Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ޑެމްބެލޭގެ ކުރިމަގު

ޑެމްބެލޭގެ އެއްބަސްވުން އައު ކުރުމަށް ބާސެލޯނާ އިން ވާހަކަ ދައްކަނީ

ލަޕޯޓާ ވިދާޅުވީ ޑެމްބެލޭގެ މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި، އައު އެއްބަސްވުމުގެ ވާހަކަ އެންމެ ރަނގަޅު ވަގުތުގައި ދައްކާނެ ކަމަށް

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް, ރާއްޖެ އެމްވީ | 16 ނޮވެމްބަރު 2022 | ބުދަ 02:37
ޑެމްބެލޭ

ޑެމްބެލޭ

ސްޕެއިންގެ ބާސެލޯނާ އަށް ކުޅެމުން އަންނަ ފްރާންސްގެ ވިންގާ އޮސްމާން ޑެމްބެލޭގެ އެއްބަސްވުން އައު ކުރުމުގެ ވާހަކަ ދައްކަން ކުލަބުން ތައްޔާރުވެއްޖެއެވެ.

ޖަރުމަނުގެ ބޮރޫޝިއާ ޑޯޓްމުންޑް ދޫކޮށް އުމުރުން 25 އަހަރުގެ ޑެމްބެލޭ ބާސެލޯނާ އަށް ގުޅުނީ 2017 ވަނަ އަހަރުއެވެ. އެ އެއްބަސްވުމުގެ މުއްދަތު މިއަހަރަށް ހަމަވުމުން ބާސެލޯނާ އިން ވަނީ އިތުރު ދެ އަހަރުގެ އެއްބަސްވުމެއް ޑެމްބެލޭ އަށް ހުށަހަޅާފައެވެ. ބާސެލޯނާއާއެކު ޑެމްބެލޭ ހެދި އައު އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2024 ވަނަ އަހަރުއެވެ. ނަމަވެސް އެ މުއްދަތު ހަމަވާންވާއިރަށް ބާސެލޯނާ އިން އައު އެއްބަަސްވުމެއްގެ ވާހަކަ ދައްކަން މިވަނީ ތައްޔާރުވެފައެވެ.

އެކަމާ ގުޅިގެން ބާސެލޯނާގެ ރައީސް ޖޯން ލަޕޯޓާ ވިދާޅުވީ، ބާސެލޯނާގައި ޑެމްބެލޭ ހުރީ ހިތްހަމަޖެހިގެން، ޓީމުގައި ހުންނަ ހިތުން ކަމަށެވެ. އޭނާ ވިދާޅުވީ ޑެމްބެލޭގެ މަސައްކަތަކީ ވަރަށް ރަނގަޅު މަސައްކަތެއް ކަމަށާއި، އައު އެއްބަސްވުމުގެ ވާހަކަ އެންމެ ރަނގަޅު ވަގުތުގައި ދައްކާނެ ކަމަށެވެ.

ބާސެލޯނާ އަށް ބަދަލުވުމަށްފަހު އޭނާ ވަނީ މިހާތަނަށް އެ ޓީމަށް 170 މެޗު ކުޅެދީ 37 ލަނޑު ޖަހާފައެވެ. ނަމަވެސް ބާސެލޯނާގައި އޭނާ އަށް ވަނީ އަނިޔާގެ މައްސަލަތަކާ ކުރިމަތިވެފައެވެ. އަނިޔާއިން ރަނގަޅުވެ މި ސީޒަންގައި އޭނާ އަންނަނީ އެކަށީގެންވާ ކުޅުމެއް ދައްކަމުންނެވެ. ޑެމްބެލޭ މިހާރު ވީ ފްރާންސްގެ ޓީމާއެކު ޤަތަރުގައި މި މަހުގެ 20 ވަނަ ދުވަހު ފަށާ ފީފާ ވޯލްޑް ކަޕަށް ގޮހެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

މިއާމީ އޯޕެންގައި ފެޑެރާގެ އެނބުރި އައުން ރަނގަޅުކޮށްފި

26 މާރިޗު 2017
ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

ބާސެލޯނާއަށް ބަދަލުވުމާ ގާތަށް ދިޔަ: ބަލޮޓެއްލީ

16 މާރިޗު 2017
އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

އެވަޓަންއިން ހުށަހެޅި އާ އެއްބަސްވުން ލުކާކޫ އަށް ކަމުނުދިޔަ

15 މާރިޗު 2017
ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

ޑޭނީ އަލްވޭޒްގެ ހޫނު ހަމަލާތަކެއް ބާސެލޯނާއަށް!

20 ފެބުރުއަރީ 2017
އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

އިސްކޯގެ އެއްބަސްވުން އާނުކޮށް ރެއާލް އިން ދިގުދަންމަނީ

14 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

10 މެއި
ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަރޫރީ ބޭނުމެއްގައި މެނުވީ ރާއްޖެއަށް ދަތުރު ނުކުރަން ސިންގަޕޫރު ސަރުކާރުން އަންގައިފި

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް
20242 އަހަރު ކުރިން
ރިޕޯޓު

ފެކްޓް ޗެކް: ސިވިލިއަނުން ކަމަށް ބުނެ ގެނައި މީހުންނަކީ އިންޑިއާގެ އަސްކަރިއްޔާގެ ބައެއް، ކުންފުންޏަކީ އަސްކަރިއްޔާގެ ދަށުގައި އޮންނަ ތަނެއް

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!
20233 އަހަރު ކުރިން
ރިޕޯޓު

ހުދު ކަފުނުން ދަރިފުޅު ކަފުންކުރީ، ކައިވެނީގެ ހުދު ހެދުމުގައި އެ ދަރިފުޅު ދެކިލުމުގެ އުއްމީދުގައި ހުރި ބައްޕަގެ އަތުން!

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް މިނިސްޓަރު ޔުމްނާގެ ވަރުގަދަ ރައްދެއް

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް
20215 އަހަރު ކުރިން
ރިޕޯޓު

ޖަލަށް ވަނީ 15 އަހަރުގެ ކުޑަކުއްޖެއް، ނުކުތީ 83 އަހަރުގެ މުސްކުޅިއެއް

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި
20197 އަހަރު ކުރިން
ތަފާތު ޚަބަރު

\'\'އިބޫ އޯކޭ\'\' ތަސްވީރު ފްރޭމްކުރުމަށް ފަހު، މުލިއާގެ ސިޓިން ރޫމްގައި

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި
20188 އަހަރު ކުރިން
ރާއްޖެ

ޖަޒީރާ މެނިފެސްޓޯއާއެކު، ނޫ އިޤްތިސާދުގެ ސިޔާސަތު ރައީސް ނަޝީދު ހާމަކުރައްވައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު