Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެޚާރިޖީ ދާއިރާގެ ކާމިޔާބީތައް

މި 4 އަހަރުގެ ތެރޭގައި 10 ގައުމަކާއެކު ސިޔާސީ ގުޅުން ގާއިމުކުރެއްވިއްޖެ: ފޮރިން މިނިސްޓްރީ

އ.ދ. ގެ 193 ޤައުމުގެ ތެރެއިން 182 ޤައުމާއެކު ސިޔާސީ ގުޅުން ޤާއިމްކުރެވިއްޖެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 18 ނޮވެމްބަރު 2022 | ހުކުރު 07:11
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު

ފާއިތުވި ހަތަރު އަހަރުގެ ތެރޭގައި ދިވެހިރާއްޖެއާއި ދޭދޭ ޤައުމުތަކާއި އޮންނަ ސިޔާސީ ގުޅުން އިތުރަށް ވަރުގަދަކޮށް ހަރުދަނާކުރުމުގެ ގޮތުން 10 ޤައުމަކާ އެކު ސިޔާސީ ގުޅުން ޤާއިމްކުރެވުނު ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

ވޭތުވެދިޔަ 4 އަހަރު ޚާރިޖީ ދާއިރާއިން މި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަކުގެ މައުލޫމާތު ހިއްސާކުރަމުން ފޮރިން މިނިސްޓްރީން ބުނީ މީގެ ކުރިން ބައިނަލްއަގުވާމީ މަޝްރަހުން އެކަހެރިވެފައި އޮތް ދިވެހިރާއްޖެ މިއަދު އެހެން ގައުމުތަކުގެ ގަދަރާއި އިހުތިރާމު ހޯދަމުންދާކަމަށެވެ. މި ކުޑަ ކުޑަ ޖަޒީރާ ދިވެހިރާއްޖެއަށް ވެސް ދުނިޔޭގެ މައިދާނުގައި ފައިހަރުކޮށްލެވޭނެ ކަން ދައްކައިދީ އަދި ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ދުނިޔޭގެ ޤައުމުތަކުން ވަރަށް ފުރިހަމައަށް ބަލައިގެންފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ދުނިޔޭގެ ގައުމުތަކާ އެކު އޮތް ގުޅުން ބަދަހިކުރުމަށް ރާއްޖެއިން ކުރި މަސައްކަތުގެ ތެރެއިން މިހާތަނަށް 10 ގައުމަކާއެކު ސިޔާސީ ގުޅުން ގާއިމްކުރެވިފައިވާކަމަށެވެ. އެއީ ބޮލީވިއާ، ރުވާންޑާ، އަންގޯލާ، އެސްވަޓީނީ، އެރިޓްރިއާ، ލެސޯތޯ، ބުރުންޑީ، ސައޮ ޓޯމޭ އެންޑް ޕްރިންސިޕެ، މަލާވީ އަދި ގިނީ ބިސާއު އެވެ.

އަދި ޤަތަރާއެކު ސިޔާސީ ގުޅުން ކަނޑާލެވިފައި ވަނިކޮށް އެ ގުޅުން އަލުން ޤާއިމު ކުރެވުނު ކަމަށާއި، މިއާއެކު އ.ދ. ގެ 193 ޤައުމުގެ ތެރެއިން 182 ޤައުމާއެކު ސިޔާސީ ގުޅުން ޤާއިމްކުރެވިފައިވާކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިއީ އ.ދ. ގެ ގައުމުތަކުގެ 94 އިންސައްތައެވެ.

މީގެ އިތުރުން ދުނިޔޭގެ ބޮޑެތި ބާރުތަކުން ވެސް ދިވެހިރާއްޖެއަށް ކުރާ އިތުބާރާއި ޔަގީންކަން މިހާރު އިތުރުވެފައިވާކަމަށާއި، އިނގިރޭސިވިލާތުގެ ހައި ކޮމިޝަނެއް ދިވެހިރާއްޖޭގައި މުޅިން އަލަށް ހުޅުވުމަކީ މިކަމުގެ ހެއްކެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. އަދި އެމެރިކާއިންނާއި އޮސްޓްރޭލިޔާއިން ވެސް ރާއްޖޭގައި މިޝަންއެއް ހުޅުވާނެކަން ރަސްމީކޮށް އިއުލާނުކޮށް، މިޝަން ހުޅުވުމުގެ ޢަމަލީ މަސައްކަތްތައް މިހާރު ވަނީ ފެށިފައި ކަމަށް މިނިސްޓްރީން ބުނެއެވެ. ރަޝިޔާގެ މޮސްކޯގައި ދިވެހިރާއްޖޭގެ އެމްބަސީއެއް ހުޅުވަން ނިންމުމާއި، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ރާއްޖޭގެ އެމްބަސީއެއް ޤާއިމުކުރުމުގެ އަމަލީ މަސައްކަތް މިހާރު ކުރިއަށްދާކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއިން ގައުމުތަކާ އެކު ބާއްވާފައިވާ ގާތް ގުޅުމުގެ ސަބަބުން ރަސްމީ ދަތުރުތައް ކުރެވުމާއި ގިނަ ގައުމުތަކަކުން ރާއްޖެއަށް ހިލޭ އެހީއާއި ގްރާންޓް، ލުއި ލޯނު އަދި ލައިން އޮފް ކްރެޑިޓާއި ތަކެތި ފޯރުކޮށްދީފައިވާކަމަށެވެ. މިގޮތުން ވޭތުވެދިޔަ 4 އަހަރުގެ ތެރޭގައި ގާތްގަނޑަކަށް 3.40 ބިލިއަން އެމެރިކާ ޑޮލަރު އެކި ގޮތްގޮތުން ލިބިފައިވާކަމަށް މިނިސްޓްރީން ހާމަކޮށްފައިވެއެވެ. އަދި އުމްރާނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ވެސް މި އެހީއިން ހިންގާފައިވާކަމަށާއި، މުއައްސަސާތަކުގެ ފަންނީ ގާބިލުކަން އިތުރުކުރަން ވެސް މަސައްކަތްތަކެއް ކޮށްފައިވާކަމަށް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ އެކު މުޅިން އަލަށް ޕާރޓްނަރޝިޕް ފްރޭމްވޯރކް އެއްބަސްވުމަކާ ހަމައަށް އައުމަށް މަގުފަހިކުރުމުގެ ގޮތުން ޕާރޓްނަރޝިޕް ކޯޕަރޭޝަން އެއްބަސްވުމެއްގައި ސޮއި ކުރުމުގެ މަޝްވަރާތައް ފެށުމަށް އީ.ޔޫއިން އިއުލާންކުރި ކަމަށާއި އަދި ދިވެހިރާއްޖެއާއި ޔޫރަޕިއަން ޔޫނިއަންއާ ދެމެދު ސީނިއަރ އޮފިޝަލުންގެ ފެންވަރުގެ ބައްދަލުވުންތައް މުޅިން އަލަށް ބާއްވަން ފެށުނުކަން މިނިސްޓްރީން ފާހަގަކުރެއެވެ. މިއީވެސް އީ.ޔޫއާ އެކު ގުޅުން ބަދަހިވެފައިވާ މިންވަރު ހާމަވެގެންދާ ކަމެއް ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ކޮވިޑް-19ގެ ހާލަތުގައި ވެސް ބަލިމަޑުކަމުން އަރައިގަތުމަށާއި، އިގްތިސާދީ ހާލަތު ރަނގަޅުކުރުމަށް ބޭރު އެހީ ލިބިފައިވާކަމަށެވެ. އަދި ގައުމުތަކާއެކު މީގެ ކުރިން ސޮއިކުރެވިފައި ނުވާހާ ގިނަ އެއްބަސްވުންތަކެއްގައި މިވީ ހަތަރު އަހަރުގެތެރޭގައި ސޮއިކުރެވިފައިވާކަން ވެސް މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.

އިތުރަށް ކިޔާލަން

18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
17 ޖެނުއަރީ 2017

މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި

17 ޖެނުއަރީ 2017
މިދިޔަ އަހަރުގެ އޯލެވެލް އިމްތިހާނުގެ ނަތީޖާ އޮންލައިންކޮށް ދޫކުރަން ފަށައިފި
14 ޖެނުއަރީ 2017

"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"

14 ޖެނުއަރީ 2017
"އެމްޑީޕީއަކީ ހަރަކާތްތެރި ޕާޓީއެއް، އަތޮޅުތަކުގެ ގޮފިތަކާ އޮންނަ ގުޅުން ރަނގަޅުކުރަން ޖެހޭ"
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި

09 ޖެނުއަރީ 2017
2017 ވަނަ އަހަރުގެ ކިޔެވުން ފަށައިފި
08 ޖެނުއަރީ 2017

މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު

08 ޖެނުއަރީ 2017
މިއަހަރުގެ އަމާޒަކީ ޒަމާނީ ވަސީލަތްތަކާއެކު ކިޔެވުމާއި ކިޔަވައިދިނުމުގެ މުޅި ވައްޓަފާޅި ބަދަލުކުރުން: މިނިސްޓަރު
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު