Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކ. ކާށިދޫގެ ކުރުހިންނަ ތަރާގަނޑު

ކ. ކާށިދޫގެ ކުރުހިންނަ ތަރާގަނޑު ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތް ފަށައިފި

13 ނޮވެމްބަރު 2022 | އާދީއްތަ 09:02

ކުރިއަތް އޮތް ހަފްތާތަކުގެ ތެރޭގައި މަސައްކަތް ނިންމާ، ތަން ސާފުކޮށް ބެލެހެއްޓޭނެ

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 13 ނޮވެމްބަރު 2022 | އާދީއްތަ 09:02
ކ. ކާށިދޫގެ ކުރުހިންނަ ތަރާގަނޑު ސަރަޙައްދު ސާފު ކުރަނީ

ކ. ކާށިދޫގެ ކުރުހިންނަ ތަރާގަނޑު ސަރަޙައްދު ސާފު ކުރަނީ

ކ. ކާށިދޫގެ ކުރުހިންނަ ތަރާގަނޑު ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތް ހުކުރު ދުވަހު ފަށައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެއްވަމުން ހެރިޓޭޖް މިނިސްޓްރީގެ ޑިރެކްޓަރ ކޮމިއުނިކޭޝަން އިސްމާޢީލް ނާއިލް ނަޝީދު ވިދާޅުވީ އެތަން ސާފުކުރުމަށް ހުށަހެޅުއްވީ ކާށީދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ އިސްނެންގެވުމުގެ މަތިން ކަމަށެވެ. އަދި އެ ރަށުގެ ރައްޔިތުންނާއި ކައުންސިލާއި ގުޅިގެން ތަން ސާފުކުރުމަށް އެދިވަޑައިގެންނެވި ކަމަށެވެ.

Advertisement - newsAdvertisement

ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުގެ އިރުޝާދުގެ ދަށުން މަސައްކަތް ފަށާފައިވާއިރު ކުރިއަތް އޮތް ހަފްތާތަކުގެ ތެރޭގައި މަސައްކަތް ނިންމާ، ތަން ސާފުކޮށް ބެލެހެއްޓޭނެ ކަމަށް ނާއިލް ވިދާޅުވިއެވެ.

އެ ސަރަޙައްދު ސާފު ކުރުމުގެ މަޤްސަދަކީ އެތަން ރައްޔިތުންނަށް ބަލާލެވޭ ގޮތަށް، ތާރީޚު އެނގޭ ގޮތަށް، ރައްކާތެރި ކަމާއެކު ބެލެހެއްޓޭ ތަނަކަށް ހެދުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި އުއްމީދަކީ ރަށުގެ ތާރީޚާއި ތަނުގެ ތާރީޚީ މަޢުލޫމާތު ލިބޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުން ކަމަށް ނާއިލް ވިދާޅުވިއެވެ.

ނާއިލް އިތުރަށް ވިދާޅުވީ ރަށްރަށުގައި ހުރި މިފަދަ އާސާރުތައް ހިމާޔަތްކޮށް، ރައްކާތެރިކޮށް ބެލެހެއްޓުމުގެ އެންމެ ބޮޑު ބޭނުމަކީ ސަޤާފީ ފަތުރުވެރިކަމުގެ ތެރެއިން ރަށްރަށަށް ނަފާ ވަންނާނެ ގޮތެއް ހޯދުން ކަމަށެވެ.

މިފަދަ ކޮންމެ މަސައްކަތަކަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި ރައްޔިތުންނާއި ކުންފުނިތަކާއި ކައުންސިލްތަކުން ވެސް އިސްނަންގަވާކަމީ އުފާކުރާ ކަމެއްކަން ނާއިލް ފާހަގަކުރެއްވިއެވެ.

ކާށިދޫ ކުރުހިންނަ ތަރާގަނޑަކީ މިހާތަނަށް ރާއްޖޭގައި އާކިއޮލޮޖިކަލް ހަމަތަކުގެ މަތިން ކޮނެ، ދިރާސާ ކުރެވިފައިވާ ހަމައެކަނި އާސާރީ ސަރަޙައްދެވެ. 1996 ން 1998 އާއި ދެމެދު 1880 އަކަމީޓަރުގެ ސަރަޙައްދެއް ކޮނެގެން ކުރި ދިރާސާތަކުން އެނގުނު ގޮތުގައި އެ ސަރަޙައްދަކީ މީލާދީން 7 ވަނަ ޤަރުނާއި 8 ވަނަ ޤަރުނާއި ދެމެދު (މީގެ 1300-1400 އަހަރު ކުރި) ބުޑިސްޓު އެކުވެންޏެއްގެ ގޮތުގައި ބޭނުންކުރި ތަނެކެވެ. އެތަނުގައި ފެންނަންހުރީ މުރަކަ ގަލުން ހަދާފައިވާ ބިނާތަކެއްގެ ތަރާގަނޑުތަކެކެވެ. އަދި އޭރު ކުރެވުނު ދިރާސާތަކުން އެ ޒަމާނުގައި ދިވެހިންގެ ދިރިއުޅުން ހުރި ގޮތާއި ގުޅޭ ބައެއް މަޢުލޫމާތު ވަނީ އެއްކުރެވިފައެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

21 ފެބުރުއަރީ 2017

ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި

21 ފެބުރުއަރީ 2017
ފ. އަތޮޅަށް ހަދަން އުޅޭ ގޮތް ސާފުކޮށްދިނުމަށް ގޮވާލާ ޓްރާންސްޕޭރަންސީން ހަރަކާތަތްތަކެއް ފަށައިފި
18 ފެބުރުއަރީ 2017

ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި

18 ފެބުރުއަރީ 2017
ސާފު ބޯފެން ފޯރުކޮށްދިނުމުގެ މެންޑޭޓް މަޖިލީހުގެ ކޮމިޓީން ބަދަލުކޮށްފި
06 ފެބުރުއަރީ 2017

ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް

06 ފެބުރުއަރީ 2017
ކޮރަޕްޝަނާއި އަދުލު އިންސާފުގެ އެއްވެސް ވާހަކައެއް ރިޔާސީ ބަޔާނަކު ނެތް
29 ޖެނުއަރީ 2017

ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް

29 ޖެނުއަރީ 2017
ނާޒިމްގެ މައްސަލައިގައި ސުޕްރީމް ކޯޓުން އަމަލުކޮށްފައިވަނީ ބޭއިންސާފުން: އާޒިމް
25 ޖެނުއަރީ 2017

ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން

25 ޖެނުއަރީ 2017
ރާއްޖެޓީވީ ނޫސްވެރިންގެ މައްސަލައިގައި އަދުލް އިންސާފުގެ ހުރިހާ ދޮރެއްގައި ޓަކި ޖަހާނަން: ހަސީން
25 ޖެނުއަރީ 2017

އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި

25 ޖެނުއަރީ 2017
އައްސޭރި ޖަލުގެ ޕެރިމީޓަރ ސާފުކޮށްފި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
13 ޖެނުއަރީ 2017

އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި

13 ޖެނުއަރީ 2017
އިންސާފުވެރި އިންތިހާބަކަށް ގޮވާލައި ބޭއްވި އެއްވުމަށް ފުލުހުން ހުރަސްއަޅައިފި
13 ޖެނުއަރީ 2017

މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ

13 ޖެނުއަރީ 2017
 މިނިވަން އިންސާފުވެރި އިންތިޚާބެއް ހޯދުމަށް ގޮވާލައި އެމްޔޫއޯއިން އެއްވުމެއް ބާއްވަނީ
09 ޖެނުއަރީ 2017

ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް

09 ޖެނުއަރީ 2017
ޝަރުއީ ކޯޓުތަކުގެ ސަބަބުން މިނިވަން އިންސާފުވެރި އިންތިހާބެއް ނުބޭއްވޭނެ: އަނަސް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް