Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

މިފަހަރުގެ އެންމެ ތަފާތު ބޮޑު ނަތީޖާއާއެކު ސްޕެއިންއަށް ހިތްހަމަޖެހުމެއް

މި މެޗަކީ މިފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މިހާތަނަށް ނިމުނު މެޗު

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 23 ނޮވެމްބަރު 2022 | ބުދަ 18:05
ލަނޑު ޖެހުމަށްފަހު ސްޕެއިން ކުޅުންތެރިން އުފާ ފާޅުކުރަނީ

ލަނޑު ޖެހުމަށްފަހު ސްޕެއިން ކުޅުންތެރިން އުފާ ފާޅުކުރަނީ

މިފަހަރުގެ ވޯލްޑް ކަޕްގައި މިހާތަނަށް ނެރުނު އެންމެ ތަފާތު ބޮޑު ނަތީޖާއާއެކު ސްޕެއިނުން ބޮޑު ހިތްހަމަޖެހުމެއް ހޯދައިފިއެވެ.

ގްރޫޕް އީގައި ކޮސްޓަރިކާއާއި ބައްދަލުކުރި މެޗު ސްޕޭނުން ކާމިޔާބުކުރީ 7-0ންނެވެ. އަލް ތުމާމާ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ސްޕޭނުން ފެށީވެސް އެމީހުންގެ ރަސްމީ ޕާސިން ގޭމުގައެވެ. މެޗުގެ ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅު ސްޕޭނުން ލީޑު ނެގީ ފުރަތަމަ ހާފުގެ 11 ވަނަ މިނެޓުގައެވެ. މިއީ ގަވީ ދިން ހިތްގައިމު ޕާހެއް ގޯލުގެ ގޯލުގެ ތިރީ ކަނަށް ފޮނުވާލައިގެން ޑެނީ އޮލްމޯ ކާމިޔާބުކުރި ލަނޑެކެވެ. އޭގެ 10 މިނެޓު ފަހުން ޖޯޑީ އަލްބާ ނަގައިދިން ހުރަހެއް ގޯލަށް ފޮނުބާލައިގެން ސްޕެއިންގެ ލީޑު ފުޅާކޮށްދިނީ މާކޯ އަސެންސިއޯއެވެ. ފުރަތަމަ ހާފުގައި ސްޕޭނުން ޖެހި ފަހު ލަނޑަކީ ޕެނަލްޓީއަކުން ފެރަން ޓޮރޭސް ޖަހައިދިން ލަނޑެކެވެ.

މީގެ އިތުރުންވެސް ލަނޑު ޖެހުމަށް ރަނގަޅު ފުރުސަތުތަކެއް ސްޕެއިންއަށް ލިބުނެވެ. ނަމަވެސް ފުރަތަމަ ހާފުގައި ކޮސްޓަ ރިކާއަށް އެއްވެސް ހަމަލާއެއް ނުއުފެއްދެއެވެ.

ފެރަން ޓޮރޭސްގެ ދެވަނަ ލަނޑު ޖެހީ މެޗުގެ 54 ވަނަ މިނެޓުގައެވެ. ސްޕެއިންގެ ފަސްވަނަ ލަނޑަކީ އަލްވާރޯ މޮރާޓާ ނަގައިދިން ހުރަހެއް ގޯލަށް ފޮނުވާލައިގެން ގަވީ ކާމިޔާބުކުރި ހިތްގައިމު ލަނޑެކެވެ. މި ލަނޑާއެކު ގަވީ ވެފައިވަނީ ވޯލްޑް ކަޕްގައި ސްޕެއިން ޓީމަށް ލަނޑެއް ޖަހައިދިން އެންމެ ޒުވާން ކުޅުންތެރިޔާއަށެވެ. އުމުރުން 18 އަހަރާއި 110 ދުވަހުގެ ގަވީ އަކީ ވޯލްޑް ކަޕްގައި ސްޕެއިން ޓީމަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާވެސްމެއެވެ.

ސްޕެއިންގެ ހަވަނަ ލަނޑު މެޗުގެ 90 ވަނޖަ މިނެޓުގައި ޖަހައިދިނީ ކާލޯސް ސޮލާއެވެ. އެޓީމުގެ ފަހު ލަނޑަކީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަލްވާރޯ މޮރާޓާ ކާމިޔާބުކޮށްދިން ލަނޑެކެވެ.

މި މެޗަކީ މިފަހަރުގެ މުބާރާތުގައި އެންމެ ތަފާތު ބޮޑު ނަތީޖާއަކުން މިހާތަނަށް ނިމުނު މެޗެވެ. މިއާއި ޖެހިގެން އެންމެ ތަފާތު ބޮޑުކޮށް މިފަހަރުގެ މުބާރާތުގައި ނިމިފައިވަނީ އިންގްލޭންޑާއި އީރާނު ބައްދަލުކުރި މެޗެވެ. އެމެޗު ނިމުނީ 6-2ން އިންގްލޭންޑް މޮޅުވެގެންނެވެ.

މިއީ ވޯލްޑް ކަޕްގައި މި ދެޓީމު ބައްދަލުކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން މިހާތަނަށް މި ދެޓީމު ބައްދަލުކުރީ ރަހުމަތްތެރިކަމުގެ ތިން މެޗުގައެވެ. އޭގެ ތެރެއިން ފުރަތަމަ މެޗުން ދެޓީމު އެއްވަރުވި ނަމަވެސް ފަހު ދެމެޗު ކާމިޔާބުކުރީ ސްޕޭނުންނެވެ.

މި ނަތީޖާއާއެކު ގްރޫޕް އީގެ އެއްވަނާގައި ސްޕެއިން އޮތީ ފައިދާ ގޯލުންނެވެ. މި ގްރޫޕްގައި ޖަރުމަނު ބަލިކުރި ޖަޕާނަށްވެސް ލިބެނީ ތިން ޕޮއިންޓެވެ. ސްޕެއިންއަށް ކުރިލިބެނީ ފައިދާ ގޯލުންނެވެ. މެޗުން ބަލިވި ކޮސްޓަރިކާ ތާވަލުގެ ފުލުގައި އޮތްއިރު ޕޮއިންޓެއް ނުލިބި ޖަރުމަނު އޮތީ ގްރޫޕްގެ ތިންވަނާގައެވެ.

އިތުރަށް ކިޔާލަން

04 ފެބުރުއަރީ 2017

ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ

04 ފެބުރުއަރީ 2017
ޓޮޓީގެ ބަސް ނާހާ ރެއާލް އަށް ބަދަލުވުން އެއީ ހަޔާތުގައި ހެދުނު ބޮޑު ގޯހެއް: ކަސާނޯ
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
30 ޖެނުއަރީ 2017

ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި

30 ޖެނުއަރީ 2017
 ބޮޑު ތަފާތަކުން ވިގަންގެ މައްޗަށް ޔުނައިޓެޑް ކުރިހޯދައިފި
28 ޖެނުއަރީ 2017

ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި

28 ޖެނުއަރީ 2017
ބޮޑު ލީޑަކާއެކު ސީދާ ތިން ސެޓުން ނޭޕާލްގެ މައްޗަށް އީރާން ކުރިހޯދައިފި
26 ޖެނުއަރީ 2017

ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް

26 ޖެނުއަރީ 2017
ވައިޑީޕީ އަށް ބޮޑު ތަރުހީބެއް ލިބޭ، އެހެނަސް ޖާގައިގެ ދަތިކަން އިންތިހާއަށް ބޮޑު: ޝާޒް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު