Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންސާނީ ހައްގުތައް ހިމާޔަތްކުރުން

ފާރަވެރި އިދާރާތަކަށް އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރި: ޖީހާން

ކަންކަން އިސްލާހުކުރެވޭނީ އެއީ ސަރުކާރަށް އަންނަ ގޮންޖެހުމެއް ކަމުގައި ނުދެކި، އެކަމުން ގައުމަށް އަންނަ ބަދަލާމެދު ވިސްނައިގެންކަމަށް އޭނާ ވަނީ ވިދާޅުވެފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 24 ނޮވެމްބަރު 2022 | ބުރާސްފަތި 12:31
ޖީހާން މަހްމޫދު

ޖީހާން މަހްމޫދު

ފާރަވެރި އިދާރާތަކަށް އަދިވެސް ވަރަށް ގިނަ ގޮންޖެހުންތައް އެބަހުރިކަމަށް, ހިންނަވަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މުގައްރިރު ޖީހާން މަހްމޫދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ، އަނިޔާކުރުމާ ދެކޮޅަށް، ގުޅިގެން މަސައްކަތްކުރުމާގުޅޭ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެސޯސިއޭޝަން ފޯ ޕްރިވެންޝަން އޮފް ޓޯޗަރއާ އެޗްއާރްސީއެމްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. ޖީހާން ވިދާޅުވީ، އެންމެ ފުރަތަމަ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއެއް (އެން.ޕީ.އެމް) ހުރިއިރު ބަންދުކޮށްފައި މީހުންނަށް ލިބޭ ހައްގުތައް ރައްކާތެރިވާކަން ކަށަވަރުކުރުމަށް ޒިޔާރަތްކުރުމަކީ ވަރަށް އުނދަނގޫ ކަމެއް ކަމަށެވެ. އެގޮތުން އޭރު މީހުން ބަންދުކޮށްފައި ތިބޭ ތަންތަނަށް ޒިޔާރަތްކުރުމަށް އެދުމަށްފަހުވެސް ބައެއް ހާލަތުތަކުގައި ގަޑިއެއްހާއިރު މަޑުކުރަން ޖެހުނު ކަމަށް ޖީހާން ވިދާޅުވިއެވެ. އެއީ އެފަދަ ތަނެއްގައި ތިބޭ ބަޔަކަށް ބޮޑު ކަމަކަށް ނުވިނަމަވެސް، މޮނިޓަރިންގ ބޮޑީއަކަށް ނުވަތަ ފާރަވެރި އިދާރާއަކަށް އެއީ ވަރަށް ބޮޑު ފަރަގެއް އަންނާނެ ކަމެއް ކަމަށް ޖީހާން ވިދާޅުވިއެވެ.

އަދި ކޮންމެ ސަރުކާރަކުން ވެސް ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމް ރަނގަޅުކުރުމަށް ބޭނުންވި ނަމަވެސް، އިދާރާތައް ރަނގަޅުކުރަން މަސައްކަތްކޮށް ޕްރެޝަރ ބޮޑުވާ ހިސާބުން ގޮންޖެހުމަކަށް ވާކަމަށް ޖީހާން ވިދާޅުވިއެވެ. އެ ހިސާބުން އަނިޔާލިބުން ހުއްޓުވުމަކީ ހަމައެކަނި އިދާރާތަކުގެ މަސްޢޫލިއްޔަތެއް ކަަމަށް ބެލެވެން ފަށާ ކަމަށާއި، އެކަމުގެ ސަބަބުން ބޮޑެތި އުނދަނގޫތަކާ ދިމާވާ ކަމަށް ޖީހާން ވިދާޅުވިއެވެ. އަނިޔާކުރުމުގެ މައްސަލަތައް ހުއްޓުވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން ކަމަށް ވެސް ޖީހާން ވަނީ ވިދާޅުވެފައެވެ.

އިންސާނީ ހައްގުތައް ކަށަވަރުކުރުމަކީ ހަމައެކަނި އެކުލަވާލާ އުސޫލުތަކުން ކުރެވޭނެ ކަމެއް ނޫންކަން ފާހަގަކުރައްވައި، ޖީހާން ވަނީ އަދިވެސް އިސްލާހުކުރުމަށް ކުރަންޖެހޭ ގިނަ ކަންކަން ހުރިކަން ފާހަގަކުރައްވާފައެވެ. އަދި ކަންކަން އިސްލާހުކުރެވޭނީ އެއީ ސަރުކާރަށް އަންނަ ގޮންޖެހުމެއްކަމުގައި ނުދެކި، އެކަމުން ގައުމަށް އަންނަ ބަދަލާމެދު ވިސްނައިގެންކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. 15 ފެބުރުއަރީ 2006ގައި ދިވެހިރާއްޖެއިން ތަސްދީގްކޮށްފައިވާ “ދި އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދި ކޮންވެންޝަން އަގެއިންސްޓް ޓޯޗަރ (އޮޕްކެޓް)"ގެ ދަށުން ކޮންމެ ދައުލަތަކުންވެސް އެ ދައުލަތެއްގެ ބާރު ހިނގާ ސަރަހައްދެއްގައި އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލުތައް ހުއްޓުވުމަށް، ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމެއް ގާއިމްކުރުމަށް ލާޒިމްކުރެއެވެ. މި ގޮތުން ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަން (އެޗް.އާރ.ސީ.އެމް)އާ ސަރުކާރާ މަޝްވަރާކޮށް، ދިވެހިރާއްޖޭގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްގެ ގޮތުގައި ދިވެހިރާއްޖޭގެ ހިއުމަން ރައިޓްސް ކޮމިޝަންވަނީ ހަމަޖައްސާފައެވެ. އަދި އެން.ޕީ.އެމް ހިންގާނީ އެ ކޮމިޝަނުގެ ދަށުން، ވަކި ޑިޕާޓްމަންޓެއްގެ ގޮތުގައި ކަމަށް، 2007 ވަނަ އަހަރު ޑިސެންބަރު މަހު ނިންމަވައި، ވަކި މުވައްޒަފުން އައްޔަނުކޮށް، އެމަސައްކަތް 2008 އެޕްރީލް 28ގައި ރަސްމީކޮށް ފެށިފައިވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

ގދ. އަތޮޅަށް ކުރެއްވި ކެމްޕެއިން ދަތުރު ވަރަށް ކާމިޔާބު: ހަސަން ލަތީފް

20 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

30 މާރިޗު
މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟
20251 އަހަރު ކުރިން
ރިޕޯޓު

މި ސަރުކާރުން އުޅެނީ ކުކުޅެއް އުޅޭހެން؟

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް
20242 އަހަރު ކުރިން
ރިޕޯޓު

ދައުލަތުގެ ބަޖެޓުން ހަރަދުނުކޮށް ނިންމާނެ ކަމަށް ބުނި ރަސްމާލެ ހުއްޓުމުން ކުށްވެރިވީ ބަޖެޓް

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!
20233 އަހަރު ކުރިން
ރިޕޯޓު

ދެމައިންގެ ނަމޫނާ ލޯބި: މުބާރާތުން ވަކިވަމުން ވެސް ސުމާ ހިނިތުންވެލީ މަންމައަށް ކުރިއަށް ދެވޭތީ!

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި
20224 އަހަރު ކުރިން
މީހުން

އަނިޔާގެ ސަބަބުން އޮއްސުނު ފުޓްބޯޅަ ތަރި

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް
20215 އަހަރު ކުރިން
ރާއްޖެ

ހޮނިހިރު ދުވަހު ދެވަނަ ޑޯޒް ޖަހަން ފަށާނެ، އޭގެ ފަހުން ކަރަންޓީނާ ނުލާ ދަތުރު ކުރެވޭނެ - މަބްރޫކް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟
20197 އަހަރު ކުރިން
އިސްލާމް

ޙައްދު ޤާއިމް ކުރެވޭނީ ކޮން ޙާލަތެއްގަ؟

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!
20188 އަހަރު ކުރިން
ރާއްޖެ

ނ. މިލަދޫ ރައްޔިތުން ރާއްޖެޓީވީއަށް މީރު ދިވެހި ކެއުމެއް ހަދިޔާކޮށްފި!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު