Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއެސްޑީޖީގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް

އެސްޑީޖީގެ ކަންޓްރީ އެންގޭޖްމަންޓް ޕްލޭންގައި މީރާ، ޔޫ.އެންޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީން ސޮއިކޮށްފި

ޓެކްސް ފޮރ އެސް.ޑީ.ޖީ ޕްރޮގްރާމްގެ ތެރެއިން ޓެކްސް ނިޒާމަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ގެންނާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 07:42
ޓެކްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް

ޓެކްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް

ޓެކްސް ފޮރ ސަސްޓެއިނަބަލް ޑިވެލޮޕްމަންޓް ގޯލްސް (އެސް.ޑީ.ޖީ) ގެ ކަންޓްރީ އެންގޭޖްމަންޓް ޕްރޮގްރާމް ފެށުމުގެ ގޮތުން މީރާއިން ޔޫ.އެންޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީ އާކު ކޯޕަރޭޝަން އެގްރިމެންޓެއްގައި ސޮއިކޮށްފިއެވެ.

މި ޕްރޮގްރާމް އިފްތިތާހުކޮށްފައިވަނީ މީރާ، ޔޫ.އެން.ޑީ.ޕީ އަދި ފިނޭންސް މިނިސްޓްރީގެ ބައިވެރިންނާ އެކު މިއަދު ފިނޭންސް މިނިސްޓްރީގައި ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. މީރާއިން މަޢުލޫމާތު ދޭ ގޮތުގައި، މި ހަފްލާގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލް ވަނީ ޒަމާނާ އެކު ޓެކްސްގެ ނިޒާމަށް ކުރިމަތިވަމުންދާ ގޮންޖެހުންތަކާ ކުރިމަތިލުމަށް ދިވެހިރާއްޖެއަށް މި ފަދަ ޕްރޮގްރާމެއްގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.

މި ގޮންޖެހުންތަކުގެ ތެރޭގައި، ޑިޖިޓަލައިޒްޑް ގްލޯބަލް އިކޮނޮމީގެ ތެރެއިން ޓެކްސްގެ ނިޒާމަށް އަންނަ ގޮންޖެހުންތަކާއި، ޖެންޑަރ ބޭސްޑް ޓެކްސް އަދި ޤާނޫނާއި ގަވާއިދުތަކުގެ ބޭރުން ހިންގާ ވިޔަފާރިތައް ޓެކުހުގެ ނިޒާމުގެ ތެރެއަށް ވެއްދުމުގައި ދިމާވާ ދަތިތައް ކޮމިޝަނަރ ޖެނެރަލް ފާހަގަކުރެއްވިކަމަށް މީރާއިން މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ޓެކްސްގެ ނިޒާމް ހަރުދަނާކުރުމަށާއި އިޤްތިސާދީ ލަނޑުދަނޑިތައް ހާސިލްކުރުމަށްޓަކައި ޔޫ.އެން.ޑި.ޕީގެ ފަރާތުން ފޯރުކޮށްދެމުންދާ މާލީ އަދި ފަންނީ ލަފަޔާއި އެހީތެރިކަން ފާހަގަކުރެއްވިއެވެ.

ޓެކްސް ފޮރ އެސް.ޑީ.ޖީ ޕްރޮގްރާމްގެ ތެރެއިން ޓެކްސް ނިޒާމަށް ގެންނަންޖެހޭ ހަރުދަނާ ބަދަލުތައް ގެނެސް، ގުޅުންހުރި އިދާރާތައް ތަރައްގީކުރެވިގެންދާނެކަމަށް މީރާއިން މަޢުލޫމާތުދެއެވެ. މި ގޮތުން، މީރާއިން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދެ ކަމެއް ހާސިލުކުރުމަށެވެ. އެއީ، ޑޭޓާ ގަވަނެންސް ފްރޭމްވޯކެއްގެ ތެރެއިން ޓެކްސްގެ މަސައްކަތް ޑިޖިޓަލައިޒްކުރުމާއި އެންޓަރޕްރައިޒް ރިސްކް މެނޭޖްމަންޓް ފްރޭމްވޯކް އަދި ބިޒްނަސް ކޮންޓިނިއުޓީ ޕްލޭން އެކުލަވައިލުމެވެ.

މި ޕްރޮގްރާމް ދެ އަހަރުގެ މުއްދަތައް ކުރިއަށް ގެންދިއުމަށް ރާވައިފައިވާކަމަށް މީރާއިން މަޢުލޫމާތުދެއެވެ.

އިތުރަށް ކިޔާލަން

28 މެއި 2017

ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި

28 މެއި 2017
ނަގޫރޯޅީގައި ހާލުގައި ޖެހުނު އާއިލާތަކަށް މީރާގެ މުވައްޒަފުން 60،000ރ. ހަދިޔާކޮށްފި
02 މެއި 2017

ޤާސިމްގެ ދެކުންފުންޏަކާ ދެކޮޅަށް މީރާއިން ދައުވާ ކޮށްފި

02 މެއި 2017
ޤާސިމްގެ ދެކުންފުންޏަކާ ދެކޮޅަށް މީރާއިން ދައުވާ ކޮށްފި
05 އެޕްރީލު 2017

އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި

05 އެޕްރީލު 2017
އާންމުންގެ ފާޑުކިޔުމަކީ ހަގީގަތެއް ނޫން ކަމަށް މީރާއިން ބުނެފި
24 މާރިޗު 2017

މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ

24 މާރިޗު 2017
މީރާ އިން ސަބަބު ނުބުނެ އާއްމުންގެ އެކައުންޓް ބްލޮކް ކުރާ މައްސަލަ ބޮޑުވެއްޖެ
23 މާރިޗު 2017

މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން

23 މާރިޗު 2017
މީރާގެ ނަޒާހަތްތެރިކަން ވަނީ ގެއްލިފަ، ވަކިވަކި އޮފިސަރުން ޒިންމާ ނަގަން ޖެހޭނެ: އަލީ ޙުސައިން
22 މާރިޗު 2017

މީރާ އުފެއްދީ ސިޔާސީ ހަތިޔާރަކަށް ނޫން: ރައީސް ނަޝީދު

22 މާރިޗު 2017
މީރާ އުފެއްދީ ސިޔާސީ ހަތިޔާރަކަށް ނޫން: ރައީސް ނަޝީދު
25 ފެބުރުއަރީ 2017

ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި

25 ފެބުރުއަރީ 2017
ކައުންސިލަރަކާ ހަވާލުކޮށް މީރާ އަށް ފޮނުވި ފައިސާކޮޅު ނުދެއްކި
21 ޖެނުއަރީ 2017

ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި

21 ޖެނުއަރީ 2017
ހޭވައްލާ ގެ ނަމުގައި މީރާއިން މުޅި މާލެ ސާފުކުރުމުގެ ހަރަކާތެއް ބާއްވައިފި
17 ޖެނުއަރީ 2017

ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި

17 ޖެނުއަރީ 2017
ބިދޭސީ މަސައްކަތްތެރިންގެ މުސާރައިން ރެމިޓެންސް ޓެކްސް ނެގުމާ ބެހޭ އުސޫލަށް މީރާއިން ބަދަލު ގެނެސްފި
12 ޖެނުއަރީ 2017

ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި

12 ޖެނުއަރީ 2017
ލ. ފޮނަދޫގައި ހުރި މީރާގެ އޮފީސް ފަޅާލާ ވައްކަން ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު