Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޗާގޯސް މައްސަލަ

މަޖިލީހުން ދޮގުކުރީ އޭޖީ ދެއްކެވި ވާހަކަތަކެއް ނޫން!

9 ނޮވެމްބަރު 2022 | ބުދަ 12:05

އޭޖީ ވިދާޅުވީ އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގެ މައުލޫމާތު ހިއްސާކޮށްފައި ވާނެކަމަށް

އިދުހާމް ނަޢީމް
އިދުހާމް ނަޢީމް | 9 ނޮވެމްބަރު 2022 | ބުދަ 12:05
ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލިސް | ރާއްޖެއެމްވީ

ޗާގޯސްގެ މައްސަލައިގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވެވި ސިޓީފުޅާއި، އދ. ގައި ކުރިއަށްދާ މައްސަލައިގައި ރާއްޖޭގެ ސްޓޭންޑް ބަދަލުކޮށްފައިވާކަން މަޖިލީހާ ހިއްސާ ނުކުރާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

މަޖިލީހުގެ އިދާރާއިން މިހެން ބުނެފައިވަނީ ރާއްޖެއާ ޗާގޯސްއާ ދެމެދުގައި އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭ މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހުގެ ރޭ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެޓަރނީ ޖެނެރަލް އިބްރާހީމް ރިފްއަތު ދެއްކެވި ވާހަކަފުޅުތަކަށް ރައްދުދީ ބުދަ ދުވަހު ނެރުނު ބަޔާނެއްގައެވެ. މި ބަޔާނުގައިި ބުނެފައިވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދާ މައްސަލައާގުޅޭ މައުލޫމާތު މަޖިލީހާ ހިއްސާކޮށްފައިވާކަމަށް އޭޖީ ވިދާޅުވިނަމަވެސް، ރައީސްގެ ސިޓީފުޅާއި، ޗާގޮސް މޮރިޝަސްއާ ހަވާލުކުރުމަށް ގޮވާލައި ގަރާރަށް އދ.ގެ އާއްމު މަޖިލީހުގައި ރާއްޖޭން މިހާތަނަށް ނަގަމުން އައި ސްޓޭންޑް ބަދަލުކޮށްފައިވާކަމާއި އެ ނިންމުން ބަދަލުކުރި ސަބަބު މަޖިލީހާ މިހާތަނަށް ހިއްސާކޮށްފައި ނުވާކަމަށެވެ.

Advertisement - newsAdvertisement

މި މައްސަލައިގެ ޓައިމްލައިނެއް އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހިއްސާކުރައްވައި އޭޖީ ވިދާޅުވީ، މަޖިލީހާ މައްސަލައިގެ ތަފްސީލު ހިއްސާކޮށްފައިވަނީ 17 ފެބްރުއަރީ 2022ގައި ކަމަށެވެ. އެގޮތުން، މަޖިލީހަށް ހުށަހެޅި ލިޔެކިޔުންތަކުގެ ތެރޭގައި މޮރިޝަސްގެ ފަރާތުން ހުށަހަޅާފައިވާ މައްސަލައާއި މޮރިޝަސްގެ ފަރާތުން ދީފައިވާ ޖަވާބާއި އެ މައްސަލައިގައި ރާއްޖޭގެ ފަރާތުން ދީފައިވާ ޖަވާބު މަޖިލީހަށް ފޮނުވި ސިޓީއާއެކު ހިއްސާ ކޮށްފައިވާ ކަމަށް އޭޖީ ވިދާޅުވިއެވެ.

މީގެ އިތުރުން މަޖިލީހަށް ފޮނުވި ސިޓީއާއެކު މި މައްސަލައާ ގުޅޭގޮތުން ހުށަހެޅިފައި ހުރި ޗާޓުތަކުގެ ކޮޕީ ވެސް މަޖިލީހާ ހިއްސާ ކޮށްފައިވާނެ ކަމަށް އޭޖީ ވިދާޅުވިއެވެ. ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސްގެ ސިޓީ އާއި އދ. ގައި ކުރިއަށްދާ މައްސަލައިގެ ކަންކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް އޭޖީ ވެސް ވިދާޅެއް ނުވެއެވެ.

މި މައްސަލައިގައި އޭޖީ އޮފީހުން ދެ ސިޓީއެއް މަޖިލީހަށް ލިބުނު ކަމަށް ވެސް މަޖިލީހުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

މަޖިލީހުގެ ބަޔާނުގައި ބުނީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއަށް ދައުވާ ރައްދުވާ ގޮތަށް މޮރިޝަސްއިން ދައުވާ އުުފުލާފައިވާތީއާއި، ރާއްޖޭން ކުރިން ދެކެމުން އައި ގޮތް ބަދަލުވެއްޖެކަން ޚަބަރުތަކުން އެނގޭކަމަށް ބުނެ، އެއީ ދިވެހި ދައުލަތުގެ ސިޔާދަތާ ގުޅުންހުރި ކަމެއް ކަމަށް ބަޔާންކޮށް އަމިއްލަ ފަރާތަކުން މަޖިލީހުގެ އިދާރާއަށް ފޮނުވި ސިޓީއަކާ ގުޅިގެން މި އަހަރުގެ ފެބްރުއަރީ މަހު އޭޖީ އޮފީހުގެ ކަމާ ގުޅުންހުރި ބޭފުޅުންނާ ބައްދަލުކުރެއްވުމަށް އެދުނު ކަމަށެވެ. އަދި އޭޖީއޮފީހުން ދެ ސިޓީއެއް ފޮނުވި ކަމަށާއި، އޭގައި ރާއްޖެއާ ޗާގޯސްއާ ދެމެދު އޮތް ކަނޑުގެ ސަރަހައްދުގެ ތެރެއިން ފުށުއަރާ ސަރަހައްދާ ގުޅޭގޮތުން ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައާ ގުޅޭ މައުލޫމާތު ހިމަނާފައިވާކަމަށްވެސް މަޖިލީހުގެ ބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން އަޑު އެހުންތައް ބޭއްވުމާ ހަމައަށް އެ ލިޔެކިޔުންތަކުގެ ސިއްރު ހިފަހައްޓަންޖެހޭ ކަމަށާއި އޭގެ ފަހުން އިތުރު އެއްވެސް މައުލޫމާތެއް މަޖިލީހަށް ހިއްސާ ނުކުރާކަމަށްވެސް އެ އިދާރާއިން ބުނެއެވެ.

މި މައްސަލައާ ގުޅޭގޮތުން އަންގާރަ ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެފައިވަނީ، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު މޮރިޝަސްއަށް ފޮނުއްވެވި ސިޓީފުޅުގައި ވިދާޅުވީ، އިނގިރޭސިވިލާތުން ޗާގޯސް މޮރިޝަސްއާ ހަވާލުކުރަން ޖެހޭ ކަމަށް ނިންމި ނިންމުމާ ގުޅިގެން އިތުރަށް އދ.ގެ އާއްމު މަޖިލީހުގައި ވޯޓަކަށް އަހައިފިނަމަ ރާއްޖޭން ވޯޓު ދޭނީ މޮރިޝަސްއާ އެއްކޮޅަށް ކަމަށެވެ. ނަމަވެސް އިޓްލޮސްގެ ވޯޓެއް ލައިފި ނަމަ އެކަމާ އެއްވެސް ގުޅުމެއް ނޯންނާނެކަން ރައީސްގެ ސިޓީގައި ހާމަކުރައްވާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި އެކުލަވާލި އެއްވެސް ގާނޫނު އަސާސީއެއްގައި ޗާގޯސްއަށް ރާއްޖޭގެ ސިޔާދަތީ ބާރު އޮތްކަން ކަނޑައަޅާފައި ނުވާ ކަމަށާއި، ކުރީ ދެ ސަރުކާރެއްގައި ދެ ގައުމަކާއެކު މިކަމުގައި އެއްބަސްވުންތަކެއް ހެދިކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެގޮތުން، 1992 ވަނަ އަހަރު ރައީސް މައުމޫނުގެ ވެރިކަމުގައި އިނގިރޭސިވިލާތާއެކު އެއްބަސްވުމެއް ހަދާފައިވާއިރު، 2010 ވަނަ އަހަރު ރައީސް ނަޝީދުގެ ވެރިކަމުގައި މޮރިޝަސްގެ ސަރުކާރާއެކު މަޝްވަރާކޮށްފައިވާ ކަމުގެ ލިޔެކިޔުންތައް އެބަހުރިކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލިސްއެޓަރނީ ޖެނެރަލްޗާގޯސް މައްސަލަ

އެންމެ ހިނގާ

1

އެއް ފަހަރާ އެކަކަށް ކުންފުންޏެއްގެ އެމްޑީކަމާއި ސްޓޭޓް މިނިސްޓަރުކަން މިއީ ކިހިނެއް ހިނގާ ސަރުކާރެއް؟

2

ޕްރައިމަރީއާ ގުޅޭގޮތުން ފައިސަލް އާއި ރައީސް ސޯލިހުގެ 3 ގަޑިއިރުގެ ބައްދަލުވުމެއް!

3

އީރާނާ ދެކޮޅަށް ފަނާކުރަނިވި 'ބޮންތަކުގެ މައި ބޮން' ބޭނުންކުރަން ޓްރަމްޕް ވިސްނަވަނީ

4

އިސްރާއީލުން ވަޒަންވެރިވަނީ އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހިފާ ބިންތަކުގައި، މިނިވަން ޤައުމެއްގައި ޗުއްޓީ ހޭދަކުރާ ގެތަކުގައެއް ނޫން: މުއްތޮލިބް

5

ރައީސް މުޢިއްޒު ޕާކިސްތާނަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި 12 އެއްބަސްވުމެއްގައި ސޮއިކުރައްވަނީ

އިތުރަށް ކިޔާލަން

27 މާރިޗު 2026

އިންތިޚާބާ ދިމާކޮށް "ހަމައެއް ލަމައެއް" ނެތި އާރްޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި

27 މާރިޗު 2026
އިންތިޚާބާ ދިމާކޮށް "ހަމައެއް ލަމައެއް" ނެތި އާރްޑީސީގެ މުވައްޒަފުންނަށް ޕްރޮމޯޝަން ދޭތީ މަޖިލީހަށް މައްސަލަ އެއް ހުށަހަޅައިފި
17 މާރިޗު 2026

ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!

17 މާރިޗު 2026
ރެފަރެންޑަމް ވޯޓަކީ މަޖިލީހުގެ ދައުރުގެ މުއްދަތު ބަދަލު ކުރުމަށް ނަގާ ވޯޓެއްކަމަށް އޭޖީންވެސް އެއްބަސްވެއްޖެ!
10 މާރިޗު 2026

ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި

10 މާރިޗު 2026
ބަންޑާރަ މިސްކިތް ތާރީޚީ ތަނެއްގެ ގޮތުގައި ހިމާޔަތްކުރަން މަޖިލީހަށް އީޕެޓިޝަނެއް ހުށަހަޅައިފި
19 ފެބުރުއަރީ 2026

ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި

19 ފެބުރުއަރީ 2026
ޗާގޯސްގެ މިލްކުވެރިކަން މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސި ސަރުކާރުން ނިންމި ނިންމުމާ ދެކޮޅަށް، އެ ޖަޒީރާތަކުގެ އަސްލު ވަޒަންވެރިންގެ ބަޔަކު އެތަނަށް ގޮސް ވަޒަންވެރިވުމަށް މަސައްކަތް ފަށައިފި
05 ފެބުރުއަރީ 2026

ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ

05 ފެބުރުއަރީ 2026
ރައީސް ސޯލިހް ފޮނުއްވި ސިޓީ އަނބުރާ ގެންނަވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއިރު، ސިޓީ ހާމަ ކުރަންވީ ވައުދު ވެސް ނުފުދޭ
22 ޑިސެމްބަރު 2025

ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު

22 ޑިސެމްބަރު 2025
ކޯޓުތަކުން މައްސަލަ ބަލާ ނިންމާނެ ތާރީޚު ކަނޑައަޅުއްވަނީ ވެސް ރައީސް މުއިއްޒު
17 އޮކްޓޯބަރު 2025

ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް

17 އޮކްޓޯބަރު 2025
 ރިފްއަތު އޭސީސީ އަށް ހާޒިރުކުރިއިރު ކުރާ ތުހުމަތު ސާފެއް ނުކޮށްދެވުނު، އެއީ ޖިނާއީ ކުށެއް: ވަކީލް ނޫރުއްސަލާމް
07 އޮކްޓޯބަރު 2025

ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"

07 އޮކްޓޯބަރު 2025
ދިޔާނާގެ ޗެލެންޖެއް ހޯމް މިނިސްޓަރ އިހުސާނަށް: "ސޮނިކް ޑިވައިސް ބޭނުންކުރީ ޤާނޫނާއި ޚިލާފަށް، ބަހުސް ކުރަން ބޭނުން ނަމަ މިހުރީ ތައްޔާރަށް"
29 ސެޕްޓެމްބަރު 2025

ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު

29 ސެޕްޓެމްބަރު 2025
ގާނޫނު އަސާސީގައިވާ ހައްގުތަކާއި މިނިވަންކަން ހިމާޔަތްކޮށް ކުރިއެރުވުމުގެ މަސައްކަތް ބަންޑާރަނައިބު ވެސް ކުރަންޖެހޭ: މުއިއްޒު
22 ސެޕްޓެމްބަރު 2025

މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.

22 ސެޕްޓެމްބަރު 2025
މުއިއްޒު ބޭއެވެ. ތިޔަގޮތައް އަހަރެމެން ލައްވައި ގާނޫނާ ޚިލާފްވިޔަ ނުދޭށެވެ.
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް