Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުލިޔެލާ ޖެހުން

އީރަމް: އަމިއްލަ އުފެއްދުންތެރިކަމަށް ލޯބިކުރާ ހުނަރުވެރި ކުއްޖެއް، މިހާރު ލިޔެލާ ޖެހުމާ ދިމާލަށް!

16 ނޮވެމްބަރު 2022 | ބުދަ 02:23

އީރަމްއަށް ވަނީ ލާ ނެގުމުގެެ އާދަޔާ ޚިލާފު ހުނަތެއް ލިބިފައި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 16 ނޮވެމްބަރު 2022 | ބުދަ 02:23
އީރަމް ލާ ނަގަނީ

އީރަމް ލާ ނަގަނީ

ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހުނަރުވެރި މޮޅެތި ކުދިން ދިރިއުޅެމުން ގެންދެއެވެ. އުމުރާއި ބަލާފައި އެ މަސައްކަތަކީ ކުރެވޭނެ މަސައްކަތްތެއްތޯ ވެސް ސުވާލު އުފެދޭ ފަހަރު އާދެއެވެ. ނަމަވެސް ލޯ މަތިން އެމަސައްކަތް ކުރާތަން ފެނުމަކީ އެކަން ގަބޫލުކުރަން މަޖުބޫރުވާނެ ކަމެކެވެ. މިބުނާފަދަ ހުނަރުން ފުރިފައިވާ އެއް ކުއްޖަކީ ބ.ތުޅާދޫއަށް އުފަން 9 އަހަރުގެ ފާތިމަތު ޢީރަމް ޝަމާލް އެވެ.

އީރަމްއަކީ ދިރިއުޅޭ މާހައުލުން ލިޔެލާ ޖެހުމުގެ މަސައްކަތް ފެނި އެކަމަށް ޝައުގުވެރިކަން އުފެދުނު އުންމީދުން ފުރިފައިވާ ކުޑަ ކުއްޖެކެވެ. ކިޔެވުމަށާއި، ސްކޫލުގެ އިތުރު ހަރަކާތްތަކަށް ވަގުތު ހުސްކުރުމަށްފަހު، ލިބޭ ހުސްވަގުތުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމަށް އީރަމް އިސްކަންދެއެވެ.

އެގޮތުން ލިޔެލާ ޖަހާއިރު، އެމަސައްކަތް ގާތުން ބަލަންއިނުމާއި، އެމަސައްކަތް ކުރާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އީރާމް އުޅެނީ އަވަދިނެތިއެވެ. މިގޮތަށް ދުވަސްތައް ފާއިތުވަމުން ގޮސް، މިއަދު އީރަމްއަކީ ލާ ނެގުމުގެ މަސައްކަތް ކުރަމުންދާ ކުއްޖެކެވެ. ލިޔެލާ ޖަހާފައި ހުންނަ އެއްޗެހީގައި ކުރަހާފައި ހުންނައިރު، ރީތިކަން އިތުރު ކުރުމަށް ލާ ކެހުމަކީ، ލާ ނެގުންކަމަށްވާއިރު، އީރަމް މި މަސައްކަތްކޮށް ނިންމާލަނީ ވަރަށް ފުރިހަމަކޮށެވެ. އީރަމްގެ ބުރަ މަސައްކަތްތަކުން ލިޔެލާ ޖަހާފައި ހުންނަ ވަރސް، މާ ޖަހާ އެއްޗިއްސާއި މަލާފަތް ފަދަ ތަކެތި އިތުރަށް ރީތިކޮށްދެއެވެ.

މި މަސައްކަތްތާއި ގުޅޭގޮތުން އީރަމް، ޗައިލްޑް އެންޑް ފެމެލީ ޕްރޮޓެކްޝަން ސަރވިސް (ސީއެފްޕީއެސް)އަށް ބުނީ ކުރިއަށް އޮތްތަނުގައި ލިޔެލާ ޖެހުމުގެ މަސައްކަތް ދަސްކުރަމުންދާ ކަމަށާއި، ކުރިއަށް އޮތްތަނުގައި އެ މަސައްކަތް ކުރާނެ ކަމަށެވެ. އެއީ މިހާރު ދެކެމުންދާ އެންމެ ބޮޑު އެއް ހުވަފެން ކަމަށެވެ. ޒަމާނުއްސުރެ ތުޅާދޫގައި ލިޔެލާ ޖެހުމުގެ މަސައްކަތްތައް ކުރަމުންދާއިރު، މި މަސައްކަތް ކުރުމުގައި ބޮޑަށް ހަރަކާތްތެރިވަނީ ފިރިހެނުންނެވެ. ނަމަވެސް މިއީ އަންހެނުންނަށް އަދި އަންހެން ކުދިންނަށް ވެސް ކުރެވޭނެ މަސައްކަތެއް ކަމަށް އީރަމް ގަބޫލުކުރެއެވެ.

މީގެ އިތުރުން އީރަމް ބުނީ މި މަސައްކަތް ކުރުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ލިބެނީ މަންމައާއި ބައްޕަގެ ފަރާތުން ކަމަށެވެ. މިއީ ވަރަށް ގިނަ ވަގުތު އެކަމަކަށް ހޭދަކުރަން ޖެހޭ އަދި ދަސްކުރަން މުހިންމު މަސައްކަތެއްކަން އޭނާ ފާހަގަކުރިއެވެ.

އީރަމްއާއި ބެހޭ ގޮތުން އޭނާގެ މަންމަ ޝުނާނާ އިދްރީސް ބުނީ ލިޔެލާ ޖެހުމުގެ މަސައްކަތައް ދަރިފުޅުގެ ޝައުގުވެރިކަން އުފެދުމުން އެކަމާއި އުފާކުރާ ކަމަށެވެ. އަތްތެރި މަސައްކަތްތަކާއި، އަމިއްލަ އުފެއްދުންތައް ދިރުވުމަށް މަސައްކަތް ކުރަންޖެހޭއިރު، މިއީ ރަނގަޅު ފެށުމެއްގެ ގޮތުގައި އޭނާ ސިފަކުރިއެވެ. އަދި ކުޑަ ކުއްޖެއް ނަމަވެސް އެކަމަށް ޝައުޤުވެރިވާނަމަ ދަސްކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމާއި ފަހި ފުރުސަތުތައް ހޯދައިދިނުން މުހިންމު ކަމަށް އޭނާ ބުންޏެވެ.

ތެދެކެވެ. އީރަމް ފަދައިން މި މުޖުތަމައުގައި ހުނަރުން ފުރިހަފައިވާ ކުދިން ތިބޭނެ ކަމާމެދު ޝައްކެތް ނެތެވެ. މިފަދަ ކުދިންނަށް ބޭނުންވަނީ ފުރުސަތެވެ. ލިބިފައިވާ ހުނަރު އިތުރަށް ތަރައްގީކޮށް މުޖުތަމައުއަށް ނުކުންނާނެ ގޮތެކެވެ. ޒަމާނުއްސުރެ ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރިމަސައްކަތް ދިރުވުމަށް އެކި ފެންވަރުގައި މަސައްކަތްތައްކުރާއިރު، މިފަދަ ހުނަރުވެރި ކުދިންނަށް އެ މަސައްކަތްތައް ދިރުވުމަށް ފުރުސަތު ލިބިގެން ދިއުމަކީ މި ދާއިރާއަށް ލިބޭނެ އާރޯކަމެކެވެ. އަތްތެރި މަސައްކަތަކީ، ގައުމީ ތަރިކައެކެވެ. ރާއްޖޭގެ ސަގާފަތާއި، ހުނަރުވެރިކަމާ ގުޅިފައިވާ ކަމެކެވެ. ރާއްޖޭގެ ހުރިހާ ކަމެއް ކުރިއަރަމުންނާއި ތަރައްގީވަމުންދާ ވަގުތެއްގައި ރާއްޖޭގެ އަތުމަސައްކަތާއި އަތްތެރި މަސައްކަތް ވެސް ތަރައްގީ ވާންޖެހެއެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

13 މާރިޗު 2018

މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ

13 މާރިޗު 2018
މެމްބަރުންނަށް: އަރައި އިންނެވި "ގޮފިގަނޑު" އަމިއްލަ އަށް ކަނޑާނުލައްވާ
15 ފެބުރުއަރީ 2018

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު
19 އޮކްޓޯބަރު 2017

ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!

19 އޮކްޓޯބަރު 2017
ޕީޕީއެމް ލޮޖިކް: ޖަލްސާއަށް ދާންވީ އަމިއްލަ އިޚްތިޔާރުގައި، ނުގޮސްފި ނަމަ ސުވާލުކުރާނެ!
15 އޯގަސްޓު 2017

ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް

15 އޯގަސްޓު 2017
ރައީސަކު އަމިއްލަފުޅަށް ފަޟީޙަތްވެ ބޮލާ ފޮށާއެޅޭނީ މިވަރަށް
07 އޯގަސްޓު 2017

ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ

07 އޯގަސްޓު 2017
ކަމަކަށްފަހު ކަމެއް އަމިއްލައަށް ފަޅައިއަރުވާ ބޮލާފޮށާ އެޅެނީ
04 އޯގަސްޓު 2017

މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!

04 އޯގަސްޓު 2017
މަނިކުފާނެވެ، ބޯ ގޮއްވަންޖެހުނީ އަމިއްލައަށް ކަންތައްތައް ކުރެއްވި ގޮތުގެ ސަބަބުންނެވެ!
06 ޖޫން 2017

ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟

06 ޖޫން 2017
ސައުދީގެ އަޅުވެތި ކަމަށް އަމިއްލަޔަށް ވެއްޓުނީބާ؟
02 މެއި 2017

އާމަ: ހީނާފަތް އެޅުމުގެ ހުނަރުވެރިއެއް

02 މެއި 2017
އާމަ: ހީނާފަތް އެޅުމުގެ ހުނަރުވެރިއެއް
01 އެޕްރީލު 2017

ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟

01 އެޕްރީލު 2017
ފާރިސް އަމިއްލަ ބޮޑުބޭބެއާ ދެކޮޅަށް: މަޤުޞަދަކީ ވެރިކަންތަ؟
31 ޖެނުއަރީ 2017

އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!

31 ޖެނުއަރީ 2017
އަމިއްލައަށް ހެދޭ ގޯހެއް ރަނގަޅުކުރުމަކީ ބަލިވުމެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް