Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މެންޗެސްޓާ ޔުނައިޓެޑް

މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭ ޖާސިމް އާއި ރަޓްކްލިފް އަކީ ކޮންބައެއް؟

ޖާސިމް ބޭނުންވަނީ ފުރިހަމަ ކޮންޓްރޯލް، ރަޓްކްލިފްގެ އޮތީ ދުރުރާސްތާގެ އަމާޒެއް

އަބްދުﷲ އަޒުމީން
އަބްދުﷲ އަޒުމީން, ރާއްޖެ އެމްވީ | 19 ފެބުރުއަރީ 2023 | އާދީއްތަ 02:42
ޔުނައިޓެޑް ގަތުމަށް ޝައުގުވެރިވާ ރަޓްކްލިފް (ކ) އަދި ޝެއިޙް ޖާސިމް (ވ)

ޔުނައިޓެޑް ގަތުމަށް ޝައުގުވެރިވާ ރަޓްކްލިފް (ކ) އަދި ޝެއިޙް ޖާސިމް (ވ)

އިނގިރޭސިވިލާތުގެ އެންމެ ކާމިޔާބު އެއް ފުޓްބޯޅަ ކުލަބަކީ މެންޗެސްޓާ ޔުނައިޓެޑެވެ. ނަމަވެސް ސަރ އެލެކްސް ފާގަސަންގެ ކާމިޔާބު 27 އަހަރަށް ފަހު ޔުނައިޓެޑްގެ ވިދުން ވަނީ ފަނޑުވެފަ އެވެ. ފާއިތުވެދިޔަ 10 އަހަރު ޔުނައިޓެޑަށްވުރެ އަޑުގަދައީ ވާދަވެރި ލިވަޕޫލާއި މެންޗެސްޓާ ސިޓީ އާއި ޗެލްސީގެ ކާމިޔާބީތަކެވެ. އިނގިރޭސިވިލާތާއި ޔޫރަޕުގައި ވެސް މެއެވެ. މިއީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ތިބި ޔުނައިޓެޑްގެ ސަޕޯޓަރުންނަށް ފަސޭހަ މަންޒަރުތަކަކާއި އަޑުތަކެއްނޫނެވެ. 2003 ވަނަ އަހަރުން ފެށިގެން ޔުނައިޓެޑް ހިންގަމުން އަންނަނީ އެމެރިކާ އަށް ނިސްބަތްވާ ގްލޭޒާގެ އާއިލާއިންނެވެ. އެމީހުންނަށް ކުލަބު ކޮޅަށް ޖަހައި ކާމިޔާބީގެ މަގަށް ވަނީ ނުގެންދެވިފަ އެވެ. ސަޕޯޓަރުންގެ ރުހުމެއް ވެސް ނުހޯދުނެވެ.

މޮޅު ކުޅުންތެރިން ޔުނައިޓެޑާ ފެއަށް ޖެހެމުންދާއިރު ކުލަބުގެ ދަރަނި 700 މިލިއަން ޕައުންޑާ ގާތްކޮށްފި އެވެ. މިހެންވެ ސަޕޯޓަރުން ބޭނުންވަނީ އައު ބަޔަކަށް ކުލަބު ހަވާލުކުރާށެވެ. މި ޕްރެޝަރު ބޮޑުވެ، ގްލޭޒާ އާއިލާއާ ދެކޮޅަށް އުފުލާ އަޑުތައް ގަދަވެ، ކޮންޓްރޯލުން ނެއްޓުމުން އެމީހުންވަނީ ޔުނައިޓެޑް ވިއްކާލަން އިއުލާނުކޮށްފަ އެވެ. މިއާއެކު ބިޑްކުރީ ދެ ފަރާތަކުންނެވެ. އެއީ އިނގިރޭސިވލާތުގެ އެންމެ މުއްސަދި މީހާ ސާ ޖިމްސް ރަޓްކްލިފް އާއި ގަތަރުގެ ކުރީގެ ބޮޑުވަޒީރު ދަރިކަލުން ހަމަދް ބިން ޖާސިމް ބިން ހަމަދް އަލްތާނީ އެވެ.

ހަމަދް ބިން ޖާސިމް އަކީ އޭނާ ބުނާގޮތުން ވަރަށް ކުޑައިރުއްސުރެ ޔުނައިޓެޑްގެ ސަޕޯޓަރެކެވެ. އުމުރުން 44 އަހަރުގެ ޖާސިމް އަކީ ގަތަރުގެ ކުރީގެ ބޮޑުވަޒީރުގެ ދަރިކަލުންނެވެ. ގަތަރު ޝާހީ އާއިލާގެ އަޑުގަދަނޫން މެންބަރެކެވެ. ތައުލީމް ހާސިލްކުރެއްވީ ގަތަރުގެ ރޯޔަލް މިލިޓަރީ އެކަޑަމީންނެވެ. އޭނާ އަކީ ގަތަރުގެ އެންމެ ބޮޑު ބޭންކް ކަމަށްވާ އިސްލާމިކް ބޭންކްގެ ޗެއާމަނެވެ. ޔުނައިޓެޑް ގަތުމަށް ހުށަހެޅި ބިޑްގެ ފަހަތުގައިވާ އެންމެ ބޮޑު ހިއްސާދާރަކީ އޭނާ އެވެ. އޭނާގެ ފައުންޑޭޝަންގެ ނަމަކީ ނައިންޓޫ ފައުންޑޭޝަނެވެ. މި ނަމަކީ 1992 ވަނަ އަހަރު އޭނާ މެންޗެސްޓާ ޔުނައިޓެޑްގެ ސަޕޯޓަރަކަށް ވުމާއި ޔުނައިޓެޑްގެ ކްލާސްއޮފް 92ގެ ކުޅުންތެރިންގެ ބެޗާ ގުޅުވައިގެން ދީފައިވާ ނަމެކެވެ. ޖާސިމްގެ ނައިންޓޫ ފައުންޑޭޝަނުން ބޭނުންވަނީ ޔުނައިޓެޑް ދަރަނި ފިލުވައި މުޅި ކުލަބުގެ ކޮންޓްރޯލެވެ. އެއަށްފަހު ޓީމު ވަރުގަދަކޮށް، ޓްރޭނިން ސެންޓަރުތަކާއި ޕާކްތަކާއި ކުލަބުގެ އުމްރާނީ ވަސީލްތަތްތައް މިހާރަށްވުރެ ތަނަވަސް ކުރުމެވެ.

ޖާސިމް އަކީ ޝާހީ އާއިލާގެ މަޑުމައިތިރި މެންބަރެކެވެ. އޭނާގެ މިލްކިއްޔާތުގައި 42 ބިލިއަން ޕައުންޑްވެ އެވެ. ޔުނައިޓެޑް ގަތުމަށް އޭނާ ހުށަހަޅުއްވާފައިވަނީ 5 ބިލިއަން ޕައުންޑެވެ. ބިޑް ކާމިޔާބުވެއްޖެނަމަ މިއީ ކުޅިވަރު ކުލަބެއް ވިއްކާނެ އެންމެ ބޮޑު އަގުކަމަށްވާނެ އެވެ.

އުމުރުން 70 އަހަރުގެ ރަޓްކްލިފް އަކީ މެންޗެސްޓާގެ އެންމެ ބޮޑު އެއް ސަހަރު ކަމަށްވާ އޯލްދަމަށް އުފަން މީހެކެވެ. 2018 ވަނަ އަހަރު އިނގިރޭސިވިލާތުގެ އެންމެ މުއްސަނދި މީހާއަށްވީ އިރު މިލްކިއްޔާތުގައި 21 ބިލިއަން ޕައުންޑްވެއެވެ. އޭނާ އަކީ ވިޔަފާރިވެރިއެއްގެ އިތުރުން ކެމިކަލް އިންޖިނިއަރެކެވެ. 65 ބިލިއަން ޕައުންޑްގެ އަގުހުރި ކެމިކަލް ކުންފުނި އިނިއޯސްގެ ޗެއާމަނަކީ ވެސް އޭނާ އެވެ. އާއްމުންގެ ތެރެއަށް މާބޮޑަށް ނުކުމެ މަޝްހޫރުވާން ނޫޅެނީ އޭނާ ލަދުރަކިކަމުން ކަމަށް އިނގިރޭސި ނޫސްތަކުން ބުނެއެވެ.

އޭނާ އަކީ ކުޅިވަރަށް ވަރަށް ބޮޑަށް ލޯބިކުރާ މީހެކެވެ. ވަރަށް ގިނަ ކުޅިވަރު ކުލަބުތައް ހިންގަ އެވެ. މީގެ ތެރޭގައި ސައިކްލިން އާއި ރޭސިން ކުލަބުތަކާއި ސްވިޒަލޭންޑްގެ ޕްރެމިއާ ލީގުގެ ފުޓްބޯޅަ ކުލަބެއް ވެސް ހިމެނެ އެވެ. ގިނަ ކުޅިވަރުތަކަކަށް ސްޕޮންސާ ދިނުމަށް އޭނާ ލޯބިކުރާއިރު ފްރާންސްގެ ނީސް ކުލަބު ހިންގަނީ ވެސް އޭނާގެ ކުންފުނިންނެވެ. ރޯމަން އަބްރޮމޮވިޗް ޗެލްސީ ދޫކޮށްލުމުން އެކުލަބުގަތުމަށް ވެސް ރަޓްކްލިފް ޝައުގުވެރިކަން ފާޅުކުރި އެވެ. އަދި ވެސްޓްހޭމް ގަތުމަށް އޭނާ މަސައްކަތް ކުރި ކަމަށް ވެސް އިނގިރޭސި ނޫސްތަކުން ޝައްކުކުރެ އެވެ. ޔުނައިޓެޑް ގަތުމަށް އޭނާ ހުށަހެޅީ 4 ބިލިއަން ޕައުންޑެވެ. އޭނާގެ އަމާޒަކީ ދުރުރާސްތާގެ ޕްލޭނަކާއެކު ޔުނައިޓެޑް ކާމިޔާބު ކުލަބަކަށް އަލުން ހެދުމެވެ.

ޔުނައިޓެޑްގެ ސަޕޯޓަރުންގެ ހިޔާލު ހޯދުމަށް އިނގިރޭސި މަޝްހޫރު ނޫސް ދަ ސަންއިން ނެގި ހިޔާލު ހޯދުންތަކުން 45.75 ޕަސެންޓް މީހުން ބޭނުންވަނީ ރަޓްކްލިފް އެވެ. ސަބަބަކީ ކުޅިވަރު ކުލަބުތައް ހިންގުމުގެ ތަޖުރިބާ އޭނާގެ ކިބާގައި ހުރުމުންނެވެ. ގަތަރުގެ ޝައިހް ޖާސިމްގެ ބިޑަށް ތާއީދު ކުރަނީ 44.55 ޕަސެންޓް މީހުންނެވެ. މި ބިޑާ ދެކޮޅު މީހުން ބުނަނީ ފްރާންސްގެ ޕީއެސްޖީ ހިންގާ ގަތަރު އިންވެސްޓްމަންޓް އޮތޯރިޓީއާ ޖާސިމްގެ ބިޑާ ގުޅުންތަކެއް ހުރި ކަމަށެވެ. ބާކީތިބި މީހުން ބޭނުންވަނީ ގްލޭޒާގެ އާއިލާއިން ކުލަބު ހިންގުމަށެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ނުގަވައިދުން އުޅޭ ބިދޭސީންނަށް ޒައިތޫނި ފަތްކޮޅެއް: މައްސަލަ ހައްލުވާނެބާ؟

ނުގަވައިދުން އުޅޭ ބިދޭސީންނަށް ޒައިތޫނި ފަތްކޮޅެއް: މައްސަލަ ހައްލުވާނެބާ؟

18 ސެޕްޓެމްބަރު 2019
ބިލްތައް ހަވާލުކޮށްދިނުމަކީ ގްރައުންޑް ފްލޯގައި ދިރިއުޅޭ ބައެއް ޒިންމާއެއްތަ؟

ބިލްތައް ހަވާލުކޮށްދިނުމަކީ ގްރައުންޑް ފްލޯގައި ދިރިއުޅޭ ބައެއް ޒިންމާއެއްތަ؟

26 ޖުލައި 2019
އިންތިހާބުގައި ސަރުކާރު ޓެގު އަޅުވައިގެން އުޅޭ ކެންޑިޑޭޓުން، އިދިކޮޅުގެ އަޑެއް ނެތް!

އިންތިހާބުގައި ސަރުކާރު ޓެގު އަޅުވައިގެން އުޅޭ ކެންޑިޑޭޓުން، އިދިކޮޅުގެ އަޑެއް ނެތް!

23 މާރިޗު 2019
ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!

ރައީސް ސޯލިހުގެ ލަންކާ ދަތުރުފުޅުން، އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އުފާވެރި ގިނަ ޚަބަރުތައް!

06 ފެބުރުއަރީ 2019
ފެންބޮޑުވުން: ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ

ފެންބޮޑުވުން: ފިލާވަޅުތަކެއް ލިބިގަންނަން ޖެހޭ

06 ޑިސެމްބަރު 2018

އަހަރުތަކުން މިއަދު

4 ފެބުރުއަރީ
އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!
20251 އަހަރު ކުރިން
ރިޕޯޓު

އެމްޑީޕީ އަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގެން ގައުމުގެ ހައްގުގައި ނުކުންނަ ހިތްވަރު ގަދަ ބަޔަކަށް ކިޔާ ނަމެކެވެ!

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ
20242 އަހަރު ކުރިން
ރާއްޖެ

ޝަރުތުހަމަނުވާ 59 އިންސައްތަ މީހުންނަށް ފްލެޓު ދީފައިވޭ: އޭސީސީ

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!
20233 އަހަރު ކުރިން
ރިޕޯޓު

ރޯމާ ދުވާލު މަސްތުވާތަކެތި އިންޖެކްޓްކުރުމުގައި!

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ
20224 އަހަރު ކުރިން
ރާއްޖެ

ރައީސް ޔާމީނަށް ރައްޔިތުންގެ ތާއީދު ނެތްކަން ހާމަވެއްޖެ: އެމްޓީޑީ

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟
20215 އަހަރު ކުރިން
ރިޕޯޓު

މަގޭ ރިޕޯޓް: މިވަރުވީމަ ދެން ބަނީ އިސްރާއިލް މީހުނަކާ ތަފާތެއް ކޮބާހެއްޔެވެ؟

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!
20197 އަހަރު ކުރިން
ރިޕޯޓު

މުނާސަބުކޮށް ހެދުން ތުރުކުރެއްވުމުގައި ރާއްޖޭގެ ފަސްޓްލޭޑީ ވަރަށް ޔުނީކް!

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ
20188 އަހަރު ކުރިން
ރިޕޯޓު

ރައީސުލްޖުމްހޫރިއްޔާގެ ނާއިބާއި ސަރުކާރުގެ ބައެއް ވެރިން ގެއްލިއްޖެ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު