Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެއަލިފާނުގެ ހާދިސާ

އަލިފާނުގެ ހާދިސާ - އިތުރު މީހަކު މަރުވެއްޖެ

އެތަނުން 14 މީހަކު ސަލާމަތްކޮށްފައިވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 10 ނޮވެމްބަރު 2022 | ބުރާސްފަތި 03:12
މާވެޔޮމަގުގައި ހުރި ގެޔެއްގައި އަލިފާން ރޯވެފައި

މާވެޔޮމަގުގައި ހުރި ގެޔެއްގައި އަލިފާން ރޯވެފައި

ބުދަ ދުވަހުގެ ރޭ މެންދަމު 12:30ހާއިރު އަލިފާން ރޯވި މ. ނިރުފެހިގޭގައި ދިރިއުޅެމުން އައި މީހުންގެ ތެރެއިން އިތުރު މީހަކު މަރުވެފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން ބުނީ މިހާތަނަށް ޖުމްލަ 10 މީހަކު މަރުވެފައިވާ ކަމަށެވެ. އެމްއެންޑީއެފުން މިކަމާއި ގުޅިގެން ބުނެފައިވަނީ އެގޭގައި ދިރިއުޅުނު މީހުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ އަލިފާން ރޯވިފަހުން އެމީހުންގެ ތެރެއިން 9 މީހުން މަދު ކަމަށެވެ.

Advertisement - newsAdvertisement

އަލިފާން ރޯވި ގޭގެ ތެރެއިން މަރުވެފައިވާ 4 މީހެއްގެ ހަށިގަނޑު މޯޗަރީއަށް ގެންގޮސްފައިވާކަމަށް ފުލުހުން ބުނެއެވެ. މިހާތަނަށް އެތަނުން 14 މީހަކު ސަލާމަތްކޮށްފައިވާކަމަށް ފުލުހުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އަލިފާން ރޯވެގެން މައުލޫމާތު ލިބިފައިވަނީ ބުދަ ދުވަހުގެ ރޭ ދަންވަރު 12:30 ހާއިރުކަމަށެވެ. ބުދަ ދުވަހުގެ ރޭ މެންދަމު 3:56 ހާއިރު އަލިފާނުގެ 90 އިންސައްތަ ކޮންޓްރޯލްކުރެވިފައިވާކަމަށް އެމްއެންޑީއެފުން ވަނީ ބުނެފައެވެ. އެމްއެންޑީއެފުން ބުނީ އިމާރާތުން އެއްކޮށް އަލިފާން ނިއްވާލެވުނީ ފަތިހު 4:34 ހާއިރުއެވެ.

ރޯވީ މާފަންނު އިސްކަންދަރު މަގާއި ކޯރުކެނޑި މަގު ގުޅޭ ހިސާބުގައި ހުރި މ. ނިރުފެހި ކިޔާ ގެއެއްގެ އެންމެ ތިރީ ފަންގިފިލާގައި ހުރި ގަރާޖެއްގައެވެ. ތިރީގައި ހުރި ގަރާޖުގައި ރޯވި އަލިފާންގަނޑު އެއިމާރާތަށް ފެތުރިގެންދިޔައެވެ. މިހާދިސާގައި އެއިމާރާތުގައި ވަނީ ވަރަށް ބޮޑަށް ރޯވެ އަނދާފައެވެ. އެއިމާރާތުގެ މަތީގައި ބިދޭސީން ދިރިއުޅެމުން އަންނައިރު އުޅެމުން އަންނަނީ ކިހާ އަދަދެއްގެ ބިދޭސީން ކަމެއް ޔަގީނެއް ނޫނެވެ.

މިހާދިސާއާ ގުޅިގެން ކައިރީ ހުރި ގެތަކުން މީހުން ހުސްކޮށްފައިވެއެވެ. ކައިރި އިމާރާތްތަކަށްވެސް އަލިފާނުގެ އަސަރުކޮށްފައިވެއެވެ. ދުމުގެ އަސަރު މީހުންނަށްކޮށްގެން ބައެއް މީހުންނަށް ފަރުވާދީފައިވެއެވެ. ހާލުގައި ޖެހުނު މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެ ސަރަހައްދުގައި ނެޝެނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަންނަނީ ހަރަކާތްތެރިވަމުންނެވެ.

އިތުރަށް ކިޔާލަން

14 ޖެނުއަރީ 2017

ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި

14 ޖެނުއަރީ 2017
ފުޅިއަޅައިގެން ފީނަނިކޮށް ޑީކޯވި މީހަކު ހެލިކޮޕްޓަރުގައި ގަމަށް ގެންގޮސްފި
12 ޖެނުއަރީ 2017

ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި

12 ޖެނުއަރީ 2017
ޑރ. ނާޒުގެ މިޕްސްޓާރ އިން އިތުރު ތިން ހިދްމަތެއް ދޭން ފަށައިފި
11 ޖެނުއަރީ 2017

އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް

11 ޖެނުއަރީ 2017
އަނެއްކާވެސް އިތުރު ސްޓޭޓް މިނިސްޓަރެއް
11 ޖެނުއަރީ 2017

ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!

11 ޖެނުއަރީ 2017
ކުޑަކުއްޖަކާ ބެހުނު މީހަކު ދޫކޮށްލުމުން ވިލިނގިލީ ރައްޔިތުން ރުޅި ގަދަވެއްޖެ!
10 ޖެނުއަރީ 2017

އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި

10 ޖެނުއަރީ 2017
އެެމްއާރްޑީސީގެ ލެޑްލައިޓެއް ވަގަށް ނެގި މީހަކު ޖަލަށް ލުމަށް ހުކުމް ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު