Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސް ޔާމީންގެ ޝަރީއަތް

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލަ: ރައީސް ޔާމީންގެ ޝަރީއަތުގެ އަޑު އެހުން އާދިއްތަ ދުވަހަށް ފަސްކޮށްފި

އާރަށުގެ މައްސަލައާ ގުޅިގެން، މަނީ ލޯންޑަރިންގގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 17 ނޮވެމްބަރު 2022 | ބުރާސްފަތި 17:01
ވ. އާރަށު ޚިޔާނާތުގެ މައްސަލަ

ވ. އާރަށު ޚިޔާނާތުގެ މައްސަލަ

ވ. އާރަށުގެ ޚިޔާނާތުގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލައިގެ އަޑުއެހުން އަންނަ އާދިއްތަ ދުވަހަށް ތާވަލްކޮށްފިއެވެ.

ރައީސް ޔާމީންގެ, ހިނގައިދިޔަ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ތެރޭގައި ހިމެނޭ އާރަށުގެ މައްސަލައާ ގުޅިގެން މަނީ ލޯންޑަރިންގގެ ދައުވާއާއި ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ ރައީސް ޔާމީންގެ މައްޗަށް ވަނީ އުފުލާފައެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޔޫސުފް ނައީމަށް ރިޝްވަތު ހިފުމުގެ ދައުވާ ވަނީ އުފުލާފައެވެ.

Advertisement - newsAdvertisement

މި މައްސަލައިގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި އަޑުއެހުމުގައި، މައްސަލައާ ހަވާލުވެ ހުންނެވި އެ ކޯޓުގެ އިސް ގާޒީ އަހުމަދު ޝަކީލް ވަނީ، އެ ޝަރީއަތް ދެން އޮންނާނީ އާދިއްތަ ދުވަހުގެ މެންދުރު ކުރީގައި ކަމަށް ނިންމަވާފައެވެ. ގާޒީ ޝަކީލް ވަނީ އެކަމާމެދު ދައުވާ ލިބޭ ފަރާތްތަކާއި ދައުލަތުގެ އިއުތިރާޒެއް އޮތްތޯ ބެލުމަށް ސުވާލުކުރައްވާފައެވެ. އެކަމަށް ޖަވާބުދެއްވަމުން ދައުލަތުގެ ވަކީލާ މަރިޔަމް ޝަހުމާ ވަނީ، އާދިއްތަ ދުވަހަށް މައްސަލައިގެ އަޑު އެހުން ލަސްކުރުމަށް ދައުލަތުގެ އިއުތިރާޒެއް ނެތްކަން ފާހަގަކުރައްވާއެވެ.

އެހެންނަމަވެސް ޔޫސުފް ނައީމްގެ ވަކީލް ހަމްޒާ ލަތީފް ވަނީ އޭނާ ބައިވެރިވާ އެހެން ބައެއް މައްސަލަތަކުގެ އަޑުއެހުން އެ ދުވަހު ތާވަލްކުރެވިފައި ހުރިކަމަށާއި އެކަން މެނޭޖްކުރާނެ ގޮތެއް ބަލަންޖެހޭ ކަމަށް ވިދާޅުވެފައެވެ. އަދި އަންނަ ހަފުތާގައި އޭނާ ބައިވެރިވާ މައްސަލައެއް ތާވަލް ނުކުރާ ދުވަހެއް ނެތްކަމަށްވެސް ވިދާޅުވިއެވެ. އެހެންނަމަވެސް ހޯމަ ދުވަހުގެ މެންދުރު ފަހު ވަގުތުގައި މައްސަލަ ތާވަލްކުރުމަށް އުޒުރެއް ނެތްކަން ހަމްޒާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ދިފާއީ ވަކީލް އުސްތާޒް ޝިފާޒްވެސް ވަނީ ،އެ ދުވަހުގެ އަޑުއެހުން 1ގެ ފަހަށް ތާވަލްކޮށްފިނަމަ މައްސަލައެއް ނެތްކަމަށް ފާހަގަކުރައްވާފައެވެ.

ރައީސް ޔާމީންގެ ވަކީލު ޑރ. ޖަމީލް ވިދާޅުވީ، ބުރާސްފަތި ދުވަހުގެ ގިނަ ވަގުތު މެރަތަން ސެޝަންއެއް ގޮތަށް އެ ގެންދިއުމުން ވަރަށް ބޮޑަށް ދަތިވާ ކަމަށެވެ. އެގޮތުން ރާއްޖޭގެ ފަނޑިޔާރުކަން ކުރަނީ ޖޫރީ ސިސްޓަމެއްގެ ތެރެއިން ނޫންކަމަށްވާއިރު މައްސަލައަށް ފަނޑިޔާރަށް ސަމާލުކަން ދެވެންޖެހޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި އެގޮތަށް މައްސަލަ ކުރިއަށް ގެންދިއުމުން ބުރަވަނީ ދައުވާ ލިބޭ ފަރާތަށް ކަމަށް އޭނާ ވިދާޅުވިއެވެ.

ދިފާއީ ވަކީލުންގެ ވާހަކަތަކަށްފަހު، ދައުލަތުގެ ވަކީލް އަހުމަދު ނަައުފަލްވަނީ ދައުވާ ލިބޭ ފަރާތްތަކުން އިންކާރު ނުކުރާނަމަ، ދައުވާ ލިބޭ ދެ ފަރާތްކަމަށްވާ ރައީސް ޔާމީނާއި ޔޫސުފް ނައީމްގެ މައްސަލަ ވަކި އަޑު އެހުމެއްގެ ގޮތުގައި ކުރިއަށް ގެންދަން ދައުލަތުން އިއުތިރާޒް ނުކުރާކަން ފާހަގަކުރައްވާފައެވެ. ރައީސް ޔާމީންގެ ފަރާތުން ވަނީ އަޑުއެހުން ކުރިއަށްދާއިރު ދެ ފަރާތުން ހުށަހަޅާ ވާހަކަތައްވެސް ދައުވާ ލިބޭ ފަރާތުން ބަލަން ބޭނުންވާނެކަން ފާހަގަކުރައްވާފައެވެ.

ވަކީލުގެ އެ ވާހަކަތަކަށް ޖަވާބުދެއްވަމުން މައްސަލަ ބައްލަވާ ގާޒީ ވަނީ، އަޑުއެހުން ކުރިއަށްދަނީ ވަކި އަޑުއެހުމެއްގެ ގޮތުގައި ކަމަށް ވީނަމަވެސް މައްސަލައަށް ވަދެ އަޑު އެހުމުގެ ފުރުސަތު ވަކީލުންނާއި ދައުވާ ލިބޭ ފަރާތަށް އޮންނާނެކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން އާދިއްތަ ދުވަހުގެ މެންދުރުކުރީގައި އަބްދުﷲ ޔާމީންގެ ބައި ކުރިއަށް ގެންގޮސް 12ށް މެދުކަނޑާލުމަށް ފަހު، މެންދުރުފަހު 2ން ފެށިގެން ޔޫސުފް ނައީމްގެ ބައި ކުރިއަށް ގެންދަވަން ގާޒީ ވަނީ ނިންމަވާފައެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ހިންގި ކަމަށް ބުނާ ޚިޔާނާތުގެ މައްސަލައިގައި ކްރިމިނަލް ކޯޓުގައި ކުރިއަށްދާ ޝަރީއަތަށް ދައުލަތުން ހުށަހެޅި އާ ހެކިތައް ޝަރީއަތަށް ބަލައިގަތުމަށް ބުރާސްފަތި ދުވަހު ވަނީ ނިންމަވާފައެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

9 މެއި
"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"
20251 އަހަރު ކުރިން
ރިޕޯޓު

"ކޮރަޕްޝަން ނައްތާލަން މަސައްކަތެއް ފަށާއިރަށް ސިޔާސީ އިދިކޮޅު ފަރާތްތަކުން އެކަމާ ދެކޮޅު ހަދަނީ ކީއްވެބާ؟"

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި
20242 އަހަރު ކުރިން
ކުޅިވަރު

މަސްއޮޑިން، މަސް ކަނޑައި ނަން ބަދަލުކޮށްފި

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟
20233 އަހަރު ކުރިން
ކުޅިވަރު

ނޭމާ ދޫކޮށްލަން ޕީއެސްޖީން އެއްބަސްވެއްޖެ؟

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި
20224 އަހަރު ކުރިން
ރާއްޖެ

މަސްވެރިކަމުގައި އުޅެނިކޮށް ދޯނިން ވެއްޓުނު މީހަކަށް މިޔަރެއް ހަމަލާ ދީފި

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން
20215 އަހަރު ކުރިން
ރިޕޯޓު

ގެއްލިގެން ހޯދަނިކޮށް ޝިފާ ފެނުނީ ގެމެންދޫން

ޑެވިލްޑް ޗިކަން ރެސިޕީ
20197 އަހަރު ކުރިން
ލައިފް ސްޓައިލް

ޑެވިލްޑް ޗިކަން ރެސިޕީ

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް
20188 އަހަރު ކުރިން
ރިޕޯޓު

ރިޔާޒު ޖަލުގައި: ކުޑަ އާއިލާއަށް ހިތްދަތިކަމެއް، ގޭތެރެއަށް ފަޅުކަމެއް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު