Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެވިރަ

ބޭސްފަރުވާއާއި ގުޅިގެން ދޭ އެހީގެ ހުރިހާ ޚިދުމަތެއް ވިރަގެ ނަމުގައި އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފަށައިފި

24 ނޮވެމްބަރު 2022 | ބުރާސްފަތި 07:12

ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކާއި އެ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި މަރުކަޒުން ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 24 ނޮވެމްބަރު 2022 | ބުރާސްފަތި 07:12
'ވިރަ' މަޢުލޫމާތު މަރުކަޒުގެ ނަމުގައި ގާއިމްކުރި ކަސްޓަމަރ އެކްސްޕީރިއެންސް ސެންޓަރު ހުޅުވައިދެއްވަނީ

'ވިރަ' މަޢުލޫމާތު މަރުކަޒުގެ ނަމުގައި ގާއިމްކުރި ކަސްޓަމަރ އެކްސްޕީރިއެންސް ސެންޓަރު ހުޅުވައިދެއްވަނީ

ބޭސްފަރުވާއާއި ގުޅިގެން ދަޢުލަތުން ރައްޔިތުންނަށް ދޭ އެހީގެ ހުރިހާ ޚިދުމަތެއް 'ވިރަ' ގެ ނަމުގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފަށައިފިއެވެ.

މިއީ ބޭސް ފަރުވާއާއި ގުޅިގެން ދަޢުލަތުގެ އެހީއަށް އެދޭ ރައްޔިތުންނަށް، "އޯގާތެރި ސަރުކާރު" ޝިއާރުގެ ދަށުން، ލުއިފަސޭހަ އަވަސް ޚިދުމަތްތަކެއް ދިނުމުގެ އަމާޒަށް ވާސިލުވުމަށްޓަކައި، ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދެ އިދާރާއަކުން ރައްޔިތުންނަށް ދެމުން އައި ޚިދުމަތްތައް، ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އާއި ގުޅިގެން އާސަންދަ މެދުވެރިކޮށް 'ވިރަ' ގެ ނަމުގައި، އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދޭން ފެށި މަސައްކަތަކެވެ.

Advertisement - newsAdvertisement

މިގޮތުން މާލޭގެ އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލުގައާއި ހުޅުމާލެ ހޮސްޕިޓަލުގައި މި ޚިދުމަތްތައް ލިބޭނެ ކައުންޓަރު، 'ވިރަ' ކައުންޓަރުގެ ނަމުގައި ވަނީ ޤާއިމުކުރެވިފައެވެ. މިއާއެކު އާސަންދަ ކުންފުނިން ފޯރުކޮށްދެމުންދާ އާސަންދަ އަދި މެރަނާ ސްކީމްގެ ޚިދުމަތްތަކާއި އެންސްޕާގެ ދަށުން ފޯރުކޮށްދެމުންދާ މެޑިކަލް ވެލްފެއަރ ޚިދުމަތްތައް އެއްތަނަކުން ލިބިގަތުމުގެ ފުރުޞަތު ރައްޔިތުންނަށް މިވަނީ ފަހިވެފައެވެ. މި ބަދަލާއެކު ކުރިން އާސަންދަ އަދި މެޑިކަލް ވެލްފެއަރއަށް އެދި ވަކިވަކިން ފޯމު ހުށަހެޅުމުގެ ބަދަލުގައި، އެހީ ބޭނުންވާ ފަރާތުން ހުށަހަޅަން ޖެހޭނީ އެންމެ ފޯމެކެވެ. އަދި އެހީތެރިކަމަށް އެދި ހުށަހަޅާ ފަރާތުގެ ޙާލަތު ބަދަލުނުވާހާ ހިނދަކު އިތުރު ފޯމެއް ހުށަހަޅާކަށް ނުޖެހޭނެއެވެ.

ކުރިން ދެ އިދާރާއަކުން ހޯދަންޖެހޭގޮތަށް އޮތް މި ޚިދުމަތްތައް އެއް ތަނަކުން ލިބުމަކީ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށްބޮޑު ލުއި ފަސޭހައެކެވެ. އަދި އެތައްފަހަރަކު ލިޔެކިޔުންތައް ހުށަހެޅުމުގެ ބަދަލުގައި އެއްފަހަރު ލިޔެކިޔުން ހުށަހަޅާގޮތަށް ހަމަޖެހިގެން ދިއުމަކީވެސް ޚިދުމަތް ހޯދުމުގައި ތަކުލީފު ކުޑަވެ، ޚިދުމަތް ލިބުން އަވަސްވެގެންދާނެ ބަދަލެކެވެ. ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ދިރިއުޅޭ ފަރާތްތަކަށް، އެ ފަރާތްތަކުގެ ބޭސްފަރުވާއާ ގުޅިގެން ދަޢުލަތުން ދެމުންގެންދާ އެހީ، ލާމަރުކަޒީ ނިޒާމުގެ ތެރެއިން ފޯރުކޮށް، ވީހާވެސް ހަމަހަމަގޮތެއްގައި ދިނުމަށްޓަކައި، ކުރިއަށްއޮތްތަނުގައި ރާއްޖޭގެ ހުރިހާ ޓަރޝަރީ ފެންވަރުގެ ހޮސްޕިޓަލެއްގައި 'ވިރަ' ކައުންޓަރުތައް ޤާއިމުކުރެވިގެންދާނެއެވެ.

'ވިރަ' ކައުންޓަރުތަކުގެ އިތުރުން 'ވިރަ' މަޢުލޫމާތު މަރުކަޒުގެ ނަމުގައި މުޅިން އާ ކަސްޓަމަރ އެކްސްޕީރިއެންސް ސެންޓަރެއްވެސް ވަނީ ހުޅުވިފައެވެ. މި މަރުކަޒު ހުޅުއްވައިދެއްވީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާޢީލާއި، ޖެންޑަރ މިނިސްޓަރ އައިޝަތު މުޙައްމަދު ދީދީއެވެ. އެންސްޕާގެ ސީއީއޯ މަރިޔަމް ޝަފީޤާއި އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިސްމާޢީލް އައްޒާމް ވަޖީހްއާއި އާސަންދަ ބޯޑުގެ ބައެއް މެމްބަރުންނާއި އާސަންދަ އެންސްޕާގެ އެގްޒެކެޓިވް އަދި ސީނިއަރ މެނޭޖްމަންޓް މެމްބަރުން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ބޭސްފަރުވާގެ ކަންކަމާ ގުޅިގެން ދަޢުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތްތަކަކާއި އެ ޚިދުމަތްތައް ލިބިގަންނާނެ ގޮތުގެ ފުރިހަމަ މަޢުލޫމާތު މި މަރުކަޒުން ލިބިގެންދާނެއެވެ. އަދި އެ ޚިދުމަތްތައް ހޯދުމަށް އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް މި މަރުކަޒުން އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ. މިގޮތުން ބަލިމީހާއަށް ބޭނުންވާ ފަރުވާ ކުރިއަށް ގެންދިޔުމުގައި އެންމެ ފަސޭހަވާނެ ގޮތާއި، ފަރުވާކުރުމުގައި ދައުލަތުގެ ފަރާތުން ލިބެން ހުރި އެހީތައް މި ސެންޓަރުން އޮޅުންފިލުވައިދެވޭނެއެވެ. އަދި ބޭނުންވާ އެހީ ހޯދުމުގެ މަގު ތަނަވަސްކޮށްދީ ކުރިއަށްދާންވީ ގޮތުގެ އިރުޝާދާއި އެހީތެރިކަންވެސް ފޯރުކޮށްދެވޭނެއެވެ.

ރަސްމީ ދުވަސްތަކުގެ ހެނދުނު 08:00 އިން ރޭގަނޑު 10:00 އަށް އައިޖީއެމްއެޗާއި ހުޅުމާލެ ހޮސްޕިޓަލުގެ 'ވިރަ' ކައުންޓަރުން ޚިދުމަތް ލިބޭނެއެވެ. ފެންބިލްޑިންގެ ނިކަގަސްމަގަށްވާ ފަޅީގައި ގާއިމުކުރެވިފައިވާ، 'ވިރަ' މަރުކަޒުން 24 ގަޑިއިރު ޚިދުމަތް ލިބޭނެއެވެ.

'ވިރަ' ކައުންޓަރުތަކަށް ވަޑައިނުގެން 1400@aasandha.mv އަށް ފޯމާއި ލިޔެކިޔުން އީ-މެއިލް ކުރައްވައިގެންވެސް ބޭސްފަރުވާގެ އެހީތެރިކަމަށް އެދި ހުށަހެޅުއްވޭނެއެވެ. އަދި 1400 ނަންބަރަށް ގުޅުއްވައިގެން ކޮންމެ ވަގުތަކުވެސް މަޢުލޫމާތު ސާފުކުރެއްވޭނެއެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

އިތުރަށް ކިޔާލަން

03 ފެބުރުއަރީ 2017

ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް

03 ފެބުރުއަރީ 2017
ތިން ލީޑަރުން ގުޅިގެން ގޮތެއް ނިންމައިފިނަމަ ޤައުމު އެ މަގަކަށް އެނބުރޭނެ: އަބްދުﷲ ރިޔާޒް
02 ފެބުރުއަރީ 2017

މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!

02 ފެބުރުއަރީ 2017
މަފާޒުގެ މަރާ ގުޅިގެން ދައުވާ ކުރި މީހުންނަށް ހުކުމް ކުރުން މާޗް 14 އަށް!
02 ފެބުރުއަރީ 2017

ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި

02 ފެބުރުއަރީ 2017
ބޮންޑު ވިއްކަން ހަވާލުކުރި ކުންފުނި މަނީ ލޯންޑަރިން މައްސަލައަކާ ގުޅިގެން 500 މިލިއަން ޑޮލަރުން ޖޫރިމަނާކޮށްފި
31 ޖެނުއަރީ 2017

ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ

31 ޖެނުއަރީ 2017
ތަފާތު ތިން މައްސަލައަކާ ގުޅިގެން ތިން މީހުން ހޯދަނީ
29 ޖެނުއަރީ 2017

ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ

29 ޖެނުއަރީ 2017
ހުށަހެޅިފައިވާ މައްސަލަތަކަކާ ގުޅިގެން މީހަކު ހައްޔަރު ކޮށްގެން ކޯޓަށް ހާޒިރު ކުރުމަށް އެމީހާ ހޯދަނީ
24 ޖެނުއަރީ 2017

މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި

24 ޖެނުއަރީ 2017
މާރާމާރީގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދަން އިއުލާންކޮށްފި
22 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި

22 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބަދުއަހުލާގީ އަމަލް ހިންގި މައްސަލައަކާ ގުޅިގެން ބިދޭސީއަކު ހޯދަން އިއުލާންކޮށްފި
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބު ފަސްކުރުމާ ގުޅިގެން އަންނަ އާދިއްތަ ދުވަހު ކޯޓަށް މައްސަލަ ހުށަހަޅާނަން: ނިޔާޒް
11 ޖެނުއަރީ 2017

ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ

11 ޖެނުއަރީ 2017
ފުލުހަށް ހާޒިރު ކުރީ ޕީޕީއެމްގެ ހާޑްޑިސްކެއް ގެއްލިގެން ހުށަހެޅި މައްސަލައާ ގުޅިގެން: ޔުމްނާ
04 ޖެނުއަރީ 2017

ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން

04 ޖެނުއަރީ 2017
ދިވެހި ޓީޗަރުން ހޯދުމަށް ކުރި އިއުލާނާއި ގުޅިގެން ކުރިމަތީ 26 ފަރާތަކުން: އެޑިއުކޭޝަން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް