Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރާއްޖޭގެ ދިފާއީ ނިޒާމް

އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދުމެ ތިބެންޖެހެނީ ހާސްކަމެއްގައި: މާރިޔާ

އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން ވަނީ "ޝުކުރުގެ ފިލާ" އަރުވާފައި

ނަޒާހަތު އިބްރާހިމް ރަޝީދު
ނަޒާހަތު އިބްރާހިމް ރަޝީދު, ރާއްޖެ އެމްވީ | 9 ނޮވެމްބަރު 2022 | ބުދަ 10:48
މިނިސްޓަރ މާރިޔާ

މިނިސްޓަރ މާރިޔާ

އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދުމެ ތިބެންޖެހެނީ ހާސްކަމެއްގައި ކަމަށް, މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިއާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މިފަދައިން ވިދާޅުވީ، އެމްއެންޑީއެފް މެރިން ކޯރ އުފެދުނުތާ 13 އަހަރު ފާހަގަކުރުމުގެ ގޮތުން، ކަޅުތުއްކަލާކޮށީގައި އަންގާރަ ދުވަހުގެ ބޭއްވި "މެރީންސް ޑޭ" ހަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިނިސްޓަރ ވިދާޅުވީ، މިހާރުގެ ހަނގުރާމަތައް ހިނގަނީ ގްރޭ ޒޯންގައި، އިރެގިއުލަރ ވޯރފެއަރގެ މަހުފޫމްތަކުގެ ތެރެއިން ކަމަށާއި، ފެންނަފެނުމަށް އަސްކަރީ ހާލަތެއް ނެތަސް، ސަލާމަތީ ބާރުތައް އަބަދުމެ ހާސްކަމެއްގައި ތިބެންޖެހޭ ކަަމަށެވެ. އަދި އަސްކަރިއްޔާތަކަށް އަބަދާއި އަބަދު ތަފާތު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭކަމަށް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. ޚާއްސަކޮށް ޓެކްނޮލޮޖީއާއި މީސްމީޑިއާއަށް އައިސްފައިވާ އިންގިލާބީ ބަދަލުތަކުގެ ސަބަބުން އެ ފަދަ ހަރަކާތްތައް ހިންގުމަށް އެކި ފަރާތްތަކަށް ފުރުސަތު ފަހިވެގެންދާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

Advertisement - newsAdvertisement

އިތުރަށް މިނިސްޓަރު ވިދާޅުވީ، ބަދަލުވަމުންދާ މާހައުލާ އެއްގޮތަށް ދިވެހިރާއްޖޭގެ ދިފާއާއި ސަލާމަތަށް ހަރަކާތްތެރިވެވޭނެ ލަޝްކަރެއްގެގޮތުގައި އެމްއެންޑީއެފް މެރިން ކޯރ ބިނާކޮށް، ފުރިހަމައަށް ތައްޔާރުކުރުން މުހިންމުކަމަށެވެ. މި ސަރަހައްދުގައިވެސް ސަލާމަތީ މަސްރަހު ދަނީ ބަދަލުވަމުން ކަމަށް ވާއިރު، ބައެއް ބަދަލުތަކުގެ އަމާޒު ހުރީ އަޅުގަނޑުމެންފަދަ ކުޑަ، ވަސީލަތްތައް މަދު، ނާޒުކު އިގްތިސާދެއް އޮތް ގައުމުތަކަށް އެންމެ ހިތްއެދޭ ފަދަ މިސްރާބަކަށް ނޫން ކަމުގައި މިނިސްޓަރު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ސައިބަރ އެޓޭކްތަކާއި، އިންފޮމޭޝަން ކެމްޕޭންތަކާއި، އުދުވާނީ ހަރަކާތްތަކުގެ ގޮތުގައި ނުބެލެވޭ ތަފާތު އެކިއެކި ހަރަކާތްތަކުގެ ތެރެއިން، ސަރުކާރުތަކާއި ގައުމުތަކަށް ޕްރެޝަރުކުރުން ފަދަ ހައިބްރިޑް ވޯރފެއަރއަކީ މިއަދުގެ އިސްތިރާޖީ މާހައުލުގެ ފަސްމަންޒަރު އޮތް ގޮތް ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ މާރިޔާ ވަނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިގުލާލާއި ސިޔާދަތު ހިމާޔަތްކޮށް، ދިފާއުކޮށް ބެލެހެއްޓުމަކީ ޖުމްލަކޮށް މުޅި އަސްކަރިއްޔާގެ އެންމެ މުހިންމު އެއް ޒިންމާކަމަށް ވިދާޅުވެފައެވެ. އަދި އެ ޒިންމާ އަދާކުރުމުގައި މިހާރު އެމްއެންޑީއެފްގެ ބާރުތައް ތަރުތީބު ކުރެވިފައިވާގޮތުން ގައުމީ އިސްތިރާޖީ އިންސްޓޯލޭޝަންތަކާއި، ކްރިޓިކަލް އިންފްރާސްރަކްޗަރ ހިމާޔަތްކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރަންޖެހޭ ބަޔަކީ އެމްއެންޑީއެފްގެ މެރީންސްކަަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރުން އެމްއެންޑީއެފް މެރީންސްއަށް ބޭނުންވާ ހަތިޔާރާއި އާލާތްތައް ހޯދުމަށްޓަކައި ސަރުކާރުން ބަޖެޓް ހަމަޖައްސާފައި ވަނީ އެކަމަށް ސީދާ ރައީސުލް ޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ އިބްރާހީމް މުހައްމަދު ސާލިހް ދެއްވި އިސްކަމާއި އަހަމިއްޔަތުކަމުގެ ތެރެއިން އެކަމަށް ޚާއްސަ ބަޖެޓެއް ހަމަޖައްސަވައިދެއްވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އެގޮތުން މިއީ، މެރިން ކޯރގެ 13 އަހަރުވީ ތާރީޚުގެ ތެރޭގައި ވެސް ސަރުކާރުގެ ސީދާ ބަޖެޓުން ޚަރަދުކޮށްގެން ހަތިޔާރު ހޯދުނު ފުރަތަމަ ފަހަރުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރޭ ބޭއްވި ހަފުލާގައި، އެމްއެންޑީއެފް މެރިން ކޯރއަށް އެކި ގޮތްގޮތުން ވެދެއްވި އެހީތެރިކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ޑިފެންސް މިނިސްޓަރ އަލްއުސްތާޒާ މާރިއާ އަހުމަދު ދީދީއަށް އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން ވަނީ "ޝުކުރުގެ ފިލާ" އަރުވާފައެވެ. އަދި އެމްއެންޑީއެފް މެރިން ކޯރއަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާ ފަރާތްތަކަށް އަރުވާ ޝަރަފުވެރި ހަނދާންކަމުގައިވާ "ފަޚުރުގެ އައްޑަނަ"، އެމްއެންޑީއެފް މެރިން ކޯރއިން ވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްއާއި ސާޖަންޓް މޭޖަރ އޮފް އެމްއެންޑީއެފް ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން އަލީއަށް އަރުވާފައެވެ. އެމްއެންޑީއެފް މެރިން ކޯރގެ ފަރާތުން އެ ބޭފުޅުންނަށް "ޝުކުރުގެ ފިލާ"އާއި "ފަޚުރުގެ އައްޑަނަ" އެރުވީ އެމްއެންޑީއެފް މެރިން ކޯރގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދެވެ.

އެމްއެންޑީއެފްމިނިސްޓަރ އޮފް ޑިފެންސް, މާރިޔާ އަހުމަދު ދީދީ

ކޮމެންޓް

އިތުރަށް ކިޔާލަން

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

ހޮނިހިރު ދުވަހުގެ ރޭ ތިނަދޫ އަށް ކުރި ވިއްސާރާ ގައި ފެންބޮޑުވެ ގެތަކަށް ގެއްލުން ލިބިއްޖެ

07 ޑިސެމްބަރު 2025
ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ލ ގަމު އިންޖީނު ގޭގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

03 ޑިސެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

ރައީސްގެ ސެކިއުރިޓީ އަށް ނެގި ކާރު އެކްސިޑެންޓުވުން: އެންގީ ސޯޝަލް މީޑިއާގައި ޖެހި ޕޯސްޓު ނަގަން، އަދިވެސް ޒިންމާ ނަގަން ދެކޮޅު!

30 ނޮވެމްބަރު 2025
ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

ރައީސްގެ ސެކިއުރިޓީ އަށް ހުޅުދޫ އިން ކުއްޔަށް ނެގި ކާރަށް ލިބުނު ގެއްލުމަށް އެމްއެންޑީއެފް އިން ޒިންމާ އެއް ނުވި!

29 ނޮވެމްބަރު 2025
އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

އެމްއެންޑީއެފުން ކުރިއަށް ގެންދާ އެކްސަސައިޒް "ޖައްރާފާ" ފަށައިފި

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

8 ޖެނުއަރީ
ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި
20251 އަހަރު ކުރިން
ރާއްޖެ

ހައުސިންގ މިނިސްޓްރީގެ ހައުސިންގ ޑިޕާޓްމަންޓްގެ މުވައްޒަފުން ގެއަށް ފޮނުވާލައިފި

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ
20242 އަހަރު ކުރިން
މީހުން

ދިވެހި ރޮނާލްޑޯ: އުމުރުން 45، އަދިވެސް ގޯލު ޖަހަނީ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ
20233 އަހަރު ކުރިން
ރާއްޖެ

ދިގުމުއްދަތުން ފައިސާ ދައްކާގޮތަށް ސަރުކާރުން ޓެކްސީ ގެނެސްދެނީ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް
20224 އަހަރު ކުރިން
ރާއްޖެ

ބޮމުގެ ޙަމަލާ: އަލިމަނިކު ބުނަނީ އައިސިސް ލީޑަރު މަރާލާފައިވާ ކަމަށާއި، އެ ޖަމާއަތް ވުޖޫދުގައި ނެތްކަމަށް

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ މަޖިލިސް ރައީސްގެ އޮފީހުގެ ތެރެއަށް ވަދެ މޭޒުކޮޅަށް ފައި އަރުވާގެން އިން ރިޗަރޑް ހައްޔަރުކޮށްފި

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!
20197 އަހަރު ކުރިން
ރިޕޯޓު

ޔާމީންގެ ވާހަކަފުޅުތަކާއެކު އިތުރު ސުވާލުތަކެއް!

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި
20188 އަހަރު ކުރިން
ރާއްޖެ

އިންޓެލިޖެންސް ރިޕޯޓަކާއި ގުޅިގެން ރައީސް މައުމޫން ދިރިއުޅުއްވާ ގެކޮޅުގެ ސެކިއުރިޓީ ބަލަހައްޓަން ފަށައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު