Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒު

ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ފުވައްމުލައް ސިޓީގައި ހުޅުވައިފި

މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގައްރިރާއި ފުވައްމުލައް ސިޓީގެ މޭޔަރ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 14:59
ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ފުވައްމުލައް ސިޓީގައި ހުޅުވުން

ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒެއް ފުވައްމުލައް ސިޓީގައި ހުޅުވުން

ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުން ގާއިމުކުރި ކުޑަކުދިންގެ ފުރަތަމަ ކަސްޓޯޑިއަލް މަރުކަޒު ފުވައްމުލައް ސިޓީގައި ހުޅުވައިފިއެވެ.

ފުވައްމުލައް ސިޓީގައި އޮތް ރަސްމިއްޔާތުގައި އެ މަރުކަޒު ހުޅުއްވައިދެއްވީ ރައްޔިތުން މަޖިލިހުގެ ހިންނަވަރު ދާއިރާގެ މެންބަރު އަދި ހިއުމަންރައިޓްސް އެންޑް ޖެންޑަރ ކޮމެޓީގެ މުގަރިރު ޖީހާން މަހުމޫދުއާއި ފުވައްމުލައް ސިޓީގެ މޭޔަރ އިސްމާއީލް ރަފީގެވެ.

މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުނާއި ފުވައްމުލައް ސިޓީގެ ކައުންސިލް އިދާރާގެ އިސްވެރިންގެ އިތުރުން އެކިއެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެޑައިގެންނެވިއެވެ.

ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް ދެއްކެވި ވާހަކަފުޅުގައި، މީގެ އަށާވީސް އަހަރު ކުރިން މީހުން ބަންދުކުރާއިރު ކުޑައެއް ބޮޑެއް ތަފާތުނުކުރާކަން ފާހަގަކުރައްވައި، އޭރު މީހުން ބަންދުކުރެވޭ ގޮތުގެ މައްޗަށް ވާހަކަފުޅު ދެއްކެވިއެވެ. އަދި އޭރު އަމަލުކުރަމުންދިޔަ ގޮތްތަކަށް ވިސްނާލާއިރު ދަސްވެގެންދިޔަ ކަމަކީ މިއަދަށް ލިބިގެންދާނެ ވަރަށް ރަނގަޅު ފިލާވަޅެއް ކަމުގައި ވިދާޅުވިއެވެ. އަދި އޭރު މީހަކު ކުށެއް ކޮށްފިނަމަ އިންޒާރު ދިނުމަށްފަހު، އެ ކުށް ތިންވަނަ ފަހަރަށް ތަކުރާރުކޮށްފިނަމަ، އަދި އެއީ ދައުވާކުރެވޭވަރުގެ ކަމެއްނަމަ ދައުވާކުރުމަށް ޕްރޮސެކިއުޓަރ އޮފީހަށް ފޮނުވާކަމަށް ވިދާޅުވިއެވެ. އަދި އެގޮތަށް ކަންތައްކޮށްގެން ދެވަނަ ފަހަރަށް ކުށްކޮށްގެން އަންނަ މިންވަރު މަދުވާކަމަށް ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅުދައްކަވަމުން ޑެޕިއުޓީ ކޮމިޝަނަރ އިތުރަށް ވިދާޅުވީ މިހާރު އޮތް ޖުވެނައިލް ޖަސްޓިސްއަށް ބަލާއިރު ކުއްޖަކު ދެވަނަ ފަހަރަށް ކުށެއްކޮށްގެން ގެނެވޭހިނދު އެކުއްޖަކު ބައިންދައިގެން ނަސޭހަތްދިނުމަށްފަހު، ދެން ކަންކަން ކުރަންވީ ގޮތުގެ މައުލޫމާތު އެކުއްޖާގެ ބެލެނިވެރިޔާއަށް ހިއްސާކުރާކަމަށެވެ. އެހެންނަމަވެސް އެންމެ ކުރީގައި މިގޮތަށް މިކަންކުރާނެ ބަޔަކު ނުތިބޭކަމަށް ވިދާޅުވިއެވެ. އަދި ކުޑަކުދިން ކުރާ ކުށްތައް މަދުކުރުމަށް ފުލުހުންކުރާ މަސައްކަތުން، ކުޑަކުދިންނަކީ ކުށްތަކާ ދުރުވެ މުޖުތަމައަށް ބޭނުންތެރި ކުދިންތަކަށްވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. 

ފުވައްމުލަކުގައި ހުޅުވި ކުޑަކުދިންގެ ކަސްޓޯޑިއަލް މަރުކަޒުގައި، ކުޑަކުދިންނަށް ޚާއްސަކޮށްގެން އިންޑޯރ އަދި އައުޓްޑޯރ ކުޅިވަރުތައް ކުޅެވޭނެ ތަނަކާއި، ލައިބްރަރީއަކާއި، ކްލާސްރޫމެއްގެ އިތުރުން ކޮމްޕިއުޓަރ ލެބެއް ގާއިމުކޮށްފައިވެއެވެ.

އިތުރަށް ކިޔާލަން

13 ޖޫން 2017

އައްޑޫ ސިޓީގައި ބާރަށް ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ

13 ޖޫން 2017
އައްޑޫ ސިޓީގައި ބާރަށް ދުއްވި ސައިކަލެއް ކަހާލައިގެން ވެއްޓި ޒުވާނަކު މަރުވެއްޖެ
18 މެއި 2017

މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ

18 މެއި 2017
މިއަހަރުގެ ހަތަރު މަހުގައި ކުޑަކުދިންގެ 171 މައްސަލަ ހުށަހެޅިފައިވޭ: ޖެންޑަރ މިނިސްޓްރީ
10 މެއި 2017

ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި

10 މެއި 2017
ސްކޫލުތަކުގައި ކުޑަކުދިންގެ ދުވަސް ފާހަގަކޮށްފި
04 މެއި 2017

އައްޑޫ ސިޓީގައި 31 ވޯޓް ފޮށި ބަހައްޓާނެ: އިލެކްޝަން ކޮމިޝަން

04 މެއި 2017
އައްޑޫ ސިޓީގައި 31 ވޯޓް ފޮށި ބަހައްޓާނެ: އިލެކްޝަން ކޮމިޝަން
14 އެޕްރީލު 2017

ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި

14 އެޕްރީލު 2017
ރާއްޖެޓީވީއަށް އެހީވުމަށްޓަކާ އައްޑޫސިޓީގައި "އަބުރު ފޮއްޓެއް" ބަހައްޓައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު