށް ލިބިގެންދާނެ ކަމަށެވެ.

އިތުރަށް ކިޔާލަން

28 ޖެނުއަރީ 2017

އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި

28 ޖެނުއަރީ 2017
އެންއެންޑީއެފުން ހިންގާ ނިޔަމި ކޯހުގެ ފުރަތަމަ ބުރު ފަށައިފި
27 ޖެނުއަރީ 2017

އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން

27 ޖެނުއަރީ 2017
އަނިޔާވެރި ވެރިއެއް ރައްޔިތުންގެ މައްޗަށް އަންނަނީ ރައްޔިތުން އަނިޔާވެރިވުމުން: ޝެއިހް ހުސެއިން
22 ޖެނުއަރީ 2017

ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ

22 ޖެނުއަރީ 2017
ޤުރްއާން ކިޔެވުމުގެ 32 ވަނަ ޤައުމީ މުބާރާތް މިއަހަރުގެ ސެޕްޓެމްބަރު މަހު ބާއްވަނީ
19 ޖެނުއަރީ 2017

މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!

19 ޖެނުއަރީ 2017
މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ޕެނަލްއެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސްއާއެކު ރައީސް ނަޝީދު!
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ

07 ޖެނުއަރީ 2017
މާލޭގައި ސައިކަލް ޓެކްސީގެ ޚިދުމަތް އަންނަ ހަފްތާގައި ފަށަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް