Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ޒަކާތު ފައިސާ

ޒަކާތު ފައިސާ އިން ބޭސްފަރުވާއަށް މިއަހަރުގެ އޮކްޓޯބަރު މަހާއި ހިސާބަށް 16 މިލިއަން ރުފިޔާ ދީފައިވޭ

ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ބޭސްފަރުވާ އަށް ހުށަހަޅާ

ސިމާހާ ނަސީމް
ސިމާހާ ނަސީމް, ރާއްޖެ އެމްވީ | 19 ނޮވެމްބަރު 2022 | ހޮނިހިރު 07:00
ކޮމެޓީން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ފައިސާ ފޯރުކޮށްދޭ

ކޮމެޓީން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ފައިސާ ފޯރުކޮށްދޭ

ޒަކާތު ފަންޑުގެ ފައިސާ އިން ބޭސްފަރުވާއަށް މިއަހަރުގެ އޮކްޓޯބަރު މަހާއި ހިސާބަށް 16 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

ޑރ. އަހްމަދު ޒާހިރު އަލީ ވިދާޅުވީ ޒަކާތުގެ ފައިސާ އިން ފަޤީރުންނާއި މިސްކީނުންނަށް މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދޭ ކަމަށާއި  ޒަކާތުގެ ފައިސާ ބަހަނީ 8 ބަޔަށް ކަމަށެވެ.

ޒަކާތުގެ ބޭސްފަރުވާގެ ގޮތުގައި ދޭ ފައިސާ އެއްއަހަރަށް ވުރެން އަނެއް އަހަރު ގިނައިން ދޭންޖެހޭކަން ވެސް ފާހަގަކުރެއްވިއެވެ.

މިނިސްޓަރ އިތުރަށް ވިދާޅުވީ ވަރަށް ގިނަ ފަރާތްތަކުން މިނިސްޓްރީއަށް ބޭސްފަރުވާ އަށް ހުށަހަޅާ ކަމަށާއި ކޮމެޓީން ކަނޑައެޅިފައި އޮންނަ އުސޫލުގެ ތެރެއިން ފައިސާ ފޯރުކޮށްދޭ ކަމަށެވެ.

ފާއިތުވި އަހަރުތަކުގައި ރައްޔިތުން ޒަކާތް ދައްކާފައިވާ މިންވަރު ވަނީ އިތުރުވެފައެވެ. އެގޮތުން 2019 އަހަރު 60 މިލިއަން ރުފިޔާ ލިބިފައިވާއިރު 2020 ވަނަ އަހަރު 79 މިލިއަން ރުފިޔާ ލިބުނެވެ. އަދި 2021 ވަނަ އަހަރު 86 މިލިއަން ރުފިޔާ ލިބިފައިވެއެވެ. މިކަމުން ވެސް އަންގައިދެނީ ޒަކާތާމެދު ރައްޔިތުންގެ އިތުބާރު އޮތް މިންވަރެވެ.

ޒަކާތު ސްކޮލަރޝިޕްގެ ނަމުގައި ޕްރޮގްރާމެއް ކުރިއަށް ގެންދާއިރު ރަޝިއާ ޔޫކްރެއިން ހަނގުރާމައާ ގުޅިގެން ރާއްޖެ އައި ކުދިންނަށް ޒަކާތު ފައިސާ އިން އެހީވި ކަމަށް ވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މިހެން ވިދާޅުވެފައިވާއިރު ފަގީރުންނަށް މާލީ އެހީ ފޯރުކޮށްދީ, ފަގީރުންގެ އާބާދީ ނައްތާލުމަށް "ޒަކާތު ނަފާ" ޕްރޮގްރާމު ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

މިއީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒާއި، އިކޮނޮމިކް މިނިސްޓްރީ، އަދި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން އަދި އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ގުޅިގެން ހިންގާ ޕްރޮގްރާމެކެވެ.

މިއީ ރާއްޖޭގެ ފަގީރުންގެ އާބާދީ ނައްތާލުމަށް ފަށާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ ތެރެއިން، ފަގީރުންގެގޮތުގައި ލިސްޓުކޮށްފައިވާ ފަރާތްތަކަށް އިތުރު ހުނަރުތައް އުނގަންނައިދިނުމާއި، މަސައްކަތްތައް ފަށައިދީ، އެމީހުން މާލީ ގޮތުން ބާރުވެރިކުރުވާނެއެވެ.

މި ޕްރޮގްރާމާގުޅޭ މައުލޫމާތު ހިއްސާކުރައްވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވީ، މި ޕްރޮގްރާމަކީ ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީކުރާ ފަރާތްތަކުގެ މެދުގައި ހިންގާ ޕްރޮގްރާމެއް ކަމަށެވެ. މިގޮތުން ކައުންސިލްތަކުގެ އެހީގައި ފޯމެއް ފުރިހަމަކޮށް، އެ ފޯމުތައް މިނިސްޓްރީން އެކުލަވާލާ ކޮމިޓީއަކުން އިވެލުއޭޓްކުރާނެއެވެ. އަދި އެއަށްފަހު މި އެހީ ލިބޭ ފަރާތްތައް ލިސްޓުކުރާނެ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ، މިހާރު ފަގީރުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް މާލީ އެހީތެރިކަމެއް ފޯރުކޮށްދެވެނީ އަހަރަކު އެއްފަހަރު ކަމަށެވެ. އަދި އެއީ ކުޑަ މިންވަރެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އެހެންކަމުން އިތުރު އެހީއެއް ފޯރުކޮށްދީގެން އެމީހުންނަށް އަމިއްލަ ފައިމައްޗަށް ތެދުވެވޭވަރުކޮށްދީ، ފަގީރުންގެ ލިސްޓު އެއްކޮށް ހުސްކޮށްލުމަކީ މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދުތައްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ދަށުން އެހީ ލިބޭ އާއިލާއަކަށް ޒަކާތު ފަންޑުން ޚަރަދުކުރާނީ ގިނަވެގެން 150,000 ރުފިޔާއެވެ. ނަމަވެސް، އެހީގެ ގޮތުގައި ކަނޑައެޅޭ މިންވަރު އެ އަދަދަށްވުރެ ބޮޑުވާނަމަ، އެސްއެމްއީ ފަންޑު މެދުވެރިކޮށް، އިންޓްރަސްޓް ނުހިމެނޭ ލޯނެއް ހަމަޖައްސައިދޭނެއެވެ. މި ލޯނު ހަމަޖައްސާނީ އެހީ ލިބޭ ފަރާތުން އެކަމަށް އިންކާރުނުކުރާނަމައެވެ. އަދި މި ލޯނުގެ މިންވަރު އެހީ ލިބުނު ފަރާތުން އަނބުރާ ދައްކަންޖެހޭނެއެވެ.

އިސްލާމިކް މިނިސްޓްރީއިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

ކޮންޓްރެކްޓް ހަވާލުކުރި ފަރާތުން ބޭނުންވާ ގޮތަށް ކައުންސިލުން އަމަލު ނުކޮށްގެން، އިސްލާމިކް މިނިސްޓްރީން އެލްޖީއޭ އަށް މައްސަލަ ހުށަހަޅައިފި

04 ޑިސެމްބަރު 2025
އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

އެކަނިވެރި މައެއްގެ ޒާތީ މައުލޫމާތު ހާމަކުރެވުނީތީ ޝަހީމް މައާފަށް އެދިވަޑައިގެންފި

25 ނޮވެމްބަރު 2025
އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

އައްޑޫ ސިޓީ ހިތަދޫ މިސްކިތުގައި ހުރި ގޮނޑިތަކާއި މުސްހަފުތަކަށް ގެއްލުންދީފި

10 ނޮވެމްބަރު 2025
މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

މި ސަރުކާރުގެ އެންމެ ބޮޑު ވަޤުފު ދެ މަޝްރޫއު އަށް ބީއެމްއެލުން ލޯނު ދޫ ކުރަނީ

30 އޮކްޓޯބަރު 2025
ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި މި ސަރުކާރުން، ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދެނީ

30 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

23 މާރިޗު
މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި
20251 އަހަރު ކުރިން
ރާއްޖެ

މަންދީގެ ގަޔަށް ކަޅުތެޔޮ ޖެހި މީހުން ހޯދައިފި

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!
20242 އަހަރު ކުރިން
ރިޕޯޓު

އެންމެ ޓުވީޓެއް، މުޅި ސަރުކާރު ޑިފެންސަށް! ވެއްޓުނީ ހޫނު ފެނަށް!

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!
20233 އަހަރު ކުރިން
ރިޕޯޓު

ބާސްކެޓްގެ ޗެމްޕިއަނުންނަކީ މިދެމަފިރިން, އެކަކު އަނެކަކަށް ހިތްވަރެއް!

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ
20224 އަހަރު ކުރިން
ރިޕޯޓު

ވަގަށް ނެގީ ބިސްކޯދު ކޭހެއް، ހައްޔަރު ކުރުމުން އެހީ ކާން ލިބޭނެހޭ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި
20215 އަހަރު ކުރިން
ދުނިޔެ

ދިފާއީ ނިޒާމަށް އެކަށޭނެ މިންވަރަށް އަސަރު ނުކުރާތީ ޔޫއޭއީން ސިނޮފަރމް ވެކްސިންގެ ތިން ޑޯޒު ޖަހަން ނިންމައިފި

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ
20197 އަހަރު ކުރިން
ރާއްޖެ

ނަފްސާނީ ބަލިތަކަށް ޚާއްސަ ޑިޕާރޓްމަންޓެއް އައިޖީޢެމްއެޗުގައި މާދަމާ ހުޅުވަނީ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކީ ޝަރީއަތުގެ އެއްވެސް މަރުހަލާއެއްގައި ބޭނުން ކޮށްގެންވާނެ އެއްޗެއް ނޫން: ކުރީގެ އޭސީޕީ ފައިރޫޝް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު