Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމޭރީ ގްރޭސްގެ މަރު

މޭރީގެ މަރު: ކުޑަދޮރުގައި އައްސާފައި ހުރި ފޮތިގަނޑެއް ނައްޓާލިކަމަށް ހެކިވެރިއަކު ބުނެފި

މާވިން ހޮސްޕިޓަލުގައި ހުރިއިރު، މާވިންގެ އަތުގައި ވަކި އަޅާފައި ހުރިކަހަލަ ނިޝާނެއް ހުރި

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 14 ނޮވެމްބަރު 2022 | ހޯމަ 10:43
ހަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން

ހަލީމަތު ލަމްހާއާއި، މޭރީގެ ފިރިމީހާ މާވިން

މޭރީ ގްރޭސްގެ މަރުގެ މައްސަލައިގައި، އޭނާގެ ފިރިމީހާ މާވިން އެސްވައި ވާރގަސްއާއި އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާގެ މައްޗަށް ހިންގާ ޝަރީއަތުގެ ހެކިބަސް ނެގުމުގެ އަޑުއެހުމެއް ހޯމަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ހޯމަ ދުވަހު އޮތް އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ ވަނީ މޭރީގެ ލިއެކިއުންތައް އައިޖީއެމްއެޗުން ހޯދުމަށްފަހު ދިފާއަށް ދޫކުރުމަށް އެންގެވި އެންގެވުން ތަންފީޒު ކުރެވިފައިވާކަމަށް ޤަބޫލު ކުރެވޭކަމަށް ވިދާޅުވެފައެވެ. އަދި 4 ހެއްކެއްގެ ހެކިބަސް މި އަޑުއެހުމުގައި ވަނީ ނަގާފައެވެ.

Advertisement - newsAdvertisement

ފުރަތަމަ ހާޒިރުކުރި ހެކިވެރިޔާއަކީ އައިޖީއެމްއެޗްގެ އިމަރޖެންސީ މެޑިކަލް އެސިސްޓެންޓެކެވެ. އޭނާއަކީ ޕެރެމެޑިކެއްގެ ގޮތުގައި އެމްބިއުލާންސްގައި ދިޔަ ފަރާތެވެ.

އެ ހެކިވެރިޔާ ބުނި ގޮތުގައި މޭރީ ދަންޖެހިއްޖެކަމަށް ބުނެ، އެމްބިއުލާންސް ފޮނުވައިދިނުމަށް މާވިން ގުޅާފައި އެދުމުން، ވީ އެންމެ އަވަހަށް އެ ގެއަށް ހެކިވެރިޔާ އާއި 2 އެސިސްޓެންޓުން ދިޔައީ އެމްބިއުލާންސްގައެވެ. ދިޔައިރު މޭރީގެ އެއްވެސް ވިންދެއް އަދި ޙަރަކާތެއް ނެތް ކަމަށާއި، އޭނާގެ މޫނާއި އިނގިލިތައްވެސް ހުރީ ކޮންމެވެސް ވަރަކަށް ނޫވެފައިކަމަށް ހެކިވެރިޔާ ބުންޏެވެ. މޭރީގެ ހަށިގަނޑުވެސް އާދަޔާ ޚިލާފަށް ފިނިކަމަށް ހެކިވެރިޔާ ހެކިބަސް ދެމުން ބުންޏެވެ.

ހެކިވެރިޔާ ބުނާ ގޮތުގައި ވަގުތުން މޭރީއަށް ސީޕީއާރް ދީފައިވެއެވެ. އަދި މޭރީއަށް އެޑްރެނަލިން އިންޖެކްޝަން ދިނުމުގެ ކުރިން ކުރަންޖެހޭ ކަންކަން މާވިން އޭރު ކުރަމުންދިޔަ ކަމަށާއި، މޭރީއަށް އިންޖެކްޝަން ދިނީ މާވިންކަމަށް ހެކިވެރިޔާ ބުންޏެވެ. ދެން ވީ އެންމެ އަވަހަށް ހަށިގަނޑު ގެންދެވޭތޯ މަސައްކަތް ކުރީކަމަށް ހެކިވެރިޔާ ބުންޏެވެ.

މޭރީގެ ހަށިގަނޑު އެމްބިއުލާންސްއަށް ލައިގެން ގެންދިޔައިރުވެސް އޭނާއަށް ސީޕީއާރް ދެވުނު ކަމަށް ހެކިވެރިޔާ ބުނެއެވެ. އެހެންނަމަވެސް، ޕެރަމެޑިކްސްގައި ދެވޭ ފަރުވާ އޭރު ލިއުމަށް ތިރި ނުކުރެވޭ ކަމަށާއި، އެކަން ކުރަން ފެށީ މި ޙާދިސާއަށް ފަހު ކަމަށް އެ ހެކިވެރިޔާ ބުންޏެވެ. އެގޮތުން އޭރު ބަލިމީހާ އީއާރްއަށް ގެންގޮސް ޑޮކްޓަރާ ޙަވާލު ކުރުމުގެ ކުރިން ދެވޭ ހުރިހާ ފަރުވާއެއްގެ މައުލޫމާތު ކިޔާދީ އުޅުނީ އަނގަބަހުންކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި މޭރީގެ ޕަލްސް ޗެކް ކުރުމާއި، ދެވުނު ސީޕީއާރް ފަރުވާއާއި، އިންޖެކްޝަން ދެވުނު ޑޯޒްގެ މައުލޫމާތު ފަދަ ކަންކަން އެއްވެސް ލިއުމަކަށް ތިރިކޮށްފައެއް ނުވާނެއެވެ. ހެކިވެރިޔާ ބުނީ، އެ މައުލޫމާތުތައް ހަނދާނުގައި ބެހެއްޓުމަށްފަހު، ފަހުން އަނގަބަހުން ޑޮކްޓަރަށް ކިޔާދީފައިވާނެ ކަމަށެވެ.

އޭގެ އިތުރުން، ހަށިގަނޑު ޑޮކްޓަރާ ޙަވާލު ކުރުމަށްފަހުވެސް ޕެރެމެޑިކްސް އިން ދިން ފަރުވާގެ އެއްވެސް ލިއުމެއް ނުވަތަ ލޮގެއް ތައްޔާރުކޮށް އޭގައި ސޮއިކުރުން ފަދަ އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް، މޭރީއަށް ސީޕީއާރް އަދި އިންޖެކްޝަން ފިޔަވައި އެއްވެސް ފަރުވާއެއް ދީފައިނުވާނެކަމަށް ހެކިވެރިޔާ ބުންޏެވެ.

ދެވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ ލަމްހާއާއެކު މަސައްކަތް ކުރި ނަރުހެކެވެ. އޭނާ ވަނީ އެ ދުވަހު މާވިން ހޮސްޕިޓަލުގައި ހުރިއިރު، މާވިންގެ އަތުގައި ވަކި އަޅާފައި ހުރިކަހަލަ ނިޝާނެއް ހުރިކަމަށް ބުނެ ހެކިބަސް ދީފައެވެ.

ތިންވަނައަށް ހާޒިރުކުރީވެސް އީއާރްގައި މަސައްކަތްކުރި ނަރުހެކެވެ. އޭނާ ބުނި ގޮތުގައި ޙާދިސާ ހިނގި ދުވަހު ލަމްހާއާ ދިމާވެ ވާހަކަ ދެއްކިއިރު ލަމްހާ ވަނީ އެއީ އޭނާގެ ސަބަބުން ހިނގި ކަމެއް ކަމަށާއި، "އައި އޭމް ދަ ވަން ރެސްޕޮންސިބަލް" (ނުވަތަ މިކަމުގައި ޒިންމާވާ މީހަކީ ތިމަންނާއޭ) ބުނެ ވާހަކަ ދައްކާފައެވެ. އެގޮތުން ލަމްހާ އޭގެ ހަފްތާއެއް ކުރިންވެސް މޭރީގެ ވާހަކަ ދެއްކި ކަމަށާއި، މޭރީއަކީ ރުޅިގަދަ މީހެއްކަމާއި އޭނާ "ސެލްފް ހާރމް" (ނުވަތަ އަމިއްލަނަފްސަށް ގެއްލުން ދިނުމުގެ ކަމެއް) ކޮށްފާނެކަމަށާ މާވިންއަށް ބިރުދައްކާކަމަށް ލަމްހާ ބުނެފައިވާކަން ހެކިވެރިޔާ ފާހަގަކުރިއެވެ.

ލަމްހާއާ ޙަވާލާދީ ހެކިވެރިޔާ ބުނާ ގޮތުގައި މޭރީ އެގޮތަށް ކަންތައް ކުރަނީ މާވިން ރާއްޖެއިން ޑީޕޯޓު ކޮށްލުމުގެ ބޭނުމުގައެވެ. އެގޮތުން ހެކިބަސް ދެމުން ހެކިވެރިޔާ ވަނީ މޭރީ އަމިއްލައަށް މަރުވާނެކަމަށް ބުނެ މާވިންއަށް ބިރުދައްކާ ކަމަށް ލަމްހާއާ ޙަވާލާދީ ބުނެފައެވެ. ނަމަވެސް އެއީ ހެކިވެރިޔާގެ ބަޔާނުގައި އޮތް ވާހަކައެއް ނޫންކަން ދިފާއީ ވަކީލުން ފާހަގަ ކުރައްވައެވެ.

ހަތަރުވަނައަށް ހާޒިރުކުރި ހެކިވެރިޔާއަކީ މާވިންގެ މަންމަ (މާރިކް) އާއެކު މަސައްކަތް ކުރާ ފަރާތެކެވެ. އޭނާ ވަނީ މާރިކްއާއެކު އެ ގެއަށް އެ ދުވަހު ގޮސްފައެވެ. އެގޮތުން މާރިކް އެގެއަށް ދިޔައީ އޭނާއަށް އައި ފޯނު ކޯލަކާއި ގުޅިގެން ކަމަށާއި، އޭނާ ހާސްވެފައި ހުރިވަރުން ހެކިވެރިޔާވެސް އޭނާއާއެކު ދިޔަކަމަށް ބުންޏެވެ.

ހެކިވެރިޔާ ބުނި ގޮތުގައި ސިޓިންގ ރޫމަށް ވަން އިރު އެއް ކޮޓަރީގައި މޭރީ ބިންމަތީގައި ބާއްވާފައި އޮތެވެ. އޭރު މާވިން ގެންދިޔައީ މޭރީއަށް ސީޕީއާރް ދެމުންނެވެ. އަދި މާވިންގެ މަންމަ ދިޔައީ ޖެހިގެން ހުރި ކޮޓަރިއަށް ކަމަށާއި، އޭރު ދައްކަމުން ގެންދިޔަ ވާހަކައެއް ހެކިވެރިޔާއަށް ސާފުނުވާކަމަށް އޭނާ ބުންޏެވެ. ހެކިވެރިޔާ ބުނި ގޮތުގައި މާވިންގެ މަންމަ ޖެހިގެން ހުރި ކޮޓަރިއަށް ދިޔަ ސަބަބަކީ އެމީހުންގެ ދަރިފުޅު އެ ކޮޓަރީގައި އިނުމުންކަމަށް ބެލެވެއެވެ.

ހެކިވެރިޔާ އިތުރަށް ބުނީ، މޭރީގެ ހަށިގަނޑު ގެންދިއުމުން އޭނާވެސް ގޮސް މާވިންގެ މަންމަ ވަން ކޮޓަރިއަށް ވަނެވެ. އޭރު ކޮޓަރީގެ ކުޑަދޮރު ލައްޕާލުމަށް މާރިކް އެދުނު ކަމަށާއި، އޭރު ކުޑަދޮރުގައި ފޮތިގަނޑު އައްސާފައި ހުރިކަމަށް ހެކިވެރިޔާ ބުންޏެވެ. އެހިސާބުން މޭރީ ދަންޖެހުނީކަމަށް ބެލެވުނުކަން ފާހަގަކޮށް ހެކިވެރިޔާ ބުނީ، އޭނާ ދޮރު ލެއްޕި ގަޑީގައި އެ ފޮތިގަނޑު އަމިއްލައަށް ނައްޓާލި ކަމަށެވެ. އަދި ދޮރު ލެއްޕުމަށްފަހު އެތަނުން ދުރަށް ދިޔައީކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭގެ ފަހުންވެސް އެ ހެކިވެރިޔާ އެ ގެއަށް ދިޔައެވެ. އެއީ މާރިކް ބުނެގެން، އުނދުން ޖައްސާފައި ހުރިތޯ ބެލުމަށެވެ. އެކަން ބެލުމަށްފަހު އެ ގެއިން ނުކުމެގެން ދިޔައީކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

ފަސްވަނައަށް ހާޒިރުކުރީ ފިލިޕީންސްގެ ރައްޔިތެކެވެ. އެހެންނަމަވެސް، އިނގިރޭސި ބަސް ތަރުޖަމާ ކުރުމުގައި ދިމާވި ދަތިތަކެއްގެ ސަބަބުން އެ ހެކިވެރިޔާގެ ހެކިބަސް ނެގިފައިނުވާތީ އަޑުއެހުން ވަނީ ނިންމާލާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ހުސައިން ފާއިޒު ރަޝާދެވެ.

އިތުރަށް ކިޔާލަން

12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
12 ޖެނުއަރީ 2017

ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި

12 ޖެނުއަރީ 2017
ވިލިމާލެގައި އަމިއްލަ އަށް މަރުވަން ކަނޑަށް އެރިއުޅުނު އަންހެނަކު ސަލާމަތްކޮށްފި
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ

10 ޖެނުއަރީ 2017
ހައުސިންގ މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގައި ހުރި މައްސަލަތައް މިދަނީ ބަލަމުން:އޭސީސީ
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު