Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޑޮނާލްޑް ޓްރަމްޕް

ސްޕެޝަލް ކައުންސެލްއެއް ހަމަޖެއްސުމަކީ ސިޔާސީ އަބުރުކަތިލުމުގެ ސިލްސިލާ ޖަރީމާއަށް އެންމެ ފަހުން އިތުރުވި ބޮޅު: ޓްރަމްޕް

ސިޔާސީ ގޮތުން ހައްސާސްކަން ބޮޑު ކޭސްތަކާ ގުޅުންހުރި ތަޙްޤީޤުތަކަށް ބައެއް ފަހަރު، ސްޕެޝަލް ކައުންސެލުން ޢައްޔަން ކުރޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 21 ނޮވެމްބަރު 2022 | ހޯމަ 06:15

ޢަދުލު އިންސާފާ ބެހޭ ވުޒާރާއިން އޭނާއާ ގުޅިގެން ކުރިއަށްގެންދާ ތަޙްޤީޤުގެ ކަންކަން ބެލުމަށް، ސްޕެޝަލް ކައުންސެލްގެ މަޤާމަށް، ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ހާއްސަ ޕްރޮސެކިއުޓަރު ޖެކް ސްމިތު ހަމަޖެއްސުމަށް، ބަންޑާރަ ނައިބު މެރިކް ގަރލަންޑް ނިންމެވި ނިންމެވުމަކީ، ވަކި ކަމެއް ހާސިލު ކުރުމުގެ ބޭނުމުގައި ނިންމެވި ނިންމެވުމެއް ކަމަށް، އެމެރިކާގެ ކުރީގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕާ ގުޅިގެން އެމެރިކާގައި ހިންގަމުންދާ މަތީ ފަންތީގެ ތަޙްޤީޤާ ގުޅޭ ކަންކަން ގާތުން ބެލެހެއްޓުމަށް، ސްޕެޝަލް ކައުންސެލްގެ މަޤާމަށް، ޕްރޮސެކިއުޓަރ ސްމިތު ހަމަޖައްސާފައި ވާ ކަން، ގާލަންޑް ޢިއުލާން ކުރެއްވީ، އެމެރިކާގެ ރިޔާސީ އިންތިޚާބު 2024 ގައި ވާދަ ކުރައްވާނެކަން ޓްރަމްޕް ޢިއުލާން ކުރެއްވިތާ އެންމެ 3 ދުވަސް ފަހުންނެވެ. 2020 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ޓްރަމްޕާ ވާދަ ކުރައްވާ ކުރި ހޯއްދެވި އެމެރިކާގެ އަދުގެ ރައީސް ޖޯ ބައިޑަންވެސް ވަނީ 2024 ވަނަ އަހަރު 2 ވަނަ ދައުރަކަށް ކުރިމަލައްވާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ސިޔާސީ ގޮތުން ހައްސާސްކަން ބޮޑު ކޭސްތަކާ ގުޅުންހުރި ތަޙްޤީޤުތަކަށް ބައެއް ފަހަރު، ސްޕެޝަލް ކައުންސެލުން ޢައްޔަން ކުރެއެވެ. އެ މަޤާމަށް އައްޔަން ކުރެވޭ މީހަކު، އެ ތަޙްޤީޤުތައް ކުރިއަށް ގެންދިއުމުގައި، ޖަސްޓިސް ޑިޕަރޓްމަންޓް ނުވަތަ ޢަދުލު އިންސާފާ ބެހޭ ވުޒާރާގެ ބާރުގެ ބޭރުން، ހިސާބަކަށް މިނިވަންކަން ލިބިގެންވެއެވެ.

މަޤާމަށް ޢައްޔަން ކުރެއްވުމަށް ފަހު ދެއްވި ބަޔާނެއްގައި ޕްރޮސެކިއުޓަރ ސްމިތު ވިދާޅުވީ، އޭނާގެ ބެއްލެވުމުގެ ދަށުން، ތަޙްޤީޤު ދުވެލި މަޑުޖެހިގެން ނުދާނެ ކަމަށެވެ. އަދި މިކަމުގައި ގޮތް ނިންމަވާނީ، ވަކި ފަރާތަކަށް ނުޖެހޭ އިންސާފުވެރި އުސޫލުން ކަމަށާއި، ނަތީޖާ ކޮންމެ ގޮތަކަށް ނުކުމެ، ކޮންމެ ފަދަ ޙުކުމެއް އިއްވަވަން ޖެހިވަޑައިގެންނެވި ކަމުގައި ވީ ނަމަވެސް، ތަޙްޤީޤުތަކައިގެން ހަލުވި ދުވެލީގައި ކުރިއަށް ވަޑައިގަންނަވާނެ ކަމަށެވެ.

ޕްރޮސެކިއުޓަރ ސްމިތު ބައްލަވަމުން ގެންދަވާނީ، ވައިޓްހައުސްއިން އެމެރިކާ ސަރުކާރުގެ ލިޔެކިއުންތަކާ މެދު ޓްރަމްޕް ޢަމަލު ކުރެއްވި ގޮތާ ގުޅިގެން ކުރިއަށް ގެންދާ ތަޙްޤީޤުތަކެވެ. އެ ތަޙްޤީޤަކީ، 2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ފަހު، ބާރުތައް ބަދަލު ކުރެއްވުމަށް ޓްރަމްޕް ހުރަސްތަކެއް ކުރިމަތި ކުރެއްވިތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ތަޙްޤީޤުތަކެކެވެ.

ފްލޮރިޑާގައި މިހާރު ޓްރަމްޕް ދިރިއުޅުއްވަމުން ގެންދަވާ މާރްއަލާގޯގައި ކުރިއަށް ގެންދެވި އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ޓްރަމްޕް ވަނީ، މިއީ ބާރުގެ ނާޖާއިޒު ފައިދާ ނެގުމުގެ ބޮޑު ޖަރީމާއެއް ކަމަށް ސިފަ ކުރައްވާފައެވެ.

ޓްރަމްޕްއާ ދެކޮޅަށް ކުރިއަށްގެންދާ ޝަރީއަތުގެ ކަންކަން ކުރިއަށް ދާ ގޮތް ގާތުން ބެލުމަށް ސްޕެޝަލް ކައުންސެލްއެއް ޢައްޔަން ކުރެއްވުމާ ގުޅިގެން ނޫސްވެރިން ދެންނެވި ސުވާލުތަކަށް، ރައީސް ބައިޑަން ޖަވާބުދާރީވެވަޑައިގެންފައެއް ނުވެއެވެ. މީޑިއާގައި ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އޮފިޝަލަކާ ހަވާލާދީ، ރޮއިޓާޒްއިން ރިޕޯޓްކޮށްފައި ވާ ގޮތުގައި، ޕްރޮސެކިއުޓަރ ސްމިތު ޢައްޔަން ކުރުމުގައި ވައިޓްހައުސްގެ ދައުރެއް ނެތެވެ.

ސިޔާސީ މައިދާނުގައި ވަކި ފަރާތަކަށް ނުޖެހޭ ފިކުރުގެ ބޭފުޅެއްގެ ގޮތުގައި ހުންނެވި ސްމިތު ވަނީ، ދަ ހޭގްގައި ހުންނަ ހާއްސަ ކޯޓުގެ ޗީފް ޕްރޮސެކިއުޓަރުކަން ދާދި ފަހަކާ ޖެހެންދެން ކުރައްވާފައެވެ. އޭރު އޭނާ ހަވާލުވެ ހުންނެވީ ކޮސޯވޯގައި ކުރި ހަނގުރާމާގައި، ހަނގުރާމައިގެ ޖަރީމާ ހިންގާފައިވޭތޯ ބެލުމަށް ކުރިއަށް ގެންދިޔަ ޝަރީއަތާއެވެ. އޭގެ ކުރިން އޭނާ ވަނީ އެމެރިކާގެ ޖަސްޓިސް ޑިޕަރޓްމަންޓްގެ އާންމު ނަޒާހާތްތެރިކަމާ ބެހޭ ސެކްޝަނުގެ ކަންކަން ބަލަހައްޓަވާފައެވެ. އޭގެ އިތުރުން، ނިއުޔޯކްގައި ފެޑެރަލް އަދި ސްޓޭޓް ޕްރޮސެކިއުޓަރެއްގެ ގޮތުގައިވެސް ސްމިތު ވަނީ ޚިދުމަތް ކުރައްވާފައެވެ.

ފާއިތުވީ 5 އަހަރެއްހާ ދުވަހަށް ބަލާއިރު، މިއީ ޓްރަމްޕްގެ ޢަމަލުފުޅާ ގުޅޭ މައްސަލައެއްގެ ތަޙްޤީޤަށް ސްޕެޝަލް ކައުންސެލްއެއް، ޖަސްޓިސް ޑިޕަރޓްމަންޓްއިން ޢައްޔަން ކުރި 2 ވަނަ ފަހަރެވެ. 2016 ވަނަ އަހަރުގެ ރިޔާސީ ރޭހުގައި ޓްރަމްޕާއި ރަޝިއާ ދެމެދު އޮތް ގުޅުންތަކުގެ ތަޙްޤީޤަށް، ސްޕެޝަލް ކައުންސެލްއެއްގެ ގޮތުގައި އެފްބީއައިގެ ކުރީގެ ޑައިރެކްޓަރ ރޮބަރޓް މިއުލަރ ވަނީ ޢައްޔަން ކުރައްވާފައެވެ.

އޯގަސްޓް 8، 2022 ވަނަ ދުވަހު ކޯޓު ޢަމުރެއްގެ ދަށުން އެފްބީއައިއިން މާރްއަލާގޯގައި ހިންގި ވަރުގަދަ ރެއިޑްގައި، އެމެރިކާ ސަރުކާރުގެ އެތައް ހާސް ސިއްރު ލިޔެކިޔމެއް ވަނީ އަތުލައިގެންފައެވެ.

ޑޮނަލްޑް ޓްރަމްޕްއެމެރިކާ

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި

13 ޑިސެމްބަރު 2025
އެޕްސްޓީން އާއި ރައީސް ޓްރަމްޕް ގެ ގާތް ގުޅުން ހާމަވާ އިތުރު ފޮޓޯ ތަކެއް ރިލީޒްކޮށްފި
12 ޑިސެމްބަރު 2025

އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި

12 ޑިސެމްބަރު 2025
އެމެރިކާގެ ކޮންގްރެސް އިން، 901 ބިލިއަން ޑޮލަރުގެ ދިފާއީ ޚަރަދުގެ ރެކޯޑު ބިލެއް ފާސްކޮށްފި
11 ޑިސެމްބަރު 2025

ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ

11 ޑިސެމްބަރު 2025
ޓްރަމްޕްގެ ގޯލްޑް ކާޑު ހޯދަން އެއް މިލިއަން ޑޮލަރު ބޭނުންވޭ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު