Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ލީޑިންގ ޑެސްޓިނޭޝަން އެވޯޑް

ލީޑިންގ ޑެސްޓިނޭޝަން އެވޯޑް ލިބުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ މަސައްކަތްވެސް ޝާމިލުވޭ: ތޮއްޔިބު

މި އެވޯޑް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދަނިކޮށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 12 ނޮވެމްބަރު 2022 | ހޮނިހިރު 15:21
ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުން

ޑަބްލިއުޓީއޭގެ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއަށް ލިބުން

ވޯލްޑް ޓޫރިޒަމް އެވޯޑް (ޑަބްލިއުޓީއޭ)ގެ އެންމެ ޝަރަފުވެރި އެވޯޑް "ވޯލްޑްސް ލީޑިންގ ޑެސްޓިނޭޝަން" އެވޯޑް ރާއްޖެއިން ތިންވަނަ ފަހަރަށް ދިފާއުކުރުމުގައި ދިވެހި ހުރިހާ ރައްޔިތުންގެ މަސައްކަތްވެސް ޝާމިލުވާކަމަށް އެމްއެމްޕީއާރްސީގެ މެނޭޖިންގ ޑިރެކްޓަރ ތޮއްޔިބު މުޙައްމަދު ވިދާޅުވެއްޖެއެވެ.

ޖެހިޖެހިގެން ތިންވަނަ އަހަރު ރާއްޖެއަށް މި އެވޯޑް ލިބުނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް 50 އަހަރު ފުރުން ފާހަގަކުރަމުން ދަނިކޮށެވެ. އެގޮތުން މި އެވޯޑް ރާއްޖެއިން ހާސިލުކުރީ 18 ގައުމަކާ ވާދަކޮށްގެންނެވެ. އެއީ އާޖެންޓީނާ، ބްރެޒިލް، ޗިލީ، ކޮލޮމްބިއާ، ކޮސްޓަރީކާ، ދުބާއީ، ގްރީސް، އިންޑިއާ، އިންޑޮނޭޝިއާ، ޖެމެއިކާ، ކެންޔާ، މެކްސިކޯ، ނިއުޒީލޭންޑް، ޕޯޗުގަލް، ދެކުނު އެފްރިކާ، ސްޕެއިން، އެމެރިކާ އަދި ވިއެޓްނާމެވެ.

Advertisement - newsAdvertisement

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ތޮއްޔިބު ވިދާޅުވީ، ރާއްޖެއަށް އެވޯޑް ލިބިގެންދިޔަ ވަގުތުކޮޅަކީ ނުހަނު ބޮޑު އުފާވެރިކަމެއް ލިބިގެންދިޔަ ވަގުތުކޮޅެއް ކަމަށެވެ. އެގޮތުން ވާރލްޑް ޓްރެވަލް އެވާރޑްސް ގައި ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރާއްޖެއަށް ވާރލްޑް ލީޑިންގ ޑެސްޓިނޭޝަން ލިބިގެން ދިއުމަކީ ލިބުނު ބޮޑު ފަޚުރެއްގެ ގޮތުގައި ތޮއްޔިބު ވަނީ ސިފަ ކުރައްވާފައެވެ.

ތޮއްޔިބު ވިދާޅުވީ، ފަތުުރުވެރިކަމުގެ 50 އަހަރު ފުރުން ފާހަގަކުރަމުންދާ މި ދަނޑިވަޅުގައި ރާއްޖެއަށް ލިބިގެން މި ދިޔަ ބޮޑު ފަޚުރަކީ މުޅި ދިވެހި ފަތުރުވެރިކަމުގެ ސިނާއަތަށްވެސް ލިބިގެންދިޔަ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

ނިމިގެން ދިޔަ 3 އަހަރަކީވެސް ފަތުރުވެރިކަމަށް އެންމެ ބޮޑެތި ގޮންޖެހުންތައް ދިމާވި 3 އަހަރުކަން ފާހަގަ ކުރައްވައި ތޮއްޔިބު އިތުރަށް ވިދާޅުވީ، އެ ގޮންޖެހުންތަކާއެކުވެސް ރާއްޖެއިން 3 އަހަރު ޖެހިޖެހިގެން މި އެވޯޑް ޙާސިލުކޮށްފައިވަނީ އެތައް ޤައުމަކާއި ވާދަކޮށްގެން ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ، މި ކާމިޔާބީގެ ފަހަތުގައި ވަނީ ފަތުރުވެރިިކަމުގެ މުޅި ސިނާއަތް ކަމަށާއި، މިއީ އެތައް ބައެއްގެ މިންނެތް މަސައްކަތް ކަމަށެވެ.

ތޮއްޔިބު ވިދާޅުވީ، ވާރލްޑް ލީޑިންގ ޓޫރިސްޓް ބޯޑު ދިވެހި ރާއްޖެއަށް ލިބިގެން މި ދިޔައީ ފުރަތަމަ ފަހަރަށް ކަމަށާއި، މިއީވެސް ނުހަނު ވާދަވެރި އެވާރޑެއް ކަމަށެވެ. ސަބަބަކީ މިއީ ދުނިޔޭގެ ޤައުމުތަކުގެ ފަތުރުވެރިކަން ޕްރޮމޯޓުކޮށް، މާކެޓުކުރާ ފަރާތްތަކުގެ މެދުގައި ނެގުނު އެވޯޑަކަށްވާތީކަން ތޮއްޔިބު ފާހަގަ ކުރެއްވިއެވެ.

މިއީ އެމްއެމްޕީއާރްސީއަށް ލިބުނު އެވޯޑެއް ނަމަވެސް، މިއީ މުޅި ސިނާއަތަށާއި، ދިވެހި ރައްޔިތުންނަށް ލިބުނު ރީތި ނަމެއްކަމަށް ތޮއްޔިބު ވިދާޅުވިއެވެ.

ތޮއްޔިބު ވިދާޅުވާ ގޮތުގައި މިއީ ނިމިދިޔަ 3 އަހަރު އެމްއެމްޕީއާރްސީގެ މުވައްޒަފުންނާއި، ސިނާއަތުގެ އެކި ފަރާތްތަކުން ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ.

ޑަބްލިޔުޓީއޭގެ އެވޯޑްތަކަކީ ދުނިޔޭގެ ޓޫރިޒަމްގެ އިތުރުން ދަތުރުފަތުރުގެ ސިނާއަތުގައިވެސް އެންމެ ޝަރަފުވެރި، އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

މެމްބަރު ގައުމަކަށް ވީތީ އދ. ގެ ނިންމުންތައް ދިވެހި ސަރުކާރުން އިޙްތިރާމް ކުރަން ޖެހޭ: މައުމޫން ފެކްޝަން

27 ޖެނުއަރީ 2017
މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

މާލޭ ސަރަހައްދަށް މުޅި އާބާދީ ޖަމާކޮށްފަ، ޗައިނާ މީހުންނަށް ރަށްތަށް ދޫކޮށްލަން ދިވެހިން ބޭނުންމެއް ނުވާނެ: ހަސަން ލަތީފް

26 ޖެނުއަރީ 2017
ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

ބަންގްލަދޭޝްގައި ތިބި ދިވެހި ކިޔަވާ ކުދިން މުޒާހަރާ ކުރަނީ

15 ޖެނުއަރީ 2017
 ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

ދިވެހި ޓެރަރިސްޓް ލީޑަރު ހަނގުރާމަކުރަމުން ދިޔައީ ވަޒަރިސްތާނުގެ ޖަމާއަތަކާއެކު: ދައުލަތް

15 ޖެނުއަރީ 2017
ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

ލަންކާގެ ދެ މަސް ބޯޓާއި މަސްވެރިން ސަލާމަތްކޮށްދިނުމުން ލަންކާ ސަރުކާރުގެ ތަޢުރީގް ދިވެހި ސިފައިންނަށް

13 ޖެނުއަރީ 2017

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު