Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއާރަށު ހިޔާާނާތް

ޔޫސުފް ނައީމް ހާޒިރުކޮށް، ރައީސް ޔާމީންގެ ޝަރީއަތް މެންދުރު 1ށް ތާވަލުކޮށްފި

17 ނޮވެމްބަރު 2022 | ބުރާސްފަތި 06:26

ދައުލަތުން ހުށަހެޅި ޑޮކިއުމެންޓާ މެދު ގޮތެއް ނިންމާނީ މެންދުރުގެ އަޑުއެހުމުގެ ތެރެއިން

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 17 ނޮވެމްބަރު 2022 | ބުރާސްފަތި 06:26
ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގެ ތެރެއިން

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުމުގެ ތެރެއިން

ފެލިދެއަތޮޅު އާރަށް ތަރައްގީކުރުމަށް ހިންގި މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުންކޮށް ރިޝްވަތު ނެންގެވި މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ބުރާސްފަތި ދުވަހުގެ މެންދުރު 1:00ށް ފަސްކޮށްފިއެވެ.

ޝަރީއަތް ފަސްކޮށްފައިވަނީ އާރަށު މައްސަލައިގައި ރިޝްވަތު ދިންކަމުގެ ދައުވާ އުފުލާފައިވާ ޔޫސުފް ނައީމް ބަލިވެ އުޅޭތީ 9:30 ގެ އަޑުއެހުމަށް ހާޒިރުވެވެން ނެތުމުން، މެންދުރު ފަހު 1 ޖަހާއިރަށް އެ އަޑުއެހުން ބާއްވާނެކަން ޝަރީއަތުން އެންގުމާއި ގުޅިގެން ދައުލަތާއި ދިފާއުން ޔާމީނާއި، ޔޫސުފް ނައީމްގެ ޝަރީއަތް އެއްކޮށް ކުރިއަށް ގެންދިއުމަށް އެދުމުންނެވެ.

Advertisement - newsAdvertisement

ޝަރީއަތުގެ އަޑުއެހުން ފަށަމުން މައްސަލަ ބައްލަވާ ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ މިއަދުގެ ޝަރީއަތުގައި މައްސަލައިގެ ދައުވާ ލިބޭ ޔޫސުފް ނައީމް ބަލިހާލަތު ހުރިގޮތުން ކަމަށް ބުނެ ޝަރީއަތަށް ހާޒިރުވެފައި ނުވާތީ މިއަދު ކުރިއަށް ގެންދަނީ ހަމައެކަނި ދައުވާ ލިބޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ބައި ކަމަށެވެ. އެހެންނަމަވެސް މިއަދުގެ ފަހުގެ އެހެން ވަގުތެއްގައި ދައުވާލިބޭ ޔޫސުފް ނައީމްގެ ޝަރީއަތް ކުރިއަށް ގެންދަވާނެ ކަމަށެވެ.

އެގޮތަށް ކުރިއަށް ގެންދަން އެއްވެސް އިއުތިރާޒެއް އެއްބައޮތްތޯ ގާޒީ އެއްސެވުމުން، ދައުލަތުގެ ފަރާތުން ޕަބްލިކް ޕްރޮސެކިއުޓަރު މަރިޔަމް ޝަހުމާ ވިދާޅުވީ، ދައުލަތުން އެދެނީ މި މައްސަލައިގައި ދައުވާ ލިބޭ 2 މީހުންގެ ބައި ވެސް އެކީގައި ކުރިއަށް ގެންދިއުމަށް ކަމަށެވެ. އެއީ މިއަދުގެ އަޑުއެހުމަކީ ހެއްކާ ގުޅިގެން ވާހަކަދެއްކުމަށް ތާވަލުކުރެވުނު އަޑުއެހުމަކަށްވެފައި، ދައުވާ ލިބޭ 2 މީހުންގެ ބައިގައި ވެސް އެއް ވާގިއާތަކެއްގެ މައްޗަށް ދައުވާ އުފުލާފައިވުމާއި، ދެ މީހުންގެ މައްޗަށް ދައުލަތުން ހުށަހަޅާފައިވަނީ ޖުމްލަ ގޮތެއްގައި އެއް ހެކިތަކެއް، އަދި ދިފާއުގައި ވެސް އެއް ހެކިތަކެއް ހުށަހަޅާފައި ވާތީ، އެއް ވާހަކަތަކެއް ދައުލަތުން ވާހަކަ ދައްކަން ހުރީ ދައުވާ ލިބޭ ދެ މީހުންނާއި ގުޅިގެން ކަމަށެވެ.

ރައީސް ޔާމީންގެ ދިފާއީ ވަކީލު އާދަމް ޝަމީމް ވިދާޅުވީ ފަނޑިޔާރު އިއުލާންކުރެއްވި ގޮތަށް ބަލާއިރު، ދައުލަތުގެ ބަހުންވެސް އެނގޭ އެއްޗަކީ، ދައުލަތުން މި މައްސަލައިގައި ވަކީލުން ވެސް އަދި ޔޫސުފް ނައީމްގެ ބައިގައި ވެސް އެއް ވާހަކަތަކެއް ހުށަހަޅާ ކަމަށެވެ. އެހެންވީމަ މިބައި ވަކިން ގެންގޮސްފައި އަނެއް ބައި ވަކިން ގެންދާކަމުގައިވަނީ ނަމަ ހަސްމުންނަށް ހަމަހަމަ ފުރުސަތު ގެއްލޭކަމަށް ގަބޫލުކުރެވޭ ކަމަށެވެ.  

ދެފަރާތުގެ ވާހަކަތަކަށްފަހު ގާޒީ ވިދާޅުވީ ދައުލަތުން އެގޮތަށް އެދުނުކަމުގައިވީ ނަމަވެސް މިއީ އެއް ހާދިސާއަކާއި ގުޅިގެން ހިނގާފައިވާ 3 ދައުވާއެއްކަން، ދައުވާ ފޯމްތަކުން އެނގޭ ކަމަށެވެ. އެއީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ރިޝްވަތަ ގަބޫލުކުރުމާއި މަނީ ލޯންޑަރިން އަދި ޔޫސުފް ނައީމްގެ މައްޗަށް އުފުލާފައިވަނީ ރިޝްވަތު ދިނުމުގެ މައްސަލަ ކަމަށެވެ.

ގާޒީ ޝަކީލު ވިދާޅުވީ މި މައްސަލައިގައި މިއަދު އަޑުއެހުން 1 ޖަހާއިރު ކުރިއަށް ގެންދާނެ ކަމަށެވެ. ޔޫސުފް ނައީމް ހާޒިރުކުރަން ޝަރީއަތުން ނިންމާފައިވާނީ 1 ޖަހާއިރު ކަމަށާއި، ދެން ފަސްކުރަން ވެއްޖެނަމަ، އަނެއްކާވެސް މައްސަލަ ޝެޑިއުލް ކުރެވޭ ގޮތަކާއި ގުޅިގެން، ކޯޓުގައި ޝެޑިއުލްކޮށްފައި ހުރި އެހެން ސެކްޝަންތަކާއި އަދި ހިނގަމުންދާ އެހެން މައްސަލަތަކަށް ބުރޫ އަރާނެ ކަމަށް ގާޒީ ވިދާޅުވިއެވެ.

އަދި މި މައްސަލައަކީ ވަރަށް ބައިވަރު ވަކީލުން ބައިވެރިވާ މައްސަލައަކަށް ވާތީ އެހެން ޝަރީއަތްތަކަށް ބުރޫ އަރާފާނެ ކަމަށާއި، އެހެންވީމަ ގެންނަ ބަދަލު ކޯޓުގެ ހުރިހާ ޝެކްޝަންތަކަށް އަންނާނެ ކަމަށެވެ. އެހެންކަމުން މައްސަލަ ފަސްކުރުމުގައި އެގޮތަށް ބަލަންޖެހޭ ކަމަށެވެ.

ޝަރީއަތް މެދުކަނޑާލުމުގެ ކުރިން ދިފާއީ ވަކީލު ޝަމީމް ވަނީ މި މައްސަލައިގައި ދައުލަތުން ފަހުން ދުވަހު ހުށަހެޅި ޑޮކިއުމެންޓްތަކާއި ގުޅޭގޮތުން، ހެކިބަހާ ގުޅޭގޮތުން ވާހަކަ ދެއްކުމުގެ ކުރިން ގޮތެއް ނިންމަވާނެކަމަށް ޝަރީއަތުން އަންގާފައިވާތީ، 1 ޖަހާއިރު ޝަރީއަތް ފެށުމުގެ ކުރިން އެކަމާ މެދު ގޮތެއް ނިންމަވައިފިނަމަ ފަސޭހަވާނެކަމަށް ވިދާޅުވެ އެކަމަށް އެދިވަޑައިގަންނަވާފައެވެ.

ނަމަވެސް ގާޒީ ވިދާޅުވީ ޝަރީއަތުން ދަންނަވާފައިވާނީ، އެ ލިޔެކިޔުންތަށް ބަލައިގަންނަން އަދި ބަލައި ނުގަންނަން ނިންމައިފިނަމަވެސް އެގޮތަށް ތައްޔާރުވެގެން ވަޑައިގެންނެވުމަށް ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ވެސް ދައުލަތުން ވެސް އެދުނީ އެއްކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް ކަމަށެވެ. އަދި ހަމަހަމަ ފުރުސަތު ދެވޭނީ ޔޫސުފް ނައީމް ޝަރީއަތުގައި ހުރެ އެކަމަށް ނިންމާ ގޮތެއް އިއުލާންކުރުމުން ކަމަށާއި، އެހެންވީމަ އެގޮތަށް ތައްޔާރުވެގެން ވަޑައިގަންނަވަން ގާޒީ ވަނީ އަންގަފާވައެވެ.

އެހެންކަމުން ދެން މި މައްސަލައިގެ އަޑު އެހުން އޮންނާނި މިއަދު މެންދުރު 1:00 ގައެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

އީރާންގެ އިޤްތިސާދަށް ނުރައްކާ ކުރިމަތިވެއްޖެ، އެކަމާ ސަރުކާރުން ލަދުގަނޭ: އީރާންގެ ރައީސް ޕެޒެޝްކިއާން

3

ދުނިޔޭގެ ބޮކްސިން ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ ޓެޓޭ ގަޔަށް ބަޑިޖަހާ މަރާލައިފި

4

ގަތަރުގައި ހައްޔަރުކޮށްފައި ތިބި އީރާނުގެ ޕައިލެޓުންގެ ސިއްހީ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާ ކަމަށާއި މިހާރުން މިހާރަށް އެމީހުން ހަވާލުކުރުމަށް އީރާނުން އިންޒާރުދީފި

5

އީރާން އިގްތިސާދީގޮތުން އެކަހެރިކުރުމަށް ޓްރަމްޕްގެ ރޭވުންތަކަށް ޗައިނާއާއި ރަޝިޔާއިން ހުރަސްއެޅުމުގެ ފުރުސަތު އޮތް ގޮތް

އިތުރަށް ކިޔާލަން

10 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި

10 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގައި ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމުގެ ދައުވާކުރަން ފޮނުވައިފި
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
09 ޖެނުއަރީ 2017

ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ

09 ޖެނުއަރީ 2017
ޕީޕީއެމްގެ ރައީސްގެ އޮފީހުގައި އެ ޕާޓީގެ ހަރަކާތްތައް ފަށަނީ
07 ޖެނުއަރީ 2017

ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު

07 ޖެނުއަރީ 2017
ރައީސް ޔާމީން ވެރިކަން ކުރައްވަމުން ގެންދަވަނީ ޤަދީމީ، ބިރުވެރި މެސެޖުތަކެއް ގެނެސްދޭ އުޞޫލުތަކެއްގެ މަތިން: އަލީ ނިޒާރު
07 ޖެނުއަރީ 2017

ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި

07 ޖެނުއަރީ 2017
ރައީސް ދެއްވާ ޚާއްސަ ފުރުސަތުގައި ކުދިންނަށް މަފުދޭ ގަވާއިދު ނެފެރި
07 ޖެނުއަރީ 2017

އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ

07 ޖެނުއަރީ 2017
އަންހެނުން ބާރުވެރިކުރުމަށް ރައީސް ޔާމީން ވަނީ ނުކުޅެދިފަ: ޝިދާތާ
07 ޖެނުއަރީ 2017

ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ

07 ޖެނުއަރީ 2017
ފްލެޓް މައްސަލާއިގައި ރައީސް އޮފީހުގެ ޖަވާބު: ހައުސިން މިނިސްޓްރީއަށް ހުށައަޅައިގެން ހައްލުކުރޭ
06 ޖެނުއަރީ 2017

ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ

06 ޖެނުއަރީ 2017
ރައީސް ޔާމީނާއި އެމަނިކުފާނުގެ ސިޔާސަތު މިއަދު ފެއިލްވެއްޖެ: ޝިފާ
06 ޖެނުއަރީ 2017

އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް

06 ޖެނުއަރީ 2017
އެއީ ރައީސް ޔާމީންގެ ވައުދެއް، އީސީ ހޮސްޕިޓަލަކަށް ބަދަލުކުރަން ރައްޔިތުން ދެކޮޅު: އައްޑޫ ސިޓީ ކައުންސިލް
06 ޖެނުއަރީ 2017

ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް

06 ޖެނުއަރީ 2017
ރައީސް ޔާމީނަކީ، ޤައުމުގައި ބައިބައިވުންތައް އުފައްދަވާ ބޭފުޅެއް: ޝަރީފް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް