Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއަދީބުގެ ބޭސްފަރުވާގެ މައްސަލަ

ސަރުކާރުން ބިރުގަންނަނީ އެންމެ ބޭފުޅެއް ދެކެ، އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ: ޝިފާޒު

24 ޖޫން 2017 | ހޮނިހިރު 23:46

ބޭސްފަރުވާގެ ނިޒާމް ތަނަވަސްކޮށްދިނުމަކީ އަސާސީ ހައްގެއް

ލީވާން އަލީ
ލީވާން އަލީ | 24 ޖޫން 2017 | ހޮނިހިރު 23:46
ފަލަސުރުހީ ޕްރޮގްރާމުގައި ޕްރެޒެންޓަރު އަހުމަދު މުހުސިން (ކ) އަދި އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒް (ވ)

ފަލަސުރުހީ ޕްރޮގްރާމުގައި ޕްރެޒެންޓަރު އަހުމަދު މުހުސިން (ކ) އަދި އެމްޑީޕީގެ ނައިބްރައީސް މުހައްމަދު ޝިފާޒް (ވ)

ސަރުކާރުން ބިރު ގަންނަނީ އެންމެ ބޭފުޅެއް ދެކެ ކަމަށާއި، ކުރީގެ ނައިބްރައީސް އަހުމަދު އަދީބަށް ބޭސްފަރުވާގެ ފުރުސަތު ތަނަވަސްކޮށްދޭން ޖެހޭ ކަމަށް މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) ގެ ނައިބްރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން ޝިފާޒު ވިދާޅުވީ، އަދީބަކީ ޖަލުގައި ހުކުމެއް ތަންފީޒުކުރައްވަމުން ގެންދަވާ ފަރާތެއް ކަމަށާއި، ބޭސްފަރުވާއަކަށް އެބޭފުޅާ އެދުމުން އެކަމަށް ސަރުކާރުން ބޯލަނބަންޖެހޭ ކަމަށެވެ.

Advertisement - newsAdvertisement

ބޭސްފަރުވާގެ ހައްގަކީ ގަނޫނޫއަސާސީއަށް ބަލާއިރުވެސް ހިފެހެއްޓޭނެ ހައްގެއް ނޫންކަން ފާހަގަކުރައްވަމުން ޝިފާޒު ވިދާޅުވީ، އަދީބު ބޭސްފަރުވާއަށް އެދިލެއްވުމުން ސަރުކާރުން ދައްކަނީ ބޭކާރު ބަހަނާ ކަމަށެވެ. އެގޮތުން ޝިފާޒު ވިދާޅުވީ އަދީބު ކޮންމެ ފަދަ ކަމެއް ކުރެއްވި ނަމަވެސް އެބޭފުޅާއަށްވެސް ލިބޭ ބޭސްފަރުވާގެ ހައްގު ދެއްވަން ޖެހޭ ކަމަށެވެ.

މީގެއިތުރުން ޝިފާޒު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުރީގައި ކުރެއްވި ކަންތައްތައް އެންމެ ރަނގަޅަށް އެނގިލައްވާނެ ފަރާތަކީ އަދީބުކަމަށް ވަރަށް ގިނަ މީހުން ބުނާ ކަމަށާއި، އެގޮތުން އަދީބު ދައްކަވާފާނެ ވާހަކަފުޅެއްގެ ބިރަށް ސަރުކާރު އުޅޭކަމަށްވެސް އެ މީހުން ބުނާ ކަމަށެވެ.

އެމްޑީޕީގެ ޕީޖީ ލީޑަރު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)، ޗެއާޕަރސަން ހަސަން ލަތީފް އަދި ނައިބްރައީސް ޝިފާޒް، ޖަލުގައި ހުންނެވި އަހުމަދު އަދީބުއާ ބައްދަލުކޮށްދެއްވުމަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެދިލެއްވުމާއި ގުޅިގެން، އެމްޑީޕީން މިހާރު ވަނީ އެކަމަށް އެދި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައެވެ.

އަދީބަށް ދިމާވެފައިވާ ސިއްހީ މައްސަލަތަކަށް ރާއްޖެއިން ބޭރުން ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާދެއްވާފައިވާއިރު، އަދީބަށް ބޭސްފަރުވާ ކުރުމަށް ރާއްޖޭން ބޭރަށް ފޮނުވައިދިނުމަށް އަދީބުގެ ގާނޫނީ ވަކީލުންނާއި އާއިލާއިން އެދުނު ނަމަވެސް، ސަރުކާރަށް އަދީބުގެ ފަރާތުން ލިބެންޖެހޭ ފައިސާ ހުރިކަމަށްބުނެ، ސަރުކާރުން ވަނީ ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ފޮނުވުމަށް ދެކޮޅުހަދާފައެވެ.

އަދީބު 33 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރަމުން ގެންދަވާއިރު، އެ މަނިކުފާނަށް މިހާރު މެދުވެރިވެފައިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ދިނުން ލަސްކޮށްފި ނަމަ ޖަލުގެ ގޮޅިތެރޭގައި އަދީބު މަރުވެދާނެ ކަމަށް، އޭނާގެ ވަކީލް މޫސާ ސިރާޖު ވަނީ ވިދާޅުވެފައެވެ.

އެންމެ ހިނގާ

1

"ސަރުކާރުން ދަނީ ގަސްތުގައި ލޯންޗުތަކަށް ޖެއްސުން ކުރަމުން، ސިފައިންނާއި ފުލުހުން ހަޑިހުތުރު ބަހުން މުއާމަލާތްކުރާއިރު، ވައު އަޅާފައިވަނީ ވެސް އުނދަގޫ ކުރަން"

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

4

އިޓަލީގެ ޑައިވަރުންގެ ހަށިތައް ނެގުމަށް ޑައިވްކުރި ސާޖަންޓް މަހުދީ މަރުވި ހަގީގީ ސަބަބު އޮތީ އާންމުންނަށް ސިއްރުކޮށްފައި ކަމަށް އާއިލާއިން ބުނެފި - ރިޕޯޓް

5

ވޯލްޑް ކަޕް ތެރޭގައި މެސީ މަރާލަން ރޭވިކަމުގެ ތަފްސީލު ހާމަވެއްޖެ

އިތުރަށް ކިޔާލަން

22 ޖެނުއަރީ 2017

ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ

22 ޖެނުއަރީ 2017
ސަރުކާރުން މަސައްކަތްކުރަނީ ވައްކަން ކުރުމަކީ ހުއްދަކަމަކަށް ހެދުމަށް: ރޮޒައިނާ
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
16 ޖެނުއަރީ 2017

ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް

16 ޖެނުއަރީ 2017
ސަރުކާރުން ޕްރޮޖެކްޓްތައް ހިންގަނީ ތިން ގުނަ އަގު ބޮޑުކޮށް: އާޒިމް
16 ޖެނުއަރީ 2017

ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު

16 ޖެނުއަރީ 2017
ކޮންމެ ދުވަހަކު އިވެނީ ރައީސް ޔާމީންގެ ސަރުކާރުން ހިންގާ ޖަރީމާތަކުގެ ވާހަކަ: ޝިފާޒު
15 ޖެނުއަރީ 2017

ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް

15 ޖެނުއަރީ 2017
ސަރުކާރުންދޭ ލޯން ގެރެންޓީއަކީ ރޭވިގެންކުރާ ބޮޑު ޖަރީމާއެއް: ޑރ. ޖަމީލް
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
14 ޖެނުއަރީ 2017

ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް

14 ޖެނުއަރީ 2017
ދީން ނިކަމެތިކޮށްލަން ސަރުކާރުން މަސައްކަތްކުރޭ: އާޒިމް
13 ޖެނުއަރީ 2017

ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު

13 ޖެނުއަރީ 2017
ލޯކަލް ކައުންސިލް އިންތިހާބެއް ހޯދުމުގެ މަސައްކަތް ކުރަންޖެހެނީ ސަރުކާރުން އާއްމު އުސޫލުތަކުން ބޭރުވުމުން: ހަސަން ލަތީފު
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
06 ޖެނުއަރީ 2017

ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި

06 ޖެނުއަރީ 2017
ފެނަށްޖެހޭ ރަށްރަށަށް ސަރުކާރުން ބޯފެން ފޯރުކޮށްދިނުމުގެ މަސައްކަތަށް ބަދަލު ގެނެސްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް