Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޕެންޝަން އޮފީސް

މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަނީ އިންވެސްޓްމަންޓުތައް ހޯދުމަށް: ސުޖާތާ

22 ނޮވެމްބަރު 2022 | އަންގާރަ 08:35

ފަންޑަށް ޖަމާކުރާ ފައިސާ ނުނެގޭތީ އާންމު ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 22 ނޮވެމްބަރު 2022 | އަންގާރަ 08:35
ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ޙަލީމް

ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ޙަލީމް

މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަނީ އިންވެސްޓްމަންޓުތައް ހޯދުމަށް ކަމަށް ޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ ސުޖާތާ ހަލީމް ވިދާޅުވެއްޖެއެވެ.

ސުޖާތާ މިފަދައިން ވިދާޅުވީ ރާއްޖެޓީވީއަށް ދެއްވި އެކްސްކްލޫސިވް އިންޓަރވިއުއެއްގައެވެ.

Advertisement - newsAdvertisement

ސުޖާތާ ވިދާޅުވީ، ރާއްޖޭގެ ޕެންޝަނާއި ބެހެ ނިޒާމު މިހާރު ވަރަށް ބޮޑަށް ކުރިއަރައިގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން މިހާރު ރާއްޖޭގައި ހުރިހާ އެންމެންވެސް އެކުލެވޭ ގޮތަށް، އުމުރުން 65 އަހަރު ވުމުން ދައުލަތުން ޕެންޝަން ދެވޭ ސްކީމެއްވެސް ޤާއިމު ކުރެވިފައިވާކަމަށް ސުޖާތާ ވިދާޅުވިއެވެ.

ސުޖާތާ އިތުރަށް ވިދާޅުވީ، ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ ނުނެގޭތީ އާންމު ރައްޔިތުން އެކަމުގެ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

ސުޖާތާ ވިދާޅުވީ، ރާއްޖޭގައި އޮންނަ ނިޒާމުގައި އަދި އޮތީ ހަމައެކަނި އެ ފައިސާ ޕެންޝަނަށް ބޭނުން ކުރެވޭ ގޮތަށް ކަމަށެވެ. އެހެންނަމަވެސް ޕެންޝަން ސްކީމުން އިތުރު ފައިދާތަކެއް އުފެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އެ އޮފީހުން ވިސްނަމުންދާ ކަަމަށާއި، އެކަމަށްޓަކައި މަސައްކަތް ކުރެވެމުންދާކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޕެންޝަން ރައްކާތެރިކޮށްގެން ބަހައްޓައިގެންވެސް ކުރެވިދާނެ ކަންކަން ދެނެގަނެ، އެކަމަށް މަސައްކަތް ކުރައްވާނެކަމަށް ސުޖާތާ ވިދާޅުވިއެވެ.

ޕެންޝަން ނިޒާމަކީ ޤައުމު ބިނާ ކުރުމުގައި މުހިއްމު ރޯލެއް އަދާކުރާ އެއްޗެއްކަން ފާހަގަ ކުރައްވައި ސުޖާތާ އިތުރަށް ވިދާޅުވީ، ރާއްޖޭގެ މިހާރު އޮތް ޕެންޝަން ނިޒާމު އެކުލަވާލުމުގައި 13 އަހަރު ހޭދަވެގެން ގޮސްފައިވާ ކަމަށެވެ.

އަދި މިހާރު އެންމެ ބޮޑު އިސްކަމެއްދީގެން މަސައްކަތް ކުރަނީ އިންވެސްޓްމަންޓުތައް ހޯދުމާއި ގުޅޭގޮތުންކަން ސުޖާތާ ފާހަގަ ކުރެއްވިއެވެ.

ސުޖާތާ ވިދާޅުވީ ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާ، އަހަރަކަށްވުރެ އަހަރެއް އިތުރުވަމުންދާކަމަށެވެ، އެގޮތުން މިހާރު ކޮންމެ މަހަކު 122 މިލިއަން ރުފިޔާ ޕެންޝަން ފަންޑަށް ޖަމާވާކަމަށާއި، 2021 ވަނަ އަހަރަށް ބަލާނަމަ، މަހެއްގެ މައްޗަށް ޕެންޝަން ފަންޑަށް ޖަމާކޮށްފައިވަނީ 105 މިލިއަން ރުފިޔާކަމަށް ސުޖާތާ ވިދާޅުވިއެވެ. މިއީ ކުރިއެރުމެއްގެ ގޮތުގައި ސުޖާތާ ފާހަގަކުރެއްވިއެވެ.

ޕެންޝަން އޮފީސްޕެންޝަން އޮފީހުގެ ޗީފް އެގްޒެކެޓިވް އޮފިސަރ, ސުޖާތާ ޙަލީމް

އެންމެ ހިނގާ

1

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

2

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

3

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި

10 ޑިސެމްބަރު 2025
ފައިސާ ޗާޕުކުރަން އުޅޭ މައްސަލައިގައި ޕެންޝަން ބޯޑަށް މި ސަރުކާރުން އައްޔަނު ކޮށްފައި ހުރި މެންބަރަކު އިސްތިއުފާ ދީފި
28 އޮކްޓޯބަރު 2025

ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ

28 އޮކްޓޯބަރު 2025
ޕެންޝަން ފަންޑުގެ ވެރިންނަށް މައުރޫފް : ޤާނޫނުލް އުޤޫބާތުގެ 512 ވަނަ މާއްދާގެ ދަށުން ޤާނޫނާއި ޚިލާފު އަމަލެއް ކުރުމުން ފިޔަވަޅު އެޅޭނެ
25 އޮކްޓޯބަރު 2025

ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން

25 އޮކްޓޯބަރު 2025
ޕެންޝަން ބޯޑުގެ މެމްބަރުންނަށް ބިރު ދައްކައިގެން ފައިސާ ޗާޕްކުރަނީ މުސާރަ ދޭން ވެސް ފައިސާ ނެތިގެން: ޔާމީން
22 އޮކްޓޯބަރު 2025

މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް

22 އޮކްޓޯބަރު 2025
މަރުކަޒީ ބޭންކުން ފައިސާ ހޯދުމަށް ނިންމުމަކީ ރާއްޖޭގެ އިޤްތިސާދަަށް ނުރައްކާ ބޮޑުވާނެ ކަމެއް: ސަރުވަޝް
22 އޮކްޓޯބަރު 2025

ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި

22 އޮކްޓޯބަރު 2025
ފައިސާ ޗާޕު ކުރަން މަސައްކަތް ކުރާތީ ޕެންޝަން އޮފީހުގެ ބޯޑުން އަހުމަދު ސަރުވަޝް އިސްތިއުފާ ދެއްވައިފި
22 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން

22 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް އެ ޗާޕް ކުރަނީ ކައުންސިލް އިންތިޚާބުގައި ޙަރާމް ރިޝްވަތުގެ ގޮތުގައި ބަހާ ފައިސާ: އިމްރާން
19 އޮކްޓޯބަރު 2025

ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު

19 އޮކްޓޯބަރު 2025
ޕެންޝަން އޮފީސް މެދުވެރިކޮށް ސަރުކާރުން އެމްއެމްއޭ ލައްވާ ޗާޕު ކުރާ 2.5 ބިލިއަން ރުފިޔާ އަކީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ގާނޫނާ ޚިލާފަށް ކުރާ ކަމެއް: އަމީރު
21 އެޕްރީލު 2025

މިހާރު ދެމުންދާ އިނާޔަތްތައް މިހާރު ހުރި މިންވަރުގައި ދެމެހެއްޓިދާނެ ކަމާއި މެދު ސުވާލު އުފެދޭ - ސުޖާތާ

21 އެޕްރީލު 2025
މިހާރު ދެމުންދާ އިނާޔަތްތައް މިހާރު ހުރި މިންވަރުގައި ދެމެހެއްޓިދާނެ ކަމާއި މެދު ސުވާލު އުފެދޭ - ސުޖާތާ
21 އެޕްރީލު 2025

ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި

21 އެޕްރީލު 2025
ރިޓަޔަރ ކުރުމުން ދޭ އިނާޔަތް ދިނުމުގައި މެމްބަރުންނާއި މިނިވަން މުއައްސަސާތަކާއި ދެމެދު ހުރި ބޮޑު ފަރަގުގެ ކަންބޮޑުވުން ބަންޑުންކޮށްލައިފި
21 އެޕްރީލު 2025

ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހައްޖުގެ އަޅުކަމަށް ދޫކުރާ ސްލޮޓްތަކުގައި ހައްޖަަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި

21 އެޕްރީލު 2025
ފުލުހުންނާއި، ސިފައިން ހިމެނޭ ގޮތަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ހައްޖުގެ އަޅުކަމަށް ދޫކުރާ ސްލޮޓްތަކުގައި ހައްޖަަށް ނުދެވޭނެ ކަމަށް އިސްލާމިކް މިނިސްޓްރީން އަންގައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް