Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ތަފާތު ޚަބަރުޓްރަޔަލް ބައިކިންގް

އަމިއްލަ ދިރިއުޅުން ވީޑިއޯ ގޭމަކަށް ބަދަލުކޮށްލި ޒުވާނާ ބުނަނީ ކީކޭ؟

9 ނޮވެމްބަރު 2022 | ބުދަ 09:13

"ވީޑިއޯ ގޭމް" ގެ ނަން ދީފައިވާ އެ ވީޑިއޯގެ މަންޒަރުތައް ނަގާފައި ވަނީ މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރު

ޢާއިޝާ ރީމާ ވަޙީދު
ޢާއިޝާ ރީމާ ވަޙީދު | 9 ނޮވެމްބަރު 2022 | ބުދަ 09:13
މިއީ މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވިބްމަރ ރިލީޒް ކުރި ފުރަތަމަ ވީޑިއޯ

މިއީ މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވިބްމަރ ރިލީޒް ކުރި ފުރަތަމަ ވީޑިއޯ

ހުސް ވަގުތުތަކުގައި ކުރިމަތިވާ ފަޅުކަމާއި އެކަނިވެރިކަން ފިލުވާލުމަށް އެކި މީހުން ކޮށް އުޅޭނީ އެކި ކަންކަމެވެ. ހުސް ވަގުތު ތަކުގައި ކުރާ މަސައްކަތަށް އާދަޔާ ޚިލާފު ލޯތްބެއް ޖެހި، ދުވަހުގެ ތާވަލުން ބޮޑު ބައެއް އެކަމަށް ހުސްކޮށްލެވޭ ދަރަޖައަށްވެސް ބައެއް ފަހަރު ކަންކަން ދެއެވެ. ހުސް ވަގުތު ފުރާލުމަށް އާންމު ގޮތެއްގައި ކޮށް އުޅެނީ ލުއިލުއި ކަންތައްތަކެއް ކަމުގައި ވީ ނަމަވެސް، ބައެއް މީހުންނަކީ، އެ ކަންތައްތައް، އާ އުސްމިންތަކަކަށް ގެންދާ މީހުންނެވެ. އޮސްޓްރިއަރގެ ބައިސްކަލް ދުއްވުންތެރިޔާ ފަބިއޯ ވިބްމަރ އަކީވެސް، އާންމު ގޮތެއްގައި ހުސް ވަގުތުތަކުގައި މީހުން ކޮށް އުޅޭ ކަމެއް، އާ އުސްމިނަކަށް ގެންދިޔަ، އާދަޔާ ޚިލާފު ހުނަރުވެރިއެކެވެ.

މަޝްހޫރު ބައިކަރ، ވިބްމަރ، މި ފަހަރު އޭނާގެ ފޭނުން އާޝޯޚް ކުރުވީ، ދުނިޔެއަކީ ބިމަށް ދަމާ ބާރު ހުންނަ ތަނެކޭ ހަނދާނުން ކަސިޔާރު ކުރުވާ ފަދަ ހަރަކާތްތަކަކާއެކުގައެވެ. ނުވަތަ ގްރެވިޓީ ޑިފައީންގް ސްޓަންޓްތަކަކާއެކުގައެވެ. ވިބްމަރގެ ސްޓަންޓްތަކަށް އޭނާއަށް ހިތްވަރު ލިބުނީ، އޭނާ އެންމެ ގަޔާވާ ވީޑިއޯ ގޭމްތަކުންނެވެ.

"ގޭމިފިކޭޝަން" ނުވަތަ 3 ވަނަ މީހާގެ ނަޒަރިއްޔާއިން ގޭމްގެ ތަޖުރިބާތައް ކިޔާދޭ އުސޫލުން މަންޒަރުތައް ނަގާފައިވާ އެ ވީޑިއޯ ބަލާލި ކޮންމެ މީހަކަށްވެސް ސިފަވާނީ، ވިބްމަރގެ ހަރަކާތްތަކުގެ ކޮންޓްރޯލް، އެމީހެއްގެ އަމިއްލަ މުށު ތެރޭގައި އޮތް ކަހަލަ އިޙްސާސްއެކެވެ.

ބަލާލި ކޮންމެ މީހެއްގެ ތަލިން ކުޅު ހިއްކާލާ ފަދަ މަންޒަރުތަކެއް ފެނިގެންދާ، "ވީޑިއޯ ގޭމް" ގެ ނަން ދީފައިވާ އެ ވީޑިއޯގެ މަންޒަރުތައް ނަގާފައި ވަނީ މި އަހަރުގެ ހޫނު މޫސުމުގެ ދުވަސްވަރުއެވެ. މިއީ މިދިޔަ 2 އަހަރެއްހާ ދުވަހުގެ ތެރޭގައި ވިބްމަރ ރިލީޒް ކުރި ފުރަތަމަ ވީޑިއޯއެވެ. އަދި ޖަންގައްޔެއްގެ ތަރޭގައި މަންޒަރުތައް ނަގަމުން ދަނިކޮށް ފައިގެ ކުޑަ ހުޅާއި އަތުގެ ކޮނޑުހުޅަށް ލިބުނު އަނިޔާއަށް ފަހު އޭނާ ކުރި ފުރަތަމަ މަސައްކަތެވެ. މީގެ ކުރިން އޭނާ ވަނީ "ހޯމް އޮފީސް" އާއި "ވިބްމަރޒް ލޯ"ގެ ނަމުގައިވެސް ކާމިޔާބު ވީޑިއޯތަކެއް އާންމު ކޮށްފައެވެ.

ފެންނަ ފެނުމަށް، އޭނާ އެކުރަނީ މާ ފަސޭހަ ކަމެކޭ ހީވި ނަމަވެސް، އެކަމަކަށް ވިބްމަރ ހާއްސަވާ ޓްރަޔަލް ބައިކިންގްއަކީ މާ އާދައިގެ ކަމެއް ނޫނެވެ. ޓްރަޔަލް ބައިކިންގްއަކީ ބިމުގައި ފައި ޖެއްސުމެއް ނެތި، ތަފާތު އެކި ކަހަލަ ހުރަސްތައް ގިރާ ކުރަމުންދާ ބައިސްކަލު ދުއްވުމެވެ. އެގޮތުން، ޤުދުރަތީ ގޮތުން ހުންނަ އެކި ކަހަލަ އަޑިގުޑަން ހުރަސް ތަކުގެ އިތުރުން، އަމިއްލައަށް އަޅާ ހުރަސް ޓްރެކްތަކުގެ ތެރެއިންވެސް ޓްރަޔަލް ބައިކިންގްގައި ބައިސްކަލު ދުއްވައެވެ.

ޓްރަޔަލް ބައިކިންގްގޭމިފިކޭޝަން

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

ޖޭ-ޒީގެ "މޫންލައިޓް" ވީޑިއޯ، ފްރެންޑްސްގެ ޕެރޮޑީއެއް

06 އޯގަސްޓު 2017
ޖޭ-ޒީގެ "މޫންލައިޓް" ވީޑިއޯ، ފްރެންޑްސްގެ ޕެރޮޑީއެއް
21 ޖުލައި 2017

ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ

21 ޖުލައި 2017
ލަވަކިޔުންތެރިޔާ ޗެސްޓާ ބެނިންޓަން އަމިއްލައަށް ދަންޖެހިގެން މަރުވެއްޖެ
03 ޖުލައި 2017

ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް

03 ޖުލައި 2017
ހުއްދަ ނެތި، އަމިއްލަ ފައިދާއަށް މިއުޒިކް ލެޖެންޑުންގެ ފޮޓޯ ބޭނުން ކުރުމުގެ ތުހުމަތު ކެންޑަލް އާއި ކައިލީ ޖެނަރއަށް
01 ޖުލައި 2017

ފޭސްބުކްގެ ތާރީޚްގައި މިހާތަނަށް އެންމެ މަގްބޫލްވި ވީޑިއޯ އެނގޭތަ؟

01 ޖުލައި 2017
ފޭސްބުކްގެ ތާރީޚްގައި މިހާތަނަށް އެންމެ މަގްބޫލްވި ވީޑިއޯ އެނގޭތަ؟
25 ޖޫން 2017

ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު

25 ޖޫން 2017
ވީޑިއޯ: ބްރިޓްނީގެ "ޓޮކްސިކް" ތައި ކެބިން ކްރޫންގެ ހަރަކާތްތަކާއެކު
13 ޖޫން 2017

ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟

13 ޖޫން 2017
ވީޑިއޯ: ފަރަންސޭސި ސްޕައިޑަމޭން އުސް އިމާރާތަކަށް އެއްވެސް އާލާތެއް ބޭނުން ނުކޮށް އަރާ މަންޒަރު ދުށިންތަ؟
20 މެއި 2017

ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ

20 މެއި 2017
ޕްރިންސެސް މަކޯ ލޯތްބަށްޓަކައި ޝާހީ ދިރިއުޅުން ދޫކޮށްލައްވަނީ
15 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟

15 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯ ލަވަ ބަލައިފިންތަ؟
09 މެއި 2017

ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ

09 މެއި 2017
ޝަލަބީގެ ފުރަތަމަ ވީޑިއޯލަވަ މިމަހުގެ 13 ވަނަ ދުވަހުގެރޭ ނެރެނީ
21 ފެބުރުއަރީ 2017

މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!

21 ފެބުރުއަރީ 2017
މި ވީޑިއޯ ދުށިންތަ؟ މޭގަނޑު އަނގަޔަށް އަންނަ ވަރުވޭ!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް