Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުފީޗަރ ރިޕޯޓް

ގެއްލުން ތި ދެވެނީ ހަމަ އަމިއްލަ މުދަލަށް!

24 ނޮވެމްބަރު 2022 | ބުރާސްފަތި 07:22

ބަހާއި ފެރީގެ ސީޓު ފަހަތުގައި ލިޔުމާއި ކުރެހުމުގެ މައްސަލަ ވަނީ ބޮޑުވެފައި

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 24 ނޮވެމްބަރު 2022 | ބުރާސްފަތި 07:22
އެމްޓީސީސީ ބަސް

އެމްޓީސީސީ ބަސް

މާލޭގައި ފައިމަގުގައި އުޅުމަށް ދަތިވާތީ ޕަބްލިކް ޓްރާންސްޕޯޓްގެ ޚިދުމަތް ފެށުމަށް ރައްޔިތުން އެދެމުން އަންނަތާ އެތައް ދުވަހެއް ފަހުން މިވަނީ މިނީ ބަހުގެ ޚިދުމަތް ފަށައިފައެވެ. އެ ޚިދުމަތާއެކު އެތައް ބަޔަކަށް އެތައް ގޮތަކުން ލުއިތަކެއް ވަނީ ވެފައެވެ. ކުރިން ޓެކްސީއެއްގައި ދާން ދަތި ފަރާތްތަކަށް ނުވަތަ ޓެކްސީ ނުލިބިގެން ހިނގާފައި ތަންތަނަށް ދާން ޖެހޭ ފަރާތްތަކަށް މިއަދު މިވަނީ އެކަމަށް ހައްލު ލިބިފައެވެ. މިފަދަ ރަނގަޅު ޚިދުމަތެއް ފެށި ނަމަވެސް މިއަދު ބައެއް މީހުންގެ ފަރާތުން ފެންނަނީ ދެރަވާން ޖެހޭ ފަދަ މަންޒަރެކެވެ.

ބަހާއި ފެރީ ފަދަ ތަކެތީގެ ސީޓުތަކުގެ ފަހަތް މިއަދު ބަލައިލަން ނުކެރޭ ހާލަތުގައި ވެސް ހުރެއެވެ. އެއީ އޭގައި ބައެއް ފަރާތްތަކުން ކުރަހާފައި ހުންނަ މަންޒަރުތަކާއި ލިޔެފައި ހުންނަ ލިޔުންތަކުގެ ސަބަބުންނެވެ. މި މައްސަލަ ބޮޑުވެ، މިއަދު އެ ޚިދުމަތް ދޭ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އަށް ވެސް މިވަނީ ކޮންމެ ދުވަހަކު ބަހުގެ ސީޓުތަކުގެ ފަހަތުގައި ލިޔެފައި ހުންނަ މިފަދަ ލިޔުންތައް ނައްތާލުމުގެ މަސައްކަތް ކުރަން ޖެހިފައެެވެ.

މިއީ ތަހުޒީބުވެފައިވާ މުޖުތަމައަކުން ފެންނަން ޖެހޭ އަމަލުތަކެއް ނޫނެވެ. ބަހާއި ފެރީގެ ޚިދުމަތަކީ ތިމާ އެކަނި ހޯދާ ޚިދުމަތެއް ނޫނެވެ. އެއީ ހުރިހާ އުމުރުފުރައެއްގެ ހުރިހާ ޖިންސެއްގެ މީހުން ހޯދާ ޚިދުމަތެކެވެ. އެއީ ތިމާގެ މައިންބަފައިންނާއި ކޮއްކޮ ނުވަތަ އެ ނޫންވެސް އާއިލީ މެމްބަރަކަށް ވެދާނެއެވެ. އެފަދަ މަންޒަރުތަކާއި ލިޔުންތައް އެ ފަރާތްތަކަށް ފެންނަން ތިމާ ބޭނުންވާނެހެއްޔެވެ؟ މިއީ އެއްވެސް މީހަކު ބޭނުންވާނެ ކަމެއް ނޫންކަން ޔަގީނެވެ.

ނުރަނގަޅު މަންޒަރާއި ލިޔުންތައް އެކަންޏެއް ނޫނެވެ. އެހެނިހެން ބާވަތްތަކުގެ ލިޔުންތައް ވެސް މި ސީޓުތަކުގެ ފަހަތުގައި ލިޔެފައި ހުރެއެވެ. އެ ލިޔުމުގައި ނުރަނގަޅު އެއްޗެއް ނެތް ނަަމަވެސް އެފަދަ ތަންތަނަކީ ލިޔަން ހުންނަ ތަންތަން ނޫންކަން ދަންނަންވާނެއެވެ.

ބަހުގައި ތިމާ ދަތުރު ކުރިކަން އަންގަން، ނުވަތަ ހަނދާނަކަށް ނަން ލިޔެލަނީއެވެ. އެއީ އެއްވެސް ކަމެއް ނޫންކަން ހީކުރެވޭތީއެވެ. އެއީ ހަމައެކަނި ދެލިކޮޅެކެވެ. ނަމަވެސް މިއީ މުދަލަށް ލިބޭ ވަރަށް ބޮޑު ގެއްލުމެކެވެ. އެ ލިޔުންތައް ފިލުވަން އެތައް ޚަރަދެއް ކުރަން ޖެހޭއިރު އެ ތަނެއްގެ ރީތިކަން ވެސް ގެއްލިގެންދެއެވެ.

މިފަދަ ގެއްލުންތައް ދޭއިރު އެ ގެއްލުން ދެވެނީ އަމިއްލަ މުދަލަށެވެ. އެއީ ރައްޔިތުންގެ ލާރިން ރައްޔިތުންނަށް ދޭ ޚިދުމަތެކެވެ. އެހެންކަމުން ތިމާ ބޮޑު އަގުގައި ގަނެފައި އޮންނަ އެއްޗަކަށް ގެއްލުމެއް ވާން ނޭދޭ ފަދައިން މިފަދަ ތަކެއްޗަށް ވެސް ގެއްލުމެއް ވާން އެދިގެންނުވާނެއެވެ.

ގެންގުޅޭ ތަކެއްޗާއި ގޭތެރެ ސާފުތާހިރުކޮށް ބަހައްޓަން ބޭނުންވާ ގޮތަށް ބަހާއި ފެރީތައް ވެސް ސާފުތާހިރުކޮށް ބަހައްޓަން އެދެންވާނެއެވެ. ނަމަވެސް މަދު ބައެއްގެ ފަރާތުން ނަމަވެސް ބަހާއި ފެރީގެ އެތެރެއަށް ކުނި އެޅުމާއި ކުރެހުން ފަދަ ނާތަހުޒީބު އަމަލުތައް ފެންނަކަމީ ދެރަވާން ޖެހޭ ކަމެކެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

23 އެޕްރީލު 2017

ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....

23 އެޕްރީލު 2017
ޔާމީނަށް ހަމަލާ ދެމުން ދިޔައިރު އޭނާގެ ރުއިމުގެ އަޑު އިވުނު މީހެއްގެ ދުލުން....
10 އެޕްރީލު 2017

ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ

10 އެޕްރީލު 2017
ސެމްސޮން ގެލެކްސީ އެސް8ގެ ފެށުން ވަރަށް ވެސް ފުރިހަމަ
07 އެޕްރީލު 2017

އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި

07 އެޕްރީލު 2017
އިދްލީބަށް ދިން ކެމިކަލް ހަމަލާ: އެންމެން ރުޅި އަރުވާލައިފި
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
30 މާރިޗު 2017

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ
19 މާރިޗު 2017

ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް

19 މާރިޗު 2017
ބަދަލުވީ ހަމައެކަނި މާ، ކުރަނީ ހަމަ އެއް ކަމެއް
18 މާރިޗު 2017

ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!

18 މާރިޗު 2017
ކަދުރު، ޕެނެޑޯލް، ދަބަސް، ހިތާނުކުރުން، މިއީ ހަމަ ފިސާރި މެޑަމެއް!
09 މާރިޗު 2017

އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!

09 މާރިޗު 2017
އިދިކޮޅަށް ފުރުސަތު ނުދީ ކުރާ "ހަމަހަމަ" ކެމްޕެއިން!
14 ފެބުރުއަރީ 2017

ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!

14 ފެބުރުއަރީ 2017
ހަމަ އެންމެ ފޮޓޯއަކުން ސަރުކާރުގެ ޙާލަތު!
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް