Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއުކާލާ ކަރުދާސް އަލުން ބޭނުން ކުރުން

ބިސްޓްރޭއަކުން އުފާވެރިކަން: މި ވަނީ ކިހިނެއް؟

16 ނޮވެމްބަރު 2022 | ބުދަ 19:27

އަކްރަމް، މި މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ތެރޭގައި، ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އެ މަސައްކަތް ފުޅާ ކުރަމުން ގޮސް، މިއަދު އޭނާގެ 7 މުވައްޒަފުން އެބަތިބި

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 16 ނޮވެމްބަރު 2022 | ބުދަ 19:27
ހާލަތު ތަން ދޭނަމަ، އަކްރަމް ހުރީ، އޭނާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ވަރުގަދަ ޢަޒުމުގައި

ހާލަތު ތަން ދޭނަމަ، އަކްރަމް ހުރީ، އޭނާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ވަރުގަދަ ޢަޒުމުގައި

ޖީބަށް ލުއި، ކޮލިޓީ ރަނގަޅު، ފަސޭހައިން ލިބޭ، ވެއްޓާ ރައްޓެހި, މިއީ އުކާލާ ކަރުދާސް ބޭނުންކޮށްގެން ތައްޔާރު ކުރަމުން ބިސްޓްރޭތަކާއެކު، ޣައްޒާގައި ކުކުޅު ގެންގުޅޭ މީހުންގެ ހިތްތަކަށް ތަސައްލީ ގެނެސްދޭ ބައެއް ސަބަބުތަކެވެ. އުކާލާ ކުނި ކަރުދާސް ބޭނުން ކޮށްގެން ތައްޔާރު ކޮށްފައި ހުންނަ ބިސްޓްރޭތަކަކީ، ބިސްތައް ހަލާކު ނުވެ، ސަޕްލައި ކުރެވޭނެ ކަމުގެ ޔަޤީންކަން ދޭ ވަސީލަތަކަށްވެސް ވަނީ ވެފައެވެ.

މިއީ އަކްރަމް އަލް-އަމޫރުގެ މަސައްކަތެވެ. އުކާލާ ކަރުދާސް އަލުން ބޭނުން ކުރުމުގެ މަސައްކަތް އަކްރަމް ފެށީ، ވެއްޓަށް ލިބެމުންދާ ގެއްލުން ކުޑަ ކުރުމުގެ މަޤްޞަދުގައެވެ. ކަރުދާސްތައް އެންދުމުގެ ސަބަބުން ވައިގެ ތެރެއަށް ފެތުރިގެން ތަޣައްރުކަން ކުޑަ ކުރުމުގެ ބޭނުމުގައެވެ. ޕްލާސްޓިކުގެ ބަދަލުގައި ބޭނުން ކުރާނެ އެހެން ވަސީލަތެއް ހޯދުމުގެ ބޭނުމުގައެވެ. 2.3 މިލިއަން މީހުންގެ އާބާދީއެއް އޮތް ޣައްޒާގެ އާބާދީއިން 2 ބައިކުޅަ 1 ބައި މީހުންނަކީ ވަޒީފާ ނެތް މީހުން ކަމުގައި ވާ ހިނދު، އިޤްތިޞާދީ މަސްރަޙު، ހެޔޮ ފާލަކަށް އެޅުވުމުގެ ބޭނުމުގައިވެސްމެއެވެ.

އަކްރަމް، މި މަސައްކަތް ފެށީ 2019 ވަނަ އަހަރުގެ ތެރޭގައެވެ. ފާއިތުވެދިޔަ ދެތިން އަހަރުގެ ތެރޭގައި އެ މަސައްކަތް ފުޅާ ކުރަމުން ގޮސް، މިއަދު އޭނާގެ 7 މުވައްޒަފުން އެބަތިއްބެވެ. ހާލަތު ތަން ދޭނަމަ، އަކްރަމް ހުރީ، އޭނާގެ އުފެއްދުންތައް އެކްސްޕޯޓް ކުރުމުގެ ވަރުގަދަ ޢަޒުމުގައެވެ.

މިއަދު އޭނާގެ އަމާޒަކީ، ރައްކާތެރިކަމާއެކު މުދާ ސަޕްލައި ކުރުމަށް ތަކުލީފުތަކެއް އުފުލަމުންދާ ޣައްޒާގެ ރަށްވެހިންނަށް ލުޔެއް ހޯދާ ދިނުމެވެ.

އަކްރަމްގެ އުފެއްދުންތަކުން އެންމެ ބޮޑު ފައިދާއެއް ކުރާ އެކަކީ، ކުކުޅު ގެންގުޅޭ މީހެއް ކަމަށް ވާ، މުޙައްމަދު އަބޫ މުސްޠަފާއެވެ.

އަބޫ މުސްޠަފާ ބުނާ ގޮތުގައި، އަކްރަމްގެ އުފެއްދުންތަކުގެ އެންމެ ބޮޑު ފައިދާއަކީ ނުވަތަ އެޑްވާންޓޭޖަކީ، އެ އުފެއްދުމަކީ ފަސޭހައިން ލިބެން ހުރި، ޚަރަދުގެ ގޮތުން ބަލާއިރު ޖީބަށް ލުއި، ކޮލިޓީ ރަނގަޅު އުފެއްދުންތަކަކަށް ވާ ކަމެވެ.

ޣައްޒާ ކޮންޓްރޯލް ކުރަމުން ދަނީ ހަތިޔާރިއެޅި ހަނގުރާމަވެރި ޖަމާޢަތެއްގެ ގޮތުގައި ލިސްޓު ކޮށްފައިވާ ހަމާސް ޖަމާޢަތުން ކަމަށް ވާ އިރު، ޣައްޒާއާ ސަރަޙައްދީ އިން ހިއްސާކުރާ މިޞްރާއި އިޒްރޭލުން އަދި ފަލަސްޠީނުގެ މައި ސަރުކާރުންވެސް ދަނީ ޣައްޒާއަށް އެކި ގޮތް ގޮތުން ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. އެ ހުރިހާ ފިއްތުންތަކުގެ ވޭނާއި ތަކުލީފު އުފުލަމުން ދަނީ، ދެން ހަދާނެ ގޮތެއް ނޭނގި، ދުނިޔޭގެ އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގައި ދިރިއުޅުމުގެ ދުވަސްތައް ވޭތު ކުރަން ޖެހިފައި ވާ ޣައްޒާގެ އާންމު ރައްޔިތުންނެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ޓްރަމްޕަށް އީރާން ހަނގުރާމައިގައި ނާކާމިޔާބީތައް ފުނިޖެހެނީ

އިތުރަށް ކިޔާލަން

02 ޑިސެމްބަރު 2023

އެންމެނަށް ގިނަވެގެން އުޅޭ ސީއޯ-ޓޫ، ފެނާ އެއް ކުރީމަ ދެން މި ވަނީ ކިހިނެއް؟

02 ޑިސެމްބަރު 2023
އެންމެނަށް ގިނަވެގެން އުޅޭ ސީއޯ-ޓޫ، ފެނާ އެއް ކުރީމަ ދެން މި ވަނީ ކިހިނެއް؟
04 ޖުލައި 2023

ޒާތީ އެތައް ފޮޓޯއަކާއި މެސެޖެއް ހުއްޓައި ފޯނު ހަލާކުވެއްޖިއްޔާ ދެން ހަދާނީ ކިހިނެއް؟

04 ޖުލައި 2023
ޒާތީ އެތައް ފޮޓޯއަކާއި މެސެޖެއް ހުއްޓައި ފޯނު ހަލާކުވެއްޖިއްޔާ ދެން ހަދާނީ ކިހިނެއް؟
14 މެއި 2023

ކޮތަޅު އަގުބޮޑުވެގެން އުޅޭއިރު، ކަނޑުން ނަގާ ކުނި ދާގަނޑެއް ކިހިނެއް ވާނެ؟

14 މެއި 2023
ކޮތަޅު އަގުބޮޑުވެގެން އުޅޭއިރު، ކަނޑުން ނަގާ ކުނި ދާގަނޑެއް ކިހިނެއް ވާނެ؟
05 ފެބުރުއަރީ 2023

'ލަވް ރިވަރ ހައުސް' މިއީ ކިހިނެއް ވާ ތަނެއް؟

05 ފެބުރުއަރީ 2023
'ލަވް ރިވަރ ހައުސް' މިއީ ކިހިނެއް ވާ ތަނެއް؟
29 ނޮވެމްބަރު 2022

އިނދަޖެހުނު އިޤްތިޞާދާއެކު ލުބްނާންގައި ވޯލްޑްކަޕްގެ ފޯރިއަށްވީ ކިހިނެއް؟

29 ނޮވެމްބަރު 2022
އިނދަޖެހުނު އިޤްތިޞާދާއެކު ލުބްނާންގައި ވޯލްޑްކަޕްގެ ފޯރިއަށްވީ ކިހިނެއް؟
23 ނޮވެމްބަރު 2022

ޤަތަރުގައި ސްޓޭޑިއަމް އެޅި ބިދޭސީން މެޗު ބަލަން ބަންގްލަދޭޝްއަށް: ފަޒާގައި ވަނީ އުފާވެރިކަން

23 ނޮވެމްބަރު 2022
ޤަތަރުގައި ސްޓޭޑިއަމް އެޅި ބިދޭސީން މެޗު ބަލަން ބަންގްލަދޭޝްއަށް: ފަޒާގައި ވަނީ އުފާވެރިކަން
01 އޮކްޓޯބަރު 2022

ކޮވިޑަށް ޓެސްޓުކުރުމުގެ ކުރިން އަނގަޔަށް ކެމެރާއެއް ލައިފިއްޔާ ދެން ވާނީ ކިހިނެއް؟

01 އޮކްޓޯބަރު 2022
ކޮވިޑަށް ޓެސްޓުކުރުމުގެ ކުރިން އަނގަޔަށް ކެމެރާއެއް ލައިފިއްޔާ ދެން ވާނީ ކިހިނެއް؟
06 އޯގަސްޓު 2022

ރަހަ ތަފާތުކޮށްލަން، ބޭކްޑް ބީންސްއާއި ސޯއީ ސޯސް އައިސްކްރީމް ކިހިނެއްވާނެ؟

06 އޯގަސްޓު 2022
ރަހަ ތަފާތުކޮށްލަން، ބޭކްޑް ބީންސްއާއި ސޯއީ ސޯސް އައިސްކްރީމް ކިހިނެއްވާނެ؟
28 މާރިޗު 2018

މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟

28 މާރިޗު 2018
މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟
23 ފެބުރުއަރީ 2017

އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް

23 ފެބުރުއަރީ 2017
އަނުޝްކާ އޭނާގެ ފިލްމީ ކެރިއަރާ މެދު ދެކެނީ ކިހިނެއް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް