Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ފީފާ ވޯލްޑް ކަޕް

ޓީމުގެ ފަރިތަކުރުންތައް ރަނގަޅު، ދެން ބޭނުންވަނީ ނަތީޖާ: ކަދްރީ

ކަދްރީ ބުނީ މުބާރާތުގެ ކުރިން ޖޫން މަހާ ހިސާބު ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅުނު ކަމަށާއި، ޖުމުލަކޮށް ނަތީޖާ ރަނގަޅު ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 22 ނޮވެމްބަރު 2022 | އަންގާރަ 02:28
ޓިއުނީޝިޔާގެ ކޯޗު ކަދްރީ

ޓިއުނީޝިޔާގެ ކޯޗު ކަދްރީ

ފީފާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ނުކުންނައިރު، ޓިއުނީޝިޔާ ޓީމުގެ ފަރިތަކުރުންތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށާއި ދެން ބޭނުންވަނީ ޑެންމާކާ ދެކޮޅަށް ނަތީޖާ ނެރުން ކަމަށް އެ ޓީމުގެ ކޯޗު ޖަލާލް ކަދްރީ ބުނެފިއެވެ.

މެޗުގެ ކުރިން އޮތް ޕްރެސް ގައި ވާހަކަ ދައްކަމުން ކަދްރީ ބުނީ މުބާރާތަށް ދުރާލައި، ވަރަށް ފުރިހަމަ އަށް ތައްޔާރުވުމުގެ މަސައްކަތް ކުރި ކަމަށެވެ. އޭނާ ބުނީ އެންމެ ފަހުން ކުރިއަށް ގެންދިޔަ ފަރިތަކުރުންތައް ވެސް ދިޔައީ ހިތްހަމަޖެހޭ ގޮތަށް ކަމަށެވެ. މީގެ އިތުރުން ކަދްރީ ބުނީ މުބާރާތުގެ ކުރިން ޖޫން މަހާ ހިސާބު ރަހުމަތްތެރިކަމުގެ މެޗުތަކެއް ވެސް ކުޅުނު ކަމަށާއި، ޖުމުލަކޮށް ނަތީޖާ ރަނގަޅު ކަމަށެވެ. އަދި ބްރެޒިލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވި ނަމަވެސް ބައިވަރު ކަންކަން ދަސްވި ކަމަށެވެ.

ޓިއުނީޝިޔާ ޓީމުގެ ސްޓްރައިކަރ އިސާމް ޖެބާލީ ބުނީ ޓީމުގެ ސަޕޯޓަރުންނަކީ އަބަދުވެސް އެއް ނަންބަރު ކުޅުންތެރިޔާ ކަމަށެވެ. އޭނާ ބުނީ ކުޅުންތެރިންނަށް ސަޕޯޓު ދިނުމުގައި ޓިއުނީޝިޔާގެ ސަޕޯޓަރުންނަކީ އެއް ވަަނައިގެ ބައެއް ކަމަށެވެ. އޭނާ ބުނީ ޤަތަރުގައި މުބާރާތް ކުޅުނު ކަމުގައި ވީ ނަމަވެސް، ހުރިހާ ކުޅުންތެރިންނަަށް ވެސް އިހުސާސް ވަނީ އަމިއްލަ ފަސްގަނޑުގައި ކުޅެވޭ ކަހަލަ އިހުސާސެއް ކަމަށެވެ. އޭނާ ބުނީ އިރާދަކުރެއްވިއްޔާ މެޗުން މޮޅުވެ، ހުރިހާ ސަޕޯޓަރުންނަށް އުފާވެރިކަން ގެެނެސްދެވޭނެ ކަމަށެވެ.

މީގެ އިތުރުން އޭނާ ބުނީ ޑެންމާކާ ދެކޮޅަށް ކުޅޭ މެޗަކީ ޓިއުނީޝިޔާ އަށް ވަރަށް އުނދަގޫ މެޗެއްކަން ހުރިހާ ކުޅުންތެރިންނަށް ވެސް އެނގޭ ކަމަށެވެ. އޭނާ ބުނީ އެ މެޗުގެ މުޅި 90 މިނެޓު ވާނީ ބާރުބޮޑު ވަގުތުކޮޅަކަށް ކަމަށެވެ. އެހެންކަމުން މުޅި ޓީމު އޮތީ އެ މެޗަށް ފުރިހަަމަ އަށް ފޯކަސް ކޮށްގެން ކަމަށް އޭނާ ބުންޏެވެ.

މި ޕްރެސްގައި ވާހަކަ ދައްކަމުން ޓިއުނީޝިޔާގެ ކޯޗު ކަދްރީ ބުނީ އެމީހުންނާއި ވޯލްޑް ކަޕްގައި ވާދަކުރާ ހުރިހާ ޓީމެއް ވެސް ތިބީ އަރަބި އިސްލާމީ ޤައުމެއްގައި ކަމަށެވެ. އެހެންކަމުން އެ ޤައުމުގެ ޘަގާފަތާއި، އުސޫލު އަދި އާދަކާދައަށް ފުރިހަމަ އަށް އިހުތިރާމް ކުރަން ޖެހޭނެ ކަމަށެވެ. ޚާއްސަކޮށް ޤަތަރުގެ އުސޫލުތަކަށް ތާބާވަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

ޑެންމާކާ ދެކޮޅަށް ޓިއުނީޝިޔާ އިން ނުކުންނާނީ އަންގާރަ ދުވަހުގެ ރޭ ރާއްޖެ ގަޑިން 21:00 ގައެވެ.

ފީފާ ވޯލްޑް ކަޕްޤަތަރު ފީފާ ވޯލްޑް ކަޕް 2022ޓިއުނީޝިއާކަދްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

އެެންމެ ފަހުގެ 2 ވޯލްޑްކަޕަށް ވެސް ކޮލިފައި ނުވި އިޓަލީ، ޕްލޭ އޮފް ގައި މިފަހަރު ނޮދަން އަޔަލެންޑާ ދެކޮޅަށް

21 ނޮވެމްބަރު 2025
ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

ހަތަރު ފަހަރު މުބާރާތް ކާމިޔާބު ކޮށްފައިވާ ޖަރުމަނު އަންނަ އަހަރުގެ ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

މެޗަކުން ބަލިނުވެ ނެދަލޭންޑްސް ވޯލްޑްކަޕަށް

18 ނޮވެމްބަރު 2025
28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

28 އަހަރަށްފަހު ނޯވޭ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025
ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

ރޮނާލްޑޯ ނެތި ޕޯޗުގަލް، 9-1 އިން މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވެއްޖެ

17 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

3 ޖޫން
ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.
20251 އަހަރު ކުރިން
އިސްލާމް

ޢަރަފާތު ދުވަހަށް ވުރެ، ގިނައިން الله އެކަލާނގެ އަޅުތަކުން ނަރަކައިން މިންޖުކުރައްވާ ދުވަހެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟
20242 އަހަރު ކުރިން
ރިޕޯޓު

ރައްޔިތުންގެ މަޖިލިސް ގަނޑުވަރަކަށް ބަދަލުވަނީ؟

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"
20233 އަހަރު ކުރިން
ރިޕޯޓު

"ދަގަނޑުތައް ދަށުވެ ދަރިފުޅު މަރުވީ އަހަރެންގެ ލޯ ކުރިމަތީ"

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ
20224 އަހަރު ކުރިން
ރާއްޖެ

އެއްލައްކަ ރުފިޔާއާއެކު، ސެލެބްރިޓީ ރޭސް ސީޒަން 2 ކާމިޔާބުކުރީ އައްޒަ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ
20215 އަހަރު ކުރިން
ދުނިޔެ

އެއްފަހަރު ކޮވިޑަށް ޕޮޒިޓިވްވެއްޖެ ނަމަ 10 މަސް ކުރިން ދެ ވަނަ ފަހަރަށް ޕޮޒިޓިވްވުން ދުރު- ދިރާސާ

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި
20197 އަހަރު ކުރިން
ރިޕޯޓު

މަލީކުގެ މަދިރިހޯހޯ މެސެޖު ރައީސަށް ވަރަށް ކަމުގޮސްފި

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ
20188 އަހަރު ކުރިން
ސިއްހަތު

ކުރުނބާ: ފައްކާ ފެނެއް އެކުލެވޭ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު