Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރު
ސީއޯ-ޓޫ، ފެނާ އެއް ކުރީމަ ދެން މި ވަނީ ކިހިނެއް

އެންމެނަށް ގިނަވެގެން އުޅޭ ސީއޯ-ޓޫ، ފެނާ އެއް ކުރީމަ ދެން މި ވަނީ ކިހިނެއް؟

އަލިފާން ފަރުބަދަ ގޮވުން ފަދަ ޙާދިޘާތަކުގެ ތެރެއިންވެސް ސީއޯ-ޓޫ އުފެދޭ

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު, ރާއްޖެ އެމްވީ | 2 ޑިސެމްބަރު 2023 | ހޮނިހިރު 10:54
އެންމެނަށް ގިނަވެގެން އުޅޭ ސީއޯ-ޓޫ، ފެނާ އެއް ކުރީމަ ދެން މި ވަނީ ކިހިނެއް؟

އެންމެނަށް ގިނަވެގެން އުޅޭ ސީއޯ-ޓޫ، ފެނާ އެއް ކުރީމަ ދެން މި ވަނީ ކިހިނެއް؟

ކާބަންޑައިއޮކްސައިޑް ނުވަތަ ސީއޯ-ޓޫއަކީ ތަނެއްގެ ތެރޭގައި ހޫނު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާ ކުރާ ގޭހެކެވެ. "ގްރީންހައުސް" ގޭހެއްގެ ގޮތުގައިވެސް ސީއޯ-ޓޫއަށް ރިޢާޔަތް ކުރަން މި ސަބަބާއި ހެދިއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ ވާހަކަ ދައްކަން ފަށައިފިނަމަ، ވާހަކައިގެ ކޮންމެވެސް ހިސާބަކުން، ޖައްވު ހޫނު ކުރާ ވިހަ ގޭހުގެ ގޮތުގައި ސީއޯ-ޓޫގެ ނަން ނުގަނެ ނުނިމޭނެއެވެ. ދުނިޔޭގެ ވައިގެ ފަށައިލައިގެ ތެރެއަށް ސީއޯ-ޓޫ އަރައިގެން ދިއުމަށް މެދުވެރިވާ އެތައް ސަބަބެއް އެބަ ހުއްޓެވެ. ސީއޯ-ޓޫއަކީ ބޯޓުދެއްޔާއި، ތެލާއި ޤުދުރަތީ ގޭސް ފަދަ މާއްދާތައް ނަގައި އަންދާ ހެދުމުގެ ތެރޭގައި ބޭރުވާ ގޭހެކެވެ. މާސިންގާ ޖަންގަލިތަކުގައި ރޯވެގެންދާ ބިޔަ އަލިފާންގަނޑުތަކުންނާއި، އަލިފާން ފަރުބަދަ ގޮވުން ފަދަ ޙާދިޘާތަކުގެ ތެރެއިންވެސް ސީއޯ-ޓޫ އުފެދެއެވެ.

ސީއޯ-ޓޫގެ ވަނަވަރު ކުރުކޮށްލުމަށްފަހު، ސީދާ މަޢުލޫއަށް ޖެހިލަމާ ހިނގާށެވެ. ދައްކަން މި އުޅެނީ އެ ގޭހަކާ ހެދި އިންސާނީ ޙަޟާރާތުގެ ދެމި އޮތުމަށް ނުރައްކާ ކުރިމަތިވާ ކަމަށް ދުނިޔޭގެ ހަތަރު ބިތުން ސައެންސްވެރިން އިއްތިފާޤުވާ އެއް ގޭސް ކަމަށް ސީއޯ-ޓޫ ތާ އަބަދަށް ނައްތާލުމަށްޓަކައި އައިސްލަންޑްގެ ޒުވާން ކުންފުންޏަކުން ކުރި އާދަޔާ ޚިލާފު އީޖާދެއްގެ ވާހަކައެވެ. މިނަރަލް ސްޓޯރޭޖް އޮޕަރޭޓަރެއްގެ ގޮތުގައި މަސައްކަތް ކުރާ 'ކަރބްފިކްސް' އަކީ، ސީއޯ-ޓޫއާއި ފެން އެއްކުރުމަށް ފަހު ބަޒާލްޓް ހިލައިގެ ތެރެއަށް އެ ފޮނުވާލައިގެން، ދާއިމަށް ސީއޯ-ޓޫ ނެތިކޮށްލުމުގެ މަސައްކަތް، މުޅި ދުނިޔޭގައިވެސް އެންމެ ފުރަތަމަ ކުރަން ފެށި ކުންފުންޏެވެ.

'ކަރބްފިކްސް'ގެ އީޖާދުގެ ތަފްސީލުތަކަށް ދިއުމުގެ ކުރިން، ކުރު ގޮތަކަށް ބަޒާލްޓް ހިލައަކީ ކޮބައިކަން ކިޔައިދެވޭތޯ މަސައްކަތްކޮށްލާނަމެވެ. ބަޒާލްޓް ހިލައަކީ ދުނިޔޭގެ ބިމުގެ ސަތަހައާއި ހިސާބުން ނުވަތަ ބިމުގެ ސަތަހައާއި ދާދި ކައިރިން ގޮވާ ގޮވުމެއްގެ ތެރެއިން، ހަލުވިކަމާއެކު ފައިބައިގެންދާ ދިޔާ އަލިފާން، އެހާމެ ހަލުވި ދުވެލީގައި ގަނޑުވެގެން އުފެދޭ ހިލައެކެވެ. ބަޒާލްޓް ހިލައަކީ އޭގައި އެކުލެވޭ މާއްދާތައް ހަމަލޮލަށްވެސް ނުފެންނަހާ ހިމުން ފުށްތަކެއް އެކުލެވޭ ހިލައެކެވެ. ބަޒާލްޓް ހިލަ އުފެދެނީ، މެގްނީޒިއަމްއާއި ދަގަނޑުގެ މުއްސަނދިކަން ލިބިފައި ވާ ލާވާ ނުވަތަ ދިޔާ އަލިފާނުންނެވެ.

އައިސްލަންޑްގެ ހުޅަނގުދެކުނު އައްސޭރިފަށުގެ އަވަށެއް ކަމަށް ވާ އޮލްވޫޝްގައި 'ކަރބްފިކްސް'އިން ހިންގާ ކާރުޚާނާއަށް ސީއޯ-ޓޫ އެތެރެ ކުރަނީ، މާ ދުރު ނޫން ހިސާބެއްގައި ހުންނަ، ހަކަތަ އުފައްދާ ޕްލާންޓް ނުވަތަ އިންޖީނު ގެއަކުންނެވެ. ހޮޅިއެއް މެދުވެރިކޮށްގެން ގެންނަ ސީއޯ-ޓޫ ބިމުން މައްޗަށް ނަގަނީ ފެނާވެސް އެއް ކުރުމަށް ފަހުގައެވެ. ބަޒާލްޓް ހިލައިގެ ތެރެއަށް އެ އިންޖެކްޓް ކުރަނީ ދެނެވެ.

ސީއޯ-ޓޫއާއި ފެން އެއްކުރަނީ ގޭހުގެ ލުއިކަން ކަނޑުވާލުމަށެވެ. އަދި ބަޒާލްޓް ހިލައިގައި ސީއޯ-ޓޫ ޖެހުމުން ޤުދުރަތީ ގޮތުން އެ ގޭސް ގަނޑުވެގެންދާ ދުވެލި ހަލުވި ކޮށްދެއެވެ.

2012 ވަނަ އަހަރުން ފަށައިގެން، އަދާ ހިސާބަށް އާދެވުނުއިރު 'ކަރބްފިކްސް'އިން ވަނީ އެ ކުންފުނީގެ މި ޓެކްނޮލޮޖީ ބޭނުން ކޮށްގެން އައިސްލަންޑްގައި 90 ހާސް ޓަނަށް ވުރެ ގިނަ މިންވަރެއްގެ ސީއޯ-ޓޫ މިނަރަލައިޒްކޮށްފައެވެ.

'ކަރބްފިކްސް'ގެ ޗީފް އެގްޒެކެޓިވް، އެއްތާ އަރާތޮއްތިރް ބުނި ގޮތުގައި، މި މަޝްރޫޢުގެ ޢަމާޒަކީ މޫސުމަށް އަންނަ ނޭދެވޭ ބަދަލުތައް ވީހާވެސް ކުޑަ ކުރުމެވެ.

މި ދުވަސްވަރަކީ މޫސުމީ ނޭދެވޭ ބަދަލުތަކާ ބެހޭ ގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި ކުރިއަށް ގެންދާ އެންމެ މުހިންމު މަޝްވަރާތައް ނުވަތަ ކޮންފަރެންސް އޮފް ޕަރޓީޒް (ކޮޕް)ގެ ބައްދަލުވުންތައް ފަށައިގެން ކުރިއަށް ގެންދާ ދުވަސްވަރެވެ. މިހާރު ކުރިއަށް ދަނީ ކޮޕްގެ 28 ވަނަ ބައްދަލުވުމެވެ. ނުވަތަ ކޮޕް-28އެވެ. ކޮޕް-28ގެ މަޝްވަރާތައް ކުރިއަށް ގެންދަނީ ދުބާއީގައެވެ. ޤަރުނުގެ މެދަކާ ހިސާބަށް ދެވެން ވާ އިރު، މި ދުނިޔެއިން ޑީ-ކާބަނައިޒް ކުރުމާ ބެހޭ މަޝްވަރާތައް ކާމިޔާބު ކުރުމަކީ ކޮޕް-28ގެ އެޖެންޑާގައި ހިމެނޭ މުހިންމު ނުކުތާތަކުގެ ތެރެއިން ފާހަގަކޮށްލެވޭ އެއް ކަމެކެވެ.

'ކަރބްފިކްސް' އިން މިހާރު މަސައްކަތް ކުރަމުން ދަނީ ކޯޑާ ޓަރމިނަލްއެއް ތަރައްޤީ ކުރުމަށެވެ. އެ ޓަރމިނަލަކީ އައިސްލަންޑްގެ ބޯޑަރު ހުރަސްކޮށް، ވިލާތުގެ އެކި ހިސާބުތަކުގައި ސިނާޢީ މަސައްކަތް ކުރާ ސައިޓްތަކުގައި އުފެދޭ ސީއޯ-ޓޫ، އިމްޕޯޓް ކުރާނެ ރާސްތާއެވެ. އެހެން ޤައުމުތަކުން ބޭރުކުރާ ސީއޯ-ޓޫ ޖަމާ ކުރަން ގަސްތު ކޮށްފައި ވަނީ ކަނޑުގެ ސަރަޙައްދުގައި އަޅާ ޚާއްޞަ ޓޭންކުތަކެއްގައެވެ. ފެނާ އެއްކުރުމަށްފަހު، ކަނޑު އަޑީގެ ބަޒާލްޓް ހިލައިގެ ސަތަހައިގައި ސީއޯ-ޓޫ މިނަރަލައިޒްކޮށް ރައްކާ ކުރުމަކީ 'ކަރބްފިކްސް'ގެ އަމާޒެވެ. ކޯޑާގެ ފުލް-ކެޕޭސިޓީގައި 3 މިލިއަން ޓަނުގެ ސީއޯ-ޓޫ މިނަރަލައިޒް ނުވަތަ ގަނޑުކޮށްލެވޭނެ ކަމަށް 'ކަރބްފިކްސް'އިން ބުނެއެވެ.

ގްރީންހައުސް ގޭސް

ކޮމެންޓް

އިތުރަށް ކިޔާލަން

ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި

ސަރަކާތް ޖަހާ ކޯމަހެއްގެ ސަބަބުން މޫދަށް އެރުން އެންމެނަށް މަނާކޮށްފި

28 އޯގަސްޓު 2018
ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ

ޝާހް ރުކް ހާން: ފިލްމީ ދުނިޔޭގައި އުޅޭތާ 26 އަހަރު، އުމުރަށް ފިލްްމް ކުޅެވޭނެކަމަށް އުއްމީދު ކުރޭ

26 ޖޫން 2018
ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ

ދީޕިކާ ދިރިއުޅޭ ބިލްޑިންގގައި އަލިފާން ރޯވެއްޖެ

14 ޖޫން 2018
ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި

ބެކަމްއާ ވިކްޓޯރިއާ ވަރިވާން އުޅޭ ވާހަކަ ދެމީހުން ދޮގުކޮށްފި

09 ޖޫން 2018
ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

ކްލޯއީ ކާޑޭޝިއަން ވިހޭއިރު ދިރިއުޅުން އެއްކޮށް ހަލާކުވެފައި؛ ވެގެންއުޅޭ ގޮތް 'ކީޕިންގ އަޕް'ގެ އަންނަ ސީޒަންގައި އިނގޭނޭ

14 އެޕްރީލު 2018

އަހަރުތަކުން މިއަދު

21 އެޕްރީލު
އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް
20251 އަހަރު ކުރިން
ރާއްޖެ

އެސްޓޯނިއާ ދަތުރު އަދި މޯލްޑިވްސް 2.0 ގެ ފަހަތުގައި އޮތް ސިއްރަކީ އިލެކްޓްރޯނިކް ވޯޓިން: މަޚްލޫފް

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ
20242 އަހަރު ކުރިން
ރާއްޖެ

މަޖިލިސް އިންތިހާބުގެ ކެމްޕޭންގެ ތެރޭގައި ވޯޓު ގަތުމާއި ދައުލަތުގެ މުދަލާއި ވަސީލަތްތައް ނަހަމަ ގޮތުގައި ބޭނުންކޮށްފައިވޭ - ޓްރާންސްޕޭރެންސީ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި
20233 އަހަރު ކުރިން
ރާއްޖެ

ހޫނުމިން 40ށް އަރާ، ސަމާލުވުމަށް އިލްތިމާސްކޮށްފި

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން
20224 އަހަރު ކުރިން
ސިއްހަތު

ކިޑްނީގެ ދުޅަހެޔޮކަމަށް ފެނުގެ މުހިންމުކަން

 ޗިކެން ޕަނީނީ ސޭންޑްވިޗް
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ޗިކެން ޕަނީނީ ސޭންޑްވިޗް

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި
20197 އަހަރު ކުރިން
ރާއްޖެ

ޝިމާ އަންދާލާފައިވާ ކަމަށް ބުނެ ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ދެ ރަށެއް ބަލައި ފާސްކޮށްފި

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!
20188 އަހަރު ކުރިން
ރާއްޖެ

ނިވާކަން ކުޑަ ހެދުންލައިގެން މޮޑެލްކުރުމުން އިލްމުވެރިން ރަތަށް، ސަރުކާރު ހިމޭނުން!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު