Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޔޫކްރެއިން ރަޝިއާ ހަނގުރާމަ

ޔޫކްރެއިންގެ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފި

20 ނޮވެމްބަރު 2022 | އާދީއްތަ 13:14

އައިއޭއީއޭ އިން ވަނީ މިފަދަ ހަމަލާތަކަކީ އޭގެ ސަބަބުން ބޮޑު ނިއުކްލިއަރ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ހަމަލާތަކެއް ކަމަށް ބުނެފައި

ފާތިމަތު އުދުމާ
ފާތިމަތު އުދުމާ | 20 ނޮވެމްބަރު 2022 | އާދީއްތަ 13:14
ޔޫކްރެއިންގެ ޒެޕޮރީޒިއާގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓް

ޔޫކްރެއިންގެ ޒެޕޮރީޒިއާގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓް

ޔޫކްރެއިންގެ ޒެޕޮރީޒިއާގައި ހުންނަ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދީފިއެވެ.

އާދިއްތަ ދުވަހު ޒެޕޮރީޒިއާ ނިއުކްލިއަރ ޕަވަރ ޕްލާންޓަށް ހަމަލާތަށް އަމާޒުވެގެން ދިއުމާއެކު އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އެޖެންސީ (އައިއޭއީއޭ) އިން ވަނީ ނުރުހުން ފާޅުކޮށްފައެވެ.

އައިއޭއީއޭ އިން ވަނީ މިފަދަ ހަމަލާތަކަކީ އޭގެ ސަބަބުން ބޮޑު ނިއުކްލިއަރ ކާރިސާއަކާ ކުރިމަތިލާންޖެހިދާނެ ހަމަލާތަކެއް ކަމަށް ބުނެފައެވެ.

ދެކުނު ޔޫކްރެއިންގައި ދެމުންދާ ވަރުގަދަ ހަމަލާތަކުގެ ސަބަބުން 1986 ވަނަ އަހަރު ހިނގި އެންމެ ނުރައްކާތެރި ނިއުކްލިއަރ ކާރިސާ ހިނގި ސަރަހައްދާ އެންމެ 300 މޭލު ދުރުން އެފަދަ އަނެއް ހާދިސާ ހިނގާފާނެކަމުގެ ބިރު ވަނީ އާންމުވެފައެވެ.

އައިއޭއީއޭ އިން ބުނީ ހޮނިހިރު އަދި އާދިއްތަ ދުވަހު ޒެޕޮރީޒިއާ ޕްލާންޓަށް އަމާޒުކޮށް ވަރުގަދަ ގިނަ ހަމަލާތަކެއް ދީފައިވާކަމަށެވެ. މިހަމަލާތަކުގައި އިމާރާތްތަކަށާއި ޕްލާންޓްގައި ބައެއް ސިސްޓަމްތަކާއި އާލާތްތަކަށްވެސް ގެއްލުން ލިބިފައިވާކަމަށް އައިއޭއީއޭއިން ވަނީ ބުނެފައެވެ.

އައިއޭއީއޭގެ ޗީފް ރަފެއަލް ގްރޮސީ ވަނީ މިއީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަސް ވިދާޅުވެފައެވެ. އަދި މިހަމަލާތަޢް ދެމުންދާ މީހަކު އެކަން ހުއްޓާލަން ޖެހޭ ކަމަށާއި މިއީ އަލިފާނާ ކުޅުން ކަހަލަ ކަމެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ މަހު ރަޝިއާއިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފެށިފަހުން ރަޝިއާއިން ވަނީ ޒެޕޮރީޒިއާ ޕްލާންޓް އެގައުމުގެ އަސްކަރިއްޔާގެ ބާރުގެ ދަށަށް ގެންގޮސްފައެވެ.

ރަޝިއާ އަދި ޔޫކްރެއިނުންވެސް ދަނީ އެއް ގައުމު އަނެއް ގައުމަށް ނިއުކްލިއަރ ޕްލާންޓަށް ހަމަލާދޭކަމުގެ ތުހުމަތުތައް ކުރަމުންނެވެ.

ރަޝިއާގެ ޑިފެންސް މިނިސްޓްރީން ވަނީ ޔޫކްރެއިނުން ނިއުކްލިއަރ ޕްލާންޓަށް ހަކަތަ ފޯރުކޮށްދޭ ޕަވަރ ލައިންސްތަކަށް އަމާޒުކޮށް ހަމަލާދޭކަމަށް ބުނެފައެވެ. އަދި ރަޝިއާގެ ނިއުކްލިއަރ ޕަވަރ އޮޕަރޭޓަރު ވަނީ ޒެޕޮރީޒިއާ ޕަވަރ ޕްލާންޓް ސަރަހައްދުގައި ހުރި ބައެއް ސްޓޯރޭޖް ފެސިލިޓީތަކަށް ވެސް ހަމަލާތައް އަމާޒުވެފައިވާކަމަށް ބުނެފައެވެ.

ރަޝިއާގެ ނިއުކްލިއަރ ޕަވަރ އޮޕަރޭޓަރު ވަނީ ޖެހި ޖެހިގެން ދެ ދުވަހު ޔޫކްރެއިނުން އެސަރަހައްދަށް ވައިގެ ހަމަލާތައް ދީފައިވާކަމަށް ބުނެފައެވެ.

ރޮއިޓަރސްއިން ރިޕޯޓުކޮށްފައިވާގޮތުން މިކަމާ ގުޅިގެން ޔޫކްރެއިންގެ ސީދާ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

ރަޝިއާގެ ބެލުމުގެ ދަށަށް ގެންދިއުމުގެ ކުރިން ޒެޕޮރީޒިއާ ޕަވަރ ޕްލާންޓަކީ ޔޫކްރެއިންގެ ބޮޑުބަޔަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރަމުންދިޔަ ޕްލާންޓެވެ. ރަޝިއާގެ އަސްކަރިއްޔާގެ ދަށަށް ޒެޕޮރީޒިއާ ޕްލާންޓް ގެންދިއުމާއެކު ޔޫކްރެއިނަށް ވަނީ އެސަރަހައްދުތަކަށް ކަރަންޓު ފޯރުކޮށްދިނުމަށް ބެކަޕް ޖެނެރާޓަރު ބޭނުންކުރަން މަޖުބޫރުވެފައެވެ.

ޔުކްރެއިންރަޝިއާރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

13 ޑިސެމްބަރު 2025

ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި

13 ޑިސެމްބަރު 2025
ކޭސްޕިއަން ކަނޑުގައި ރަޝިޔާގެ ތެޔޮ ރިގް ތަކަށް ހަމަލާ ދީފި
11 ޑިސެމްބަރު 2025

ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ

11 ޑިސެމްބަރު 2025
ފިލައިގެން އުޅޭ ރަޝިޔާ ގެ މަހުޖަނު މޯޑަޝޮވް ގެ 500 މިލިއަން ޑޮލަރުގެ މެގަޔޮޓު ދޫނިދޫ ކައިރީގައި ބަނދަރު ކޮށްފައި އޮއްވާ ފެނިއްޖެ
11 ޑިސެމްބަރު 2025

މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި

11 ޑިސެމްބަރު 2025
މެކްރޮން، ސްޓާމާ އަދި މާޒް، ޔުކްރެއިންގެ މައްސަލައާ ގުޅޭ ގޮތުން ޓްރަމްޕްއާ މަޝްވަރާ ކުރައްވައިފި
09 ޑިސެމްބަރު 2025

އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ

09 ޑިސެމްބަރު 2025
އިސްލާޙު ކޮށްފައިވާ ސުލްޙައިގެ ޕްލޭން، އެމެރިކާއާ ހިއްސާ ކުރާނެ ކަމަށް ޒެެލެންސްކީ ވިދާޅުވެއްޖެ
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ

07 ޑިސެމްބަރު 2025
ހޯމަ ދުވަހު މެކްރޮން އާއި، ޒެލެންސްކީ، ސްޓާމާ އަދި މާޒް ލަންޑަންގައި ބައްދަލު ކުރައްވަނީ
07 ޑިސެމްބަރު 2025

ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ

07 ޑިސެމްބަރު 2025
ވިޓްކޮފް އާއެކު މުހިންމު ފޯނު ކޯލެއް ކުރައްވާފައިވާ ކަމަށް ޒެލެންސްކީ ވިދާޅުވެއްޖެ
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން

06 ޑިސެމްބަރު 2025
ޔުކްރެއިންގެ މައްސަލައިގައި، އެމެރިކާ އާއި ޔޫރަޕުގެ ގުޅުން ވަރަށް މުހިންމު: މެކްރޮން
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް