Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ޕެރިއޮޕަރެޓިވް ނަރުހުން

ޕެރިއޮޕަރެޓިވް ނަރުހުންނަކީ ކޮންބައެއް؟

އެއީ އޮޕަރޭޝަންގެ ކުރިއާއި، އޮޕަރޭޝަންގެތެރެ އަދި އޮޕަރޭޝަންކޮށް ނިމުން، މި ތިން މަރުހަލާ

ރާއްޖެ އެމްވީ | 14 ނޮވެމްބަރު 2022 | ހޯމަ 06:16
ޕެރިއޮޕެރޭޓިވް ނަރުހުންތަކެއް، މީގެ ކުރިން ޕެރިއޮޕަރޭޓިވް ނަރުހުންގެ ދުވަސް ފާހަގަ ކުރަމުންއައީ 14 ނޮވެމްބަރ ގައި، ނަމަވެސް މިހާރު މި މަހުގެ ދެވަނަ ހަފްތާ މިކަމަށް ހާއްސަ ކުރެވިގެން ފާހަގަ ކުރޭ

ޕެރިއޮޕެރޭޓިވް ނަރުހުންތަކެއް، މީގެ ކުރިން ޕެރިއޮޕަރޭޓިވް ނަރުހުންގެ ދުވަސް ފާހަގަ ކުރަމުންއައީ 14 ނޮވެމްބަރ ގައި، ނަމަވެސް މިހާރު މި މަހުގެ ދެވަނަ ހަފްތާ މިކަމަށް ހާއްސަ ކުރެވިގެން ފާހަގަ ކުރޭ

ތިބާ ނުވަތަ ތިބާ ލޯބިވާ މީހަކު ދުވަހަކުވެސް އޮޕަރޭޝަނެއް ކުރިހެއްޔެވެ؟ އެހެންކަމަށްވާނަމަ، 'ޕެރިއޮޕަރޭޓިވް' ނަރުހަކުވާނީ ތިބާއަށް އެހީތެރިވެދީ އަޅާލައިފައެވެ. ދުވަހަކު ވެސް ބަލިމީހެއް ނުވަތަ ކްލިނިޝަނެއްގެ ހައިސިއްޔަތުންވެސް އޮޕަރޭޝަން ތިއޭޓަރަށް ގޮސްފައި ނުވާނަމަ، އެ ބަންދު ދޮރުތަކުގެ ފުރަގަހުގައި ހިނގާ ކަންތައްތަކާ ބެހޭ ގޮތުން މާ ބޮޑު އެއްޗެއް ނޭނގިދާނެއެވެ.

އެސޯސިއޭޝަން އޮފް ޕެރިއޮޕަރޭޓިވް ރެޖިސްޓަރޑް ނަރސަސް (އޭ.އޯ.އާރް.އެން) ގެ ހައުސް އޮފް ޑެލިގޭޓްސް އިން 1979 ވަނަ އަހަރު ނިންމާފައިވަނީ އަހަރުގެ އެއް ދުވަސް ޕެރިއޮޕަރޭޓިވް ނަރުހުންނަށް ހާއްސަ ކުރަން ޖެހޭ ކަމަށެވެ. މިދުވަސް ފާހަގަކުރުމަށް އޭރު ހަމަޖައްސާފައިވަނީ ނޮވެމްބަރ މަހުގެ 14 ވަނަ ދުވަހެވެ. އެހެން ނަމަވެސް ޒަމާނާއެކު ދުވަސްތައް ފާއިތުވެގޮސް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ހުރިހާ ޕެރިއޮޕެރޭޓިވް ނަރުހުންގެ ހިތްވަރާއި ބުރަ މަސައްކަތުގެ އަގުވަޒަންކުރާ 'ހަފުތާ' އަކަށް މިދުވަސް ވެގެން ދިޔައެވެ. އަދި ކޮންމެ އަހަރެއްގެ ނޮވެމްބަރ މަހުގެ ދެވަނަ ހަފްތާ މިކަމަށް ހާއްސަ ކުރެވިގެން ފާހަގަ ކުރެވެން ފެށުނެވެ. މި އަހަރުގެ ޕެރިއޮޕަރޭޓިވް ނަރުހުންގެ ހަފްތާ މި ފާހަގަކުރަނީ ނޮވެމްބަރ 13-19 އަށެވެ.

ޞިއްޙީ ޚިދުމަތުގެ ނިޒާމުގައި ނަރުހުންނަކީ އެކި ކަހަލަ ހާއްސަ ދާއިރާ ތަކަށް ބެހިގެންވާ ބައެކެވެ. މިގޮތުން ޕެރިއޮޕަރެޓިވް ނަރސިންއަކީ ވެސް މިކަހަލަ ހާއްސަ އެއްދާއިރާއެވެ. ޕެރިއޮޕަރޭޓިވް ނަރުހުންނަކީ އޮޕަރޭޝަންތިއޭޓަރ ޓީމްގެ ވަރަށް މުހިންމު ބައެކެވެ.

ޕެރިއޮޕަރޭޓިވް ނަރުހުން ބަލިމީހާއަށް އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދެނީ މި ބުނެވިދިޔަ ތިންމަރުހަލާގައެވެ. ތިރީގައި މި ބައިތައް ތަފްސީލުކޮށްދީފައި ވާނެއެވެ.

މިއީ އޮޕަރޭޝަންގެ ކުރިން، އޮޕަރޭޝަނަށްބަލިމީހާ ތައްޔާރުކޮށްދޭ މަރުހަލާއެވެ. މި މަރުހަލާގެތެރޭ ބަލިމީހާ އެނދުމަތި ކުރެވި ބަލިމީހާ އާއި އަދި އޮޕަރޭޝަނާއި ގުޅޭ ހުރިހާ މައުލޫމާތެއް އެއްކުރެވެއެވެ. މި މަރުހަލާގައި ބަލިމީހާ އެނދުމަތިކުރެވޭ ވޯރޑް އިހުތިޔާރު ކުރާނީ ކުރަންޖެހޭ އޮޕަރޭޝަނާއި ބަލިމީހާގެ ހާލަތަށް ބެލުމަށްފަހުއެވެ. އަދި އެނެސްތެޓިސްޓާއި އޮޕަރޭޝަން ޑޮކްޓަރުގެ ލަފަޔާއި އިރުޝާދުގެ މަތިން ޓެސްޓުތައްހަދާ، ނަތީޖާ ތަކަށް ބަލައި ބަލިމީހާއަށް އެންމެ އެކަށީގެންވާ ފަރުވާދެވެއެވެ.

އޭގެ ނަމުން ދޭހަވާ ފަދައިން މިއީ ބަލިމީހާގެ އޮޕަރޭޝަންކުރާ މަރުހަލާއެވެ. މިމަރުހަލާގައި އޮޕަރޭޝަންގެ ބާވަތުން އެނެސްތެޓިސްޓާއި އެނެސްތީސިއާ ނަރުހުންގެ އެހީތެރިކަމާއި އެކީ ބަލިމީހާއަށް އެނެސްތީސިއާދެއެވެ. އަދި އޭގެ ފަހުން އޮޕަރޭޝަން ފެށޭނެއެވެ. އެނެސްތީސިއާ ނަރުހުން އޮޕަރޭޝަން ތެރޭ ބަލިމީހާގެ ވައިޓަލްސް (ހިތުގެވިންދު،ބްލަޑް ޕްރެޝަރ،ހަށިގަނޑުގެ ތެރޭ އޮކްސިޖަން ހުންނަވަރު،އީ.ސީ.ޖީ) ވަރަށް ކައިރިން ބަލާ މޮނިޓަރކޮށް ނޯޓުކުރެއެވެ. އަދި މިއިން އެއްވެސް ކަމަށބަދަލެއް އަންނަކަން ފާހަގަވާނަމަ އެނެސްތެޓިސްޓްގެ ބެލުމުގެދަށުން ފަރުވާދެއެވެ. ބަލިމީހާގެ ފިނިހޫނުމިން ރަނގަޅަށް ހިފެހެއްޓުމާއި ފިނިހޫނުމިން ދަށްނަމަ އެކަންތައް ރަނގަޅު ކުރެއެވެ. އަދި ކްރިޓިކަލް ހާލަތްތަކުގައި ބަލިމީހާ ހަމައަކަށް އެޅުވުމަށް އެނެސްތެޓިސްޓާއި އެކީ އެނެސްތީސިއާ ނަރުހުން އެހީތެރިވެދެއެވެ.

އޮޕަރޭޝަންގައި އެހީތެރިވެދޭ ސްކްރަބް ނަރުހުން އޮޕަރޭޝަނަށް ބޭނުންވާ ހުރިހާ ސާމާނަކާއި ވަސީލަތްތަކެއް ފުރިހަމައަށް ހުރިތޯބަލާ ޗެކްކުރެއެވެ.މި ސާމާނަކީ ހޮސްޕިޓަލުން ކަނޑައެޅިފައިވާ މިންގަނޑު ތަކުގެ މަތިން ޖަރާސީމު ނައްތާލެވިފައިވާ ތަކެތިކަންވެސް ބަލާ އޮޕަރޭޝަންކުރާ ކޮޓަރީގެ ސާފުތާހިރުކަން ޗެކްކޮށް ޔަގީންކުރެއެވެ. އަދި އޮޕަރޭޝަން ރޫމާއި ހުރިހާ ސާޖިކަލް އިކުއިޕްމަންޓް އަދި އިންސްޓްރުމެންޓްސް އޮޕަރޭޝަނަށް ސްޓެރައިލައިޒް ކުރެވިފައިވޭތޯ ޗެކްކުރެއެވެ. މީގެ އިތުރުން އިކުއިޕްމަންޓްސާފުކުރުމާއި، އެތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ބެލުމާއި، ބޭނުންކުރުމަށްފަހު ސާފުކޮށްދޮވެ އަލުން ސްޓެރައިލައިޒްކުރެވެއެވެ. އޮޕަރޭޝަންރޫމެއްގެ ތެރޭގައި ޕެރިއޮޕަރޭޓިވް ނަރުހުން، މުޅި އޮޕަރޭޝަންތެރޭގައި ބަލިމީހާއަށް ލިބިދޭ ނަރސިންގ ކެއަރގެ ފެންވަރު ފުރިހަމައަށް ބަލިމީހާއަށް ލިއްބައިދޭން މަސައްކަތްކުރެއެވެ.

މިއީ އޮޕަރޭޝަންކޮށް ނިމުމަށްފަހު ދެންފެށޭ މަރުހަލާއެވެ. އަދި ޕެރިއޮޕަރޭޓިވްގެ އެންމެފަހު މަރުހަލާއެވެ. އޮޕަރޭޝަނަށްފަހު އެހެން ކޮޓަރިއަކަށް (ރިކަވަރީ ރޫމް) އަށް ބަލިމީހާ ބަދަލު ކުރެވެއެވެ. ބަލިމީހާގެ ވައިޓަލްސްއާއި، ފިނިހޫނުމިނާއި ތަދުހުރިމިންވަރުބަލާ ޗެކްކުރަން އަބަދުވެސް ރިކަވަރީގައި ނަރުހުންތިބޭނެއެވެ.މިތާނގައި ބަލިމީހާ މޮނިޓަރ ކުރުމަށް އާންމުގޮތެއްގައި 30-60 މިނިޓް ބާއްވާ ބަލިމީހާގެ ހާލަތު ހުރިގޮތް ބެލުމަށްފަހު އެނެސްތެޓިސްޓްގެ ލަފާގެމަތިން ވޯޑް ނުވަތަ އިތުރު މޮނިޓަރ ކުރަން ބޭނުންވާނަމަ ހައި ޑިޕެންޑެންސީ ޔުނިޓް ނޫންނަމަ އައި.ސީ.ޔޫ އަށް ބަދަލު ކުރެއެވެ.

ބަލިމީހާއާއި ގާތްތިމާގެ މީހުން ޕެރިއޮޕަރެޓިވް ޓީމްގައި މަސައްކަތްކުރާ ފަރާތްތަކަށްބަލިމީހާ ދޫކޮށްލަނީ އެހާ އިތުބާރާއި ޔަގީންކަމާ އެކީގަ އެވެ. ޓީމެއްގެ ހައިސިއްޔަތުން އަޅުގަނޑުމެން މަސައްކަތް ކުރަނީ ބަލިމީހާއާށް އޭނާގެ ހާލާތު ނޭނގޭ ހާލުގައި އޮންނައިރުވެސް ފުރިހަމަ ލޯތްބާއި އަޅާލުމާއި އެހީތެރިކަން ފޯރުކޮށްދީ އެ ބަލިމީހާގެ އަޑު އެހެންމީހުންނަށް ފޯރުކޮށްދޭށެވެ. މި ވަޒީފާއަކީ ޒިންމާބޮޑު، ވަރަށް ބުރަ ވަޒީފާއަކަށް ވީނަމަވެސް ޕެރިއޮޕަރޭޓިވް ޓީމެއްގައި މަސައްކަތްކުރާ ހުރިހާ ނަރުހުންވެސް އެމީހުންގެ ވާޖިބު އަދާކުރަނީ އުފަލާއެކުއެވެ. 2022ވަނަ އަހަރުގެ ޕެރިއޮޕަރޭޓިވް ނަރުހުންގެ ހަފުތާގެ ތަހުނިޔާ ރާއްޖޭގެ އެކި ކަންކޮޅުގައި މަސައްކަތް ކުރާ ހުރިހާ ޕެރިއޮޕަރޭޓިވް ޓީމްގެ ނަރުހުންނަށް އަދާކުރަމެވެ.

ނޯޓް:މިއީ ކްލިނިކަލް ނަރސް، މަރިޔަމް ޝިފާޒާ ލިޔުއްވާފައިވާ ލިޔުމެކެވެ.

އެކްޓިންގް ވޯރޑް މެނޭޖަރ / މެއިން އޮޕަރޭޝަން ތިއޭޓަރ / އައި.ޖީ.އެމް. ހޮސްޕިޓަލް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއާއި ޕީއެންސީ: ގަދައީ ކޮންބައެއް، ދެން ވާނީ ކިހިނެތް؟

ޕީޕީއެމްއާއި ޕީއެންސީ: ގަދައީ ކޮންބައެއް، ދެން ވާނީ ކިހިނެތް؟

18 އޮކްޓޯބަރު 2023
މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭ ޖާސިމް އާއި ރަޓްކްލިފް އަކީ ކޮންބައެއް؟

މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭ ޖާސިމް އާއި ރަޓްކްލިފް އަކީ ކޮންބައެއް؟

19 ފެބުރުއަރީ 2023
ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

10 އޮކްޓޯބަރު 2018
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017
ކެޓަލަންސްއަކީ ކޮންބައެއް؟

ކެޓަލަންސްއަކީ ކޮންބައެއް؟

06 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

10 ޖެނުއަރީ
ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ
20251 އަހަރު ކުރިން
ރާއްޖެ

ދަ ޑިމޮކްރެޓްސްގެ އިސް ބައެއް މީހުން އެމްޑީޕީ އަށް، މި ހަފްތާގައި އިތުރު ބަޔަކު ސޮއިކުރަނީ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި
20242 އަހަރު ކުރިން
ރާއްޖެ

ރައީސްގެ ވައުދާއެއްގޮތަށް ފުލެޓް ހަވާލު ނުކުރެވޭނެ ކަމަށް ހައުސިންގ މިނިސްޓްރީން ބުނެފި

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟
20233 އަހަރު ކުރިން
ތަފާތު ޚަބަރު

ހެރީގެ ކަންތައް މިހާރު "ހައްދުން މައްޗަށް" ހިނގައްޖެ؟

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު
20224 އަހަރު ކުރިން
ރާއްޖެ

ދެން ސައިކަލް ލައިސަންސަށް އެދި ހުށަހެޅޭނީ 40 ގަޑިއިރު ދުއްވުމަށްފަހު

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!
20215 އަހަރު ކުރިން
ރާއްޖެ

މިމަހުގެ ފަހުކޮޅު ރާއްޖެއަށް ވެކްސިން ލިބޭނެ!

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ
20197 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ލަކީ ހިޔާ ކޮންޑަމީނިއަމްގެ ފްލެޓްތައް ވިއްކަން ފަށަނީ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!
20188 އަހަރު ކުރިން
ރާއްޖެ

މެޑަމް ފާތުން ކުރައްވާ ދަތުރުތައް: ސެލްފީ ނަގަން 10 މީހުން، ބައްދާލަން 5 މީހުން، އުޖޫރަ 500ރ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު