Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުގައުމީ ފުޓުބޯޅަ ޓީމު

އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށްވެސް ނުކުންނަނީ

12 ނޮވެމްބަރު 2022 | ހޮނިހިރު 07:36

ސިންގަޕޫރާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 12 ނޮވެމްބަރު 2022 | ހޮނިހިރު 07:36
ގައުމީ ފުޓުބޯޅަ ޓީމު

ގައުމީ ފުޓުބޯޅަ ޓީމު

ބައިނަލްއަގުވާމީ އެކުވެރިކަމުގެ މެޗެއްގައި ރާއްޖެއިން ސިންގަޕޫރާ ދެކޮޅަށްވެސް ނުކުންނަން ހަމަޖެހިއްޖެއެވެ.

މީގެ ކުރިން ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ބުނީ، އަންނަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު ރާއްޖެއިން މެލޭޝިޔާއާ ދެކޮޅަށް ނުކުންނަން ހަމަޖެހިފައިވާ ކަމަށެވެ. އޭގެ އިތުރުން އެހެން މެޗެއްވެސް ހަމަޖެއްސުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެފްއޭއެމުން ވަނީ ބުނެފައެވެ.

ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު މެލޭޝިޔާއާ ދެކޮޅަށް ކުޅުމަށްފަހު، ސިންގަޕޫރާ ދެކޮޅަށް ރާއްޖެއިން ނުކުންނާނީ އޭގެ ތިން ދުވަސް ފަހުން، ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެކުވެރިކަމުގެ މެޗުތަކަށް ގައުމީ ޓީމު ނުކުންނައިރު، ސިންގަޕޫރު އޮތީ ފީފާ ރޭންކިންގގެ 160 ވަނައިގައެވެ. މެލޭޝިޔާ އޮތީ 146 ވަނައިގައެވެ. އެންމެ ފަހުން ނެރުނު ރޭންކިންގގައި ދެ ދަރަޖައިގެ ކުރިއެރުމާއެކު ރާއްޖެ އޮތީ ރޭންކިންގގެ 154 ވަނައިގައެވެ.

އެންމެ ފަހުން ރާއްޖެއިން ރަޙުމަތްތެރިކަމުގެ މެޗެއް ކުޅުނީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އެފަހަރު ރާއްޖެއިން ވަނީ ދެ މެޗެއް ކުޅެފައެވެ. އެއީ ބުރުނާއީއާ ދެކޮޅަށް ކުޅުނު މެޗާއި ލާއޯސްއާ ދެކޮޅަށް ކުޅުނު މެޗެވެ. އެ ދެ މެޗުންވެސް ރާއްޖެ ވަނީ މޮޅުވެފައެވެ. ރޭންކިންގގައި ދެ ދަރަޖައިގެ ކުރިއެރުމެއް ރާއްޖެއަށް ލިބުނީ އެ މެޗުތަކަށްފަހުއެވެ.

ބައިނަލްއަގުވާމީ ރަޙުމަތްތެރިކަމުގެ ގިނަ މެޗުތަކެއް ކުޅެ، ރާއްޖެއިން ބައިނަލްއަގުވާމީ ތަޖުރިބާ ހޯދުމަކީ ގައުމީ ކޯޗު ފްރެންޗެސްކޯ މޮރިއޭރޯ ޚާއްސަ އިސްކަމެއްދޭ ކަމެކެވެ. މޮރިއޭރޯގެ އިރުޝާދުގެ ދަށުން މިހާތަނަށް ގައުމީ ޓީމު ވަނީ ޖުމުލަ 9 މެޗެއް ކުޅެފައެވެ. އޭގެ ތެރެއިން މޮޅުވެފައިވަނީ 4 މެޗުންނެވެ. ތިން މެޗުން ބަލިވިއިރު، ދެ މެޗުން ވަނީ އެއްވަރުވެފައެވެ.

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

08 ޖުލައި 2017

ސިޔަނެ ތަރޫ އިންޓަނޭޝަނަލް ވޮލީބޯލް ކަޕް ރާއްޖެއިން ކާމިޔާބުކޮށްފި

08 ޖުލައި 2017
ސިޔަނެ ތަރޫ އިންޓަނޭޝަނަލް ވޮލީބޯލް ކަޕް ރާއްޖެއިން ކާމިޔާބުކޮށްފި
09 ޖޫން 2017

މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި

09 ޖޫން 2017
މޮރީޝަސް ބެޑްމިންޓަން ސީރީޒްގައި ރާއްޖެއިން ބައިވެރިވާން ނިންމައިފި
20 މެއި 2017

ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި

20 މެއި 2017
ސާބާ ޗެމްޕިއަންޝިޕް: އިންޑިއާ އަށް ސެންޗަރީއެއް ހަމަކުރެވުނު ނުދީ ރާއްޖެއިން ހިފަހައްޓައިފި
19 އެޕްރީލު 2017

ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ

19 އެޕްރީލު 2017
ސޮލިޑާރިޓީ ގޭމްސްގައި ރާއްޖެއިން ފަސް ކުޅިވަރެއްގައި ވާދަކުރަނީ
10 އެޕްރީލު 2017

ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި

10 އެޕްރީލު 2017
ކްރިކެޓް: އެކުވެރިކަމުގެ ތިން މެޗު ވެސް ދިވެހި ޓީމުން ކާމިޔާބުކޮށްފި
12 ފެބުރުއަރީ 2017

ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ

12 ފެބުރުއަރީ 2017
ރާއްޖެއާއެކު އެކުވެރިކަމުގެ މެޗްތައް ކުޅުމަށް ދެ ގައުމަކުން އެދިއްޖެ
09 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް

09 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުން ވިކްޓްރީ އަތުން ނިއުއަށް މޮޅެއް
02 ފެބުރުއަރީ 2017

އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ

02 ފެބުރުއަރީ 2017
އެކުވެރިކަމުގެ މެޗުގައި ނިއު އަތުން މާޒިޔާ މޮޅުވެއްޖެ
25 ޖެނުއަރީ 2017

އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި

25 ޖެނުއަރީ 2017
އީގަލްސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗު މާޒިޔާ ކާމިޔާބުކޮށްފި
24 ޖެނުއަރީ 2017

ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ

24 ޖެނުއަރީ 2017
ނިއު އާއި ގްރީން ސްޓްރީޓް ބައްދަލުކުރި އެކުވެރިކަމުގެ މެޗު އެއްވަރުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް