Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ގަނޑުކުރި އެމްބްރިޔޯއިން އުފަންވި ދެބޭން

30 އެތައް އަހަރެއް ކުރިން ގަނޑުކުރި އެމްބްރިޔޯއިން އުފަންވި ދެބޭންނަށް އަދި މަހެއް ނުފުރޭ

އެމްބްރިޔޯ ގަނޑުކޮށްފައި އެތައް އަހަރަކަށް ބެހެއްޓޭ، އަދި ގަނޑު ކެނޑުވުމަށްފަހު، މައިމީހާގެ ރަހިމުގައި ދަރި ބޮޑު ކުރުމުގެ ފުރުޞަތު އޮވޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 16:29
ގަނޑުކުރި އެމްބްރިޔޯއިން އުފަންވި ދެބެން

ގަނޑުކުރި އެމްބްރިޔޯއިން އުފަންވި ދެބެން

އަންހެން މީހާގެ ދަރިމައިވުމުގެ ނިޒާމުގައި އުފެދޭ ބިހާއި ފިރިހެނާގެ ދަރިފަނި އެއްކޮށް، ފަރޓިލައިޒްކޮށް އެމްބްރިޔޯއަށް ވެ، ބޮޑުވެލުމަށް ދުވަސްކޮޅެއް ދިނުމަށް ފަހު އެ ގަނޑުކުރުން ނުވަތަ އެމްބްރިޔޯ ފްރީޒް ކުރުމަކީ ދަރިމައިވުމުގެ ބޭސްވެރިކަމުގައި މީގެ އަހަރުތަކެއް ކުރީއްސުރެ ފެށިގެން ކުރަމުން އަންނަ ކަމެކެވެ. އެގޮތަށް އެމްބްރިޔޯ ގަނޑުކޮށްފައި އެތައް އަހަރަކަށް ބެހެއްޓެއެވެ. އަދި ގަނޑު ކެނޑުވުމަށްފަހު، މައިމީހާގެ ރަހިމުގައި ދަރި ބޮޑު ކުރުމުގެ ފުރުޞަތު އޮވެއެވެ. ދަރިން ހޯދުމުގައި އެކި ކަހަލަ ގޮންޖެހުންތަކާއި ހުރަސްތަކާ ކުރިމަތިލާން ޖެހިފައި ވާ މީހުންނަށް މި "ފަރުވާ"އަކީ އަތުގައި ހިފާ ނަޞީބެއްގެ ގޮތުގައި ސިފަ ކުރެވެއެވެ.

އޮކްޓޯބަރު 31 ވަނަ ދުވަހު، އެމެރިކާއަށް އުފަންވި ލިޑިއާ އަދި ޓިމޮތީ ރިޖްވޭއަކީވެސް އެގޮތަށް ގަނޑުކުރި އެމްބްރިޔޯއިން އުފަންވި އެއްމާބަނޑު ދެބެންނެވެ. މި ދެބޭންގެ ވާހަކަ ހާއްސަ ވަނީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. ލިޑިއާ އަދި ޓިމޮތީ ރިޖްވޭއަކީ މީގެ 30 އެތައް އަހަރެއް ކުރިން ގަނޑުކުރި އެމްބްރިޔޯތަކަކުން އުފަންވި ދެބޭންނެވެ.

އެމެރިކާގެ ނޭޝަނަލް އެމްބްރިޔޯ ޑޯނޭޝަން ސެންޓަރ (ނެޑްސީ)ން ޤަބޫލު ކުރާ ގޮތުގައި މި ދެބޭންނަކީ (މިހާތަނަށް) އެންމެ ގިނަ ދުވަހަށް ގަނޑުކުރި އެމްބްރިޔޯތަކުން ދިރިތިއްބާ އުފަންވި ފުރަތަމަ ދެބެންނެވެ.

ލިޑިއާ އަދި ޓިމޮތީ ރިޖްވޭގެ އެމްބްރިޔޯތައް ގަނޑުކުރީ އޭޕްރިލް 22، 1992 ގައެވެ. ޖޯޖް އެޗްޑަބްލިއު ބުޝްގެ ވެރިކަމުގައެވެ. އެ އެމްބްރިޔޯތައް ގަނޑުކުރީ، އޭރު ކައިވެނިކޮށްގެން އުޅުނު ދެމީހެއްގެ ނަމުގައެވެ. ދަރިމައިވުމާ ބެހޭ ލެބެއްގައި ގަނޑުކުރި އެ އެމްބްރިޔޯތައް، ނެޑްސީއަށް ހަދިޔާކޮށްފައި ވަނީ 2007 ވަނަ އަހަރުއެވެ.

އޮކްޓޯބަރު 31 ވަނަ ދުވަހު އުފަންވި އެއްމާބަނޑު ދެބޭންގެ ބެލެނިވެރި ދެމަފިރިންގެ ގޮތުގައި ތިބީ ރިޖްވޭ ދެމަފިރިންނެވެ. އެމްބްރިޔޯތައް ގަނޑުކުރިއިރު، މިހާރު ބައްޕަގެ މަޤާމުގައި ހުރި ފިލިޕް ރިޖްވޭގެ ޢުމުރަކަށް ވާނީ އެންމެ 5 އަހަރެވެ. މި އެއްމާބަނޑު ދެބޭންނަކީ ރިޖްވޭ ދެމަފިރިންގެ އެންމެ ހަގު، އެހެންނަމަވެސް، ޢުމުރުގެ ގޮތުން އެންމެ ދޮށީ ދެ ދަރީންނޭވެސް ބުނެވިދާނެ ކަމަށް އޭނާ ބުނެއެވެ. ފިލިޕްއާއި ރޭޗަލް ރިޖްވޭގެ އިތުރު 4 ދަރިން ތިބެއެވެ. އެކުދިންނަކީ ޢުމުރުން 2 އަހަރާއި 8 އަހަރާ ދެމެދުގެ ކުދީންނެވެ.

ލިޑިއާ އަދި ޓިމޮތީ ރިޖްވޭގެ އުފަން މަންމަގެ ބިސް ނަގާފައި ވަނީ އެ މަންމަގެ ޢުމުރުން 34 އަހަރުގައެވެ. ދަރިފަނި ނެގި ބައްޕައަކީ 50 ގެ އަހަރުތައް ގުނަމުން ދިޔަ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

ކާމިޔާބު އައިވީއެފް ސައިކަލްއެއްގައި އުފެދޭ ގިނަ އެމްބްރިޔޯތަކުގެ ތެރެއިން ބައެއް އެމްބްރިޔޯތައް، ފަހުން ދަރިއަކަށް ހެދުމަށްޓަކާ ގިނަ ބަޔަކު ގަނޑުކުރެއެވެ.

ގަނޑުކޮށްފައިވާ އެމްބްރިޔޯއިން އުފަންވެފައިވާ ކުދިން ރާއްޖޭގައިވެސް އުޅެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

ރައީސް ޔާމީނަށް ތާއީދު ހޯދަން ހަދާ ކޮންމެ "ސިހުރަކުން" ނުރުހުމުގެ އެތައް ލޮލެއް

03 އޮކްޓޯބަރު 2017
އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

އެތައް ބަލިމީހެއްގެ ރުއިމުގެ އަޑު އެއްސެވި ގާސިމްގެ ރުއިމުގެ އަޑު އަހާނެ ކަންފަތެއް ނެތް!

06 އޯގަސްޓު 2017
އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

އެފްއޭއެމް ހައުސްގައި މެޑަމް ފާތުންގެ އޮފީހެއް، އެތައް ބައެއްގެ ފާޑުކިޔުން އެފްއޭއެމް އަށް

31 ޖުލައި 2017
ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

ޗެސްޓާގެ މަރާއެކު އެތައް ބަޔަކު ރޮއްވާލައިފި

21 ޖުލައި 2017
"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

"އެތައް ފަަހަރު މަރުވާ" ބަގްދާދީ އާ ގުޅޭގޮތުން ގަބޫލު ކުރަންވީ ކޮން ވާހަކައެއް؟

16 ޖޫން 2017

އަހަރުތަކުން މިއަދު

24 ޖޫން
"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ
20251 އަހަރު ކުރިން
ދުނިޔެ

"މަރުވެފައިވާ މީހަކު އަނބުރާ އައުން": އިސްރާއީލުން މަރާލި ކަމަށް ބުނި އިރާނުގެ ޤުދުސް ފޯސްގެ އިސްވެރިޔާ ފެނިއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި
20242 އަހަރު ކުރިން
ރާއްޖެ

މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސް ވަޑައިގަތުމަށް ހިނގި ހަރަދުގެ ތަފްސީލެއް ހާމައެއް ނުކުރި

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ޓައިޓަން: "ކޮންމެ ޚަބަރެއްގަ އޮތީ އަހަރެމެން ދެބަފައިންގެ ފޮޓޯއަކަށް ވުމުގެ ފުރުޞަތު"

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ
20224 އަހަރު ކުރިން
ތަފާތު ޚަބަރު

ފެން ލޮނުވެ، ބަސަރާގައި ކަދުރު ހީނަރުވެއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"
20215 އަހަރު ކުރިން
ރާއްޖެ

"ކުޑަ ގައުމަކަށްވިޔަސް ރާއްޖެއަކީ އިސްލާމީ އުއްމަތަށް ނަމޫނާ ދައްކާ ހަރުދަނާ ދައުލަތެއް"

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!
20197 އަހަރު ކުރިން
ރާއްޖެ

ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ކުލީގެ ގޮތުގައި ޖެހެނީ މަހަކަށް 11،000 ރުފިޔާ!

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި
20188 އަހަރު ކުރިން
ރާއްޖެ

ޕެރަޑައިސް ރިސޯޓަށް ބަނގުރާ ބާލަނިކޮށް، ފުލުހުންނާއި ކަސްޓަމްސް އިން ހިފަހައްޓައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު