Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް 2022

މެސީގެ މެސެޖު ސަޕޯޓަރުންނަށް: ޓީމަށް އިތުބާރު ކުރޭ، ސަޕޯޓަރުން މާޔޫސްވިޔަކަ ނުދޭނަން

މެސީ ބުނީ މެޗުން ބަލިވުމުން އެއްވެސް ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 22 ނޮވެމްބަރު 2022 | އަންގާރަ 20:27
އާޖެންޓީނާގެ ކެޕްޓަން މެސީ

އާޖެންޓީނާގެ ކެޕްޓަން މެސީ

އާޖެންޓީނާގެ ޓީމަށް އިތުބާރު ކުރުމަށާއި، ސަޕޯޓަރުން މާޔޫސްވިޔަ ނުދޭނެ ކަމަށް ބުނެ އެ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީ ސަޕޯޓަރުންނަށް މެސެޖެއް ފޮނުވައިފިއެވެ.

މިއަހަރުގެ ވޯލްޑް ކަޕް މުބާރާތުގެ ފުރަތަމަ މެޗުގައި ސައުދީ އަރަބިއްޔާ އަތުން ބަލިވި މެޗަށްފަހު ވާހަކަ ދައްކަމުން މެސީ ބުނީ މެޗުން ބަލިވުމުން އެއްވެސް ބަހަނާއެއް ދައްކަން ބޭނުން ނުވާ ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އާޖެންޓީނާ ޓީމު ނިކުންނާނީ އެ މެޗަށްވުރެ ވަރުގަދަ ކޮށް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ ޓީމުގައި އޮތީ ވަރުގަދަ ސްކޮޑެއް ކަމަށާއި، އެކަން މީގެ ކުރިން ވެސް ސާބިތުކޮށްދީފައިވާނެ ކަމަށެވެ. މެސީ ބުނީ މި ހާލަތަކީ ގިނަ ދުވަސްތަކެއް ވަންދެން ޓީމަށް ކުރިމަތިނުވާ ހާލަތެއް ކަމަށެވެ. މެސީ ބުނީ މިއީ ހުރިހާ އެންމެނަށް ވެސް ލިބޭ ދެރައެއް ކަމަށާއި، މުބާރާތުގެ ފެށުން އެ ގޮތަށް ދާން ބޭނުންނުވި ކަމަށެވެ.

އިތުރަށް ވާހަކަ ދައްކަމުން މެސީ ބުނީ ކޮންމެ ކަމެއް ވެސް ވަނީ ސަބަބަކަށްޓަކައި ކަމަށެވެ. އޭނާ ބުނީ ކުރިއަށް އޮތް ތަނަށް ވަރުގަދަޔަށް ތައްޔާރުވާން ޖެހޭ ކަމަށެވެ. މެސީ ބުނީ އަމިއްލަ އަތް މަތީގައި ކަންކަން ބޭއްވަން ބޭނުންނަމަ، މޮޅުވާން ޖެހޭ ކަމަށެވެ.

މެސީ ބުނީ ސައުދީ ޓީމުގައި ތިބީ ވެސް ވަރަށް މޮޅެތި ކުޅުންތެރިން ކަމަށެވެ. އޭނާ ބުނީ މެޗުގައި ސައުދީ ކުޅުންތެރިން ބޯޅައާއެކު ފެނުނީ ވަރަށް ވަރުގަދަ ކޮށް ކަމަށެވެ. އޭނާ ބުނީ އާޖެންޓީނާ އިން ވަރަށް ބޮޑަށް މަސައްކަތް ކުރި ނަމަވެސް، ސައުދީގެ ކުޅުންތެރިން އެކަަމަށް ހުރަސްއެޅިކަމަށެވެ. މެސީ ބުނީ އާޖެންޓީނާގެ ކުޅުންތެރިންނަށް ބޯޅައާއެކު ރަނގަޅު ކުޅުމެއް ސައުދީ މެޗުގައި ނުދެއްކުނު ކަމަށެވެ.

ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި އާޖެންޓީނާ އިން މެކްސިކޯއާ ދެކޮޅަށް ނިކުންނާނީ މި މަހުގެ 27 ގައެވެ.

އިތުރަށް ކިޔާލަން

03 އެޕްރީލު 2017

ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް

03 އެޕްރީލު 2017
ވެންގާގެ މިފަހަރުގެ ބަހަނާއައަކީ ސަޕޯޓަރުންނަށްކުރި ތައުރީފް
30 މާރިޗު 2017

މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި

30 މާރިޗު 2017
މިނިވަން ޗެމްޕިއަންޝިޕްގައި ވާދަކުރާ އޮޅުވެލިފުށި ޓީމަށް ޖާޒީ ހަވާލުކޮށްފި
30 މާރިޗު 2017

އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު

30 މާރިޗު 2017
އަންހެން ފުޓުބޯޅަ ޓީމަށް ކޯޗެއް ހޯދަން އިއުލާންކުރުން އަންނަ މަހު
23 މާރިޗު 2017

ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި

23 މާރިޗު 2017
ހިތްގައިމު ލަނޑަކުން އިންގްލޭންޑް ބަލިކޮށް، ޕޮޑޯލްސްކީ ގައުމީ ޓީމަށް ކުޅުން ހުއްޓާލައިފި
31 ޖެނުއަރީ 2017

އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް

31 ޖެނުއަރީ 2017
އަހަރެއްގެ ތެރޭގައި އަންހެން ޓީމަށް ބޮޑު ކުރިއެރުމެއް ލިބިއްޖެ: އަދީލް
31 ޖެނުއަރީ 2017

ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް

31 ޖެނުއަރީ 2017
ގައުމީ ކްރިކެޓް ޓީމުގެ ކެޕްޓަން މެލޭޝިއާގެ ޕެނަންގް ޓީމަށް
31 ޖެނުއަރީ 2017

ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!

31 ޖެނުއަރީ 2017
ނިއު އިން މިދިޔަ ސީޒަނުގައި އެޓީމަށް ކުޅުނު ބައެއް ކުޅުންތެރިންނަށް އަދިވެސް މުސާރަ ނުދޭ!
27 ޖެނުއަރީ 2017

ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް

27 ޖެނުއަރީ 2017
ވިންސެންޓްގެ ގައުމީ ޓީމަށް ކުޅެފައިވާ ފޯވާޑެއް ޓީސީއަށް
10 ޖެނުއަރީ 2017

ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ

10 ޖެނުއަރީ 2017
ގައުމީ ޓީމަށް އިންޑޮނޭޝިޔާގެ ކޯޗެއް ގެންނަނީ
04 ޖެނުއަރީ 2017

ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު

04 ޖެނުއަރީ 2017
ޓީމަށް ދިމާވީ ޓެކްނިކަލް ގޯސްތަކެއް، ދެން ފަހަރަކުން ގޯލްޑް ހޯދާނަން: ކޯޗު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު