Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ފޯނު މަރާމާތު ކުރުން

ޒާތީ އެތައް ފޮޓޯއަކާއި މެސެޖެއް ހުއްޓައި ފޯނު ހަލާކުވެއްޖިއްޔާ ދެން ހަދާނީ ކިހިނެއް؟

ވިޔަފާރީގެގޮތުގައި ވާލާ މި މަސައްކަތް ފެށީ "އަމްޖާދު ފޮރ ކޮމިއުނިޓީ ކްރިއޭޓިވިޓީ އެންޑް ޑިވެލޮޕްމަންޓް"ގެ އެހީތެރިކަމާއެކު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 4 ޖުލައި 2023 | އަންގާރަ 11:14
ފޯނު ހެދުމުގައި ހަރަކާތްތެރިވަނީ

ފޯނު ހެދުމުގައި ހަރަކާތްތެރިވަނީ

ޓެކްނޮލޮޖީގެ ރޮނގުން އިންތިހާއަށް ކުރިއަރައި ގޮސްފައިވާ އަދުގެ ދުނިޔެއަށް ނަޒަރު ހިންގާލާއިރު، އަތުގައި ފޯނެއް ނެތް މީހަކު މަދުވާނެއެވެ. އެންމެ ފަހުގެ ފޯނުތަކުން ފެށިގެން ގޮސް، އެންމެ އިހުގެ މޯބައިލް ފޯނުތައް ގެންގުޅޭ މީހުންވެސް ފެނެއެވެ. ކިތަންމެ ދަތި ހާލެއްގައި އުޅެން ޖެހުނު ނަމަވެސް، ކިތަންމެ ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި އުޅެން ޖެހުނު ނަމަވެސް، އެ މީހެއްގެ އަތް ފޯރާ ހިސާބުން ލިބެންހުރި މޯބައިލް ފޯނެއްގެ ބޭނުން ނުހިފާ މީހަކު މަދެވެ. މޯބައިލް ފޯނު ވެފައިވަނީ އާންމު ދިރިއުޅުމުގެ ބަޔަކަށޭ ދެންނެވުމަކުންވެސް ގޯހެއް ނެތެވެ. އެ ފޯނަކީ ކޮންމެ މީހެއްގެވެސް ޒާތީ، ހައްސާސީ އެތައް މައުލޫމާތެއް ރައްކާކުރެވިފައި ވާ ޚަޒާނާއެކޭވެސް ބުނެވިދާނެއެވެ.

މިހެން އުޅޭ އުޅުމުގެ ތެރޭގައި ފޯނު ހަލާކުވެއްޖެނަމަ ހަތަރު އުދަރެސް ފެނުޖެހުނީއޭ ހިތަށްއަރާ ފަހަރުވެސް އާދެއެވެ. ދެވަނަ މީހަކަށް ނުވަތަ ތިމާގެ އެންމެ ގާތް މީހުންގެ ބޭރުން އިތުރުން މީހަކަށް ފެންނަން ނޭދޭ އެތައް މައުލޫމާތެއް އެ ފޯނުގައި ހުންނާނެކަން އެނގިހުރެމެ، ކިތަންމެ ޖެހިލުންވި ކަމުގައި ވީ ނަމަވެސް، ނުދަންނަ މީހެއްގެ އަތްމައްޗަށް ފޯނު ހަދަން ދޫކޮށްލަން ޖެހެއެވެ. މި ނުތަނަވަސްކަމާ އެންމެ ބޮޑަށް ކުރިމަތިލާން ޖެހޭ އެއް ބަޔަކީ، ހިޖާބުވެ ނިވާވެގެން ތިބޭ އަންހެނުންނެވެ. ހަތަރު ފާރުގެ ނިވަލުގައި ދަރިންނާއެކު އުޅޭ މަންޒަރުތައް އެ ފޯނަކަށް ރެކޯޑްކުރެވިފައިވާ ފޯނު ހަލާކުވެ، ހަދަން ދޫކޮށްލަން ޖެހެނީ އެމީހެއްގެ ކުރިމަތީގައި ތިމާގެ އައުރަ ކަޝްފު ކުރުން ހަރާމް މީހެއްގެ އަތް މައްޗަށެވެ.

މި މައްސަލައަށް ހައްލެއް ހޯދައިދިނުމަށް ތެދުވި އެކަކީ، ޣައްޒާއަށް ނިސްބަތްވާ ވާލާ ހައްމާދުއެވެ. ވާލާގެ މަސައްކަތަކީ ގޭގައި އިނދެގެން ފޯނު މަރާމާތުކުރުމެވެ. އޭނާގެ ގާތުން ޚިދުމަތް ހޯދާ ކަސްޓަމަރުންނަކީ، ހިލޭ ފިރިހެނެއްގެ އަތް މައްޗަށް މޯބައިލް ފޯނު ދޫކޮށްލައި، އޭގައި ހުރި ފޮޓޯތަކާއި ސޯޝަލް މީޑިއާ އެކައުންޓްތަކަށް ވަނުމުގެ ފުރުސަތު އެމީހަކަށް ހުޅުވާލުމަށް އިންކާރުކުރާ އަންހެނުންނެވެ.

ވިޔަފާރިއެއްގެ ގޮތުގައި ވާލާ މި މަސައްކަތް ފެށީ "އަމްޖާދު ފޮރ ކޮމިއުނިޓީ ކްރިއޭޓިވިޓީ އެންޑް ޑިވަލޮޕްމަންޓް"ގެ އެހީތެރިކަމާ އެކުގައެވެ. އެ ޖަމިއްޔާއަކީ އަންހެން ދަސްވެނިންގެ ތެރެއިން ވަޒީފާ ނުލިބި ތިބި މީހުންނަށް އެހީތެރިކަން ފޯރުކޮށްދީ، ވަޒީފާގެ ފުރުސަތު ތަނަވަސް ކޮށްދިނުމަށް، މަސައްކަތު ބައްދަލުވުންތަކާއި އެނޫންވެސް ހަރަކާތްތައް ހިންގާ އެންޖީއޯއެކެވެ.

ސަލާމަތީ ސަބަބުތަކަކަށްޓަކައި ކަމަށް ބުނެ އިޒްރޭލުން ދަނީ އެއްގަމާއި ކަނޑުގެ ބޯޑަރުތަކުން ޣައްޒާ ފިއްތާލަމުންނެވެ. އުޒުރަކަށް ހަދަނީ ޣައްޒާގެ ކޮންޓްރޯލް ނަގާފައިވާ ހަމާސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ބުނާ ބުނުމެވެ. ޣައްޒާއާ ބޯޑަރު ހިއްސާކުރާ މިސްރުންވެސް ދަނީ ޣައްޒާއަށް ފިއްތުންތައް ކުރިމަތި ކުރަމުންނެވެ. ފަލަސްތީނުގެ މައި ސަރުކާރުގައިވެސް އިސްތިސްނާއެއް ނެތެވެ.

ހުރިހާ ކޮޅަކުން ފިއްތާލެވިފައި އޮތުމުގެ ސަބަބުން، ޣައްޒާގެ އިގްތިސާދު ވަނީ ހަފުސްވެފައެވެ. ކޮލެޖުން ދަސްވެނިވުމަށްފަހު ވަޒީފާއެއް ހޯދުމުގައި ތަކުލީފު އުފުލަމުން ދާ އަންހެނުންގެ އަދަދު އިންތިހާއެވެ.

ވާލާގެ ފަރާތުން އެންމެ ފުރަތަމަ ޚިދުމަތް ހޯދި ކަސްޓަމަރުންގެ ތެރޭގައި އޭނާގެ އަވައްޓެރިން ހިމެނެއެވެ.

ވާލާގެ ދިރިއުޅުން ކޮޅަށް ޖެހުމަށް އޭނާއަށް އެހީތެރިކަން ފޯރުކޮށްދިން އެންޖީއޯއިން ބުނި ގޮތުގައި، އެ ޖަމިއްޔާއިން ތަމްރީނުކޮށްދޭން ހުށަހެޅީ 10 ފުރުސަތެވެ. ނަމަވެސް، އެ ފުރުސަތުތަކަށް އެދި ކުރިމަތިލީ އަންހެނުންގެ އަދަދު 1600އަށް އެރިއެވެ.

2 މިލިއަނަށްވުރެ ގިނަ މީހުން ތޮއްޖެހިފައިވާ ޣައްޒާއަކީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު، އަނގަމަތި ހާ ޖަލުގެ ގޮތުގައި ސިފަކުރާއިރު, ޣައްޒާގެ އާބާދީގެ ދެބައިކުޅަ އެއްބައި މީހުންނަކީ ވަޒީފާ ނެތް މީހުންނެވެ. ވަކިން ޚާއްސަކޮށް، އަންހެނުންނަށް ލިބޭ ވަޒީފާގެ ފުރުސަތުތައް މަދެވެ. ނަމަވެސް، ވާލާގެ އަތުގައި ނަސީބު ހިފީއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

އެތައް ސަތޭކަ ބައެއް އިންޓަވިއުކޮށްފައިވާ ޑޭވިޑް ލެޓަމަންގެ "ޓޮޕް" އަކީ ޝާހް ރުކް

އެތައް ސަތޭކަ ބައެއް އިންޓަވިއުކޮށްފައިވާ ޑޭވިޑް ލެޓަމަންގެ "ޓޮޕް" އަކީ ޝާހް ރުކް

29 އޮކްޓޯބަރު 2019
ބޭނުންވީ ޕަބްޖީ ކުޅެން އަގު ބޮޑު ފޯނެއް، ދެން ފެނުނީ ދަންޖެހިފަ ހުއްޓައި

ބޭނުންވީ ޕަބްޖީ ކުޅެން އަގު ބޮޑު ފޯނެއް، ދެން ފެނުނީ ދަންޖެހިފަ ހުއްޓައި

03 ފެބުރުއަރީ 2019
ނީތޫގެ އަސަރުގަދަ މެސެޖެއް މައިދައިތަ ކްރިޝްނާ ރާޖް ކަޕޫރަށް

ނީތޫގެ އަސަރުގަދަ މެސެޖެއް މައިދައިތަ ކްރިޝްނާ ރާޖް ކަޕޫރަށް

04 އޮކްޓޯބަރު 2018
ސަންޖޭދަތު އަންހެނުންގެ އަސަރުގަދަ މެސެޖެއް ސަންޖޭ އަށް!

ސަންޖޭދަތު އަންހެނުންގެ އަސަރުގަދަ މެސެޖެއް ސަންޖޭ އަށް!

30 ޖޫން 2018
އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

އައިފާ އެވޯޑްގައި ކާރްތިކް ހުށަހަޅައިދިން ފުރަތަމަ ޕާފޯމަންސްއިން އެތައް ބައެއްގެ ހިތްތައް ފަތަހަކޮށްފި

26 ޖޫން 2018

އަހަރުތަކުން މިއަދު

13 ފެބުރުއަރީ
ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ބެއިރޫތުން އީރާނުގެ ފްލައިޓެއް ކެންސަލް ކޮށްލި މައްސަލަ ހޫނުވެއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލީހުގެ ފާރަށް އަރައި، ގްރީން ޒޯން ތެރޭގައި މުޒާހަރާކުރިއިރު އެކަން ނުހުއްޓުވުނީ ކީއްވެތޯ ސާފުކުރަން ސަލާމަތީ ބާރުތައް ކޮމިޓީއަށް ހާޒިރުކުރަނީ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި
20233 އަހަރު ކުރިން
ރާއްޖެ

13 އޭ ސްޓާ ހޯދައި ރައީސްގެ ސްކޮލަރޝިޕް ހާސިލުކުރި ހުޔާމާއި ރައީސް ބައްދަލުކުރައްވައިފި

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"
20224 އަހަރު ކުރިން
ރާއްޖެ

ބޮޑު ޚިޔާނާތާއި ގުޅޭ ގިނަ ވާހަކަތަކެއް އާތިފް ޝަކޫރުގެ ދުލުން: "މިއަދު މިނިވަންކަން އޮތަސް އޭރު ދައުލަތުގެ އިދާރާތައް އޮތީ ކަސްތޮޅު އެޅުވިފައި"

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން
20215 އަހަރު ކުރިން
ރާއްޖެ

ޑިއުޓީތަކަށް ދާ މީހުން ވެސް ދެން ޖެހޭނީ ބޭރަށް ނިކުންނަ ކޮންމެ ފަހަރަކު ވަކި ހުއްދައަކަށް އެދެން

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރު ފާއިޒާއި، މުއުތަސިމް ވަކިކުރުމަށް މެންބަރުންނަށް 10 މިލިއަން!

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ
20188 އަހަރު ކުރިން
ރާއްޖެ

މުދަލު ޒަކާތް ވާޖިބުވާ ނިޞާބު އިތުރުވެއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު