Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޝިއާއުގެ މަރު

ޝިއާއު މަރާލި މައްސަލައިގެ ތަހުގީގު އަދިވެސް ނުނިމޭ: ފުލުހުން

12 ނޮވެމްބަރު 2022 | ހޮނިހިރު 06:34

މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ދުވަހެއް ސީދާ ބުނަން ދަތި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 12 ނޮވެމްބަރު 2022 | ހޮނިހިރު 06:34
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް

މިދިޔަ އޮގަސްޓް މަހު ހ. ޝީރީން ވިލާގައި މަރައިލި ޝިއާއު މުހައްމަދު ސައީދުގެ ތަހުގީގު އަދިވެސް ނުނިމޭކަމަށް ފުލުހުން ބުނެފިއެވެ.

މި މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ މައްޗަށް ދައުވާކުރުމަށް، އޮކްޓޯބަރު މަހުގެ ފަހުކޮޅު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާނެކަމަށް، އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފުލުހުން ވަނީ ބުނެފައެވެ.

Advertisement - newsAdvertisement

ނަމަވެސް އެ މައްސަލައިގައި ދައުވާ ކުރަން އަދި ފޮނުވާފައިވާނުވާއިރު، ރާއްޖެއެމްވީން ސުވާލުކުރުމުން ފުލުހުން ބުނީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. އަދި މި މައްސަލައިގެ ތަހުގީގު ނިންމައި، ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވޭނެ ދުވަހެއް ސީދާ ބުނަން ދަތިކަމަށެވެ.

ފުލުހުން މި މައްސަލައިގައި އެންމެ ފަހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް މުހައްމަދު ބަޝީރު ވިދާޅުވީ، ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އޭނާ މަރުވީ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. އަދި އޭނާ މަރުވިފަހުންވެސް ހަށިގަނޑަށް ހަމަލާދީފައިވެއެވެ.

ބަޝީރު ވިދާޅުވިގޮތުގައި، ޝިއާއުގެ މަރުގެ މައްސަލަ އަދިވެސް ދަނީ ކުރިއަށެވެ. އެގޮތުން، އޭނާގެ މަރާގުޅޭ އިތުރު މައުލޫމާތު ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާކަމަށާއި، އެގޮތުން 45 މީހުންނަށްވުރެ ގިނަ މީހުންނާ ސުވާލުކޮށް ސީސީޓީވީ ފުޓޭޖުތައް ބަލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށްދަނީ އެ މައްސަލައިގައި ކުށުގެ ވެށިން ހައްޔަރުކޮށްފައިވާ އަލީ ޝާހިލްގެ ފޯނުން ޑޭޓާ ހޯދުމުގެ މަސައްކަތް ކަމަށްވެސް އޭނާ އޭރު ވިދާޅުވިއެވެ.

ފުލުހުން ބުނީ ޝާހިލްގެ އެއްބާރުލުން ތަހުގީގަށް ނުލިބޭ ކަމަށެވެ. އޭނާ އެ މައްސަލައާ ގުޅޭގޮތުން ސީދާ ވާހަކަދައްކަން ބޭނުންނުވިނަމަވެސް، އޭނާ ޝިއާއު ގަސްތުގައި މަރާލިކަން ސާބިތުވާވަރަށް ހެކި ލިބިފައިވާ ކަމަށާއި، މަރާލިގޮތުގެ ތަފްސީލުވެސް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ.

އޭނާގެ ފޯނުން ޑޭޓާ ހޯދުމުގެ މަސައްކަތް ކުރަނީ ޝިއާއު މަރާލުމުގެ އަސްލު މޯޓިވް ހޯދުމުގެ ބޭނުމުގައެވެ. ޝިއާއު މަރާލީ ޝާހިލްކަން އެނގޭވަރަށް ހެކި ލިބިފައި ހުރިނަމަވެސް، ތަހުގީގު ކުރިއަށްގެންދަނީ އެ މަރުގެ ސަބަބު ނުވަތަ މޯޓިިވް ހޯދުމަށްކަމަށް ފުލުހުން ބުނެއެވެ. އެކަން މިހާރު ކުރިއަށްދާކަމަށާއި، މޯޓިވްގެގޮތުގައި ގަބޫލުކުރެވޭ ކަންކަން އެބަހުރިކަންވެސް ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނިގޮތުގައި މި މައްސަލަ އެ އިދާރާއިން ބަލަމުންދަނީ ވަރަށް ފުޅާ ވިސްނުމެއްގައެވެ. މިގޮތުން އެކި ފަރާތްތަކުން ތަފާތު ވާހަކަތައް އަޑުއިވިފައިވާކަމަށާއި، އޭގެތެރޭގައި އިސްލާމް ދީން ނޫން އެހެން ދީންތައް ޕްރެކްޓިސްކުރާކަމާއި "ކަލްޓް" ޕްރެކްޓިސްކުރާކަމުގެ ވާހަކަތައްވެސް އަޑުއިވިފައިވާ ކަމަށެވެ. ނަމަވެސް މިއީ ސީދާ މަރުގެ މޯޓިވްކަމަށް ބުނަން ނޭނގޭކަން ފުލުހުން ފާހަގަކުރިއެވެ.

ފުލުހުން ބުނީ މައްސަލައިގެ ތަހުގީގުތަކުން މިހާތަނަށް ދައްކާ ގޮތުން، ޝިއާއު މަރާލާފައިވަނީ ރާވައިގެން ނޫންކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2017

ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ

19 އޮކްޓޯބަރު 2017
ފުވައްމުލަކު ގޮނޑުދޮށަށް ލެއްގި ހިލަތައް އަދިވެސް ނަގާ ނުނިމޭ: އީޕީއޭ
20 ޖެނުއަރީ 2017

ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ

20 ޖެނުއަރީ 2017
ފެނަކައިން ޑޮލަރު ގަންނަން ފައިސާ ދިން މައްސަލައިގެ ތަހުގީގު އަދި ވެސް ނުނިމޭ: އޭސީސީ
16 ޖެނުއަރީ 2017

ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި

16 ޖެނުއަރީ 2017
ޝުމްބާގެ ޝަރީއަތް ކުރިއަށް ނުގެންދާތާ 11 މަސް، އަދިވެސް ޖަލުގައި
15 ޖެނުއަރީ 2017

ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ

15 ޖެނުއަރީ 2017
ފަރަށް އެރި ބޯޓުގެ ޖޫރިމަނާއާމެދު  އަދިވެސް ވަކި ގޮތެއް ނުނިންމާ: ޓްރާންސްޕޯޓް އޮފޯރިޓީ
11 ޖެނުއަރީ 2017

މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް

11 ޖެނުއަރީ 2017
މަރުވި ދެމަފިރިންގެ މައްސަލަ ދަނީ ތަހުގީގު ކުރަމުން: ޕޮލިސް
10 ޖެނުއަރީ 2017

ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!

10 ޖެނުއަރީ 2017
ފާތިރު މަރާލި މައްސަލައިގައި ހޯދަމުން އަންނަ އިރުފާން އަދިވެސް ނުފެނޭ!
10 ޖެނުއަރީ 2017

ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި

10 ޖެނުއަރީ 2017
ފަނޑިޔާރު އަލީ ހަމީދަށް ހަމަލާ ދޭން އުޅުނު މައްސަލައިގެ ތަހުގީގު ހުއްޓާލައިފި
10 ޖެނުއަރީ 2017

ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ

10 ޖެނުއަރީ 2017
ސަތާރަ މިލިއަން ރުފިޔާ އަދިވެސް ނުލިބޭ، ފައިސާ ހޯދަން ވަނީ ދައުވާކޮށްފައި: ފެނަކަ
08 ޖެނުއަރީ 2017

ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!

08 ޖެނުއަރީ 2017
ޔާމީން ބަންދުކުރި މައްސަލައިގެ ޝަރީއަތް: ވަކީލަކު ހަމަޖެއްސުމަށް އަމީން ފައިސަލް އަށް ހަތް ދުވަސް!
07 ޖެނުއަރީ 2017

ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ

07 ޖެނުއަރީ 2017
ސިޑިއަކާއި ސިފައިންގެ ހެލިކޮޕްޓަރު ޖެހިގެން އަނިޔާވި މީހާގެ ހާލު އަދިވެސް ސީރިއަސް: އޭޑީކޭ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް