Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުރަމަޟާން ކްރިކެޓް ކާނިވަލް

ކޮމްޕެނީ ޓޭޕްބޯލް މުބާރާތް 3ސީއައި އިން ކާމިޔާބުކޮށްފި

މުބާރާޓުގެ ޗެމްޕިއަންކަން 3ސީއައި އިން ކާމިޔާބުކުރީ ބޮން ބެވަރޭޖްސް އާއި ވާދަކޮށް 4 ވިކެޓުން މެޗް ކާމިޔާބުކޮށްގެން

އަބްދުﷲ ޒިޔާން އަލީ
އަބްދުﷲ ޒިޔާން އަލީ | 24 ޖޫން 2017 | ހޮނިހިރު 17:06
ކޮމްޕެނީ ޓޭޕްބޯލް ބައިގެން ޗެމްޕިއަން ޓީމް 3ސީއައި

ކޮމްޕެނީ ޓޭޕްބޯލް ބައިގެން ޗެމްޕިއަން ޓީމް 3ސީއައި

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް އާއި ޓީމް ސިވިލިއަންސް ގުޅިގެން ކުރިއަށް ގެންދާ ދިރާގު ރަމަޟާން ކްރިކެޓް ކާނިވަލްގެ ކޮމްޕެނީ ޓޭޕް ބޯލް މުބާރާތުގެ ޗެމްޕިއަންކަން 3ސީއައި އިން ހޯދައިފިއެވެ.

ދިރާގުން ސްޕޮންސާ ކޮށްގެން ކުރިއަށް ގެންދިޔަ ކޮމްޕެނީ ޓޭޕްބޯލް މުބާރާޓުގެ ޗެމްޕިއަންކަން 3ސީއައި އިން ކާމިޔާބުކުރީ ބޮން ބެވަރޭޖްސް އާއި ވާދަކޮށް 4 ވިކެޓުން މެޗް ކާމިޔާބުކޮށްގެންނެވެ.

ހޮނިހިރު ދުވަހު ކުޅިވަރު އެކުވެނީގެ ކްރިކެޓް ދަނޑުގައި ކުޅުނު ފައިނަލް މެޗުގައި ޓޮސް ދިމާވުމުން 3ސީއައިގެ ޓީމުން ގަސްތުކުރީ ހޮވާށެވެ. އެގޮތުން ފުރަތަމަ ކުޅެން އަރާ ބޮން ބެވަރޭޖްސް އިން 8 އޯވަރުގެ ތެރޭގައި 6 ކުޅުންތެރިން ނުބައިވެގެން އެޓީމަށް ހެދުނީ 86 ލަނޑެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 23 ލަނޑުހެދި ޑީ.ރޮޑްރިގޯ އެވެ. 3ސީއައިގެ ނިލަންތް ކޫރޭ ވަނީ 3 ވިކެޓް ނަގާފައެވެ.

ޖަވާބުގައި ކުޅެން އަރާ 3ސީއައި އިންވަނީ 6 އޯވަރުގެ ތެރޭގައި ލަނޑު ހަމަކޮށް މެޗް ކާމިޔާބުކޮށްފައެވެ. އެޓީމުން އެންމެ ރަނގަޅަށް ކުޅުނީ 7 ބޯޅައިން 22 ލަނޑު ހެދި ކެޕްޓަން ނިލަންތް ކޫރޭ އެވެ.

ފައިނަލް މެޗަށްފަހު މި މުބާރާތުގެ ޗެމްޕިއަން ޓީމާއި ވަނަވަނައަށް އައި ފަރާތްތަކަށް އިނާމު ދިނުމުގެ ރަސްމިއްޔާތު ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތުގައި މުބާރާތުގެ މެއިން ސްޕޮންސާ ދިރާގުގެ ޕަބްލިކް ރިލޭޝަން އެސޯސިއޭޓް ޖައްޔިދާ ބަދްރީ ވަނީ ބައިވެރިވެފައެވެ. މުބާރާތުގެ ޗެމްޕިއަން ޓިމް 3ސީއައި އަށް ޓްރޮފީ އާއި 40،000 ރުފިޔާގެ ފައިސާގެ އިނާމް ހަވާލުކޮށްދެއްވީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހަންމަދު ފަލާހް އެވެ.

މުބާރާތުގެ އެންމެ ގިނަ ލަނޑު ހެދި ކުޅުންތެރިއަކަށް ހޮވުނީ ޓީމް ހިތާސާގެ ދިނޭޝް ކުމާރު އެވެ. އެންމެ ގިނަ ވިކެޓް ނެގި ކުޅުންތެރިއަކަށް ހޮވުނީ 3ސީއައި ޓީމްގެ މުހަންމަދު އަސްކަރު އެވެ. މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ 3ސީއައިގެ ކެޕްޓަން ނިލަންތް ކޫރޭ އެވެ.

ޖޫން މަހުގެ 16 އިން 24 އަށް ކުރިއަށް ގެންދިއަ މި މުބާރާތުގައި 8 ޓީމަކުން ވަނީ ބައިވެރިވެފައެވެ.

އިތުރަށް ކިޔާލަން

06 ފެބުރުއަރީ 2017

އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި

06 ފެބުރުއަރީ 2017
އެފްރިކަން ކަޕް އޮފް ނޭޝަންސް ކެމަރޫން އިން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި

02 ފެބުރުއަރީ 2017
މިއަދުގެ މެޗުތައް ޕޮލިހާއި ފިނޭންސުން ކާމިޔާބުކޮށްފި
02 ފެބުރުއަރީ 2017

އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ

02 ފެބުރުއަރީ 2017
އޮފީސް ނެޓްބޯޅަ މުބާރާތް މި މަހުގެ 9 ވަނަ ދުވަހު ފަށަނީ
01 ފެބުރުއަރީ 2017

ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި

01 ފެބުރުއަރީ 2017
ދެވަނަ އޮފީސް ހޭންޑްބޯޅަ މުބާރާތް ފަށައިފި
31 ޖެނުއަރީ 2017

އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން

31 ޖެނުއަރީ 2017
އޮފީސް ހޭންޑްބޯޅަ މުބާރާތް ހުޅުވާދޭނީ އަޑު އިވުމުން މަހުރޫމުވެފައިވާ ކުދިން
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު