Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ނަފްސާނީ ދުޅަހެޔޮކަން

ގޮޅީގައި ދަންޖެހެން މަސައްކަތް ކުރި މީހެއްގެ ވާހަކަ، ޒިންމާ ނަގާނީ ކޮންބައެއް؟

ދެ ފަހަރެއްގެ މަތިން ދަންޖެހެން މަސައްކަތް ކުރި

ފާތިމަތު ޝަނާ މުހައްމަދު
ފާތިމަތު ޝަނާ މުހައްމަދު, ރާއްޖެ އެމްވީ | 10 އޮކްޓޯބަރު 2018 | ބުދަ 07:30
ނަފްސާނީ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަސް ބޭނުންވަނީ އޯގާތެރިކަމާ އަޅާލުން

ނަފްސާނީ މައްސަލަތަކުގެ ޝިކާރައަކަށް ވެފައިވާ މީހުންނަސް ބޭނުންވަނީ އޯގާތެރިކަމާ އަޅާލުން

" ފުރަތަމަ ޝޭމްޕޫފުޅި އެއް ކޯވަރު ބޯލިން. ބޯލި ތަނާ ކަރު އެއްކޮށް ބެދުނީ. ބޯލި ތަނާ ކެއްސާ ހޮޑުލަވާ ގޮތްވީ. ޝޭމްޕޫފުޅި ކަރުބުޑަށް ގަންނަވާލާފަ ޝޭޕްމޫ ފުޅިއަށް ފިތާލީ. ދެން ގަމީހުން ކަރަށް ބާރުވާ ގޮށެއް ޖެހީ. ޖަހާފަ ފެންސަށް އަރާފަ.... ފެންސުގައި އައްސާފަ ފުންމާލީ." މިއީ 2017 ވަނަ އަހަރުގެ އޭޕްރީލް މަހުގައި ފުލުހުންގެ ހައްޔަރުގައި އުތުރުގެ ރަށަކަށް ނިސްބަތްވާ އޭރު އުމުރުން 19 އަހަރުގެ ޒުވާނެއް ތަހައްމަލު ކުރި ކަންތައްތަކެއް ވާހަކައެވެ.

އެ ޒުވާނާއަށް ޖަލު ގޮޅީގައި އެކަނި ހޭދަކުރި ދުވަސްތަކަކީ ހަޔާތުގައި ކުރިމަތިވި އެންމެ އެކަނިވެރި ދުވަސްތަކެވެ. އެ ޒުވާނާ އެދުވަހު ހުރި ހާލަތުން ސަލާމަތް ކޮށްފައިވަނީ ޑިއުޓީގައި ހުރި ފުލުސް މީހާއެވެ. ފުލުސް މީހާއައިސް އޭނާ ގޮޅިން ނެރުނެވެ.

ބޭރު މޭޒުގައި އިންދާ ވަރަށް ބައިވަރު ހޮޑު ލެވުނެވެ. ލެޔާ އެކު ހޮޑު ލެވި މީހާ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅުމުން ޑިއުޓީގައި ހުރި ފުލުސް މީހާއައިސް ނަސޭހަތް ދިނެވެ. އަދި މިއީ ރަނގަޅު ކަމެއް ނޫން ކަމަށް ކިޔާ ނަސޭހަތްދިނެވެ.

"ވަރަށް ހިތްދަތިކޮށް ކަންތައްތައް ދިޔައީ. ދެން ހިތަށް އެރީ ސަލާމަތެއް ނުވާނެ އޭ. އެމީހުން ބުނޭ ވިއްޔަ، ސަލާމަތެއް ކަލެއެއް ނުވާނެއޭ. އެހެންވީމަ ހިތަށް އެރީ މިތާ މިހެން އޮތުމަށް ވުރެ މަރުވުންވެސް މާ ރަނގަޅުވާނެއޭ." އެދުވަހު އެކަންތައް ދިމާވުމުގެ ކުރިން އެނާގެ ސިކުނޑިއަށް އެތައް ހިޔާލުތަކެއް ވަނެވެ. މީހާ ބޯ ހާސްވެ، ދިރިއުޅުން މަތިން އެއްކޮށް ބިރުގަނެ، ދުނިޔެއިން ނެތިގެންދާން ބޭނުންވިއެވެ.

އެއަށް ފަހު އަނެއްކާވެސް އޭނާ ގޮޅި ތެރެއަށް ލިއެވެ. އެދުވަހުގެ ހަވީރު ފުލުހުން އައިސް އޭނާ ޑޮކްޓަރަށް ދެއްކިއެވެ. އަތޮޅު ހޮސްޕިޓަލުގެ ޑޮކްޓަރު އޭނާ ބަލާ ނަފްސާނީ ބައްޔަކަށް ބޭސްދިނެވެ. އަދި އިތުރަށް ނަފްސާނީ ބަލިތަކަށް ހާއްސަ ޑޮކްޓަރަކަށް ދެއްކުމަށް ލަފާވެއްވިއެވެ.

އެހެން ނަމަވެސް ފުލުހުންގެ ބަންދުގައި ހުރި އިރު އޭނާ ނަފްސާނީ އެއްވެސް ޑޮކްޓަރަކަށް ދައްކާފައެއް ނުވެއެވެ. މައްސަލަ ބެލުމަށް ފަހު ފުލުހުން އޭނާ ދޫކޮށްލީއެވެ.

އެޒުވާނާ މީގެ ކުރިންވެސް ހައްޔަރު ކޮށްފައިވެއެވެ. އޭރު އުމުރުން އެންމެ 17 އަހަރެވެ. 2015 ވަނަ އަހަރު ހައްޔަރުކޮށް ޖިސްމާނީ ގޮތުން އަނިޔާކޮށްފައިވާ ކަމުގެ މައްސަލަ ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރަށް މައްސަލައެއް ހުށަހަޅާފައިވެއެވެ. އަދި އެމައްސަލަ ނޭޝަނަލް އިންޓަރގްރިޓީ ކޮމިޝަނަށް ވެސް ހުށަހެޅިއެވެ.

އެ ޒުވާނާވަނީ ތަފާތު ފަސް ޑޮކްޓަރުންނަށް ދައްކާފައެވެ. އެ ޒުވާނާ ބެއްލެވި ނިއުރޮލޮޖިސްޓެއް ކަމުގައިވާ، އަހުމަދު ރަޝީދު އަދި ސައިކޭޓްރިސްޓެއް ވަނީ އޭނާއަކީ ޕެރަނޮއިޑް ސްކިޒޮފްރޭނިއާ ހުންނަ މީހެއް ކަމަށް ޑައިގްނޯސް ކޮށްފައެވެ. އެހެން ސައިކޭޓްރިސްޓެއް ވަނީ އޭނާ އަކީ "ޕާސިސްޓެންޓް މޫޑް ޑިސްއޯރޑާ ވިތު އިމްޕަލްސިވް ބިހޭވިޔަރ" ހުންނަ މީހެއް ކަމަށް ނިންމާފައެވެ. މީގެ އިތުރުން ރާއްޖޭގައި މަސައްކަތް ކުރާ އިތުރު ސައިކޭޓްރިސްޓެއް ވަނީ އޭނާ އަކީ ޑިޕްރެސިވް އެޕިސޯޑްތައް ދިމާވާ މީހެއް ކަމަށް ޑައިގްނޯސް ކޮށްފައެވެ. މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުން ވެސް ޑޮކްޓަރުންގެ ލިޔެކިޔުމަށް ބެލުމަށްފަހުގައި އެ ޒުވާނާއަކީ ބުއްދި ފުރިހަމަ ނުވާ ކުއްޖެއް ކަމަށް ނިންމާފައިވެއެވެ.

"އިސްލާމްދީނުގައި ތަސައްރަފް ފުދުމޭ ބުނެދޭ ބަހުގެ މާނައީ ތިމާގެ އަމިއްލަ ކަންތައްތައް ކުރުމުގެ ގާބިލުކަން ލިބިފައިވުމާއި ތިމާއަށް ގެއްލުން ދެނިވި ކަންތައްތަކުން ދުރުހެލިވާނޭ މިންވަރަށް ބުއްދީގެ ބާރު ލިބުވުމާއި ޝަރްއީ ހުރިހާ ކަމެއް އަމިއްލައަށް އެނގުމެވެ.އިސްލާމްދީނުގައި ރުޝްދު ލިބިފައިވުމޭ ބުނެވެނީ އިސްވެ ބަޔާންވެދިޔަ ކަންތައްތައް އަމިއްލަޔަށް އެހެން މީހެއްގެއެހީއާއި ނުލައި ކުރަން އެނގުމެވެ." ފަތުވާދޭ މަތީ މަޖިލީހުގެ ލިޔުމުގައި ބަޔާންކޮށްފައެވެ.

އެ ޒުވާނާވަނީ ނަފްސާނީ ބަލި މީހުންގެ ދަފްތަރުގައި މިއަހަރުގެ ފެބްރުއަރީ މަހު ހިމަނާފައެވެ.

ނަފްސާނީ ބަލިތަކުގެ ޝިކާރައަކަށްވެފައިވީ ނަމަވެސް އޭނާ އަކީ އޭނާގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ ޒިންމާ ނުނެގޭ ވަރުގެ ނަފްސާނީ ބައްޔެއް ހުރި މީހެއް ކަމަށް ނުފެންނަ ކަމަށް ނިންމާ، ދައުވާ ކުރުން ކުރިޔަށް ގެންދިއުމަށް ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން ވަނީ ނިންމާފައެވެ. މިއީ މިއަދު އޭނާގެ އާއިލާގެ އެންމެ ބޮޑު ކަންބޮޑުވުމެވެ.

އެ ޒުވާނާގެ ދިރިއުޅުމުގެ ކަންކަން ހަމަޖައްސައިދިނުމުގައި މުހިއްމު ރޯލެއް އަދާކުރާ ދަރުމަވެރިޔާ، އަހުމަދު ހިޝާން ބުނީ ފުލުހުން އެފަދަ ހާލަތެއްގައި ހުރި ކުއްޖެއްގެ މައްސަލަ ބަލާފައިވަނީ އެކުއްޖާއަކީ ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްކަން އެނގި ހުރެ، އެ ހާލަތުގެ ސަބަބުން ބަލަންޖެހޭ ކަންކަމަށް ބެލުމެއް ނެތި ކަމަށެވެ. މިކަމުގައި ފުލުހުން ޒިންމާނަގަން ޖެހޭނެ ކަމަށް އޭނާ ބުންޏެވެ.

" އެންމެ ބޮޑަށް ކަންބޮޑުވަނީ އުމުރުން 18 އަހަރު ވެގެންދިޔައިރުވެސް އޭނާއަކީ ނަފްސާނީ ކޮންކަހަލަ ނުކުޅެދުންތެރިކަމެއް ހުރި ކުއްޖެއްކަން ޑައިގްނޯސް ކުރެވިފައެއް ނެތް. ދެނެގަނެވިފައެއް ނެތް. ފުލުހުންގެ ބެލުމުގެ ދަށުގައި ހުރެ ދަންޖެހެން މަސައްކަތް ކުރުމުން ވެސް އެކަމުގެ ހާއްސަ ޑޮކްޓަރަށް ދެއްކިފައެއް ނުވޭ. އޭނާގެ މަންމައަކީވެސް ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހަކަށްވާއިރު ދައުލަތުން ވަނީ އެޒުވާނާ ބެލުމުގައި ވަރަށް ބޮޑަށް އިހްމާލުވެފައި." ހިޝާން ކިޔާދިނެވެ.

ރާއްޖޭގައި ތިބި ހުރިހާ ނަފްސާނީ ޑޮކްޓަރުންނަށް ދައްކައި ހުރިހާ ޑޮކްޓަރުން ވެސް އޭނާއަކީ ނަފްސާނީ ބަލިތަކެއް ހުރި ކުއްޖެއް ކަމަށް ބަޔާން ކޮށްފައިވާއިރު މިކަމުގައި އިހްމާލުވެފައިވާ ހުރިހާ ފަރާތްތަކާމެދު ފިޔަވަޅު އެޅެން ޖެހޭ ކަމަށް ހިޝާން ވިދާޅުވިއެވެ.

" ވަރަށް ރީއްޗަށް މީހާ ހުރިކަމުގައިވީ ނަމަވެސް، އޭނާ ތަހައްމަލު ކުރަމުންދާ ކަންތައްތައް އިހްސާސް ކުރެވޭނީ އެމީހަކާއެކު ވަގުތު ހޭދަކުރުމުން. އިހްސާސްތައް ދެނެގަނެގެން. ކުޑަ އިރުވެސް ދަންޖެހެން މަސައްކަތް ކުރި. އަމިއްލަ ނަފްސަށް ގެންލުންދީފައިވޭ. ބައެއް ފަހަރު ދޯނިތަކުން ކަނޑަށް ފުންމާލާ. އެކަންކަން ކުރީ ކިހާވަރެއްގެ ނަފްސާނީ މައްސަލަތަކެއް ހުރީމަކަން މިއަދު މި އެނގެނީ." ހިޝާން ވިދާޅުވިއެވެ.

ގާނޫނީ ވަކީލު ހުސައިން ޝަމީމު ވިދާޅުވީ، ހާއްސައެހީއަށް ބޭނުންވާ މީހުންނަކީ ކުށުގެ ޒިންމާ އުފުލުމުގެ ގާބިލްކަން ނެތް ބައެއްކަމުން އެފަދަ ފަރާތްތަކާމެދު އަމަލު ކުރުމަށް ގާނޫނުލް އުގޫބާތުގެ 50 ވަނަ ބާބުގައި އުސޫލުތަކެއް ބަޔާންކޮށްފައިވާ ކަމަށެވެ.

" މީގަ ފްރޮސެކިއުޓަރ ޖެނެރަލްގެ ޒިންމާއެއްވެސް އެބައޮތް. ޕްރޮސެކިއުޓަރ ޖެނެރަލް އެބަ ޖެހިވަޑައިގަންނަވާ ލިބިފައިހުރި ރިޕޯޓްތަކަށް ބައްލަވަން. ޕްރޮސެކިއުޓަރ ޖެނެރަލް ބައްލަވައިނުދެއްވައިފިއްޔާ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބައޮވޭ، ފަނޑިޔާރަށް ވެސް އެކަމަށް ގޮތެއް ނިންމެން." ޝަމީމު ވިދާޅުވިއެވެ.

ނަފްސާނީ މައްސަލަތަކެއްގެ ޝިކާރައަކަށްވެފައިވާ ޒުވާނުން އަމިއްލަ ނަފްސަށް އަނިޔާ ކުރަން ފެށުމުގެ ކުރިން އޭނާ ކައިރީގައި އުޅޭ ފަރާތްތަކަށް އެތަށް ސިގްނަލެއް ދޭނެ ކަމަށް މަޝްހޫރު ކްލިނިކަލް ސައިކޮލޮޖިސްޓް ޑރ. އައިޝަތު އަލީ ނާޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް އަމިއްލައަށް މަރުވުމަށް މަސައްކަތް ކޮށް އަމިއްލަ ނަފްސަށް އަނިޔާދިނުމަކީ އެއްވެސް ހާލެއްގައި ކޮށްގެންވާނެ ކަންކަމެއް ނޫން. އެހެން ނަމަވެސް މިފަދަ ކަމެއް ކުރާ ކަމުގައިވަނީ ނަމަ ދެންތިބޭ މީހުންގެ ޒިންމާއަކީ އެކަން ހުއްޓުވަން މަސައްކަތް ކުރުން. އަމިއްލަ ނަފްސަށް ގެއްލުން ނުދީ، އެފަދަ އިހްސާސްތަކެއް ކުރެވޭ ކަމުގައިވަނީނަމަ އެކަން އިތުބާރު ހުރި މީހަކަށް ކިޔާދޭންޖެހޭ. އަދި އެފަދަ ވާހަކައެއް އަޑުއަހާ އެކުއްޖަކަށް ބޭނުންވާ އަޅާލުން ދިނުން.އެވާހަކަތައް އެއްވެސް ހާލެއްގައި އާދައިގެ ވާހަކަތަކެއްގެ ގޮތުގައި ނަގައިގެން ނުވާނެ." ނާޒް ވިދާޅުވިއެވެ.

ނަފްސާނީ ގޮތުން ޒުވާނުންނަށް މިފަދަ ހާލަތްތައް ކުރިމަތިވާ މިންވަރު އަންނަނީ އިތުރުވަމުންނެވެ. އެފަދަ ފަރާތްތަކަށް ބޭނުންވާ ރައްކާތެރިކަމާ އަޅާލުން ދިނުމުގައި މުޖުތަމައުގައި ދިރިއުޅޭ ކޮންމެ މީހެއްގެ ޒިންމާއެއް އެބައޮތެވެ. ފުލުހުންގެ މުއައްސަސާގައި ތިބޭ ފަރާތްތަކަކީވެސް ނަފްސާނީ ބަލިތަކަށް ހޭލުންތެރިވެފައިވެ، މީހުން ހައްޔަރު ކުރުމުގައި ހަރަކާތްތެރިވާ ފުލުހުންނާއި ޑިއުޓީގައި ތިބޭ ފުލުހުންނަކީވެސް ނަފްސާނީ ބަލިތަކަށް ހޭލުންތެރިވެފައިވާ، އިންސާނީ ހައްގުތަކުގެ މިންގަނޑުތައް ދަންނަ ބަޔަކަށް ވާންޖެހެއެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

 ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

ޑިޕްރެޝަންގެ ވާހަކަ ދައްކަމާ!

08 އެޕްރީލު 2017
އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

އެންމެ ގިނައިން ރިޝްވަތުދޭ ވާހަކަ ދައްކަނީ ޔާމިން

07 އެޕްރީލު 2017
ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

ދެއްކެނީ ކޮން ވާހަކައެއް، ނުދެއްކެނީ ކޮން ވާހަކަ ހެއްޔެވެ؟

01 އެޕްރީލު 2017
މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

މިޔަރު ހަމަލާދިން ޒުވާނާގެ ވާހަކަ

30 މާރިޗު 2017
މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

މީ ދައްކަން ވެއްޖެ ވާހަކައެކެވެ. ނުދައްކާ ވާކަށް ނެތެވެ.

24 މާރިޗު 2017

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު