Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ކެޓަލޯނިއާގެ މިނިވަންކަން

ކެޓަލަންސްއަކީ ކޮންބައެއް؟

ކެޓަލޯނިއާގެ މިނިވަންކަމަށް 12 ވަނަ ގަރުނުގެ ތެރޭގައި ވެސް ވަނީ ފެންނަ ނުފެންނަ ވޯޓެއް ނަގާފައި

އަބުދުﷲ މުހައްމަދު
އަބުދުﷲ މުހައްމަދު, ރާއްޖެ އެމްވީ | 6 އޮކްޓޯބަރު 2017 | ހުކުރު 05:44
 އެތައް ބަޔަކު ދެކޭ ގޮތުގައި އެ ސަރަހައްދުގެ ވަރުގަދަ އިގްތިސާދަކީ އެ ސަރަހައްދަށް މިނިވަން ވަކި ގައުމެއްގެ ގޮތުގައި އޮވެވިދާނެ ކަމުގެ ނިޝާނެއް

އެތައް ބަޔަކު ދެކޭ ގޮތުގައި އެ ސަރަހައްދުގެ ވަރުގަދަ އިގްތިސާދަކީ އެ ސަރަހައްދަށް މިނިވަން ވަކި ގައުމެއްގެ ގޮތުގައި އޮވެވިދާނެ ކަމުގެ ނިޝާނެއް

ކެޓަލަންސްއަކީ "ޕޭސިއޯސް ކެޓަލަންސް" ނުވަތަ ކެޓަލަން ގައުމުތަކުގެ މީހުންނެވެ. އޭގެ ތެރޭގައި ވެލެންސިއާ، ބަލެރިކް އައިލެންޑްސް، ސްޕެއިންގެ ބައެއް ކަމަށްވާ އެރަގޮން، ފްރާންސްގެ އިރުދެކުނުގައިވާ ރުޝިލޮން އަދި ކެޓަލޯނިއާ ހިމެނެއެވެ.

އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ނެގި ފެންނަ ނުފެންނަ ވޯޓްގައި މި ހުރިހާ ސަރަހައްދެއް ކަވަރު ވެފައެއް ނުވެއެވެ.

އެ ވޯޓް ބޭއްވިގެން ގޮސްފައި ވަނީ ސްޕެއިންގެ އިރު އުތުރުގެ ސަރަހައްދެއް ކަމަށްވާ ކެޓަލޯނިއާގައި އެކަންޏެވެ. އެއީ 7.5 މިލިއަން މީހުންގެ އާބާދީއެކެވެ. އެ ސަރަހައްދަކީ ސްޕެއިންގެ އާބާދީގެ 15 އިންސައްތަ މީހުން އަދި އެގައުމުގެ އިގްތިސާދުގެ 20

އިންސައްތަ އުފެއްދުން އަންނަ ސަރަހައްދެވެ.

ކެޓަލޯނިއާގެ ރައްޔިތުންނަކީ މުއްސަނދި ތާރީޚަކާއި ސަގާފަތެއް އަދި ބަހުރުވައެއް އޮތް ބައެކެވެ.

ކެޓަލޯނިއާގައި އެންމެ ފުރަތަމަ ފެންނަ ނުފެންނަ ވޯޓެއް ނެގުނީ މިހާރުގެ ސްޕެއިން އެއްބަޔަކަށް ވުމުގެ އެތައް ސަތޭކަ އަހަރު ކުރިން 12 ވަނަ ގަރުނުގެ ތެރޭގައެވެ.

މެޑްރިޑްގެ ސީދާ ބެލުމުގެ ދަށަށް ކެޓަލަން ދިޔައީ ނީވާ ޕްލާޓާގެ ގަރާރަކުން 1716 ގައެވެ.

ކެޓަލޯނިއާގެ އަމިއްލަ ސަރުކާރެއް ގާއިމް ކުރުމުގެ މަސައްކަތަކީ އެގައުމުގެ ތާރީޚުގައި ތަކުރާރުކޮށް ހިނގަމުން އަންނަ ކަމެކެވެ.އެގޮތުން 1931 ވަނަ އަހަރު ޖުމްހޫރިއްޔަތަކަށް ސްޕެއިން ބަދަލުވުމާއެކު އެ ދައުލަތުގެ ތެރޭގައި އޮވެ އަމިއްލަ ސަރުކާރެއް އެކުލަވާލުމުގެ ފުރުސަތެއް ދީފައެވެ. އޭގެ ފަހުން އެ ގައުމުގެ ދާޚިލީ ހަނގުރާމައަށް ފަހު ފްރެންސިސްކޯ ފްރެންކޯގެ ސަރުކާރުން ވަނީ ކެޓަލޯނިއާގެ އަމިއްލަ ސަރުކާރު އުވާލާފައެވެ. އަދި 1939އިން 1975އަށް ފްރެންކޯ ވެރިކަން ކުރެއްވިއިރު ކެޓަލޯނިއާގެ ސަގާފަތްތައް ވަނީ ނެތިކޮށްލާފައެވެ. ކެޓަލޯނިއާގެ އައިޑެންޓިޓީ ރަމްޒުކޮށްދޭ ކަންކަން ވަނީ މަނާ ކޮށްފައެވެ. އޭގެ ތެރޭގައި ކާސްޓްލްސް ނުވަތަ ހިއުމަން ޓަވަރު މަނާކުރުމާއި ދަރިންނަށް ނަންކިއުމުގައި ސްޕެނިޝް ނަންތައް ކިއުން މަޖުބޫރު ކުރުވުން ހިމެނެއެވެ.

ފްރެންކޯގެ ވެރިކަމަށް ފަހު ސްޕެއިންގައި ޑިމޮކްރަސީ ފައްކާވެގެން އައިއިރު ކެޓަލޯނިއާއަށް ވަނީ އަމިއްލަ ސަރުކާރެއް ލިބުމުގެ އުފާވެރިކަން ލިބިގެން ފާސްކޮށްފައެވެ. އަދި 1979 ވަނަ އަހަރު ކެޓަލޯނިއާގެ އަމިއްލަ ސަރުކާރެއް އެކުލަވާލުމަށް ގާނޫނީ ހުއްދަ ދެވުމާއެކު ކެޓަލަންގެ ގާނޫނު ހަދާ މަޖިލީސް ރުޖޫއަވެގެން ދިޔައެވެ. ޖެހިގެން އައި އަހަރުގެ މާޗް މަހުގެ 20 ވަނަ ދުވަހު 135 މެމްބަރުންގެ މައްޗަށް އެކުލެވޭ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބު ބޭއްވިގެން ދިޔައެވެ.

ސްޕެއިންގައި ވަކިވަކި ސަރުކާރުތައް އުފައްދާފައިވާ 17 ސަރަހައްދުގެ ތެރެއިން އެއް ސަރަހައްދަށް ކެޓަލޯނިއާ ވެގެން ދިޔައިރު އެ ސަރަހައްދަށް ވެސް ވަނީ އަމިއްލަ ފުލުހުންނާއި ސިއްހީ ދާއިރާއި ތައުލީމާއި ވެލްފެއަރގެ ކަންކަން އަމިއްލައަށް ހިންގުމުގެ ބާރު ދީފައެވެ.

ކޮންމެއަކަސް ކެޓަލޯނިއާގެ ފުރިހަމަ މިނިވަންކަމަށް ގޮވާލާ އެއްވުންތައް ވޭތުވެދިޔަ ފަހުގެ އަހަރުތަކުގައި ވަނީ ގިނަވެގެން ގޮސްފައެވެ. އެންމެ ބޮޑަށް އެކަން ފާހަގަ ވެފައި ވަނީ 2008ގައި ސްޕެއިންއަށް ދިމާވީ ދަރަނީގެ މައްސަލަތަކަށް ފަހުއެވެ.

ސްޕެއިންގެ އެންމެ މުއްސަނދި އެއް ސަރަހައްދު ކަމަށްވާ ކެޓަލޯނިއާގެ މިނިވަންކަމަށް ތާއީދުކުރާ ފަރާތްތަކުން ބުނާ ގޮތުގައި މެޑްރިޑްގައި އޮންނަ މައި ސަރުކާރުން ކެޓަލޯނިއާއަށް ދޭ އެއްޗަކަށް ވުރެ މާ ބޮޑު މާލީ އެހީއެއް އެ ސަރަހައްދުން މައި ސަރުކާރަށް ދެއެވެ.

އެތައް ބަޔަކު ދެކޭ ގޮތުގައި އެ ސަރަހައްދުގެ ވަރުގަދަ އިގްތިސާދަކީ އެ ސަރަހައްދަށް މިނިވަން ވަކި ގައުމެއްގެ ގޮތުގައި އޮވެވިދާނެ ކަމުގެ ނިޝާނެކެވެ.

އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހު ނެގުނު ވޯޓަކީ ކެޓަލޯނިއާ މިނިވަން ދައުލެއް އުފެއްދުމަށް ފެނޭތޯ ބެލުމަށް އެ ސަރަހައްދުގައި ތިން އަހަރު ދުވަހުގެ ތެރޭގައި ވޯޓް ނެގުނު ދެވަނަ ފަހަރެވެ. ނަމަވެސް ސްޕެއިންގެ މައި ސަރުކާރުން އޮތީ އެކަމަށް ފުރުސަތު ދޭ ގޮތަކަށް ނޫނެވެ. ކެޓަލޯނިއާ ވަކި ދައުލަތަކަށް ވެއްޖެ ނަމަ އެ ސަރަހައްދުގެ ތެރޭގައި ހިމެނޭ އެހެން ތަންތަން ވެސް ކެޓަލޯނިއާއާ ގުޅިގެންދާނެ ކަމަށް ބެލެވެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ޕީޕީއެމްއާއި ޕީއެންސީ: ގަދައީ ކޮންބައެއް، ދެން ވާނީ ކިހިނެތް؟

ޕީޕީއެމްއާއި ޕީއެންސީ: ގަދައީ ކޮންބައެއް، ދެން ވާނީ ކިހިނެތް؟

18 އޮކްޓޯބަރު 2023
މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭ ޖާސިމް އާއި ރަޓްކްލިފް އަކީ ކޮންބައެއް؟

މެންޗެސްޓާ ޔުނައިޓެޑް ގަންނަން އުޅޭ ޖާސިމް އާއި ރަޓްކްލިފް އަކީ ކޮންބައެއް؟

19 ފެބުރުއަރީ 2023
ޕެރިއޮޕަރެޓިވް ނަރުހުންނަކީ ކޮންބައެއް؟

ޕެރިއޮޕަރެޓިވް ނަރުހުންނަކީ ކޮންބައެއް؟

14 ނޮވެމްބަރު 2022
ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

10 އޮކްޓޯބަރު 2018
ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

ލެޑް ލައިޓް ބަގީޗާ ހުޅުވުމުގެ ކުރިން ވީރާނާވަނީ، ޒިންމާ ނަގާނީ ކޮންބައެއް؟

07 އޮކްޓޯބަރު 2017

އަހަރުތަކުން މިއަދު

29 އެޕްރީލު
ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ
20251 އަހަރު ކުރިން
ރާއްޖެ

ޔުމުނު ކަރު ބިނދިފައި އޮތުމުންކުރި އެންމެ ނުރައްކާތެރި ސާރޖަރީ ކާމިޔާބު: އާއިލާ

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟
20242 އަހަރު ކުރިން
މީހުން

އާން ސްލޮޓް: ލިވަޕޫލަށް ފެނުނު ހުވަފެނެއް! މާބޮޑު މޮޅެއް ހޯދި ކާކު؟

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް
20233 އަހަރު ކުރިން
ކުޅިވަރު

ލަމީން ޔަމާލް ބާސެލޯނާގެ ރެކޯޑް މުގުރާލައިފި، ބާކީ ބޭނުންވަނީ 8 ޕޮއިންޓް

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް
20224 އަހަރު ކުރިން
ދުނިޔެ

އިންޑޮނޭޝިއާއިން ޕާމް އޮއިލް އެކްސްޕޯޓުކުރުން ހުއްޓާލުން؛ ދުނިޔޭގެ ބާޒާރުގައި ކައްކާ ތެލުގެ އަގު މައްޗަށް

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟
20215 އަހަރު ކުރިން
ރިޕޯޓު

މައިގްރޭންތަ؟ ތެދުވެ ނޫޅެވޭ ވަރަށްވެސް ބޮލުގައި ރިއްސާތަ؟

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ
20197 އަހަރު ކުރިން
ދުނިޔެ

އޮސްޓްރޭލިއާ އިން ދެ މިލިއަން ބުޅާ މަރާލަނީ

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!
20188 އަހަރު ކުރިން
ރިޕޯޓު

މާލޭ ފަތާ ޓްރެކް ސަރަހައްދު ހިކެނީ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު