Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމަސްތުވާތަކެތީގެ އޮޕަރޭޝަން

13 ކިލޯގެ މަސްތުވާތަކެއްޗާއި 6 ލައްކަށްއަށްވުރެ ގިނަ ރުފިޔާ އަތުލައިގަނެފި

މި ތަކެތި އަތުލައިގަނެފައިވަނީ މާލޭގެ ދެގެއަކުންނާއި ހުޅުމާލޭގެ ގެސްޓްހައުސްއަކުން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 18 ނޮވެމްބަރު 2022 | ހުކުރު 08:25
މާލޭގައި ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަންގެ ތެރެއިން އަތުލައިގަނެވުނު ތަކެތި

މާލޭގައި ކުރިއަށް ގެންދިޔަ ޑްރަގް އޮޕަރޭޝަންގެ ތެރެއިން އަތުލައިގަނެވުނު ތަކެތި

މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނެއްގެ ތެރެއިން 13 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު 6 ލައްކައަށްވުރެ ގިނަ ރުފިޔާ އަތުލައިގަނެފިއެވެ.

ބުރާސްފަތި ދުވަހުގެރޭ މާލޭގައި ކުރިއަށް ގެންދިޔަ އޮޕަރޭޝަނާއި ގުޅޭގޮތުން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުލުހުންނާއި، ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓް ޓީމުން ކުރިއަށް ގެންދިޔަ މަސްތުވާތަކީގެ އޮޕަރޭޝަންގެ ތެރެއިން 13.56 ކިލޯގެ ޑްރަގްސް އަދި 644،020 ރުފިޔާ ހޯދައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

Advertisement - newsAdvertisement

ސީޕީ ހަމީދު ވިދާޅުވީ މި ތަކެތި އަތުލައިގަނެފައިވަނީ މާލޭގެ ދެ ގެއަކުންނާއި ހުޅުމާލޭގެ ގެސްޓްހައުސްއަކުން ކަމަށެވެ. އަދި މަސްތުވާތަކެތި އަތުލައިގަތުމަށް ކުރަމުންދާ މަސައްކަތް ކުރިއަށްދާނެކަމަށް ސީޕީ ވިދާޅުވިއެވެ.

ފުލުހުން ކުރިއަށްގެންދާ މަސްތުވާތަކެތީގެ އޮޕަރޭޝަންތަކުގެ ތެރެއިން  އޮކްޓޯބަރު މަހުގެ 28 ވަނަ ދުވަހު ފުލުހުން ވަނީ ގދ. ހޯޑެއްދޫއިން ގިނަ އަދަދެއްގެ މަސްތުވާތަކެތި ހޯދާފައެވެ. ފުލުހުން ހޯދި މަސްތުވާތަކެއްޗަކީ، މަސްތުވާތަކެތީގެ މައްސަލައާއި ގުޅިގެން ހައްޔަރުކުރި މީހަކު ގދ. ހޯނޑެއްދޫ ވަލުތެރޭގައި ވަޅުލައި ފޮރުވާފައިހުރި ގިނަ އަދަދެއްގެ މަސްތުވާތަކެއްޗެވެ. އޭގެ ފަހުން ގދ. ހޯނޑެއްދޫއާއި އެ ރަށާ ކައިރި ފަޅު ރަށަކުން އިތުރު 69 ކިލޯގެ މަސްތުވާތަކެތި ފުލުހުން ހޯދާފައިވާކަން، ނޮވެމްބަރު މަހުގެ 2 ވަނަ ދުވަހު ފުލުހުން ވަނީ ހާމަކޮށްފައެވެ. އޮކްޓޯބަރު މަހުގެ 27 ވަނަ ދުވަހު ހޯނޑެއްދޫއިން ހޯދި 13 ކިލޯގެ މަސްތުވާތަކެއްޗާއެކު އެ ރަށުން އަތުލައިގަތް މަސްތުވާތަކެތީގެ އަދަދު 82 ކިލޯއަށް އަރާފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ދަނީ ރާއްޖޭގެ އެހެން ހިސާބުތަކުގައި ވެސް މަސްތުވާތަކެއްޗާ ދެކޮޅަށް އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންގެންދާ މަސައްކަތްތަކުގެ ތެރެއިން، ދެ ރަށެއްގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ތިން މީހުން ހައްޔަރުކޮށްފައި ވަނީވެސް ނިމިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

އިތުރަށް ކިޔާލަން

17 ޖެނުއަރީ 2017

ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި

17 ޖެނުއަރީ 2017
ފޯކް ލިފްޓެއްގެ މައްސަލައިގައި 40 މިލިއަން ރުފިޔާ ހޯދަން ސެންޓަ އެންޓަޕްރައިސަސް އިން ސްޓެލްކޯއާ ދެކޮޅަށް ދައުވާކޮށްފި
16 ޖެނުއަރީ 2017

ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!

16 ޖެނުއަރީ 2017
ރައީސް ޔާމީންގެ ޅިޔަނަށް 617 މިލިއަން ރުފިޔާގެ ގެރެންޓީއެއް ދެނީ!
15 ޖެނުއަރީ 2017

ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި

15 ޖެނުއަރީ 2017
ރެއިންބޯގެ ދެ ލައްކައަށްވުރެ ގިނަ ރުފިޔާ ފޭރިގަތް ހަތަރު މީހަކު ހައްޔަރުކޮށްފި
15 ޖެނުއަރީ 2017

ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!

15 ޖެނުއަރީ 2017
ތިން ބިލިއަން ރުފިޔާގެ ލޯނެއް ނަގަން ސަން ސިޔާމަށް ސަރުކާރުން ގެރެންޓީ ދެނީ!
12 ޖެނުއަރީ 2017

އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި

12 ޖެނުއަރީ 2017
އެމްޕީއެލް އިން ރިޒާ އަށް 2.9 މިލިއަން ރުފިޔާ ދިން މައްސަލަ އޭސީސީން ބަލަން ފަށައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު