Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ފޮޓޯ މުބާރާތް

ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ބާއްވާ ފޮޓޯ މުބާރާތް ފަށައިފި

18 ނޮވެމްބަރު 2022 | ހުކުރު 06:37

މި މުބާރާތް ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހާ ހަމައަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 18 ނޮވެމްބަރު 2022 | ހުކުރު 06:37
ރީފް ހެލްތް އެސެސްމެންޓް ފޮޓޯ މުބާރާތުގެ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު

ރީފް ހެލްތް އެސެސްމެންޓް ފޮޓޯ މުބާރާތުގެ ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތު

މިނިސްޓްރީ އޮފް ޓޫރިޒަމާއި ދިރާގާއި އޯޝަން ޖިއޮގްރަފިކް ސޮސައިޓީ އަދި މޯލްޑިވްސް އެލައަންސް އޮފް ޑައިވް އޮޕަރޭޓަރސް (މަޑޯ) ގުޅިގެން ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ދެނެގަތުމަށް ބާއްވާ ފޮޓޯ މުބާރާތް ހުކުރު ދުވަހު ފަށައިފިއެވެ.

މިއީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ފޮޓޯ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދާނީ އަންނަ ޑިސެމްބަރު މަހުގެ 15ވަނަ ދުވަހާ ހަމައަށެވެ.

Advertisement - newsAdvertisement

މި މުބާރާތުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ފަރުތަކުގެ ސިއްހަތު ބަލާ ކޮންމެ އަހަރަކު މިފަދަ ޗެކްއަޕްއެއް ކުރިއަށް ގެންދިއުމެވެ. އަދި ރާއްޖޭގެ ގުދުރަތީ މާހައުލު ހިމާޔާތް ކުރުމަށް ކުރަމުންގެންދާ މަސައްކަތާއި ރާއްޖޭގެ ހިތްގައިމު ކަނޑުއަޑި ބޭރު ފަރާތްތަކަށް ދައްކާލުމަކީ ވެސް މި ހަރަކާތުގެ ބޭނުމެކެވެ.

މި މުބާރާތުގައި ފޮޓޯ ނެގުމަށް ރާއްޖޭގެ 50 މައްޝޫރު ޑައިވް ސައިޓެއް ވަނީ ކަނޑައަޅައިފައެވެ. މީގެ ތެރެއިން ކޮންމެ ވެސް އެއް ސައިޓެއް ނުވަތަ އެއަށްވުރެ ގިނަ ސައިޓީތަކުގައި ފޮޓޯޯ ނަގައިގެން މި މުބާރާތުގައި ބައިވެރިވެވޭނެއެވެ. އެގޮތުން ނަގާ ކޮންމެ ސައިޓަކުން 5 ފޮޓޯގެ ޕޯޓްފޯލިއޯއެއް ހުށަޅަން ޖެހޭނެ ކަމަށް ދިރާގުން ބުންޏެވެ.

މި މުބާރާތުގެ ފޮޓޯތައް ބައިނަލްއަޤްވާމީ ޖަޖިން ޕެނަލަކުން ބެލުމަށްފަހު ކޮންމެ ޑައިވް ސައިޓަކުން ހުށަހަޅާ ފޮޓޯތަކުން އެއްވަނަ ދެވަނަ އަދި ކޮންމެ ޑައިވް ސައިޓަކުން ފާހަގަކޮށްލެވޭ އިތުރުން ތިންވަނައެއް ހޮވާނެއެވެ. އަދި މުބާރަތުގައި ފޮޓޯ ހުށަހަޅާ ހުރިހާ ފަރާތްތަކަށްވެސް ރާއްޖޭގެ ކޮރަލް ރީފް ހެލްތު އެސެސްމަންޓްގައި ބައިވެރިވިކަމުގެ ކޮންޓްރިބިއުޝަން އޮފް އެޗީވްމަންޓް ސެޓްފިކެޓެއް ލިބޭނެއެވެ.

މި މުބާރާތުގައި ނަގާ ފޮޓޯތަކުގެ ތެރެއިން އެންމެ ރީތި 3 ފޮޓޯ، އެ ޑައިވްއަށް ޚާއްސަ ފޮތުގައި ހިމަނާނެއެވެ. އަދި މުބާރާތުގެ މޮޅު ފޮޓޯތައް އަންނަ އަހަރުގެ ޖެނުއަރީ މަހު އޮންނަ އަންޑަރވޯޓަރ އެގްޒެބިޝަނުގައި، ފޮޓޯގްރާފަރުގެ ނަމާއެކު ހިމަނާނެއެވެ. މިއީ ދިވެހި ފޮޓޯގްރާފަރުންނަށް، އެހެން ގައުމުތަކުގެ ފޮޓޯގްރާފަރުންނާ ވާދަކޮށްލުމަށް ލިބޭ ފަހި ފުރުސަތެކެވެ.

މި މުބާރާތަށް ހާއްސަކޮށްގެން ޓޫރިޒަމް މިނިސްޓްރީން ވަނީ ހާއްސަ ވެބްސައިޓެއް ވެސް ތައާރަފު ކޮށްފައެވެ. އެ ވެބްސައިޓް މެދުވެރިކޮށް ދިވެހިންނާއި ބޭރުގެ ފަރާތްތަކަށް ވެސް މި މުބާރާތުގައި ބައިވެރިވާން ރަޖިސްޓްރީ ކުރަން ހުޅުވާލިއެވެ. މި މުބާރާތުގައި ދިވެހި ފޮޓޯގްރާފަރުންނަށް ހިލޭ ބައިވެރިވެވުނު އިރު، ބޭރުގެ ފޮޓޯގްރާފަރުން 10 ޑޮލަރުގެ ފީއެއް ދައްކަންޖެހެއެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

01 ފެބުރުއަރީ 2017

ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި

01 ފެބުރުއަރީ 2017
ދެ އަހަރެއްހާ ދުވަސް ފަހުން ރައީސް ނަޝީދާ އެކު އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާއިފި
31 ޖެނުއަރީ 2017

ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް

31 ޖެނުއަރީ 2017
ރާއްޖޭގެ ޑިމޮކްރެސީ ކުރިއަރުވަން ރައީސް ނަޝީދު ކުރައްވާ މަސައްކަތްޕުޅު އެނގިގެން ހިނގައްޖެ:އަތުލް ކެޝަޕް
28 ޖެނުއަރީ 2017

ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް

28 ޖެނުއަރީ 2017
ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ: މެޓް
26 ޖެނުއަރީ 2017

ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ

26 ޖެނުއަރީ 2017
ޢަރަބިއަން މާކެޓް ފެއާގެ ރާއްޖޭގެ ސްޓޭންޑް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދަނީ
20 ޖެނުއަރީ 2017

މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!

20 ޖެނުއަރީ 2017
މީޑިއާ ކައުންސިލްގެ މީޑިއާގެ މަގާމަށް މެންބަރަކު އިންތިޚާބް ކުރުމަށް ބާއްވާ ވޯޓުނެގުން 28 ގައި!
11 ޖެނުއަރީ 2017

ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ

11 ޖެނުއަރީ 2017
ރާއްޖޭގެ މަސްބޯޓެއްގައި އަލިފާން ރޯވެއްޖެ
08 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ

08 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީޚެއް އިއުލާނުކުރާނީ ގާނޫނީ ގޮތުން ބަލަންޖެހޭ ކަންތައްތައް ބެލުމަށް ފަހު: އީސީ
07 ޖެނުއަރީ 2017

އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ

07 ޖެނުއަރީ 2017
އިންތިހާބު ބާއްވާނެ ތާރީހް އާދީއްތަ ދުވަހު އިޢުލާން ކުރަނީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް