Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުފީފާ ވޯލްޑް ކަޕް

ޗެމްޕިއަނުންކަމަށް ގިނަ ބަޔަކު ބުނި އާޖެންޓީނާއަށް ފުރަތަމަ މެޗުގައި ހިތި ބައްޔެއް

22 ނޮވެމްބަރު 2022 | އަންގާރަ 12:32

ސައޫދީ އަރަބިއްޔާއާ ބައްދަލުކުރި މެޗުން އާޖެންޓީނާ ބަލިވީ 2-1ން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 22 ނޮވެމްބަރު 2022 | އަންގާރަ 12:32
އާޖެންޓީނާ އާއި ސައޫދީ އަރަބިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

އާޖެންޓީނާ އާއި ސައޫދީ އަރަބިއްޔާ ބައްދަލުކުރި މެޗުގެ ތެރެއިން

މިފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ތަށި އުފުލާލާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ އާޖެންޓީނާ ކުޅުނު ފުރަތަމަ މެޗުގައި ހިތި ގޮތަކަށް ބަލިވެއްޖެއެވެ.

ގްރޫޕް ސީގެ ފުރަތަމަ މެޗުގައި ސައޫދީ އަރަބިއްޔާއާ ބައްދަލުކުރި މެޗުން އާޖެންޓީނާ ބަލިވީ 2-1ންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އާޖެންޓީނާއިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް އާޖެންޓީނާއިންނެވެ. ފުރަތަމަ ހާފުގެ 10 ވަނަ މިނެޓުގައި އާޖެންޓީނާއަށް ލިބުނު ޕެނަލްޓީއަކުން ލަނޑު ޖެހީ ޓީމުގެ ކެޕްޓަން ލިއޮނެލް މެސީއެވެ. މި ލަނޑާއެކު މެސީވަނީ ވޯލްޑް ކަޕްގެ ހަތަރު މުބާރާތެއްގައި ލަނޑުޖެހި އާޖެންޓީނާގެ ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ.

މީގެ އިތުރުންވެސް ފުރަތަމަ ހާފުގައި އާޖެންޓީނާއިން ތިން ލަނޑު ޖެހިއެވެ. އެއީ މެސީ ޖެހި ލަނޑަކާއި ލައުޓާރޯ މާޓިނޭޒް ޖެހި ދެލަނޑެވެ. ނަމަވެސް މި ތިން ލަނޑުވެސް ރެފްރީ ވަނީ އޮފްސައިޑު ކަމަށް ނިންމާ ބަލައިނުގަނެފައެވެ.

ސައޫދީން މެޗު ކާމިޔާބުކުރީ ދެވަނަ ހާފުގައި ފަހަތުން އަރާ ދެލަނޑު ޖަހައިގެންނެވެ. ސައޫދީއަށް ނަތީޖާ ހަމަހަމަކޮށްދިނީ ސާލިހު އަލް ޝެހްރީއެވެ. މިއީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. ލަނޑަށް ފަހު ސައޫދީ ވަނީ ވަރުގަދަ ޖޯޝެއްގައި ކުޅެ މެޗުގެ އޮއެވަރު ބައްދަލުކޮށްލާފައެވެ. އާޖެންޓީނާ ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިގެން ސައޫދީ މޮޅުކޮށްދިނީ ކެޕްޓަން ސާލެމް އަލް ދައުސާރީއެވެ.

މެޗުގެ ފަހު ވަގުތުގައި އާޖެންޓީނާއިން ލަނޑު ޖެހުމަށް ވަރަށް ބޮޑަށް މަސައްކަތް ކޮށްފައެވެ. ނަމަވެސް ލިބުނު ފުރުސަތުތަކުގެ ބޭނުން ނުހިފުނެވެ. އާޖެންޓީނާގެ ތަރި މެސީ ފޮނުވާލި ހިލޭ ޖެހުން ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ. އޭގެ ފަހުން މެސީ ފޮނުވާލި ހަމަލާ ދިފާއުކުރީ ސައޫދީގެ ކީޕަރެވެ.

ގްރޫޕް ސީގައި މި ދެޓީމުގެ އިތުރުން ދެން އޮތީ ޕޮލެންޑާއި މެކްސިކޯއެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022އާޖެންޓީނާސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

08 ޑިސެމްބަރު 2025

އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި

08 ޑިސެމްބަރު 2025
އަންގި ލައިގެން ތަށީގައި ހިފަން އެންގުމުން، ސްކަލޯނީ އާއި އާޖެންޓީނާގެ ކިބައިން އިފަންޓީނޯ މައާފަށް އެދިވަޑައިގެންފި
21 ނޮވެމްބަރު 2025

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް
18 ނޮވެމްބަރު 2025

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް
18 ނޮވެމްބަރު 2025

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް
17 ނޮވެމްބަރު 2025

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
17 ނޮވެމްބަރު 2025

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ
27 އޮކްޓޯބަރު 2025

އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި

27 އޮކްޓޯބަރު 2025
އާޖެންޓީނާ ގެ ރައީސް މިލެއިގެ ޕާޓީ އިން އިންތިޚާބު ގައި ބޮޑު ކާމިޔާބެއް ހޯދައިފި
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
06 ސެޕްޓެމްބަރު 2025

އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ

06 ސެޕްޓެމްބަރު 2025
އެކުއެޑޯ މެޗުގައި މެސީ ނުކުޅޭނެ
14 އެޕްރީލު 2025

ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި

14 އެޕްރީލު 2025
ފީފާ ވާރލްޑް ކަޕުގައި 64 ޓީމު ވާދަކުރާ ގޮތަށް ހަދަން ދެކުނު އެމެރިކާއިން ހުށަހަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް