Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުއެވެންޖަރސް: އިންފިނިޓީ ވޯ

މާވެލްގެ 'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަން މަހެއް، ކިހިނެއް ވާނީ؟

'އެވެންޖަރސް: އިންފިނިޓީ ވޯ' ރިލީޒް ކުރަނީ އޭޕްރިލް 27 ގައި

އައިޝަތު ޝާނީ
އައިޝަތު ޝާނީ | 28 މާރިޗު 2018 | ބުދަ 09:15
އެވެންޖަރސް: އިންފިނިޓީ ވޯ ޕޯސްޓަރ

އެވެންޖަރސް: އިންފިނިޓީ ވޯ ޕޯސްޓަރ

މާވެލް އަދި ޑިޒްނީގެ "އެެވެންޖަރސް: އިންފިނިޓީ ވޯ" ރިލީޒްކުރަން މިހާރު މިވަނީ މަހެއްހާ ދުވަހަށް ވެފައެވެ.

27 އޭޕްރިލްގައި ރިލީޒް ކުރާ މި ފިލްމްގެ އެންމެ ފަހުން ރިލީޒް ކުރި ޓްރެއިލަރ ވެސް ބޮޑު ކާމިޔާބީއަކަށް ވެފައިވާއިރު، ފިލްމްގެ އިންތިޒާރުގައި ތިބި ފަރާތްތައް ވަރަށް ގިނައެވެ. ޓްރެއިލަރ ރިލީޒް ކުރިތާ 24 ގަޑިއިރު ތެރޭ 230 މިލިއަން ވިއުސް ވަނީ ލިބިފައެވެ.

މާވެލްގެ އެންމެ ފަހުގެ ފިލްމް، "ބްލެކް ޕެންތާ" މިހާތަނަށް އެންމެ ކާމިޔާބުވި ސުޕަރ-ހީރޯ ފިލްމަށް ވެގެން ދިޔަތާ އަދި ހަފްތާއެއް ނުވެއެވެ. ސުވާލަކީ، އިންފިނިޓީ ވޯ ކާމިޔާބުވަނީ ކިހާ ވަރެއް އާމްދަނީއަށް ލިބިގެންތޯއެވެ.

ބްލެކް ޕެންތާއަށް އެމެރިކާ އިން އެކަނި 600 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބިފައިވާއިރު، މުޅި ދުނިޔެއަށް ބަލާއިރު އެ ފިލްމަށް 1.3 ބިލިއަން ޑޮަލަރަށް ވުރެ ބޮޑު އާމްދަނީއެއް ވަނީ ލިބިފައެވެ. މިވަރު އާމްދަނީއެއް ލިބިއްޖެ ނަމަ ފިލްމަކީ ކާމިޔާބީއެއްކަން ޔަގީނެވެ.

އިންފިނިޓީ ވޯއިން މާވެލްގެ ގިނަ ތަރިންތަކެއް ފެނިގެންދާ އިރު، ބައެއް ފަރާތްތަކުން ދެކޭ ގޮތުގައި އިންފިނިޓީ ވޯ ބެލެކް ޕެންތާހާ ކާމިޔާބެއް ނުވާނެއެވެ. ބައެއް ރިޕޯޓްތަކުން ބުނާ ގޮތުގައި އިންފިނިޓީ ވޯއަށް އެމެރިކާ ތެރެއިން ލިބޭނީ 400 މިލިއަން ޑޮލަރެވެ. އަދި މުޅި ދުނިޔެއިން ލިބޭނީ 1.1 ބިލިއަން ޑޮލަރު ވަރެވެ. ނަމަވެސް، ބްލެކް ޕެންތާގެ ކާމިޔާބީއާ އެކު އިންފިނިޓީ ވޯއަށް "ބޫސްޓެއް" ލިިގެންދާނެ ކަމަށް ގިނަ ކްރިޓިކްސް ގަބޫލު ކުރެއެވެ.

"އެެވެންޖަރސް: އިންފިނިޓީ ވޯ"އިން މޭވެލްގެ ގިނަ ސުޕަރ-ހީރޯސް ފެނިގެންދާއިރު، އޭގެ ތެރޭގައި އަޔަންމޭން، ތޯރ، ކެޕްޓަން އެމެރިކާ، ބްލެކް ވިޑޯ، ހަލްކް، ސްޕައިޑަރމޭން، އޭންޓްމޭން، ޑޮކްޓަރ ސްޓްރޭންޖް، ލޯކީ އަދި ގަރޑިއަންސް އޮފް ދަ ގެލެކްސީން ފެނިގެންދާ ގްރޫޓް، ސްޓާ ލޯޑް، ގަމޯރާ. ވިޝަން އަދި ބްލެކް ޕެންތާއާއި އެ ފިލްމުގެ އެހެން ބައެއް ކެރެކްޓަރުން ހިމެނެއެވެ. ފިލްމްގެ ވިލަން އެއް ގޮތުގައި ފެންނާނީ ތަނޯސްއެވެ. އަދި އިންފިނިޓީ ވޯގައި ކޮންމެވެސް އެއް ސުޕަރ-ހީރޯއެއް މަރުވެގެންދާނެ ކަމަށް ފިލްމް ތައްޔާރު ކުރި ފަރާތްތަކުން ކަށަވަރު ކޮށްދީފައިވެއެވެ.

އިތުރަށް ކިޔާލަން

07 ފެބުރުއަރީ 2017

"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި

07 ފެބުރުއަރީ 2017
"ފިއްލޯރީ"ގެ ޓްރެއިލާ ރިލީޒް ކުރިތާ ދިހަ ގަޑިއިރު ނުވަނީސް 2.5 މިލިއަން މީހުން ބަލައިފި
05 ފެބުރުއަރީ 2017

މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ

05 ފެބުރުއަރީ 2017
 މާޗް 8 ގައި "ވިޝްކާ" ރިލީޒް ކުރަނީ
03 ފެބުރުއަރީ 2017

ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ

03 ފެބުރުއަރީ 2017
ޖެކޮލިންގެ ފުރަތަމަ ހޮލީވުޑް ފިލްމް އޮގަސްޓް މަހު ރިލީޒް ކުރަނީ
02 ފެބުރުއަރީ 2017

ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް

02 ފެބުރުއަރީ 2017
ރިލީޒްކުރިތާ ހަތް ދުވަސް، ލިބުނީ 79.60 ކްރޯޑް ރުޕީސް
25 ޖެނުއަރީ 2017

ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ

25 ޖެނުއަރީ 2017
ފިލްމު "އިރާދާ" އަންނަ މަހު 17 ގައި ރިލީޒްކުރަނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު