Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެހޮރައިޒަން ފިޝަރީޒް

މަސްވެރިންނާއި އެއްބަސްވާ މުއްދަތުގެ ތެރޭގައި ފައިސާ ދެމުން އެބަގެންދަން: ހޮރައިޒަން ފިޝަރީޒް

14 ނޮވެމްބަރު 2022 | ހޯމަ 02:30

ކުންފުނި ބަދުނާމުވާގޮތަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށް ބުނޭ

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 14 ނޮވެމްބަރު 2022 | ހޯމަ 02:30
ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް މާންދޫ

ހޮރައިޒަން ފިޝަރީޒް ކޮމްޕްލެކްސް މާންދޫ

ލ. މާންދޫގައި ހިންގާ ކާރުޚާނާއަށް މަސްވެރިން ބާނާ މަސް ގަތުމުގައި އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ދޭން ޖެހޭ ފައިސާ ދިނުމަށް ވަރަށް ބޮޑު އިސްކަމެއް ދީގެން އެ މަސައްކަތް ކުރަމުންގެންދާ ކަމަށް ހޮރައިޒަން ފިޝަރީޒް އިން ބުނެފިއެވެ.

އެ ކުންފުނިން ހޮނިހިރު ދުވަހު ނެރުނު ބަޔާނުގައި ބުނީ މާންދޫ މަސް ފެކްޓްރީ ބޭރުގައި މުޒާހަރާކޮށް، މުޒާހަރާގެ ތެރޭގައި އެ ކުންފުނި ބަދުނާމުވާގޮތަށް ދައްކާފައިވާ ވާހަކަތަކަކީ ކަނޑައެޅިގެން ޙަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ. އެ ކުންފުނިން އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި މަސް ގަތުމަށްފަހު ފައިސާ ދޭ ކަމަށާއި ސަރުކާރުން ސަބްސިޑީ ލިބޭ ކުންފުނިތަކުން މަސް ގަނެ، ތެޔޮ ވިއްކާ އަގުތަކުގައި މަސް ގަނެ، ތެޔޮ ވިއްކުމަކީ ޕްރައިވެޓް ކުންފުނިތަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

Advertisement - newsAdvertisement

މިވަގުތު ދުނިޔޭގެ އެކި ހިސާބުތަކުގައި ހިނގަމުންދާ ކަންކަމާއި ގުޅިގެން، މަސްގަތުމުގެ އިންތިޒާމު މިހާރަށްވުރެ ފަސޭހަކޮށް ހަމަޖައްސައިދިނުމަށް ކުރަމުންގެންދާ މަސައްކަތަށް ދަތިތަކާއި ކުރިމަތިވެފައިވާކަން ފާހަގަކޮށް ހޮރައިޒަނުން ބުނީ އެ ކުންފުނިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ އެކި މަޝްރޫއުތަކަށް ވެސް ގޮންޖެހުންތަކާ ކުރިމަތިވެފައިވާ ކަމަށެވެ. އަދި މަސްވެރިންނާއި ދާއިރާއަށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް އެ ކުންފުނިން ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.

މާންދޫ ފިޝަރީޒް ކޮންޕްލެކްސްއަށް މަސް ކިރާ ދޯނިތަކާއި މަޝްވަރާކޮށް ދިމާވެފައިވާ ދަތިތަކަށް ހައްލުހޯދުމަށް މަސައްކަތް ކުރަމުންދާ ކަން ވެސް ހޮރައިޒަން ފިޝަރީޒްގެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

އެ ކުންފުނިން އިތުރަށް ބުނީ މަސްވެރިކަމުގެ ސިނާއަތަކީ ދުނިޔޭގެ މަސްރަހުގައި ހިނގަމުންދާ އެކި ކަންކަމަށް ބަރޯސާވެފައިވާ ސިނާއަތެއް ކަމަށާއި އޭގެ ތެރޭގައި ދުނިޔޭގެ އިގުތިސާދީ ހާލަތާއި، ބޭނުން ކުރާ ތަކެތީގެ އަގާއި ދުނިޔޭގެ މާކެޓްގެ ވާދަވެރިކަން ހިމެނޭކަމަށެވެ. އަދި މިވަގުތު ދުނިޔޭގެ މާކެޓްގައި މަހުގެ އަގު ވަނީ ވަރަށް ބޮޑަށް ދަށްވެފައިވާ ކަމަށާއި މީގެ ސަބަބުން ރާއްޖޭގައި ބާނާ މަހަށް ދެކޮޅުޖެއްސޭފަދަ އަގެއް ނުލިބޭތީ ކުންފުނި ހިންގުމަށް ދަތިވެފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

ހޮރައިޒަން ފިޝަރީޒް އިން ބުނީ މަހުގެ އަގާއި ދަތުރު ފަތުރާއި ތަކެތީގެ އަގަށް އައިސްފައިވާ ބަދަލުގެ ސަބަބުން ފާއިތުވި އަހަރުތަކުގައި އެ ކުންފުނި ހިންގަމުން ދަނީ ބޮޑު ގެއްލުމެއްގައި ކަމަށެވެ. ނަމަވެސް އެއްބަސްވެވޭ މުއްދަތުގެ ތެރޭގައި މަސްވެރިންނަށް ފައިސާ ދެމުން އަންނަ ކަމަށާއި އެ ފައިސާ ދެނީ އެކިގޮތްގޮތުން ދަރަންޏަށް ފައިސާ ހޯދައިގެންނާއި، އެކުންފުނި ހިމެނޭ ގްރޫޕްގެ އެހެން ކުންފުނިތަކުގެ އެހީތެރިކަމާ އެކުގައި ކަމަށެވެ.

އެ ކުންފުނިން ވަނީ ރައްޔިތުންގެ ހިތުގައި ކުންފުންޏާމެދު އުފެދިފައިވާ އިތުބާރާއި، ލޯބި ފަނޑުކޮށްލަން ސޯޝަލް މީޑިއާ އަދި މުޒާހަރާ މެދުވެރިކޮށް، ގަސްތުގައި އެކިފަހަރުމަތިން މަސައްކަތް ކޮށްފައިވާކަން ފާހަގަކޮށް އެއީ ހަގީގަތް އޮޅުވާލުމަށް ހިންގާފައިވާ، ވަރަށް ނާތަހުޒީބު އަމަލުތަކެއް ކަމަށް ބުނެފައެވެ. އަދި އެ ކުންފުނި ބަދުނާމުވާގޮތަށް މަސްވެރިންނާއި އާންމު ރައްޔިތުންގެ މެދުގައި ކުންފުންޏަށް އޮތް އިތުބާރު ގެއްލޭގޮތަށް، ހަގީގަތާ ޚިލާފު، ދޮގު ވާހަކަތައް ނުފެތުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އެންމެ ހިނގާ

1

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ދިރިއުޅުއްވާ ހިލާލީ ގެޔަށް މަހަކު 3 ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުވާކަން ހާމަވެއްޖެ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަރާލާ ނުވަތަ އަތުލައިގަންނަ އެމެރިކާގެ ކޮންމެ ސިފައިންގެ މީހަކަށް 30،000 ޑޮލަރުގެ އިނާމު އީރާނުން ހުށަހަޅައިފި

5

ގެއްލުނު ޕައިލެޓުންގެ ތަހުގީގަށް މަގުފަހިކޮށްދޭން އީރާނުން ގަތަރަށް ގޮވާލައިފި

އިތުރަށް ކިޔާލަން

21 ޖެނުއަރީ 2017

ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ

21 ޖެނުއަރީ 2017
ޓާޓާ ފްލެޓަށް ފައިސާ ދެއްކޭނެ މީހުންނާ ނުދެއްކޭނެ މީހުން ސާފްވާނީ ބޭންކްތަކުން ހަދާ ފައިނޭޝަން ސްކްރީނިން ނިމުމުން: އެޗްޑީސީ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
20 ޖެނުއަރީ 2017

"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ

20 ޖެނުއަރީ 2017
"ހިޔާނަތްތެރިވެފައިވާ" މީހުން ފައިސާ އަނބުރާ ދެއްކުމަށް ދަނީ އެއްބާރުލުން ދެމުން: ފިނޭންސް މިނިސްޓްރީ
18 ޖެނުއަރީ 2017

ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ

18 ޖެނުއަރީ 2017
ވިސްނުން ހުރީ މި މަހުގެ ތެރޭގައި ވިސާމްގެ ޝަރީއަތް ނިންމާލަން: ގާޒީ
15 ޖެނުއަރީ 2017

ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ

15 ޖެނުއަރީ 2017
ސްޓެލްކޯއިން ދެލައްކަ ޑޮލަރު ގަންނަން ދިން ފައިސާ ގެއްލިއްޖެ
15 ޖެނުއަރީ 2017

ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި

15 ޖެނުއަރީ 2017
ޔުނިމެކްސް މޯލްޑިވްސްގެ އޮފީސް ފަޅާލާ ތިން ލައްކައަށްވުރެ ފައިސާ ވަގަށް ނަގައިފި
11 ޖެނުއަރީ 2017

ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް

11 ޖެނުއަރީ 2017
ރަބަރޭ މަރާލުމަށް ފަހު ބިލާލް ފޮޓޯ ފޮނުވި، ރާވައި ފައިސާ ޚަރަދުކުރީ އިބްރާހިމް: ދައުލަތް
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
07 ޖެނުއަރީ 2017

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި

07 ޖެނުއަރީ 2017
އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި އެނަޖީ ޑްރިންކް ވިއްކުން މަނާކޮށްފި
06 ޖެނުއަރީ 2017

ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި

06 ޖެނުއަރީ 2017
ވަގަށް ނަގާފައިވާ ގިނަ އަދަދެއްގެ ފައިސާ ހޯދާ މީހަކު ހައްޔަރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް